ރާއްޖޭގެ އެކިކަންކޮޅުތަކުގައި މިހާރު ފެތުރެމުން އަންނަ ކޮވިޑް-19 އަށް ޓެސްޓުކޮށް ނަތީޖާ ނައްސިވިތާ ތިން މަސް ދުވަސް ފަހުން ވެސް ވޭދަނަ (ކޭސް) އިން ކަމަށް ބުނެ ރަށަށް ދިއުމުގެ ހުއްދަ ނުލިބުނު މައްސަލައެއް ފެންމަތިވެއްޖެއެވެ.

ނަން ނުޖަހާ ގޮތަށް "ވަގުތަށް" މައުލޫމާތު ދިން މީހަކު ބުނީ ގޭތެރެ ސާފު ކުރުމުގެ ތެރޭގައި ރޯގާ ޖެހުނީ މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ކަމަށެވެ. އޭރުގައި ދިރިއުޅެމުން ދިޔައީ މާލޭގައި ކަމަށްވެފައި، ކުޑަ ދެ ދަރިން ތިބުމުގެ ސަބަބުން އާންމު ރައްކާތެރިކަމަށްޓަކައި އެކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަށް އެންގި ކަމަށް ވެސް އެމީހާ ބުންޏެވެ.

އެހެންވެ، އެ ދުވަސްކޮޅުގައި ގެ މޮނިޓަރިން ހާލަތަށް ގެނެސް ޓެސްޓް ހެދި ކަމަށް އޭނާ ބުންޏެވެ.

"މި ގެއަށް އެޗްޕީއޭގެ ލިއުން ތަތްކުރަން ވެގެން އައި މީހާ ބުނީ މިގޭގަ ކޮވިޑަށް ޕޮޒިޓިވްވެފައި ހުރި މީހަކާ ޑައިރެކްޓު ކޮންޓެކްޓު ވެފަ ހުރި މީހެއް ހުރެގެންނޭ މޮނިޓަރިންނަށް ގެންނަނީ. އަހަރެން ހަމަ އަޖައިބުވި އެ ގަޑީ. އަސްލު އަމިއްލަ އަށް ރޯގާ ޖެހިގެން ޓެސްޓު ކުރަން އުޅުނީމަ މިހެން މިބުނީ" އޭނާ ކިޔައި ދިނެވެ.

މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި އޭނާ ހޯމް ކަރަންޓީނުގައި ހުރި އިރު ކޮވިޑް-19 އަށް ޓެސްޓުކޮށް ނަތީޖާ ނައްސިވެފައިވާ ކަމަށާއި، އަދި 14 ދުވަސް ވުމުގެ ކުރިން އެ ގެވެސް މޮނިޓަރިންގެ ހާލަތުން ނަގާފައިވާ ކަމަށް އޭނާ ބުންޏެވެ. އަދި ނަތީޖާ ނައްސިވުމުން އޭނާ ވެސް ކަރަންޓީނުން މިނިވަންވެފައިވާ ކަމަށް ބުންޏެވެ..

އޭގެ ތިން މަސް ފަހުން ރަށަށް ދިއުމަށްޓަކައި އެޗްޕީއޭގެ ޕޯޓަލްގައި ރަޖިސްޓްރީވެ ރަށަށް ދާން މަސައްކަތް ކުރަން ފެށުމުން އެޗްޕީއޭ އިން ވަނީ އޭނާގެ ނަންމަތީގައި އަދިވެސް ވޭދަނައެއް އިން ކަމަށް ބުނެ ރަށަށް ދިއުން މަނާކޮށްފައި ކަމަށްވެއެވެ.

"އަނެއްކާވެސް އަނެއް ކަންތައް މި ލައިގަތީ. މިހާރު އޭގެ ފަހުން ތިން މަސް ވެގެން މި ދަނީ، އެކަމަކު އަދިވެސް އަހަރެންގެ ނަންމަތީގެ ކޭސްއެއް ޕެންޑިންގަ އެބައިން. އަމިއްލަ އަށް ފެނިގެން ޓެސްޓު ހަދާލީ. އެކަމަކު އެކަންތައް އެވަނީ ބޮޑު ގޯހަކަށް" އެމީހާ ކިޔައި ދިނެވެެ.

އޭނާ ބުނި ގޮތުގައި އޭނާއަކީ ރަށު ކޮލެޖުން ތައުލީމް ހާސިލް ކުރަމުން އަންނަ މީހެކެވެ. އަދި ވަރަށް އަވަހަށް ޓެސްޓު އޮތް އިރު، ރަށަށް ދެވޭނެ އެއްވެސް އުންމީދެއް މިހާރު ނެތް ކަމަށާއި، ކޮންމެ ދުވަހަކު އެޗްޕީއޭއަށް ގުޅައިގެން އެތައް ކަމެއް ކުރަން ޖެހޭ ކަމަށް އޭނާ ބުންޏެވެ.

"މިހާރު އަންގާފަ ވާނީ، އެޗްޕީއޭގެ ލީގަލް އަށް މެއިލްކޮށްގެންވެސް. އަދި ހަމަ އަލިމަގެއް ނުފެނިގެން މި އުޅެނީ" އޭނާ ބުންޏެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ގައްބަރު

    އަޅުގަނޑު ވެސް ހަމަ ތިހާލެއްގަ މިއުޅެނީ. ކޯވިޑް ކަންތަކާ ގުޅިގެން ސްކޫލް ބަންދު ކުރުމުން މާލެ އައީ. އައި ތަނާ ލޮކްޑައުން ކުރީ. މިދިޔަ މަހު ކުރީ ކޮޅުގަ ކޯވިޑް ޖެހިފައިވާ މީހަކާ ކޮނެޓެކްޓް ވެގެން ކަރަންޓިން ކުރީ. 2 ފަހަރު ޓެސްޓް ކުރި އަދި ނަތީޖާ ނެގެޓިވް. މިހާރު ކަރަންޓިން އިން ސަލާމަތްވިތާ 2 ހަފްތާ އަށް ވުރެ ގިނަ ދުވަސް މިވީ. ޕޮޒިޓިވް ވި މީހާ ވެސް ބަލިން ރަނގަޅުވެ މުޖުތަމައުގަ އެބަ އުޅޭ. އެކަމަކު ހާލުބަލާ ޕޯޓަލްގަ ރެޖިސްޓަރ ވެގެން ހޯމް ކަރަންޓިން އަށް ރިކުއެސްޓް ކުރުމުން އަންނަނީ ކޯވިޑް ރިލޭޓެޑް ކޭސް ފައިލް އަންޑާ އައިޑީ ނަންމްބަރ. ރިކުއެސްޓް ރިޖެކްޓް ވެއްޖޭ. ޓިކެޓް ކްލޯޒް އޭ. މިހާރު ސްކޫލް ހުޅުވުނީމަ ރަށަށް ކިޔެވުން ފުރިހަމަ ކުރުމަށް ނުދެވިފަ މިހުރީ. އެޗްޕީއޭ އަށް ގުޅާ ގުޅާ ވަރުބަލި ވެއްޖެ.

    9
    1
    • ރަބަރޭ

      ތިވާނީ ސަރުކާރަށް “އޮޅުނީ”ކަމަށް މިއީ އޮޅޭ ސަރުކާރެއްނު މިސަރުކާރު ވެރިކަމަށް އައީވެސް އޮޅިގެން

      7
      1
  2. ދަންބެރު

    އެޗުޕީއޭގެ އަމަލުތަށްހުރީ އަމާބުނީތީ ފަރަށްދާއުސޫލު ތިތާގެ ނަންވެސް ވަނީ ބަދަލުކުރަންޖެހިފައި މީހުންގެ ހަޢްގުތަކަށް އަރައިގަނެ ލާއިންސާނީ އަމަލު ހިންގަނީ.

  3. މަ

    އެޗްޕީއޭ ތަންކޮޅެއް ހަރުދަނާތަނަކައްހަދަންވެއްޖެކަންނޭންގެ ކޮންމެކަމެއްވެސް ބޮޑުކަންތައްގަނޑަކަށްހަދަންއުޅެނީ