ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީސް (އެފްއެޗްޓީއެސް)ގެ ވެރިއަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ޤައުމީ ޔުނިވަރސޓީގެ އޮފިޝަލަކު "ވަގުތު"އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ އެ ޔުނިވަރސިޓީގެ އިސް ބޭފުޅަކު ކޮވިޑް-19 އަށް ފައްސިކަން އެނގުނީ ބުދަ ދުވަހު ކަމަށެވެ.

އެއީ އަންހެން މުވައްޒަފެއް ކަމަށާއި، އޭނާ އާއި ޔުނިވަރސިޓީއިން އެއްވެސް ބަޔަކާއި ބައްދަލުވެފައި ނުވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ. އެހެންނަމަވެސް ޔުނިވަރސިޓީ ޑިސްއިންފެކްޓް ކޮށްފައިވާނެ ކަމަށް އޮފިޝަލް ވިދާވިއެވެ.

" ޔުނިވަރސިޓީއިން އިތުރު މީހަކު ޕޮޒިޓިވް އެއް ނުވޭ. އެ ގެއިން އެހެން ބޭފުޅަކު ފައްސިވީ. ޔުނިވަރސިޓީގެ އެކެޑެމިކް ބޭފުޅުން ހާޒިރުވަޑައެއް ނުގަންނަވާ މިހާރަކު، މިހެން އޮފީސް މަސައްކަތަކު ވަޑައިގަންނަވަނީ. އެކަމަކު ޔުނިވަރސޓީން އެންގިން ފައްސި ވީމަ. އަޅުގަނޑުމެންވެސް އެޗްޕީއޭއަށް ވެސް މިނިސްޓްރީއަށް ވެސް އެންގިން. ބުދަ ދުވަހު މިކަމެއް ހިނގީ. އެއްވެސް މީހަކާ ބައްދަލެއް ނުވޭ އޮފީހުގައި ހުންނަވާތީ ވަކިން އޮފީހެއްގައި ހުންނަންޏާ މީހަކާއި ބައްދަލުވުމުގެ ފުރުސަތު ކުޑަވާނެތާ. ދެން އަޅުގަނޑުމެން ވާނީ ލިފްޓާއި، ދަތުރު ކުރި ރޫޓް ބަލާފަ. ޑިސްއިންފެކްޓްވެސް ކޮށްފަ." އޭނާ ވިދާޅުވިއެވެ.

ތަފާސް ހިސާބުތަކަށްބަލާއިރު ކޮވިޑް-19 ޖެހިގެން އެޑްމިޓްކުރާ މީހުންގެ އަދަދު މިހާރު އިތުރުވަމުންދާކަން ފާހަގަކުރެވެއެވެ. ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ތެރެއިން ޖޫން މަހުގެ ފަހު ހަފްތާގައި %4 މީހުން އެޑްމިޓްކޮށް ފަރުވާދިން ނަމަވެސް މި ޖުލައި މަހުގެ ފުރަތަމަ ހަފްތާގައި އެއަދަދު %15 އަށް ވަނީ އިތުރުވެފައެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު ވަނީ 2664 އަށް އަރާފައެވެ. ރާއްޖެއިން މި ބައްޔަށް ފައްސިވި މީހުންގެ ތެރެއިން މިހާތަނަށް 2268 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އެމަންޖެ

    މިއުޅޭ ވެރިޔާ ބުއްޅަބޭ ޕޮޒިޓިވް ކޮއްލަބަލަ.

    3
    6
    • އެދޭށެބަދަލަށް

      މިހެން އެދިދުޢާކުރިމީހަކަށް އެދުޢާ ރައްދު ކުރައްވާށި.

      2
      7
      • އެމަންޖެ

        އޭ އެދޭށެބަދަލަށް ބުއްޅަބޭމެންގެ ސަބަބުންނޭ މިގައުމުގަ މިބަލި ކޮންޓުރޯލް ނުވެގެން މިއުޅެނީ ، އަދި އޭނާ ބުނެފަ އޮތީ މިގައުމު އެއްމެނައްޖެހޭނޭ އެކަހަލަ ލާދީނީ މީހަކައް ކަލޭ ސަޕޯޓު ކުރާ ކަމުގަ ވަނީނަމަ ކަލޭވެސް ވަނީ އެލާދީނީ މީހުންނާއެކު.