ދުނިޔޭގައި ހަލުވި ކަމާއި އެކީ ފެތުރެމުން އަންނަ ކޮވިޑް-19އާ ދެކޮޅަށް ބޭނުން ކުރެވިދާނެ ތަކެތި ދޯކާ އެފްސީގެ ފަރާތުން ޅ. ނައިފަރު، މަދުރަސަތުލް އިފްތިތާހު ސްކޫލަށް ހަދިޔާކޮށްފިއެވެ.

ނައިފަރުގެ ގިނަ ޒުވާނުން ހިމެނޭ މި ޓީމްގެ ފަރާތުން އެ ސްކޫލާއި ހަދިޔާ ކޮށްފައިވަނީ 5 މޫނު ދޮންނަ ތަށި ސެޓާއި، 5 ޓިޝޫ ޑިސްޕެންސަރ، 5 ކޭސް ޓީޝޫ، 500 އެމްއެލްގެ 12 ހޭންޑް ސެނިޓައިޒާ، 2 ޕްރެޝަރ ސްޕެންސަރ، 480 އެމްއެލްގެ 36 ފުޅި އަތްދޮންނަ ސައިބޯނީގެ އިތުރުން 3 އިންފްރަރެޑް ތާމޯ މީޓާރެވެ.

15000 ރުފިޔާއަށްވުރެ އަގު ބޮޑު މި ތަކެތި ސްކޫލާއި ހަވާލު ކޮށްފައިވަނީ މިއަދުއެވެ. މި ތަކެތި ސްކޫލާއި ހަވާލު ކުރުމަށް ބެއްވި ހަފްލާގައި ގިނަ އަދަދެއްގެ މުވައްޒަފުންނާއި ޓީމުގެ ގިނަ މެމްބަރުން ވަނީ ބައިވެރިވެފައެވެ. ޓީމުގެ ފަރާތުން މުހައްމަދު ފިރާގު ހަވާލު ކޮށްދެއްވި ތަކެއްޗާއި ސްކޫލްގެ ފަރާތުން ހަވާލުވެލެއްވީ، ޕްރިންސިޕަލް ޒިޔާދު ރަޝާދެވެ.

މިކަމާއި ގުޅިގެން ޒިޔާދު "ވަގުތު" އަށް ވިދާޅުވީ، ޓީމުގެ ފަރާތުން ހަދިޔާ ކޮށްފައިވާ މޫނު ދޮންނަ ތަށި ނުވަތަ އައް ދޮންނަ ތަށި ސްކޫލްގެ އެކި ސަރަހައްދުތަކުގައި އެބޭފުޅުން މި ދެދުވަހެއްގެ ތެރޭގައި ހަރުކޮށްފައިވާ ކަމަށާއި މިއަދު އެތަކެތީގެ ބޭނުން ކުރަން ފެށިފައިވާ ކަމަށެވެ.

"ގޭޓް 1 ގައި ކުރިން ހުންނާނީ 2 ތަށި، ޓީމުން ހަދިޔާ ކުރިން 5 ތަށިން މިހާރު 3 ތަށި އެތަނުގައި ބެހެއްޓި ޖުމްލަ 5 ތަށި ގޭޓް 1ގައި ހުންނާނެ. މިކަމުގެ ސަބަބުން ކުދިން ސްކޫލަށް ވެދެ ނުކުތުމަށް ހޭދަވާ ވަގުތު ބޮޑުތަނުން ކުޑަވެގެންދާނެ. އަދި ދެން ހަދިޔާ ކުރި ތަކެތިން ވެސް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ" ޒިޔާދު ވިދާޅުވިއެވެ.

ދޯކާ އެފްސީއަކީ ނައިފަރުގެ ގިނަ ޒުވާނުންތަކެއް ހިމެނޭ ގޮތުގައި ރަށުގެ އިޖުތިމާއީ އެކިކަންކަމުގައި އެހީތެރިކަމާއި އެއްބާރުލުން ދެމުން އަންނަ ޓީމެކެވެ. މި ޓީމުގައި ނައިފަރަށް ނިސްބަތްނުވާ އެހެން އަތޮޅުތަކުގެ ޒުވާނުންވެސް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މާބޭބެ ނޭފަރު

    އިފްތިތާޙްގެ ޕީޓީއޭއިން ވެސް ސްކޫލުގެ ހުރިހާކުދިންނާޢީ ސްޓާފުންނާއި ޓީޗަރުންނަށް މާސްކް ހޯދާދީފިކަމަށް ވަނީ. އެކަމަކު އެދިންކަމެއްވެސް އަދި ނުދޭކަމެއްވެސް ނޭގޭ. ކުދިންނާއި ޓީޗަރުންނަށް ދިނީމާ އެނގުނީ.

    2
    2
  2. ޞާބިރު

    މިކަމުންވެސް އެގިގެންދަނީ ސަރުކާރުގެ ޤާބިލްކަމެއް ނެތްކަމެވެ. ކުރާށޭ ބުނާއިރު ކުރާނޭގޮތެއް ނުދައްކައެވެ. ޚަރަދު ނުތޭތާންގައި ބަޖެޓްވެސް އެތިބަ ގެންދަނީއެވެ.