ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)ގެ ރައީސްގެ މަގާމުން އައިމިނަތު އީނާސް މިއަދު އިސްތިއުފާ ދެއްވައިފިއެވެ.

އީނާސްގެ އިތުރުން އެ ކޮމިޝަންގެ މެންބަރު އައިޝަތު އަފްރީންވެސް ވަނީ މަގާމުން އިސްތިއުފާ ދެއްވައިފައެވެ. މި ދެ ބޭފުޅުން މަގާމުން އިސްތިއުފާ ދެއްވާފައި މިވަނީ އެޗްއާރްސީއެމްގެ މެންބަރުން މަގާމުން ވަކި ކުރުމަށް ރައްޔިތުން މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ނިންމައިފައި ވަނިކޮށެވެ.

މީގެއިތުރުން އެ ކޮމިޝަނުގެ ހަތަރު މެންބަރެއްގެ ދައުރު ހަމަވާތީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ އެ ހަތަރު މަގާމަށް ކުރިމަތިލެއްވުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފައެވެ. ދައުރު ހަމަވާ މެންބަރުންނަކީ ކޮމިޝަނުގެ ރައީސްގެ މަގާމުން އިސްތިއުފާ ދެއްވި އީނާސްއާ ކޮމިޝަނުގެ މެންބަރުކަމުގައި ހުންނެވުމަށްފަހު އިސްތިއުފާ ދެއްވި އަފްރީނެވެ. އަދި މެމްބަރުންގެ ގޮތުގައި ތިއްބެވި މޫސާ އަލީ ކަލޭފާނާއި ނައިވީން އަބްދުﷲ ގެ ދައުރުވެސް އަންނަނީ ހަމަވަމުންނެވެ.

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އަށް މިއަދުގެ ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީގެ އިތުރުން ސަރުކާރު ކޯލިޝަން ޕާޓީތަކުގެ ރައްޔިތުން މަޖިލީހުގެ މެންބަރުންގެ ފާޑުކިޔުންތައް އަންނަނީ ވަރަށް ބޮޑަށް އަމާޒުވަމުންނެވެ. ހާއްސަކޮށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މިބޭފުޅުން އައްޔަން ކުރައްވާ އޭރު ހިނގާދިޔަ ސިޔާސީ އެތައް ކަމެއްގައި އިންސާނީ ހައްގުތަކަށް އަސަރު ކުރުވާ ކަންކަން ހިނގާފައިވާއިރު އެކަމުގައި އެޗްއާރްސީއެމްގެ މެންބަރުން ހަނު ހުންނެވި ކަމަށް ގިނަ ބަޔަކު ދިޔައީ ބުނަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ާއަބޫ

    މަޖިލީހ ހުގެ އެޗްއާރު ކޮމިޓީގެ މުގައްރިރުގެ މަސްލަހ ހަތު އޮތް "ރޯޔަލް ރޭޕް"ގެ މައްސަލަ އެކޮމިޝަނުން ބަލަމުންދާ ވަގުތެއްގައި ޒިންމާ އަދާ ނުކުރި ކަމަށް ބުނެ ވަކިކުރަން ނިންމުމަކީ ޒާތީވެ އަނެއްކާ ވެސް ނުފޫޒުގެ ބޭނުން ކުރުން. ދުނިޔޭގެ އެހެ ހެން ތަނެއްނަމަ ތިކޮމިޓީގެ މުގައްރިރުކަމުން އިސްތިއުފާ ދޭނެ.

    23
  2. އަހްމަދު

    ދެންތިޔަތަނުގެރައީސަކަށް މެމްބަރުޖީހާންގެ ފިރިކަލުން އަށްޔަންކުރީމަ ތިޔަކޮމިޝަަން ވާރައްބާރައް ހިގަންފަށާނެ

    32
  3. ލަތީ

    ދެރަކަމެކޭ ދޯ

    15
  4. ނަައީމް

    ސަފާރީ މައްސަލަ ބަލަން ފުށުމުން ޖެހުނު މުސީބާތް ކާހިނުކަލޭގެ ބާރުގެ ބޭނުން ކުރަންފެށީ ނޫކަށި ޒުވާނުން އިސްތިއުފާ ދިނުމަކީ ގައުމު ފުޑާލުން

    30
  5. ސޯޕް ލައިޓް ބްރަދަރ

    ދެންއެކަމަނާ ވިދާޅުވާނީ ތިމަންނަ އިޢްފާމިދިނީ ޖިންސީ މަލާމާތްކުރީމައޭ!!!!

    2
    13
  6. ނަސީބު ލިބިގަތުމަށް އަވަސްވޭ

    މާތްކަލާކޯ މިސަ ރުކާ ރުން ދޭ ވަޒީފާ ބަލައިނުގަތިއްޔާ ރަނގަޅުވާނީ ދުވަސްކޮޅަކުން މިސަ ރުކާ ރުން ދޭވަޒީފާ ބަލައިގެންފިނަމަ މާގިނަފުވަހެއްނުވެ އެމީހެއްގެ އަނބު ރު ގެެއްލި މުޅިދުނިޔޭގެ. ކު ތިމަތީގައި އެމީހަކު ބަދުނާމް ވެގެން ހިނގައިދާނެ ކޮންމެމީހަކުވެސް ތިމާގެ އަނބު ރު ސަލާމަތްކު ރަން ބޭނުމިއްޔާ މިޖުނުބު ވެ ރިސަ ރުކާ ރާދު ރުވޭ ސަލާމަތްކަން އޮތީ މިސަ ރުކާ ރާއި ވީހާވެސް ދު ރުވެވިގެން ސަލާމަތްކަމާއި ނަސީބުލިބިގަތުމަށް މިސަ ރުކާ ރާއި ވީހާވެސް ދު ރުގައި ތިބެވޭތޯބަލާ!

  7. ނީނު1900

    ދެން ޖިހާނުގެ ރައްޓެހިންތަކަށް މެންބަރުކަންދި