ނ. ކުޑަފަރިން މާލެ ގެނައި 92 އަހަރުގެ ފިރިހެނަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ކުޑަފަރީ މީހަކު "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ ކޮވިޑް-19 އަށް ފައްސިވީ ފާހާނައިން ނުކުންނަނިކޮށް ވެއްޓި އަނިޔާވެގެން، ނ. މަނަދޫ ހޮސްޕިޓަލަށް ގެންދިއުމަށްފަހު އެތަނުން ހެދި ސްކޭންތަކުން އޭނާގެ ފައި ބިނދިފައިވާ ކަމަށް ބުނުމުން މާލެ ގެނައި މީހެއް ކަމަށެވެ.

އިއްޔެ މާލެ ގެނެސް އޭނާ ކޮވިޑް-19 އަށް ފުރަތަމަ ކުރި ޓެސްޓް ފައްސިވުމުން ދެވަނަ ސުންކު (ސާމްޕަލް) ނަގައި ޓެސްޓް ކުރުމަށް ވަނީ ނިންމާފައެވެ.

މީގެ ކުރިން ވެސް ބައެއް މީހުން މާލެ ގެނެސް ކޮވިޑް-19 އަށް ކުރި ފުރަތަމަ ޓެސްޓް ފައްސިވުމުން ދެވަނަ ޓެސްޓް ކުރިއިރު ނައްސި (ނެގެޓިވް) ވެފައި އެބަހުއްޓެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު ވަނީ 2664 އަށް އަރާފައެވެ. ރާއްޖެއިން މި ބައްޔަށް ފައްސިވި މީހުންގެ ތެރެއިން މިހާތަނަށް 2268 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. މިހާރު ރާއްޖޭގައި ކޮވިޑް-19 ފަރުވާ ހޯދަމުންދަނީ 368 މީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބޭނޭ

    ޓެސް ކިޓް ގެ މައްސަލަ އުޅޭހެން ހީވަނީ

    3
    1
  2. ސައްޕެ

    ފުލޫ ކުލިނަކަށް މާގިނަ މީހުން ދައްކަން ދާތީވެ ރައީސަށް ކީރިތި ކުރެވިއްޖެ

    6
    2