ސްޓެލްކޯގެ އޮފީހުގައި ޑިސްއިންފެކްޝަން ގޭޓެއް ބަހައްޓައި ބޭނުން ކުރަން ފަށައިފިއެވެ.
ސްޓެލްކޯ އިން މިއަދު ވިދާޅުވީ އެ ކުންފުނީގެ މައި އޮފީޙުގައި ޑިސްއިންފެކްޝަން ގޭޓެއް ބަހައްޓައި ބޭނުން ކުރަން ފެށުމަކީ ކޮވިޑް-19 އާ ގުޅިގެން ކުންފުނީގެ މުވައްޒަފުންނާއި ކަސްޓަމަރުންނަށް ރައްކާތެރިކަމަށް އަޅަމުން ގެންދާ ހަރުދަނާ ފިޔަވަޅުތަކުގެ ތެރެއަށް އިތުރުވާ ބޮޅެއް ކަމަށެވެ.
https://twitter.com/STELCOMALDIVES/status/1282199327142604801?s=20
ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ސްޓެލްކޯ އިން ވަނީ އެ އޮފީހަށް އަންނަ ފަރާތްތަކުގެ ރޯގާގެ އަލާމާތެއް ހުރިތޯ އާއި ހުން ބަލާފައި ނޫނީ އެތެރެއަށް ނުވައްދާ ގޮތް ހަދައިފައެވެ. ސްޓެލްކޯއިން މީގެ ކުރިން ވަނީ ގޭގެއަށް ރީޑިން ނަގަން ދިޔުމުގެ ބަދަލުގައި މީޓަރުގެ ފޮޓޯ ވެރިފަރާތުން ފޮނުވުމުން ބިލް ތައްޔާރު ކޮށްދޭ ގޮތް ހަދައިފައެވެ.
ސްޓެލްކޯ އިން ޑިސްއިންފެކްޝަން ގޭޓެއް ބަހައްޓާފައިވާ އިރު، ހުޅުމާލޭގައި ހުންނަ "ފަހި ފްލާޒާ" ފިހާރައިގައި ވެސް އެފަދަ ގޭޓެއް ބަހައްޓާފައިވެއެވެ.
ކަލޭމެން ބޭނުން ގޮތަކައް ބިލް ހަދަމުން ތިޔަގެންދަނީ ތިޔަތަނައް ވަންނަ އާއްމުދަނީގެ ބޮޑުބައި ހަލާލެއް ނުވާނެ.
ކަރަންޓް ބިލް ބޮޑުވާސަބަބު އަދި ކިރިޔާ މިއެނގެނީ....
ޙަށިގަނޑު އެތެރެ ދިސްއިންފެކްޓް ނުކުރެވޭނަމަ ތިޔަކުން ކުރާނެ ކަމެއްނެތް.
ބިލް ފޮނުވަނީ އެއް ސައިޒަކަށް
އެންޓި ކޮވިޑް ކިޔަން ރަގަޅުތޯ..ކޮވިޑް ޖަރާސީމް މަރުވޭތޯހަމަ!
މީތި ގަންނަންވެގެންދޯ ކަރަންޓު ބިލު ބޮޑުކުރީ އަޅެފަހެ އަޖައިބެއް ނުވާނެތަ ރަށްޔަތުންނަކީ ގަމާރުބައެއް ކަމަށްތަ ކަލޭމެން ތި ދެކެނީ އަހަރުމެން ކަލޭމެންހަދާ ހުރިހާ ސަކަރާތަކަށް ފާރަވެރިވަމޭ.