ނ. ކުޑަފަރީން މާލެ ގެނައި މީހަކު ކޮވިޑް-19 އަށް ފައްސިވުމާ ގުޅިގެން އެ ރަށް ކަރަންޓީންކޮށްފިއެވެ.

ކުޑަފަރީން ފައްސިވެފައި ވަނީ އުމުރުން 92 އަހަރުގެ ފިރިހެނެކެވެ. އޭނާ މާލެ ގެނައީ ފާހާނައިން ނުކުންނަނިކޮށް ވެއްޓި އަނިޔާވެ ފައި ބިނދިފައިވާ ކަމަށް ބުނުމުން އިތުރު ފަރުވާ ދިނުމަށެވެ. އެމީހާ އިއްޔެ މާލެ ގެނެސް އޭނާ ކޮވިޑް-19 އަށް ފުރަތަމަ ކުރި ޓެސްޓް ފައްސިވުމުން ދެވަނަ ސުންކު (ސާމްޕަލް) ނަގައި ޓެސްޓް ކުރުމަށް ވަނީ ނިންމައިފައެވެ.

އެމީހާގެ ފުރަތަމަ ޓެސްޓް ފައްސިވުމާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ޑިރެކްޓަރު ޖެނެރަލް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވައި އެ ރަށް މޮނިޓަރިން ހާލަތަށް ގެންދިޔަ ކަން ކައުންސިލަށް ވަނީ އަންގައިފައެވެ.

މައިމޫނާ ކައުންސިލަށް ފޮނުއްވި ލިޔުމުގައި ވަނީ ސިއްހީ ގޮތުން ބަލަން ޖެހޭ ކަންކަން ބެލުމަށް ރަށުގައި މިވަގުތު ތިބި އެއްވެސް މީހަކު އެޗްޕީއޭ އިން ވަކި ގޮތެއް އަންގަންދެން ރަށުން ފޭބުމާއި އެޖެންސީގެ ހުއްދަ ނެތި މީހަކު ރަށަށް އެރުން މަނާ ކުރާ ކަމަށެވެ.

ފައްސިވި މީހާ މިވަގުތު ގެންގޮސްފައި ވަނީ ހުޅުމާލޭގައި ހުންނަ ކަރަންޓީން ފެސިލިޓީއަކަށެވެ.

 

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޕަރީ

    މަނަދޫންއަށްވެސް ތިޔަ މިހާ ގެންދިޔައެއްނު. އެރަށްވެސް މޮނިޓަރިންއަށްލުން ބުއްދިވެރި

  2. އަހުމަދު

    އެޗްޕީއޭގެ އަމުރަށް ކިޔަމަންވާކަށް ނުޖެހޭނެކަމަށް އަންނިމެން މަޖިލީހުުގައި ގޮވަނީ މިހާރު މައިމޫނާ ކިޔައެއްޗެއްނުވިސްނުން

  3. އަލީ

    އެމީހާ ކުޑަފަރީން މަނަދުއަށް ގެންދިޔަ ކަމަށް ޙަބަރު ލިބެ. ދެން އިތުރު ފަރުވާއަށް މަނަދޫއިން މާލެ ގެންދިޔަކަމަށް ވަނީ

  4. އެމަންޖެ

    ތިޔައީ ބޭކާރު ކަމެއް ކަލޭމެން މާލޭގެ ލޮކުޑައުން އެއްކޮއްފިލުވާލާ ރާއްޖެތެރެޔައް ބަލިފެތުރޭނެ ހުރިހާމަގެއް ފަހިކޮއްފަ މިހާރު އޮތީ.

  5. މާރިޔާ

    އަންނިގެ ވައުދެއް ރާއްޖޭގެ އެއްމެނައް ކޮވިޑް ޖެއްސުން އަންނި ފިޔަވާ.