މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ވަކިކުރި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ފޯނާއި ލެޕްޓޮޕް ހިފަހައްޓައިފިއެވެ.

ފުލުހުން މިއަދު ވިދާޅުވީ އަލީ ވަހީދު، މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން އިލެކްޓްރޯނިކް ބައެއް ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، ހެކި ހޯދުމަށް ކުރަން ޖެހޭ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެކަމަކު، އެ މައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.

އެނގިފައިވާ ގޮތުގައި އަލީ ވަހީދު ދިރިއުޅުއްވާ ގެ، ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކޮށް ފޯނާއި ލެޕްޓޮޕް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މ. ފުރަހަނި، ބަލައިފާސްކުރި ނަމަވެސް މީގެ ދުވަސްކޮޅެއް ކުރިން ފެށިގެން އަލީ ވަހީދު ދިރިއުޅުއްވަނީ އެ ގެއަކު ނޫނެވެ.

މަސައްކަތުގެ މާހައުލުގައި ހިނގައިގެން ނުވާނެ ފަދަ އަހްލާގީ މައްސަލަތަކެއް ޓުއަރިޒަމް މިނިސްޓްރީގައި ހިނގާފައިވާ ކަމުގެ ޝަކުވާ މިނިސްޓްރީގެ މުވައްޒަފުންތަކެއް މީގެ ދުވަސްތަކެއް ކުރިން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށާއި ޖެންޑަ މިނިސްޓްރީ އަށް ހުށަހަޅައިފައެވެ. އެ މައްސަލައިގައި މިނިސްޓަރު ކަމުން އަލީ ވަހީދު އިސްތިއުފާ ދެއްވުމަށް ރައީސް އެންގެވި ނަމަވެސް އޭނާ އެގޮތަށް އަމަލު ކުރައްވާފައެއް ނުވެއެވެ.

އަދި އެންމެ ފަހުން ރައީސް ވަނީ ޓޫރިޒަމް މިނިސްޓަރު ކަމުން އަލީ ވަހީދު ވަކި ކުރައްވައިފައެވެ.

އަލީ ވަހީދުގެ ޖިންސީ ފުރައްސާރަ ކުރިމަތިވި ކަމަށް ބުނާ މުވައްޒަފުންގެ އަދަދު 10 އަށް ވުރެ މައްޗެވެ.

އެ މައްސަލައިގައި ތުހުމަތުގައި އަލީ ވަހީދާ އެކު، ޓޫރިޒަމް މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑައިރެކްޓަރު މުހައްމަދު ހައްސާން ވެސް ވަނީ މަގާމުން ވަކިކޮށްފައެވެ.

މި ތުހުމަތުތަކާ ގުޅިގެން ސީދާ ޖަވާބެއް އަލީ ވަހީދު ދެއްވާފައެއް ނުވެއެވެ. އަލީ ވަހީދު ވިދާޅުވެފައި ވަނީ ވަގުތު ޖެހުމުން ހަގީގަތް ހާމަވާނެ ކަމަށެވެ. މިއީ ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތަށް ރާއްޖޭގައި ވަޒީރުކަން ކުރެއްވި ބޭފުޅަކު މަގާމުން ވަކި ކުރި ފުރަތަމަ ފަހަރެވެ.

ޖިންސީ ގޯނާގެ ތުހުމަތާއެކު އަލީ ވަހީދު ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރައީސް ކަމުން ވަކިކުރަން ވަނީ ހުށަހަޅައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. ރަނާ

    "މ. ފުރަހަނި، ބަލައިފާސްކުރި ނަމަވެސް މީގެ ދުވަސްކޮޅެއް ކުރިން ފެށިގެން އަލީ ވަހީދު ދިރިއުޅުއްވަނީ އެ ގެއަކު ނޫނެވެ." ލޮލް
    ކަކުނި އިންތޯ ކަކުނީގެ ހަރު ނުކޮނެ ގަސްބުޑު ކޮނެގެން ކަކުންޏެއް ނުފެންނާނެ! ޤަރުނުގެ ބޮޑުޖޯކެއްގެގޮތުގައި މި ޢަމަލު ބެލެވޭ!

    45
    2
  2. އަހްމަދު

    ފްރޭމް ކުރުމުގެ ފެށުން. އީޚްލާސްތެރިޔަށް ވިއްޔާ ކަމުނުދާތަން މިފެންނަނީ. ހިތާމަހުރި.

    23
    11
    • ކަރާ ފަޅާބަ

      " ބޫމް ބޫމް ބޫމް! "

      14
      1
  3. ސަރުބަތު

    ވިސްނުމެއްނެތި ކޮއްފި ކަމަކުން އެންމެފަހަރަކު ދޭހުގާ ގިސްލަމުން ހިތިކަރުނަ އޮހޮރި ދެއޭ އަނބި ދަރިން ކުރިމަތީ.

    41
    1
  4. ނުރަބޯ

    ވެރިންގެ ނާގާބިލްކަން ރަގަޅު އެކަކުވެސް ނެތް.

    43
    1
  5. ސައްބެ

    އަލީ ވަހީދުގެ ފޯނާއި ލެޕްޓޮޕް ފުލުހުން ނެގުމުން އަޅުގަޑަށް ވަރަށް ބޮޑަށް ކީރިތި ކުރެވިއްޖެ

    46
    1
  6. އިބްރާ

    ކަލޯ ދެމީދާ ފެހި ބުޅަލަށްވީވަރު ވީވަރުވެސް މި އަލީވަހީދަށް ނުވި.

    38
  7. ގަސްބެ

    ދެން ބުނާނެ އެއްވެސް ހެއްކެއް ނުފެނުނޭ. ލޮލް. މިއޮތީވާ ސަރުކާރެއް.

    30
    1
  8. މިއަދު

    ކޮވިޑް-19 ލުއި ބަލިޖެހޭމީހުންނާއި މަރުވާމީހުން ގިނަ

    21
  9. ދަނާ

    ކޮބާހޭ އެކަމުގަ ބައިވެރިވި ސްމިތްމެން ތޮއްޔިބުމެން އެމީހުން ހަމަ ތިބީ ދޮއްތަ މީ އަހަރެމެނަށް ކުރިންވެސް ލަފާކުރެވިފައިވާގޮތް

    29
  10. އަމްރިޝްޕޫރީ

    ތީ ހައްތާވެސް ޑްރާމާ، ބެނުންވަނީ އައްޔަ ހުދު ކާފޫރުކޮށްލަން! ޢިންޑިޔާގެ ޖާސޫސީ އިދާރާ އިން އައްޔަ ގަނެފަ އޮތީ!

    14
  11. ސޭކްސްތާން

    ލެޕްޓޮޕްތަކުގައި ހުރި މަންޖެމެންގެ ވީޑިއޯތައް ބަލާލާހިތުން މިހިރީ ކެތްމަދުވެފަ. އަދި ހަދާފައި ހުރި ވަގު ޑީލްތައްވެސް.

    11
  12. ޝަހީދާ

    ބަލަގަ އިން ވައްތަރު، މީނަ ފެނުނީމަ އަހަރެމެން ގަންނަނީ ފަކުރު. އެކަމު ހީވަނީ އަންހެނަކު ފެނުނީމާ ބުޅަލަށް މަސްގަނޑު ފެންނަހެން. އެކަމަކު ގައިގަ އަތްލާ ގައިގަ އުނގުޅި ހަދާއިރު ހީވަނީ އެހެން ކަމެއްހެން. ކިތަންމެ އަވަހައް ފެނުނަސް މީނަ ގަޑިކިޔާނެ. މި ބަލާވެރިކަމުން ސަލާމަތް ކޮށްދިނީތީ ރައީސަށް ޝުކުރިއްޔާ.

    6
    2
  13. ނުރަބޯ

    އަލީ ވަހީދުގެ ފޯނާއި ލެޕްޓޮޕް ގެންދިޔައީ ލަންޑަނުގަ ނަޝީދުމެން ކޮށްފަހުރި ކަންތައްތައް ފަޅާއަރާފާނެ ކަހަލަ އެއްޗެއް އަލީ ވަހީދު އަތުގަ ހުރެދާނެތީ.

    15
  14. ޢިކުރާމު.

    މމ މީހަކު ހަބަރަކައިގެން އަތުވެއްޖެނަ މަ ކަ މުގެ ހަގީގަތް ބެލު މައް މިއުން މަތުގެ ނަބިއްޔާވަނީ އަންގަވާފަ ތިކަ މުގަ ބައެއްގެ ރޭވުންވެސް އޮވެދާނެ އަންހެނުންގެ މަކަރުވެރިކަ މަކީ ފުންކަނޑެއް ފަދަތަނެއް

  15. ފުރެންޑު

    މީ އޮޅުމަކުން އައި ސަރުކާރެއް!

    13
  16. ސޯޕް ލައިޓް ބްރަދަރ

    އަލީވަހީދުގެ ޖަނގިޔާތައްވެސް ޓެސްޓްކުރަންފެނޭ!! ފަހަރެއްގަ ޑީއެންއޭ ދިމާވާކުއްޖަކު ހުރެދާނެ!!!

  17. ސޮފްވާން

    ކޮބާތޯ އަސްއަދު މީނަ ހޯދަބަލަ

  18. ދަވަގާ

    ތަމެންގެ ވެރިކަމުގަައި ބޮޑުންނަށް މިތިބެނީ އެއީ ޖިންސީ ގޯނާ ކުރާ މީހުން ދެން އަނެއް ކޮޅުން އެކަމަށް ހިތްވަރުދީ އެކަމަށް މަގު ފަހި ކުރާ މީހުން ނަސީބެއް ނޫންތޭ މަމެންގެ ރާއީ ސަލާމަތްވި ކަން ދެން ޖިންސީ ގޯނާ ކޮށްފިތޭ ތަމެންގެ މިނިސްޓަރުންނާއި ނައިބުން އޭގެ ކުރީ ސަފުގައި ދެން ސަފާރީ ތަކުގައި އަންހެން ކުއްޖަކު ރޭޕް ކޮށް ފައި ނަގާ މޫދަށް އެއްލާލީ އިންޑިއާގެ ބަހެއްގައި އަންހެން ކުއްޖަކު ރޭޕް ކޮށް ފައި މަގުމައްޗަށް ނަގާ އެއްލާލި ގޮތަށް ދޯ ތަމެން ކޮން ވައްތަރަށް ވެރިކަން ކުރަން އުޅޭ ބަޔެއްތޭ ތިޔާއީ ތަމެން ދެން އިސްތިއުފާ ދޭން ނުވޭތޭ ތަމެންނަށް މިފަދަ ކަންކަމަށް ބޭނުންވާ ޕޮލިސީސް ތައް ނެހެދުނީމައޭ މިހެންވާންވީ ކޮމިއުނިކޭޝަން ކަޓޭ މިކަން ދަނެގެން އަވަހަށް ތަމެން ގެއަށް ކަނޑާލަންވީއޭ ބަލާބަލަ ވަގު ކަލޭގެ އެއާރޕޯރޓް އިންޑިއާގެ ވަގު ކުންފުންނަކަށް ވިއްްކާލާ ވަގަޔާ ވަގަޔާ ހުރި ގޮތެއް ދޯ...