2019 ވަނަ އަހަރުގެ ފެބްރުއަރީ މަހު ލ.ފޮނަދޫން ފުރައިގެން އެއަތޮޅު މާމެންދުއަށް ދަތުރުކުރި ޑިންގީ އެއް ބަންޑުން ޖަހާލައި މަރިޔަމް ޝިމާ ގެއްލުނު އިރު އޭނާ ދަތުރު ކުރަމުން ދިޔަ ޑިންގީ ކަމަށް ބެލެވޭ ޑިންގީ އެއް ފެނިއްޖެއެވެ.

މި ޑިންގީ ފެނިފައިވަނީ ފޮނަދޫ ކައިރިއަށް ފީނަން ދިޔަ ބަޔަކަށް ކަމަށް މައުލޫމާތު ލިބެއެވެ.

ޑިންގީ ފެނުނު ކަމަށް ރިޕޯޓް ކުރުމުން ޑިންގީ ފެނުނު ކަމަށް ބުނާ ސަރަހައްދަށް ފުލުހުންނާއި ސިފައިން ޑައިވް ކުރަން ތައްޔާރުވަމުންދާ ކަމަށް މައުލޫމާތު ލިބެއެވެ.

ޝިމާ ގެއްލުނީ އުމުރުން 24 އަހަރުގެ ފިރިހެނެއް ކަމަށްވާ އިބްރާހިމް ފަޒީލް އާއި އެކު ދަތުރު ކުރަމުން ދަނިކޮށެވެ. ޑިންގީ ބަންޑުން ޖަހާލި ހާދިސާ އިން ފަޒީލް ވަނީ ސަލާމަތް ވެފައެވެ. ފަޒީލް ސަލާމަތްވީ ޑިންގީ ބަންޑުން ޖަހާލުމުން ފަތާފައި ސިކްސް ސެންސަސް ރިސޯޓަށް އަރައިގެންނެވެ.

ޝިމާ ގެއްލުނު ހާދިސާ އާއި ގުޅިގެން ސާފު ނުވާ ގިނަ ކަންކަން ހުރި ކަމަށް ބުނެ އޭނާގެ އާއިލާ މީހުންނާއި ރަހުމަތްތެރިން ގެންދަނީ އެހާދިސާ އެކަށީގެންވާ ގޮތެއްގައި ތަޙްޤީޤު ކުރުމަށް ގޮވާލަމުންނެވެ.

ޝިމާ ހޯދަން ޑައިވް ކޮށްގެންނާއި ވައިގެ މަގުން ބޮޑު ސަރަހައްދެއް ބެލި ނަމަވެސް މިހާތަނަށް ޑިންގީ އާއި އަދި ޝިމާ އާއި ގުޅުން ހުރި އެއްވެސް އެއްޗެއް ފެނިފައެއް ނުވެއެވެ.

ނަމަވެސް ފުލުހުން ކުރިން ވިދާޅުވެފައި ވަނީ ޝިމާ ގެއްލުނު ހާދިސާ އަކީ ވަކި މީހަކު ނުވަތަ ބަޔަކު ރާވައިގެން ކުރި ކަމެއްކަމަށް ނުބެލެވޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ޝިމާއަށް ހެޔޮއެދޭ ފަރާތެއް

    ހުވާ؟؟؟؟؟؟ ވަރަށް އުފާ ވެއްޖެ.. އިންޝާﷲ ޝިމާ ހެޔޮހާލުގައި ފެންނާނެ

    78
    2
    • ކާފަރު

      ކަނޑު އަޑިން؟؟

      9
      2
    • ކާފަރު

      ކަލޭ ކޮން އިރަކު ހޭބަލި ވީ.. ކަނޑު އަޑިން ޑިންގީ ފެނުނީ.. އެ ޑިންގީ ނަގަން ސިފައިން އެ ރެޑީ ވަނީ.. ކިހިނެއް އެތާނގަ ޝިމާ ހެޔޮ ހާލުގަ އޮންނާނީ.. ކަލޭ ގެ ސިކުނޑި މެންޓަލް ޑޮކްޓަރަކަށް ދައްކަން ފެނޭ.. ކަލޭ ޑޮކްޓަރަކަށް ދައްކަން އަހަރެން ކަލެއަށް ފައިސާ ވެސް ދީފާނަން..

      11
      2
  2. ސޮބީ

    ޝިމާގެ ޑިންގީ ފެނުމާއިއެކު ރައީސަށް ކީރިތި ކުރެވިއްޖެ ވަރަށް ބޮޑަށް

    118
    11
    • ކާފަރު

      ލޮލް.. ވަޓް އަ ޖޯކް..

      5
      1
  3. އަލި

    ތިމައްސަލަ އޮއްބާލީ ސަންޕަތު އިސްވެސް ހުރެ، ޢާއިލާ މީހުނަށް ހިތްހަމަޖެހުން ހޯދައި ދިނުމަށްކަމަށް ސަންޕަތުގެ ގާތް މީހުން ބުނެއެވެ.

    22
    3
  4. Anonymous

    މަހްރަމުންނާ އެކުގައި ދަތުރު ކުރަން އިސްލާމްދީން އަންހެނުންނަށް އަމުރު ކުރަނީ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުމަށް އަންހެނުންގެ ހައްގުތައް ހޯދައިދޭން

    69
    5
    • ލޮލްލް

      ރޭޕް މައްސަލައިގަ މަގޭ ތިޔަހެން ބުނީމަ ކަލޭ ވަރަށް ކެރީމެއްނުން...

      3
      2
    • ކާފަރު

      އެކަމު އެއްބަނޑު އެއްބަފާ ބޭބެ، ކޮއްކޮ، ނުވަތަ ބައްޕަ ވިޔަސް އެބަ ރޭޕް ކޮށްލާ.. އެހެން ވީމަ މަހުރަމަކާ ލައިގެން ނިކުތަސް މި ޒަމާނުގަ ނެއް ތިބުނާ ރައްކާތެރި ކަމެއް..

      5
      3
  5. ގޭންގު

    ކޮން މެނުރަށްކަލެއްގެ ފަހަތުގައި އެ މްޑީޕީ މެމންބަރެއް ހުރޭ ސަންޕަތަކީ ލ.ގަ މު ދާއިރާގެ މްޑީޕީ މެންބަރު މިހާރު އެ މްޑީޕީ އަކީ ބޮޑު ގޭންގެކޭބުނު މުހެ ހައްގު ކޮން މެރައްޔިތަކަށްލިބިގެންވޭ!

    38
    4
  6. މުއްތު

    ތިޔަމައްސަލަ އޮއްބާލީ ރައީސް ޔާމީނު

    14
    73
  7. ޓ

    މުއްތު....2019 ގައި ވެރިކަމުގާ ހުރީ ކާކުތޯ
    ސިމާ ނޫސް ވެރިއަކަށް ނުވާތީ...ވައިގާ ނުހިފަނީ

    3
    1
  8. އަހުމަދު

    ކުރީގެ ސަރުކާރުނަމަ މިއެމްޑީޕީ ސަރުކާރުން ގޮވީސް ފޮރުވީއޭ ގެއްލުވާލީއޭ ނަވެސް މިހާރު ބުނަނީ ރާވައިގެން ކުރިކަމެއްކަމަށް ނުބެލެވެޔޭ، މީބޮޑުވަރެއް

    13
    2
  9. ސޭކްސްތާން

    އިއްޔެރޭ އިދިކޮޅު އެއްވުމެއްގައި ބައިވެރިޔަކު ބުނި އަޑުއެހިން ސިމާ ވެސް ނުފެނުނޭ ރޯޔަލް މާރޑާއެއްްވީމަ. އެކަން ހުއްޓާލައިފިޔޭ. ހަމަ އެހެންް ބުނިތާ ދެތިން ދުވަސް މިވީ މިހާރު އެ ފެނުނީ ޑިންގީ. ކޮންމެއަކަސް ރައީސް މީހާ ރޮއި ހޭރެމުންދަނިކޮށް މިއޮތީ ޑިންގީ ފެނިފަ. ދެން ބައިގަރުނު ފަހުން ފެންނަނީ ކޮންމެވެސް މީހެއްގެ ޖަންގިޔަލެއް.

  10. ކޮވިޑް

    ތިޔަލާންޗް އޮޔާ ނުދިޔަސަބަބަކީ ކޮބާ! ލާންޗް ފެނުނުއިރު އޮތް ޙާލަތު ބުނެދޭންޖެހޭނެ. އޮތީ ނަގިލިލާފަތޯ؟ ނޫނީ ބަރުއަރުވާފަތޯ؟ ޕޮލިހުން ޑައިވް ކުރީ ކޮންސަރަހައްދަކަށްތޯ އެކަން ހިނގި ދުވަސްވަރު؟ ލާންޗް ފެނިފައިވަނީ ދަތުރުފެށި ރަށްކައިރިންކަމަށްވާއިރު ފިރިހެންމީހާ ފަތާފައިގޮސް ރަށަށްވުރެ ދުރުގައިއޮތް ރިސޯޓަކަށް އެރިސަބަބު؟ ކަނޑުގަދަވެ އޮއިބާރު ދުވަސްވަރުވެސް ލާންޗް އެތާއަޑީގައި އޮތްސަބަބު؟ ހައްތަހާ ސުވާލު އުފެދޭކަންތައް މިއީ ނުބަލަ ދޫކޮށްލަން ޖެހޭ ޙާދިސާއެއްނޫން މިދިމާވިކަންތަކުން.

  11. ކާފަރު

    "ޝިމާއަށް ހެޔޮއެދޭ ފަރާތެއް" މަށައް ފެންނަނީ ކަލޭ މެންޓަލް ޑރ. އަކަށް ދައްކަން.. ސިކުނޑި ހަމައެއް ނުޖެހޭ.. ކަނޑު އަޑީގައި އަހަރު ވާ އިރު އިންސާނަކު ދިރި ހުރެދާނެ ތަ..

  12. ވިތް ފްރެނޑްސް

    ކޮބާހޭ ޕޮލިސް ކޯޕްރަލް މުޙައްމަދު ސުމެއިދު.......، އަދި ސުމެއިދުގެ ބޭބެގެ ގޮތްނޭނގޭ މަރު ކޮބާހޭ.....

    • ކޮބާހޭ

      ސުމައިދުގެ ބޭބެވެސް މަރުވީތަ؟ މަރާލީތަ؟