ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަންހެނެއްގެ އުރަމަތީގައި ހިފި ކަމަށް އަންހެނަކު ބުނާ އަޑުއިވޭ އޯޑިއޯއެއް މީސް މީޑިއާގައި ދައުރުވާން ފަށައިފިއެވެ.

އޯޑިއޯ އިން އެނގޭ ގޮތުގައި އޯޑިއޯގައި ވާހަކަ ދައްކަނީ މިނިސްޓަރު އިމްރާންގެ ފަރާތުން ޖިންސީ އަނިޔާތައް ލިބުނު ކަމަށް ބުނާ އަންހެން މީހާއެވެ.

އޯޑިއޯގައި ވާހަކަދައްކާ މީހާ ވަނީ "ޔުމްނާ އަށް" އޭނާގެ ވާހަކަތައް ކިޔައި ދިނުމަށް އެދިފައެވެ. އޯޑިއޯގައި ދައްކާ ވާހަކަތަކަށް ބަލާއިރު އޯޑިއޯގައި ދައްކަނީ މިނިސްޓަރު އިމްރާންގެ މިހާރުގެ އަނބިކަނބަލުން ޖެންޑާ މިނިސްޓަރުގެ ނައިބު ފާތިމަތު ޔުމްނާގެ ވާހަކަކަން އެނގެއެވެ.

އޯޑިއޯގައި ވާހަކަދައްކާ އަންހެން މީހާ ބުނާ ގޮތުގައި އޭނާ އާއި މިނިސްޓަރު އިމްރާން ފުރަތަމަ ބައްދަލުވީ ފޭސްބުކްންނެވެ. ފޭސްބުކްން ބައްދަލުވެގެން ރަނގަޅު ދުޢާއެއް އޮންނާނެ ކަމަށް ބުނެ ވާހަކަދައްކަން ފެށި ކަމަށާއި އޭގެ ފަހުން އިސްތިހާރާ ނަމާދު ކުރަން އެނގޭތޯ ސުވާލުކޮށް ޕާޓީގެ އޮފީހަށް ދާން ދައުވަތު ދިން ކަމަށް އަންހެން މީހާ ބުނެއެވެ.

ޕާޓީގެ އޮފީހަށް ގެންގޮސް، މިނިސްޓަރ އިމްރާން އޭނާ އުރަމަތީ ހިފައި ތަދު ކުރި ކަމަށް އޭނާ ބުންޏެވެ. އޭނާ ބުނީ އެއީ "ފުރަތަމަ މަރުހަލާ" ކަމަށެވެ. "ދެން ހުރި ވާހަކަތައް ވެސް އަދި ކިޔައިދޭނަން." ކަމަށް އޭނާ ބުނެއެވެ.

"ކުލަ އަލި ކޮންމެ އަންހެނަކާއި" މެދު އިމްރާން ކަންތައް ކުރާނެ ގޮތް އޭނާ އަށް އެނގޭ ކަމަށް އޯޑިއޯގައި ވާހަކަދައްކާ މީހާ ބުނެއެވެ.

މިނިސްޓަރު އިމްރާންގެ ޖިންސީ ގޯނާ ލިބުނު ކަމަށް އަންހެނަކު ބުނާތީ އެކަމާއި ގުޅިގެން މިނިސްޓަރު އިމްރާންގެ ބަހެއް ހޯދަން މިދިޔަ މަހު ވެސް "ވަގުތު" އިން މަސައްކަތް ކުރިއެވެ. މިނިސްޓަރު އިމްރާންގެ ޕީއާރް ވަނީ މިނިސްޓަރު އިމްރާންގެ ކޮމެންޓެއް ހޯދުމަށް ފަހު ޖަވާބެއް ދެއްވާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އަދި މިހާތަނަށް އެއްވެސް ޖަވާބެއް ލިބިފައެއް ނުވެއެވެ.

މިނިސްޓަރު އިމްރާންގެ ޖިންސީ ގޯނާ ލިބުނު ކަމަށް އަންހެނަކު ބުނާ އޯޑިއޯއެއް ދައުރުވަމުން ދާތީ އެމައްސަލަ ފުލުހުން ތަޙްޤީޤު ކުރަމުން ދޭތޯ ފުލުހުންނާއި ސުވާލު ކުރުމުން ފުލުހުން ވެސް އަދި މިހާތަނަށް އެއްވެސް ޖަވާބެއް ދެއްވާފައެއް ނުވެއެވެ.

ޖިންސީ ގޯނާގެ ތުހުމަތުތަކެއް މިނިސްޓަރު އިމްރާންގެ މައްޗަށް ކުރެވިފައި ވާއިރު، މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި ޓްއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވަނީ މަގާމުން ދުރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

70 ކޮމެންޓް

  1. ޒިޔާ

    މީދެން ބޮޑުވަރު މީހުންގެ އަބުރު ކަތިލާ ލާއިރު ވިސްނާލަންވާނެ. ބޭނުންވަނީ އިމްރާން ގެ ދުވަސް ދުއްވާލަން ، އެއްވެސް ހަގީގަތެއް ނެންވާހަކަ. ށަފާރީ ރޭޕްމައްސަލަ ފޮރުވަން ޖަހާމަޅި...........

    274
    50
    • ބޯހަލާކު

      ލަނޑަޔާވާނީ ހަމަލަނޑަޔާ..

      16
      2
    • ސިރުފާ

      މީ ހިގާދިޔަކަމެއް މަށައް އޭނަގެ ފޯނުން އިމްރާނު ފޮނުވާފަ ހުރި ހުރިހާ އެއްޗެއް ދެކުނިން. މައްސަލަވެސް ޕޮލިހުގަ ޖެއްސިން.

      14
      27
  2. އަހްމަދު

    ޝޭހުންވެސް އެކަހަލަކަންތައް ކުރެޭތަ! މީ ވަރަށް ހައިރާން ވާކަހަލަ ވާހަކައެއް. ރަގަޅު ކަންތައް ގިނަކޮށް ، ނުބައިކަންތަކުން ދުރުވުމަށް ގޮވާލާ ބޭކަލުން ނުކުރާނެ މިކަހަލަކަންތައް. ފޮޓޯ ފްރޭމަކަށް ލާކަށް ނުވާނެ.

    46
    93
    • ދެރަ

      ކޮމެންޓް ޖަހައެއް ނުދިން

      4
      2
  3. އައުޝް

    ކޮބާތަ ތި އޯޑިއޯ ކްލިޕް

    147
    5
  4. ކަލޯ

    ފެންދީފަ ކަތިލާނެކަން ބީތާމެނަށް ހަމަ ނޭންގެނިތަ

    193
    9
  5. މާމީ

    މިނިސްޓަރު ކަމުގަ ލައްކަ ދުވަހު ހުރެވިއްޖެނު ހީވޭތަ ކަމެއްހެން ލަދެއްވެސް ނުގަނޭތަ ޝޭޚުންގެ ވެސް އަގުވައްޓާލީ......

    125
    28
  6. ސައިއްޓޭ

    ލަދުން ބޯ ހަލާކު،ކީކޭ ދެން ބުނަށް ވީ؟ސެއިހް
    އި މްރާނޫ، ހޯ މްމނިސްޓަރ ގެ ނަށް ބަދަލު ކުރަން ވީ އުރަ މަތި މިނިސްޓަރު

    84
    108
  7. ރަޝީދު

    މިހާރު މިއުޅެނީ އެމްޑީޕީއިން ރާވައިގެން ކޯލިޝަންގައި ހިމެނޭ ވަޒީރުން ބޭރުކުރަން ކަން ޔަގީން.. ދެން މިހުންނަނީކީ މީހުން ގަބޫލުކުރާ ޒާތުގެ ވާހަކައެއްނޫން. މާދަމާ އަޑުއިވޭނީ ހުރހާ ޝެއިޚުންގެ ޖިންސީ ގޯނާގެ ވާހަކަކަން ޔަގީން. މިއީ މިގައުމު ލާދީނިއްޔަތަށް އަނބުރާލަން ކުރާ މަސައްކަތްކަން ވަރަށް ސާފު.

    252
    12
  8. ޢަހަދު

    ޝެއިޙް ނުކުރައްވާނެއްނު އެވަރުގެ ކަމެއް.

    120
    24
  9. ޖުލައި

    ވަކި މީހެއް ދިފާއު ކުރަނީ އެއް ނޫން. މިހާރު މީހުންގެ އަބުރު ކަތިލުމަށް ވެސް މިފަދަ ތުހުމަތުތަށް އެބަ އުފައްދާ

    260
    11
  10. ޝޮޓްގަން

    މިނޫންކަމެއް ސަރުކާރުގަނެތީ؟ އަންތަރީސް

    81
    4
  11. ސަމި

    ޢެމްޑީޕީ.ނޫން.އެންމެން ބޭރުކުރަން. ކުޅޭ ކުޅިގަނޑެެއް .ކޮބާ ސަފާރީ ކޮބާ.ހޯރަ

    141
    2
  12. ގައުމު

    ދީނާ ޤައުމަށްޓަކައިބާ ؟

    35
    7
  13. Anonymous

    ހިފިލެއްބާރުކަމުން އަހެންމީހާއައް ތަދުވިލެއްބޮޑުކަމުން ރައީސް ސޯލިހް ކީރިތި ކުރައްވާ ރޮއި ހޭރެނީ

    104
    10
  14. ކުޑޫ

    މިފަހަރު ދުއްވާލަން ތިބި އެންމެން ދުއްވާލާނެ. އެވެސް ޖިންސީ ގޯނާ ނޫނީ ރޭޕްގެ ތުހުމަތު އަޅުވާފަ. ގުއި ޑެމޯގުއިރޭށި!

    71
    3
  15. ލައިޓް

    ފާސިޤު އަންހެނެއްގެ ވާހަކަޔަށް ވުން ވަރަށް ކައިރި. ފާސިޤު އަންހެނުންގެ ވާހަކަ ފެތުރުން ވަނީ ހަރާމް ކުރައްވާފައި. މިފަދަ އަންހެނުންގެ ވާގިވެރިންނަކީ ސުންޕާ ސައިތޯނުން ކަމަށްވަނީ.

    105
    6
    • ލައިޓް

      ކަލޭ އަށް ވާނުވާ ނޭންގެނީ އިމްރާނު ކުރި ކަމެއްތީ ހެކިވާނެ އާއިލާ އެއްކޮއް. ފޮލިހުން ނުބެލީ އިމްރާރު ވެރިޔަކަށް ހުރީމަ މީ ބުނިގޮތް. އިމްރާނު ބެދޭނެ ޔަގީން

      6
      18
  16. ކާޕެޓް ވަގު

    ފަހަރިއަށް މަގޭ ވެދުން... ޢިމްރާނަކީ ޢިލްމުވެރި ބޭކަލެއް... ކޭތަ ނަމާދު ކުރަން އެނގޭތަ..

    33
    14
  17. މަބުނާނީ

    ހުޅަނގުގެ ނޫސްވެރިން ނޫސްވެރިކަން ކުރާގޮތަށް ދިވެހިން ނޫސްވެރިކަން ކުރާކަށް ހަމަ ނުވާނެ.

    44
    1
  18. ނިކަމެތި މީހާ

    ށަފާރީ ކޭސް އޮއްބާލުމަށް ކިތައް ކަންބަޅި ކަތިލެވިގެންދާނެބާ؟ މީކީ އެހެންކަމެއްނޫން!

    82
    2
  19. އިބްރާހީމު

    މި އޯޑިޔޯ ހީވަނީ ވަރަށް ފޭކުހެން. އެކަމަކު "މިނިސްޓަރު އިމްރާންގެ ޕީއާރް ވަނީ މިނިސްޓަރު އިމްރާންގެ ކޮމެންޓެއް ހޯދުމަށް ފަހު ޖަވާބެއް ދެއްވާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އަދި މިހާތަނަށް އެއްވެސް ޖަވާބެއް ލިބިފައެއް ނުވެއެވެ." އޮތުމުން މިހާ ހިސާބުން ސުވާލު އުފެދެނީ. ދޮގު ވާހަކައެއް ނަމަ ދިފާއުގައި ބަސް ބުނަން "ވަގުތު" އިން ދިން ފުރުސަތުގެ ބޭނުން ނުހިފީ ކީއްވެހޭ؟؟

    31
    8
  20. ބުއްޅަބޭ

    ތިޔައޮތީ ޕްރިޕެއިޑް އެއް އަނެއްކާވެސް އުފައްދާފަ ތިޔަކަހަލަ ވަރަށްގިނަ ވާހަކަތައް ރީދޫ ކުދިން ފިޔަވައި އެހެން މިނިސް ޓަރުން ގެ ބޮލުގަ އަޅުވާނެ އެއީ އެ މީހުންގެ ކަށީގައި ހިފާފައިވާ ނުބައި ވެގެންވާ ބަލި މަޑުކަ މެއް

    60
    1
  21. ހުދާ

    ގެވެށި އަނިޔާ އައް ޖެންޑަރ މިނިސްޓްރީ އިން އެއްވެސް ފިޔަވަޅެއް އަޅަން ނުކުޅެދިފަ، އެހެނީ އެތާގަ ތިބި ޑެޕިއުޓީ މިނިސްޓަރުން އެބަ އުޅޭ މީހުންގެ ފިރިންނާ ހިތާވެގެން! އެއީވެސް އަނިޔާ!

    33
    1
  22. ވސފ

    މީހުންގެ ތަންތަނުގައި ނުހިފޭވަރެއްނޫން މީނަޔަކަށް މިހާރުމިވަނީ ސޭހު ކަމުގެ ލަޤަބު ބޮލުގަ އަޅުވާނެކަމެއްނެއް ޖާހަތާ އިއްޒަތް މީނަބޭނުންވަނީ ކުރުސޯޓްބުރިލީ ......

    18
    4
  23. ހިތާމަ

    އެމް ޑީ ޕީ އަށް ނިސްބަތްނުވާ ހުރިހާ ވަޒީރުން ބޭރުކޮށް ކޯލިޝަން ރޫޅާލަން އައު ފޯރމިއުލާއެއް މިއޮތީ ހޯދާފައި، ކާނަލް ނާޒިމް ކޮޓަރިން ފެނުނުކަހަލަ ޕެންޑްރައިވާއި، ފިސްތޯލާއި، ގޮވާތަކެއްޗަށް މިވެސް ނުވާނެބާ؟

    41
    2
  24. ާޢަލީ

    ތިވާަހަކައިގައި ވަރަށް ދޮގުހުރިކަނ ޔަޤީން..ހަމަ ޕާޓީ އޮފީހަށް ދާއިރަށް އުރަމަތީ ހިފުން ޤަބޫލެއް ނުކުރެވޭ

    52
    3
  25. އސ

    ބޭރު ކޮށްލަން ރާވާ ކުޅިގަނޑު

    44
    2
  26. Anonymous

    ދީނީ މީހުން ނޭ ކިޔާފަ މިކަހަލަ ވަހުޝީ މީހުން އުޅޭގޮތުން އިސްލާމް ދީން ނުދަންނަ މީހުންގެ ކުރިމަތީ އިސްލާމް ދީނުގެ އަގު ވެއްޓެނީ

    16
    36
  27. ޓައްޕު

    ތީގަ ތި އަންހެންމީހާވެސް ގޯސް އޭނަ ނުޖިހެދޯ އިމްރާން ހޯދަން ދާކަށްވެސް ބޮއްކުރާ ދޮށަށް އޮޑިދާ އުސޫލުން ފޭސް ބުކްގައި ގިނައިން ތިގޮތައް ރަހްމަތްތެރިކަން އާލާ ކޮށްގެން އުޅެނީ ކަސްބީ މީހުންނާ ރަންޑިން އަދި އެވައްތަރު ހުންނަ ފިރިހެނުން ވިއްޔަ އަންނާށޭ ގޮވާލާ އިރަށް ދަންޏާ އެއީ އަންހެންމީހާގެ ޗީޕް ކަން އިމްރާންވެސް ރަނގަޅެއްނޫން އަމިއްލަ އަނބިމީހާއަށްވެސް އެވީ ޣައްދާރު

    30
    7
    • ތީ ދޮގެއް

      ށެއިޙަކު ބުނެގެން ނުދާނެ މީހަކު ނުހުންނާނެ ދޯ

      2
      9
  28. ދެރަކަމެއް

    ނޫސްތަކުގެ ބަހުރުވަ އެއްގޮތަކަށްވެސް ކަމަކުނުދޭ.

    26
    8
  29. ރޯދަމުބާރަކް!

    ލަފާކުރެވެނީ ރޭވުމަކާ! މަގާމު ގެއްލުން ގާތް!

    45
    2
  30. އެމޫ

    އިޓް ވޯކްޑް... މީހުންގެ ވިސްނުން މެނިޕިއުލޭޓްކޮށް ބްރައިން ވޮޝް ކުރަން މިހާރު ހަމަ އެކަނި އޮތް ހަތިޔާރަކީ ތިއީ.. ޝުކުރިއްޔާ ދިވެހި ގައުމް، ޝުކުރިއްޔާ ޒިންމާދާރު ނޫސްވެރިން.. ހެޓްސް އޯފް..

    36
    2
  31. ސަމާލު

    މި އީ އެ މް ޑީ ޕީ އަޑީ ގަ ތިބެގެން ކުޅޭ ކުޅިގަނޑެެއް...

    45
    3
  32. ހިޔަޅު

    ކުރީގައި ޤާޒީން ބޭރުކުރަން ވެގެންވެސް މިކަހަލަ ކުޅިއެއްކުޅުނު... މިއީ ވެސް އެކަހަލަ ކުޅިއެއްހެން ހީވާން ފަށައިފި...

    48
    2
  33. Happy

    މިހާރުގަސްތުގަ އަބުރުކަތިލުމައްރާވައިގެން ހިންގާކަމެއް!!! ?

    51
    3
  34. ރިހި ރާންބާގަސް

    ލަފާކުރެވޭ ގޮތުން މިއުޅެނީ ރޭވުންގަނޑެއް ! ކޯލިޝަންގަ ހިމެނޭ އެހެން ޕާޓީތަކުގެ މީހުން ބޭރުކޮށް ފުލް ޕަވަރުގައި ވެރިކަމުގެ ބާރުހޯދާ ނުބާދިމާލަކަށް މިސްރާބު ބަދަލުކޮށްލުމުގެ ސިލްސިލާއެއް!

    48
    2
  35. ދިލްބަހާރު

    ތީ އާވާހަކައެއްނޫން ސިދާތާއަށް ވެސް އިގޭނެ. ހެއްދެވި ފަރާތައް އިގޭނެ އިމްރާނުއާ ، ސިދާތާ ކަންތައްކުރަން އުޅުނުގޮތް، ޕޮލިސް ބޮޑެތިމީހުންނައްވެސް އިގޭނެ

    26
    2
  36. އަހުމަދު

    އިންޑިއާގެ އަތެއް މިކަމުގައި ނުވެނުދާނެ. ނަހަލާލު ގޮތުގައި މި ވެރިކަން ގެނެސްދިނީ އިންޑިއާގެ ބާރުގަ

    22
    3
  37. ހުންސެން

    އަސްލު ވާނީ ބުހުތާން ދޮގަކަށް

    22
  38. ސޭކްސްތާން

    ރައީސް މީހާ މި ހަބަރު ލިބިގެން ރޯން އެބައިނޯ. ފަޒުނާ އެބަހުއްޓޯ ކަރުނަތައް އަޅަން ބާލިދީ ހިފައިގެން. ލާދީނީ ސެކްސްޕެއަރ ސަރުކާރުގެ ހާލަތު.

    30
    4
  39. ފަހަރި

    މހަ މަވަކިކުރަންވީ ވަކިކުރަން މާލަސް ވެސްވެއްޖެ އެ މްޑީޕީ އަކީ ކިހާވަރެއްގެ ނުރަށްކާތެރި ވައިރަހެއްކަން ނޭނގިއެއް ނޫނެއްނު އެބައިގަނޑުގެ ތެރެއަށް ވަނީ މިހާރުހުންނާނީ އެއްޗެއްވިސްނިފަ ތި މާ ކުރިހާހެޔޮއަ މަލުތަކެއްގައި ކޮޅުފައިން ޖަހާފަދިޔައީ މަ ވާނެގޮތްތީ!

    17
    4
  40. ރާޅު ބޯއީ

    ލެއްވިގެންވާ ހުރިހާ ނުބައި ކަމެއް މި ސަރުކާރުގެ ބޮޑުން އެބަކުރޭ. ވައްކަން ރޭޕް ބަދުއަޚްލާގީ ލާދީނީ މާރާމާރީ ރާބުއިންް ޑްރަގްސްް މިހެން ގޮސް ނަން ހުސްކޮށް.

    14
    2
  41. އަހްމަދު

    މިހާރުއަންހެނަކަށް ލާރިކޮޅެއްދީގެންމިކަހަލަވީޑިއޯގެވިޔަފާރިކުރުމަކީ މާފައިދާހުރިކަމެއް ދެންއިމްރާނުވީ ތިޔައަންހެންމީހާތިދައްކާވާހަކަ ހުއްޓުވާނަމަ އެމަންޖެއައްލާރިގަނޑެއްދޭން މިދެންބޮޑުވަރު ރޭގަނޑު ހަތަރުދަމު ތޮށިގަނޑުމަތީގައެތައްދުވަހަކުއުޅެފަވެސް ހިންހަމަނުޖެހޭވަގުތެއްއައިމަ މިބާވަތުގެވާހަކަދައްކާ އަނެކާގެ އަބުރުކަތިލުމަކީ އެއްވެސް އަންހެނަކަށް އަދި ފިރިހެނަކަށްވެސް އޮތްހައްގެއްނޫން

    15
  42. ލަކީ

    ހެހެ ފުރަތަމަ ފެށިއިރު ވެސް އެންގޭ ދޮގެއްކަން
    ފުރަތަމަ ކޮބާ އިމްރާނުގެ އަޑު ހަމަ އެކަނި އަންހެން ބޭފުޅާގެ އަޑު ހަމަ އިމުރާނުގެ އަގު ވައްޓާލަން ކުރާކަމެއް ކަން ވަރަށް ސާފު

    22
    1
  43. ސައިބޯނި

    އެލެކްސްގެ ސްޓަންޓްތައް ފެށުނީ...

    23
  44. ސޭކްސްތާން

    ނޫސްވެރިންގެ ބަހުރުވަ ގޯސްވީ ސީދާ ކަން ހިނގި ގޮތް ބުނީމަ ދެއްތޯ.. ރަނގަޅަށް ބުންޏަސް ގޯސް..!! ނުބުންޏަސް ގޯސް.!! އުރަމަތީގައި ހިފާފަ ހުރީ ނޫސްވެރިން ނުކިޔައެއް ނޫންތޯ.

    11
    5
  45. Anonymous

    ﷲ ދެނެ ވޮޑި ގަތުން ބޮޑީ މީހުން ދޮގުވެސް ހަދާފަާނެ ނޫރުލް ގްރުއާން ބޮޑުމީހާ ފައުޒީ ވެސް ބޮޑު ދޮގުތަކެއްހެދި އޭނަ އަކީ ކާކުކަން ނުވެސް ދަންނަ 14 ވަރަކަށް އަހަރުގެ އަންހެން ކުއްޖަކާ ބެހޭ ގޮތުން މި ދެފަރާތުގެވެސް ރައްޓެހި ބަޔެއް ކައިރީ . މިރައްޓެހި މީހުން އައިސް އަންހެން ކުއްޖާ ކައިރީ ފައުޒީބެ އެބަކިޔައޭ އެކަހަލަ މިކަހަލަ ވާހަކަ ތަކެއް ހަބަރު ބެލިއިރު އެބުނާ ފައުޒީ އެއް އެއަންހެން ކުއްޖާ އެއްގޮތަކަށްވެސް ނުވެސް ދަނޭ

    10
    1
  46. ހެލްތު މިނިސްޓަރ

    ދެން އެން މެ އަވަހަށް ޖިންސީ ގޯނާކުރާނީ ހެލްތު މިނިސްޓަރ އަ މީނު ކަ މަށްވުން ވަރަށް ގާތް، ހުރިހާ ނުބައި ކަ މެއްގެ މައި މަރުކަޒަކީ މަޖިލިސް ވަރަށް ސަލާ މް

    23
    1
  47. އޮޅުވާލި ވޯޓު

    އިމްރާނުގެ ސައިޒު ވަނީރައްޔަތުންނައް އެގިހާމަވެފަ 23 ޑިސެންބަރުގަ އެތައްހާސްރައްޔަގުންލައްވާ ﷲ ގަންދީކުރުވި ހުވާގެމަތިން އިމްރާނު ހަދާންނައްތާލި ދުވަހަކީ އިމްރާނު ތިކަހަލަ މޮމްމެ ފާހިށްއަމަލެ ހިންގާފާނެ ކަން ގިނަބަޔަކު ގަބޫލުކުރަން ފެށިހިސާބު ހަމަ ކޮއްފާނެތިޔަކަންތަވެސް ޔަގީނަ

    12
    3
  48. ކަނބިލި

    ނޫސްވެރިން ތިވާހަކަ ދެއްކިނަމަ 5 އަހަރުދުވަހުގެ ޖަލުހުކުމާއިއެކު 5 މިލިޔަންޑޮލަރުން ޖޫރިމަނާ.

    9
    3
  49. ޞަބީ

    ވަރަށް ރީތިކޮށް އެނގޭ ދޮގެއްކަން ??

    18
    1
  50. ޢެޑްމުންޑޯ

    ވަރަށް ޔަގީންކަނާއި އެކު ބުނަން ކެރޭ ތިއޯޑިއޯ އަކީ ބަޔަކު ގަސްތުގައި ރާވާގެން ކުޅެފައިވާ ފޭކް އެއްޗެއް ، ގައުމުގެ ހާލަތު މިވަނީ ވަރަށް ނިކަމަތިވެފައި ، މީހުންގެ އީމާންތެރި ކަމެއްނެތި ލާދީނީވެ ނިމިއްޖެ

    28
    2
  51. ކީކޭ ބުނާނީ

    ތިވާހަކަ ގަބޫލުކުރަން އުނދަގޫ.

    21
    2
    • މީ

      ޔާ. ދެން ވަﷲ އަޢުލަމް

  52. ސސ

    ޝޭހަކީ އުރަމައްޗެއް ދުވަހަކު ނުވެސް ދެކޭމީހެއް ވިއްޔާ ތިހާވަރުން ތިޔަބުނާ އެއްޗަކާއި ކުޅެން ބޮޑުވަރު !

  53. ޢެދުވަސް

    ކޮބާ އިލެޝަންގައި ސުލައިމާން އާޢީ އޭރުގެ މެންބަރުންނާއި އެސްޖީގެ ޒަމާނުގައި މަސައްކަތް ކުރި ކުދިންތައް.. ވާހަކަތައް ނުބުނާނަންތަ... އެމީހުންތައް އެތިބީ އަދިވެސް އެކިތަންތާގައި މަގާމުތަކުގައި....

    1
    3
  54. ބަގްދާދީ

    އުރަމަތި.

  55. ބަކުރުބެ

    މީސްމީޑިއާގަ ދައުރުވާ ހިނަ ވާހަކަތަކަކީ އެއްވެސް ހަޤީޤަތެއް އޭގަ ނުވާކަންކަން، ރޯބުހުތާނު ދޮގުވެސް ހަދާފަ ހުރޭ، ތިޔަ އަންހެނެއްގެ އުރަމައްޗެއްގަ ހިފިކަމަށް ކާކުކަން ނޭގޭ ގޮތަށް ސޯޝަލްމީޑިއާގަ ބުނިނަމަވެސް އެކަމެއް ބަލާކަށްވެސް ނުޖެހެ، އަންހެން މީހާ މައްސަލަ ހުށަނޭޅީ ކީއްވެބާ!؟

    4
    2
    • ޔުމްނާ

      އޭނަ ފަހެއް ނުޖެހޭނެ އޮން ކެމަރާގަވެސް ކިޔާދޭކަށް. ކަމަކީ ހަޤީގަތުގަވެސް ހިނގިކަމެއް. އެކަން އެނގޭނެ ޑރ.ނާޒަށްވެސް. މިއަދާ ޖެހެންދެންވެސް އޯޑިއޯގަ އެ ވާހަކަ ދައްކާ އަންހެންމީހާގެ ވާހަކަ ބަދަލެއްނުވޭ. ފުލުހުންގާތުގަވެސް އަހާބަލަ، މި ދޮގެއްތޯ.

  56. ރަދީފް ހުސެން

    މީގެ 3 މަ ހެއްކުރިން ޓީވީ ޗެނެލަކުން ތިވާ ހަކަދެއްކި. އޭރު ސަރުކާރު އޮތީ އިމްރާނުގެ ދިފާއުގަ އެހެންވީމަ އަޅާނުލި. ރޯޔަލް ރޭޕްކޭސް ފެންމަތިވުމުން ކުރީގެ ލައްކަ ގިނަވާހަކަ ސަރުކާރައް ކަމުގޮއްސި.. އިހްލާސްތެރި ވެރިކަމެއްނަމަ މިކަހަލަ މައްސަލަ ބަލަންފަށާނީ ތިމާމެން ނުކުމެ ބަޔަކުރޭޕްކޮއް އެކަންފަޅާއެރީމަ އޭގެ މައްޗައް އެހެންވާހަކަތަކެއް ގެނެސް އޮތްބަން އުޅޭ އުސޫލަކުންނޫން. ވަކި ޖިންސެއްނެތި މުޅި ގައުމު ރޭޕް ކޮއްފި، ﷲ ގެ ރަހްމަތުން މިވެރިކަންވެސް ނިމޭމެ ދުވަހެއް ފެންނާނެ.

  57. ފަހެރި

    ކޮބާ ފަހެރި؟؟ ހީވޭ ކަމެއްހެން؟؟؟ ވެއްދާނެ ވެއްޓިފައޮތް އެއްޗެއް ނެގީ ކަމައް..

    1
    2
  58. ސުހައިލް

    މީހަކު ހަދަހަދައިގެން ޕޮލިޓިކަލް ލީޑަރަކުގެ މައްޗައް އިލްޒާމް އެޅުވުމަކީ އެއީ ދުނިޔޭގަވެސް އަދި ރާއްޖޭގަވެސް އަލައް ހިނގާ ކަމެއްނޫނެވެ. ތިޔަ ޚަބަރަކީ ރާއްޖޭގެ ސިޔާސީ މަސްރަޚުގެ ހާލަތައް ބަލާއިރު ސިޔާސީ ގޮތުން ރާއްޖެ ހައްދުފަހަނަޅާފައި މިވާ ދުވަސްވަރު ދޮގު އިލްޒާމް އެޅުވުމުގެ މި މޫސުމުގައި އަހަރެމެން ހައިރާން ކުރުވާޚަބަރެއް ނޫން. ރާއްޖޭގެ ސިޔާސީ ފިތުނައިގެ ހާލަތު އޮތް ހިސާބަކީ ގައުމުގެ މިނިވަންކަންވެސް ހަލާކުވެ ނެތިގެން ގޮސްދާނެ ފަދަ ނުރައްކާތެރި ހާލަތެކެވެ. ރާއްޖެއައް ހެޔޮ އެދާ ހަމަ އެންމެ ލީޑަރަކުވެސް ނެތެވެ. ކިރިޔާވެސް ރާއްޖެއަށް ބޭނުންވާފަދަ މީހަކައް ހުރީ ޔާމީނެވެ. އެކަމަކު އޭނާވެސް ޖަލައްލައިގެން އަހަރެމެން މިތިބީ މޮޅުހެދިފައެވެ. ލިބުނެ މޮޅެއް ނެތެވެ.

    3
    1
  59. ާއަލީ

    މީ ހަކު ބުނާ ހާ އެއްޗެއް ނޫސްތަކުގަ ލިޔަންވެއްޖެ ނަމަ ޤައުމު ފަސާދަ ކުރާ ބަޔަކަށް ނުސްވެރިން ވެގެން ހިގައިދާނެ.

  60. މުހައްމަދު މުދުހިޝް Mudhish

    ޝައިޚު ޢިމްރާން ފޭސްބުކުގައި އުޅޭތަ.

  61. ނނ

    އަޖައިބެއްނު...ސުވާލަކީ،މައޮތް ހާ ދުވަސްވީއިރު މައްސަލަ ނުބެލިއޭ ކިޔާފަ އަމިއްލަ އަށް އެ ކަންތަކައް އަޅާ ނުލާ ތިބެ،ޓަސްލާފަ ކުއްލިއަކަށް ރޭޕްގެ ހަބަރުތައް ގިނަވާން ފެށި އިރަށް އަނެއްކާ އެވާހަކަތައް އަލުން އެހާ ދުވަސްވީމަ ދެއްކުމުގެ ބޭނުމަކީ ކޮބާހޭ..؟ އަނެއްކަމަކީ އޯޑިއޯ ރެކޯޑިންގ ހަމައެކަނި އަންހެން މީހާގެ އަޑު އެކަނި އިވިފަ ދެން ކޯލްގަ އިން މީހާގެ އަޑު ނީވެންވީ ކީއްވެ..؟މި ޒަމާނުގަ ފޯނުތަކުން ގުޅައިގެން ދައްކާ ހުރިހާ ވާހަކައެއް ރެކޯޑްކުރެވޭ...ދެ ފަރާތުގެ ވާހަކަތައް ހަމަ ސާފުކޮށް ރެކޯޑްކުރެވޭ..؟އެއްވެސް އޮއްޓަރެއް ހުރި ވާހަކަތަކެއް ނުން ތީކީއެއް...ރޭޕް ގެ ވާހަކަތައް އަތުރު ވަމުން ގޮސް ބައެއް ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަ އަންހެންވެރިން ާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާ މާ ރީތި ކަމަކަށް ހަދައިގެން މިހާރު ދެން ހުންނަ މީހާއަށް ގަދައެއް ފިލުވާލަންވެސް ރޭޕްއޭ ކިޔާފަ އަމިއްލަ މީހާ ފަލީހަތްވޭ އެބަ..؟؟؟ބޮޑުވަރު ދެން....ރޭޕްއޭ ކިޔައިފިއްޔާ ރޭޕް....ވަޅި ކިޔައިފިއްޔާ ވަޅި...މޫސުން އަންނަހެން މިކަހަލަ ހަބަރުތައް ވެސް މޫސުން ލަނީ..ހަބަރު ލިޔެނީވެސް ތަންތާ ތިބޭ ގަމާރުން...

  62. އެދުރު

    ޢިމްރާނުގެ ސިޔާސީ ވިސްނުމަށް ތާއީދެއް ނުކުރަން ، ނަމަވެސް މިގޮތަށް އޯޑިއޯގެ ޒަރީއާއިން މީހުން ފްރޭމްކޮށް އަބުރު ކަތިލުމާ ދެކޮޅު... ދެން ދައްކާފަ ތިހުރީވެސް ވަރަށް ތާކުންތާކު ނުޖެހޭ ވާހަކަ ،

  63. ފަރެސް

    ކަމުގެބާވަތުންނާ، ތިބޭފުޅާއަށް ލިބިލައްވާފައިވާ ޝެއިޚުންގެލަގަބާ،ހުންނެވިމަގާމުގެގޮތުން ތިއީ
    ހަގީގަތެއްނެތި ދެއްކޭނެވާހަކައެްނޫން ވީމާ، މިއީ ވަރަށްބޮޑު އަދި ސީރިއަސްމައްސަލައަކަށްވާތީ
    އާ މިއީ ޝެއިޚުންގެމާތްދަރަޖައަށްވެސް އުނިކަންލިބޭ އަދި ޝެއިޚުންނަށްކުރާ އިތުބާރުގެއްލޭ
    ޝެއިޚުންނަށްވެސް ރަށްދުވާ މަލާމާތަކަށްވާތީ ތިކަމަކީ ހަގީގަތަކަށްނުވާކަމެއްނަމަ ތިކަމަށް
    ރަށްދުދެއްވާ އަބުރުގެ ދައުވާކުރައްވާ ނޫނީ ރާވައިގެން ތިބާފުޅާގެ އަބުރާޢިއްޒަތާ،މަގާމްގެއްލުވާ
    ލުމަށް ފެތުރިއަޑެއްނަމަ އެކަންކުރިފަރާތެއްހޯޯއްދެވުމަށް މަސައްކަތްކުރައްވާ އެފަރާތެއްހޯއްދަވާ
    އަވަހަށް ފިޔަވަޅުއަޅުއްވާ މިއިންކަމެއްނުކުރައްވާ