ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އަންހެނަކަށް ޖިންސޯ ގޯނާ ކުރި ކަމަށް ބުނާ މައްސަލަ، އަނިޔާ ލިބުނު އަންހެން މީހާ ދެފަހަރެއްގެ މަތިން ޖެންޑާ މިނިސްޓްރީ އަށް ހުށަހަޅަން މަސައްކަތް ކުރުމުން ވެސް މައްސަލަ ބަލައި ނުގަނެ ބޭރުކޮށްލައިފިއެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިނިސްޓަރު އިމްރާންގެ ފަރާތުން އަނިޔާ ލިބުނު މީހާ ދެފަހަރެއްގެ މަތިން ޖެންޑާ މިނިސްޓްރީ އަށް ގޮސް، މައްސަލަ ހުށަހަޅަން މަސައްކަތް ކޮށްފައި ވެއެވެ. ނަމަވެސް އޭނާގެ މައްސަލަ އެމިނިސްޓްރީން ބަލައި ގެންފައެއް ނުވެއެވެ.

މިނިސްޓަރު އިމްރާންގެ ފަރާތުން އަނިޔާ ލިބުނު މީހާ ހުށަހަޅަން އުޅުނު މައްސަލަ ބަލައި ނުގަތް ކަމަށް މައުލޫމާތު ލިބިފައިވާތީ ޖެންޑާ މިނިސްޓްރީގެ ބަހެއް ހޯދަން "ވަގުތު" އިން ކުރި މަސައްކަތް ކާމިޔާބެއް ނުވިއެވެ. މައްސަލަ ބަލައި ނުގަތުމާއި ގުޅޭ މައުލޫމާތު ސާފުކުރުމަށް ފަހު އެމައުލޫމާތު ހިއްސާކުރާނެ ކަމަށް ތިން ދުވަސް ކުރިން ޖެންޑާ މިނިސްޓްރީން ވިދާޅުވިއެވެ. ނަމަވެސް އަދި މިހާތަނަށް އެކަން ސާފުކޮށްދީފައެއް ނުވެއެވެ.

ޖެންޑާ މިނިސްޓަރުގެ ނައިބުންގެ ތެރޭގައި މިނިސްޓަރު އިމްރާންގެ މިހާރު އަނބިކަނބަލުން ފާތިމަތު ޔުމްނާ ވެސް ހިމެނެއެވެ. ނަމަވެސް މިނިސްޓަރު އިމްރާންގެ މައްސަލަ ޖެންޑާ މިނިސްޓްރީ އަށް ބަލައި ނުގަތީ ޔުމްނާ ނުފޫޒު ފޯރުވައިގެން ކަމެއް ނުވަތަ ނޫންކަމެއް ކަށަވަރެއް ނުވެއެވެ.

މިނިސްޓަރު އިމްރާން އަންހެނެއްގެ އުރަމަތީގައި ހިފި ކަމަށް ބުނާ އޯޑިއޯ އެއްވެސް މިހާރު ވަނީ އާއްމު ވެފައެވެ.

ޖިންސީ ގޯނާގެ ތުހުމަތުތަކެއް މިނިސްޓަރު އިމްރާންގެ މައްޗަށް ކުރެވިފައި ވާއިރު، މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި ޓްއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވަނީ މަގާމުން ދުރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ޒާ

    އަނބިގޮއްޔެގެ ބާރުގައިވިޔަސް މައްސަލަ ބަލައި ނުގަތުމަކީ ވަރަށް ލަދުވެތިކަމެއް. މުޅިސަރުކާރުގައި ހުސް މީގެ މީހުން.

    66
    4
  2. ޕޯރން ސަރުކާރު

    ކީއްވެޔޯ ބަލައިނުގަތީ؟ ތީއަޖައިބެއް! ޖެންޑަރގެ ދެޕިއުޓީ މިނިސްޓްރާ އިނދެގެން އުޅޭތީތަ؟ ބަލަ އެވެސް އެކަހަލަ މީހުންގެ ފިރިންފަހަތުން ދުވާ އަންހެނެކޭ.... ލަދެއް ނުގަންނާނެޔޭ!

    53
    6
  3. ޙަފީ

    ޖެންޑަ މިނިސްޓަރ އިސްތިއުފާ ދީފަ ގެއައް ކުރިންބުންޏެއްނު މަވެސް މިހުރީ މުޒާހަރާގެ ބައިވެރިންނާ އެކުގައޭ ތާހިރެއްނު މިހާރު އަހަރެމެނައް ވަރިހަމަ ކަލޭ މުޒާހަރާގެ ބައިވެރިންނާއެކު ނެތަސް އަހަރެމެން ކުރާ މުޒާހަރާ ހުއްޓައެއްނުލާނަން ލަނޑަޔާ ވާނީ ހަމަ ލަނޑަޔާ ތިވެސްހަމަ އޭގެ އެއްޗެއް

    32
    2
  4. އަޙުމަދު ޙަމީދު

    ހެޔޮނުވާނެ އެވާހަކަ ދައްކާ އަންހެންމީހާ އަކީ ހަމަޖެހޭ މީހެއްތޯބަލާބަލަ. އޭނަ އެވާހަކަ އެދައްކަނީ އެކިފަހަރު އެކިގޮތަށް. މަމީ އިމުރާނުގެ ފޭނެއް ނޫން. އެކަމު އެއީ ހަމަޖެހޭ މީހަކު ދައްކާވާހަކައެއް ނޫން. ނޫސްވެރިން ވެސް އަދުލުވެރި ވާންވާނެ.

    27
    13
  5. Anonymous

    ޖެންޑާ މިނިސްޓްރީ ގެ ޑެޕިއުޓީ މިނިސްޓަރަކަށް އުޅޭ ސޭހު އިމުރަނު ގެ ސެކެންޑް ވައިފެއް

    20
  6. ނަން

    މައްސަލަ ހުށަހަޅަން އުޅުނު މީހާގެ ބަހެއް ހިމަނާލިނަމަ ތަންކޮޅެއް ބުރަދަން ހުރީސް.

    23
    1
  7. ފުލުސް

    ???????????

  8. މޑޕގެބޮޑެއް

    ޖެންޑަރް މިނިސްޓްރީގަ އެބަތިބި ޑެޕިއުޓީ މިނިސްޓަރުން މީހުންގެ ފިރިންނާ ހިތާވެގެން އއއއޢުޅޭ!! އެއހެންވީމަ ތިޔަކަމެޢް ބަލަޢެޢްނުގަންނާނެޢޭ!

     

    23
  9. ލޫޒާ

    ޖެންޑަރ އާއި ހަައްގު ހޯދައިދޭން އުޅޭ މަދަނީ ޖަމިއްޔާ ތަކުގައި ތިބޭ އަންހެނުން ގިނަ ފަހަރަށް އުޅެނީ މީސް މީހުންގެ ފިރިންނާ ހިތާ ވެގެން ނޫނީ އެމީހުންނާ އަކީ ފްރެންޑްސް ވިތް ބެނިފިޓްސް ވެގެން. މިފަދަ ކަންކަމުން އާއިލާތައް ރޫޅެން ދިމާވޭ ނޫނީ އަންހެނުންނަށް އެތަކެއް ނަފްސާނީ އަނިޔާ އާއި ހިތާމަ ލިބެމުން ދޭ. ދަރިން ގޮވައިގެން ބިކަވަނީ އަންހެނުން. ތިޔަ ޔުމްނާވެސް މީހެއްގެ ދިރިއުޅުމަކަށް އެރިގަތީ. އެހެންވެ ފިރިމީހާގެ މައްސަލަ ނުބެލޭނެ

  10. އަލީރާޒް

    ކޮބާތަ ނަޝީދު އިމްރާންގެ ދިފާއުގަ އެއްޗެއް ބުބަންވާނެނު

  11. ލައިޓް

    ވިކްޓިމް އަކީ ކާކު ކަން އެނގޭ ނޫހެއް އެބައޮތްތަ؟ހީވަނީ އެއީ އަންހެނެއްހެން. އުރަމަތި ހިފޭވަރަށް ހުންނާނީ އާންމުކޮން އަންހެނުންގެ.

  12. ސަލީމް

    މިހާރުދެން މީހެއްގެ އަބުރު ކަތިލާލުމަކީ ހާދަ ފަސޭހަ ކަމަކަށް ވެއްޖޭ!

    9
    2
  13. ދާއޫދުބެ

    ޕިސް ޕިސް މިހާރު ގައުމުގައި ހިނގާ ލަދުވެތި ކަމެއް؟ ލަދުން ބޯހަލާކު

  14. ފިނިފެންމާ

    ތިކަން ބޮޑުގުޅައަށް ވެއްޖެ. ތެދެއް ދޮގެއް ނޭންގޭ. އަނެއްކާ މިއީ ގޭމެއްބާ!

  15. އުނޭޒާ

    މައްސަލަ ހުށަހަޅަން ޖެހޭގޮތައްހުށަހެޅީމަ ބަލައިގަންނާނެކަމައް ގަބޫލު ކުރެވެނީ.. ޔުމްނާއާއި ބައްދަލުކޮށް މައްސަލަ ހުށަހަޅަން ނޫޅެ ކަން ކުރަން ޖޭހޭ ގޮތައް ކުރީމަ ރަނގަޅުވާނެ...

  16. Anonymous

    ތި އަންހެން މީހާ ގާތުގައި ބުނެބަލަ ފުލުހަށް މައްސަލަ ހުށަހަޅާށޭ. ޖިނާއީ މައްސަލަ ތަހުގީގުކުރާ ފަރަތަކީ އެޔެއް ނ

  17. މުހައްމަދު

    ޖިނާޢީ މައްސަލައެއް. ފުލުހަށް ހުށަހަޅާށޭ ބުނެބަލަ.