ރާއްޖޭގައި ރޭޕް ކުރުމުގެ މައްސަލަތައް އިތުރުވާތީ، ވާހަކަ ގިނަ ނުކޮށް އަމަލުން ފިޔަވަޅު އެޅޭނެ ކަން ސާބިތުކޮށް ދިނުމަށް ކުރީގެ ނައިބު ރައީސް އަދި މަޝްހޫރު ގާނޫނީ ވަކީލް ޑރ. މުހައްމަދު ޖަމީލް އަހުމަދު، ޕްރޮސެކިއުޓަ ޖެނެރަލް ހުސެއިން ޝަމީމް އަރިހުން އެދިވަޑައިގެންފިއެވެ.

‏ރޭޕް ކުރުމާއި، ޖިންސީ ގޯނާގެ މައްސަލަތަކުގައި ހިމެނޭ މީހުން ސަލާމަތް ނުވާނެކަން އެނގެން ޖެހޭނެ ޖެހޭ ކަމަށް ޝަމީމް އިއްޔެ ވަނީ ވިދާޅުވެފައެވެ. ޝަމީމް އެގޮތަށް ވިދާޅުވީ 11 އަހަރު އަންހެން ކުއްޖަކު ރޭޕް ކުރި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ހއ. ބާރަށް، ސިލްސިލާގެ، އަނީސް ޙިލްމީގެ މައްޗަށް ދައުލަތުން އުފުލި ތިން ދައުވާއާ ގުޅޭ ތަފްސީލްތައް ހާމަކޮށް ޕީޖީ އޮފީހުން ކުރި ޓްވީޓް ރީޓްވީޓް ކުރައްވަމުންނެވެ.

އެ ޓުވީޓާ ގުޅިގެން ޖަމީލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޖިންސީ ގޯނާ ކުރާ މީހުން ސަލާމަތް ނުވާނެ ކަން އަމަލުން ސާބިތުކޮށްދެއްވަން ޖެހޭ ކަމަށެވެ.

އަދި ދާދި ފަހުން ހުޅުމާލެ ފަޅު ތެރޭގައި އޮތް ސަފާރީއެއްގައި ކެންޔާ އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައާ ގުޅިގެން ޝަމީމް ވިދާޅުވި ވާހަކަތައް ގަބޫލު ކުރަން ދަތިވެފައިވާ ކަމަށް ވެސް ޖަމީލް ވިދާޅުވިއެވެ.

މިފަދަ ކުށްތަކުގައި ތުހުމަތު ކުރެވޭ އެތައް ބަޔަކު އަދިވެސް ތިބީ ސަރުކާރުގެ ވަޒީފާތަކުގައި ކަމަށާއި އެ މައްސަލަތަކަށް އިންސާފު ލިބިދާނެކަމާ މެދު ޝައްކު ކުރައްވާ ކަމަށް ވެސް ޖަމީލް ވިދާޅުވިއެވެ.

ކެންޔާ އަންހެނަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނާ މައްސަލައިގައި ތުހުމަތު ކުރާ އެކަކަކީ ވެރިކަން އެމްޑީޕީ މެމްބަރެއްގެ ފިރިކަލުންނެވެ. މި މައްސަލައާ ގުޅިގެން އެ ފިރިހެން މީހާ އާއި އިތުރު އެހެން ފިރިހެނަކު ހައްޔަރުކުރިއެވެ. އެކަމަކު، އެމީހުންގެ ބަންދާ މެދުގައި ގޮތެއް ނުނިންމައި ކޯޓަށް ދޫކޮށްލުމާ ގުޅިގެން އާންމުންގެ ފާޑު ކިޔުން ވަނީ ފުލުހުންނަށް އަމާޒުވެފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ފެކްޓް

    ހެހެ. ރަގަޅުވާހަކއެއް. އެއްވެސް ކަހަލަ ވަލިޑިޓީ އެއްނެތް ވާހަތައް ދައްކާ މީހެއް ޕީޖީ އަކީ. ކަމެއް ކުރަން ދަންނަ ވައްތރެއް ނުޖަހާ

  2. ލޮލްލޮލް

    ލޮލް ލުކް ހޫސް ޓޯކިން...މުޅި އުމުރގަވެސް ތަންމިނަށް ފެލުން ނޫން ކަމެއް ނުވި މީހަކު އެހެން މީހުނަށް މި ހަޖޫޖަހަނީ

  3. އަހްމަދު

    ސަފާރީގަރޭޕެއްނުކުރޭ ގޯނާއެއްވެސްނުކުރޭ ރޭޕާގޯނާކުރީ ހަމައެކަނި ޢަލީވަހީދު އެހެންވީމަ ޢަލީ ވަހީދުގެ ހުރިހާއެއްޗެއް ޗެކްކުރަންޖެހޭނެ

  4. ައޮފްބެ

    ކަލޭތިކާކު މާއަނގަ ގަދަވެގެންނޫޅެބަލަ..ސަރުކާރު ހިންގާކަށް ކަލެއަކަށް ނޭގޭނެ!