ޖިންސީ ގޯނާގެ ތުހުމަތު ކުރެވޭ ސަރުކާރުގެ އިސް މަގާމުތަކުގައި ތިބި ފަރާތްތަކުން މަގާމުން ވަކިކުރުމަށް ގޮވާލައި މިއަދު މުޒާހަރާ ކޮށްފިއެވެ.

ސަރުކާރުގެ ގިނަ އޮފީސްތައް ހުންނަ ވެލާނާގެ ކައިރީގައި މިއަދު ކުރި މުޒާހަރާގައި ގިނަ ބައިވެރިން ވަނީ އަންހެނުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދޭން ކަމަށް ގޮވާލާފައެވެ. ގިނަ ފަރާތްތަކުން ވަނީ ސަރުކާރުގެ އިސްމަގާމުތަކުގައި ތިބި މީހުންނަށް އެފަދަ ތުހުމަތުތަކެއް ކުރެވޭއިރު، މަގާމުގައި ތިއްބަވާނަމަ އެ ކުށް ތަކުރާރުވާނެ ކަމަށް ތުހުމަތުވެސް ކޮށްފައެވެ. އެހެންކަމުން އެ ފަރާތްތަކުން މަގާމުން ވަކި ކުރުމަށް ވަނީ ގޮވާލާފައެވެ.

މުޒާހަރާގެ ބައިވެރިން ވަނީ ޖިންސީ ގޯނާގެ ޝިކާރައަކަށްވާ މީހުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދޭން ތިބޭ ފަރާތްތަކުން އެފަދަ އަމަލު ހިންގާ ފަރާތްތަކަށް ހިމާޔާތްދޭ ކަމަށް ތުހުމަތު ކޮށް އަޑު އުފުލާފައެވެ.

"އިންސާފު ނުލިބިދާ ކޮންމެ ދުވަހަކީ އަނިޔާ ލިބޭ ދުވަހެއް" މުޒާހަރާގެ ބައިވެރިން ފާހަގަ ކުރިއެވެ.

މައުސޫމު އެތައް ބަޔަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތު ކުރެވޭ ފަރާތްތަކުން މުޖުތަމައަށް ދޫކޮށްފައިވާއިރު، ޖިންސީ ގޯނާގެ ޝިކާރައަކަށްވާ މީހުންގެ ދިފާއުގައި މަގުމައްޗަށް ބަޔަކަށް ނުކުތުމުގެ ފުރުސަތެއްވެސް ނުލިބޭ ކަމަށް މުޒާހަރާގެ ބައިވެރިން ވަނީ ފާހަގަ ކޮށްފައެވެ.

މުޒާހަރާގެ ބައިވެރިން ވަނީ ގައުމުގައި މި ހިނގާ ކަންކަމާއި ގުޅިގެން ސަރުކާރަށް ގިނަ ފާޑުކިޔުންތަކެއް ކިޔާފައެވެ. އެގޮތުން ގިނަ ބައިވެރިން ވަނީ ޖިންސީ ގޯނާގެ ތުހުމަތަތު ކުރެވޭ ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް ސެކްރެޓަރީ ހަސަން އިސްމާއީލް މަގާމުން ދުރުނުކުރުމުން ފާޑު ކިޔާފައެވެ.

މީގެ އިތުރުން މުވައްޒަފުންނަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތު ތަކެއް ކުރެވުމުން މަގާމުން ދުރު ކުރި ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދަށް އެންމެ އެދެވޭ އަދަބު ނުދިނުމުން ގިނަ ބަޔަކު ވަނީ އެކަމާއި ނުރުހުން ފާޅު ކޮށްފައެވެ.

މި މުޒާހަރާ ގަޑިއެއްހާއިރަށް ދެމިގެން ދިޔައެވެ. މު މުޒާހަރާގެ ގިނަ ބައިވެރިން ވަނީ ރައީސް އޮފީސް ހުންނަ ސަރަހައްދަށް ދިއުމަށް މަސައްކަތްވެސް ކުރިއެވެ. އެހެން ނަމަވެސް ފުލުހުން ވަނީ އެކަން ހުއްޓުވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ނަައީމް

    މިސަރުކާރުގެ ވައުދެއްފުއްދާފާ ޖަލަކަށް ދާކަށްނުޖެހޭނެ ސަރުކާރުން އެމީހަކަށް މުސާރަ އާއި އިނާޔަތްތައްދީފާ ބަހައްޓާނީ ގޭގަ ދެން ފމާއުނދަގޫބޮޑުވާނަމަ ބަހައްޓާނީ އިގިރޭސިވިލާތުގަ ހާސްވާކަށް މިސަރުކާރަށް ތާއީދުކުރާމީހަކުނުޖެހޭނެ ބިރެއްތެއް

  2. ޥަފާ

    ވަކި ކުރަންވާނެ ހުރިހާ މީހުން.... ބަޔާން ނެގިފަ ސިޔާސީ ނުފޫޒުން ފޮރުވިފަ ހުރިކަންތައް ނަގާ އެމީހުނަށްވެސް ފިޔަވަޅު އަޅަންވާނެ....

  3. މަރީ

    މިވެރިކަމުގަ އޯކޭވާނެ ކިތަންމެ ވަރަށް ތިޔަކަހަލަ ކަން ކުރިޔަސް ...ނުވާނެ މާބޮޑު ކަމަކަށް .ކުއްވެރީން ނަށް އެއްވެސް އަދަބެއް ނޯވޭ.

  4. ފަހީ

    ވަކިކުރަންވީ! މިސަރުކާރުން އެފަދަ މީހަކަށް ވަޒީފާ ދީފަވާނަމަ ވަކިކުރަންވީ ! އަދި ކުރީ ސަރުކާރުން ވިޔަސް މިފަދަ ޢަމަލުތައް ހިންގާފައިވާ އާލާތުން ވަޒީފާއިން ދުރުކުރަންޖެހޭ އެބަ! މި ސަރުކާރަށް އެކަންވާނެ! ސަރުކާރުގެ އޮފީސްތަކާއި އިދާރާތަކުގައި ކުޑަކުދިންނާ ބެހިފަ ކުރިންވެސް އަލުން އިސްލާޙްވީއޭ ކިޔާ ވަޒީފާެގެ ބޭނުމުގައި ވަދެ މަކަރާއި ހީލަތުން ގަނޑުގަންނަ ވހޝ މީހުން އެބަތިބި! ރީތި އަންހެނުން ގާތްކޮށް ނަހަމަގުޅުން ބާއްވާ ވެރިންވެސް ބާރު ލިބުނީމާ ފޮނިކަނޑަން ނަހަމަ ގަނޑުގަންނަވެރިންވެސް ހަމަ ވަގުތުން ކަނޑާލަންވީ!