ޖިންސީ އަމަލެއް ހިންގަން އެދުނު ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައަކާއި ގުޅިގެން ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް ސެކްރެޓަރީ، ހަސަން އިސްމާއިލް ފުލުހަށް ހާޒިރުކޮށްފިއެވެ.

އޭނާ ފުލުހަށް ހާޒިރުކޮށްފައި ވަނީ ރޭގެ ވަގުތެއްގައެވެ. އޭނާ ޖިންސީ ފުރައްސާރަ ކޮށްފައި ވަނީ "މިހާރު" ނޫހުގެ ދަށުން ހިންގަމުން ދާ "ދި އެޑިޝަން"ގެ އެޑިޓަރަކަށެވެ.

މި އަހަރުގެ ފެބްރުއަރީ މަސް ތެރޭގައި ހިނގި މިކަންތައް ދާދި ފަހުން ފެންމަތިވެފައި ވަނީ، ޓުއަރިޒަމް މިނިސްޓަރުކަމުގެ މަގާމުން ވަކި ކުރި އަލީ ވަހީދު އެތަނުގައި މަސައްކަތް ކުރާ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި މައްސަލަތަކުގެ ވާހަކަތައް މިީޑިއާތަކަށް ތިލަވި ފަހުންނެވެ.

އެ ނޫސްވެރިޔާ ބުނެފައިވާގޮތުން، އޭނާއަށް ޖިންސީ ފުރައްސާރަ ކުރި މައްސަލައެއް އޭނާ ފުލުހުންނަށާއި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށްވެސް ހުށަހެޅި ކަމަށެވެ. އަދި މިއަދާއި ހަމައަށްވެސް އެ މައްސަލާގައި ފިޔަވަޅެއް އެޅީފައި ނުވާ ކަމަށާއި، އެކަން ނުކުރެވިގެން އުޅެނީ ކީއްވެގެންތޯ އެ ނޫސްވެރިޔާ ވަނީ ސުވާލު އުފައްދަވާފައެވެ.

އެ ނޫސްވެރިޔާ ކުރި ޓްވީޓްތަކަށް ޖަވާބުދެއްވަމުން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ، އެ މައްސަލައިގެ ތަހުގީގުގައި އުޅޭ ފުލުހުންގެ ޓީމާއި އޭނާ ވާހަކަ ދައްކާފައިވާނެ ކަމަށާއި، އެ މައްސަލައިގެ ތަހުގީގު އަވަސްކޮށްދޭން އިރުޝާދު ދީފައިވާނެ ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ފުލުހުންގެ އިދާރާއަށް ހަސަން ހާޒިރުކުރީ ތަހުގީގު ކުރަމުން ދާ މައްސަލައާ ގުޅިގެން ސުވާލު ކުރުމަށް ކަމަށެވެ. އޮފިޝަލް ވިދާޅުވީ،ހަސަން ހާޒިރުކޮށްފައި ވަނީ އޭނާއާ ގުޅޭގޮތުން ފުލުހުން ބަލަމުންދާ ޖިންސީ މައްސަލައާ ގުޅިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ތުނިޔަ

    މިއީ މިނިސްޓަރެއްގެ ކޮއްކޮއެއްވީމަ މިކަންވެސް ރޮޔަލްވާނީ އެއްމެފަހުން..

    15
    1
    • ބުއްޅަދައްޖާލު

      ސައިތާނެއްތަ...؟ ކާހިނުންގެ ވެރިކަން ވައްޓާލަން ނުވޭތަ.؟

  2. Anonymous

    ޖިންސީ ގޯނާކުރުމާ ފުރައްސާރަކުރުން ރާއްޖޭގައި އިތުރުވަނީ ކީއްވެގެން ތައުލީމު ލިބިފައި ތިއްބަސް ތަރުބިއްޔަތު ދެވިފައިވާލެއް ހަމަ ކަޑައީ ކަމަށް ފެންނަނީ މޮޔައެއްގެ އަތައް ކަނޑިއެއް ލިބުމެކޭ އަޚްލާގެއް ގޮތެއް ފޮތެއް ނެތް މީހަކަށް ތައުލީމު ލިބުމެކޭ އޮތީ ކޮންތަފާތެއް

    15
  3. މަމީ

    ތިވަރުން ދަންޏާ ސޯލިހުވެސް މަޅިއެއްގަ ބައްދާލަފާނެ ސޯލިހޫ މަބުނާނެ ވާހަކައަކީ ބަލައިގެން އުޅޭށޭ މިޔަދު ކަލޭމެންގެ ސަރުކާރުވަނީ ގެންނަން އުޅޭ ބަރުލަމާނީ ނިޒާމުން ޖިންސީ ނިޒާމަށް ބަދަލުވެފައޭ.

    17
    1
  4. ނަައީމް

    މަތިހަށިގާބީހުމުގެ ސީޒަނެއް މިސަރުކާރުން ފަށައިފި މީވެސް ވައުދެއް މިކަމާ ލަދުން ޒުވާނުން މި ސަރުކާރަށް ނޫނެކޭބުނުމުގެ ގޮތުން އިސްތިއުފާދޭން ފަށައިފި އެންމެން ނޫނެނެކޭބުނަމާ ބޮޑު ބަދަލަކަށް ތައްޔާރުތޯ/////

    17
    1
  5. ސުރެން

    މިސަކަރާތުގައި މިސަރުކާރު ބޭއްވޭކަށް ނެތް ވައްޓާލުން މުހިއްމު ސީރިއަސްލީ.

  6. ސޯލިހު

    ޔާމީނު މޑޕގެ ނުބައި ރޭވުމުން ޖަލަށްލީމަ ވަރަށް ތާހިރު އަޑުއަޑު އިވެއެއްނު ދޯ ... ދާއޮހޮރުވައިގެން ގެނައި ސަރުކާރު ހަމަ ކޮޅުދޮށިން މުގޫޖެހިއްޖެ އަގުތަ ދެންދާނީ ފެޅިހިސާބުން ލުއްސައިގެން..

  7. ހަސަނާ

    ބޯގަންވިލާގޭ އައްނިސްބަތްވާ އެއްވެސް މީހާކާދޭތެރޭ އެޅޭނެފިޔަވަޅެއް ނޯންނާނެ ބޯގަންވީލާ އަކީ ކެނެރީގެ ނަގާފަ ދެން އެންމެމުހިންމުގެ މިދެގޭގެ ބާރު މިހާރު ދިވެހިދައުލަތުގެ މައްޗައް ވެރިވެފަ އޮތީ ބޯގަންވިލާ އަކީ ބޭރުގެ ޖަމިއްޔާ ތަކުން ރައްކާތެރިކަންދީފަވާ ގެއެއް..