ޖިންސީ ގޯނާގެ ތުހުމަތުތައް ކުރެވުމުން ޓުއަރިޒަމް މިނިސްޓަރުކަމުން ދުރުކުރި އަލީ ވަހީދު ފުުރުން މަނާކޮށްފިއެވެ.

އެކަން ހާމަކޮށް ދެންމެ ފުލުހުން ވިދާޅުވީ، އަލީ ވަހީދުގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އޭނާ ފުުރުން މަނާކޮށްފައިވާ ކަމަށެވެ.

އަލީ ވަހީދު މައްޗަށް ތުހުމަތު ކުރެވެނީ އެތައް މުވައްޒަފުންނަކަށް ޖިންސީ ގޯނާ އާއި ޖިންސީ ފުރައްސާރަ ކުރުމުގެ ތުހުމަތެވެ. އަދި އޭނާގެ މައްޗަށް މީގެ ކުރިން ވަނީ މިނިސްޓަރު އައިޝަތު ނަހުލާ އަށް ޖިންސީ ފުރައްސާރަ ކުރުމުގެ ތުހުމަތު ވެސް ކުރެވިފައެވެ.

އަލީ ވަހީދު މައްޗަށް ތުހުމަތު ކުރެވޭ މައްސަލަތަކާއި ގުޅިގެން ރޭ އޭނާ ދިރިއުޅެމުންދިޔަ ގެ ބަލާ ފާސްކޮށްފައި ވެއެވެ. އަދި އެ މައްސަލަތަކާއި ގުޅިގެން އޭނާ ފޯނާއި ލެޕްޓޮޕްވެސް ވަނީ ހިފަހައްޓާފައެވެ.

ފުލުހުން މިއަދު ވިދާޅުވީ އަލީ ވަހީދު، މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން އިލެކްޓްރޯނިކް ބައެއް ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، ހެކި ހޯދުމަށް ކުރަން ޖެހޭ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އަލީ ވަހީދުގެ ޖިންސީ ފުރައްސާރަ ކުރިމަތިވި ކަމަށް ބުނާ މުވައްޒަފުންގެ އަދަދު 10 އަށް ވުރެ މައްޗެވެ.

އެ މައްސަލައިގައި ތުހުމަތުގައި އަލީ ވަހީދާ އެކު، ޓޫރިޒަމް މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑައިރެކްޓަރު މުހައްމަދު ހައްސާން ވެސް ވަނީ މަގާމުން ވަކިކޮށްފައެވެ.

މި ތުހުމަތުތަކާ ގުޅިގެން ސީދާ ޖަވާބެއް އަލީ ވަހީދު ދެއްވާފައެއް ނުވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. އަލީބެ

    ބަލަ މިހިރަ ކަންކަމަށް ވަގުތުން ވަގުތަށް ހަރުކަށި ފިޔަވަޅުތަށް އަޅާއިރު އިސްލާމީ ދަޢުލަތެއްގެ ވަލިއްޔުލް އަމުރެއްގެ އެންމެ އިސްވާޖިބަށް (އިސްލާމް ދީން ހިމާޔަތްކުރުން ) ހުރަސްއަޅާ ބޭފުޅުންނަށް ( ދީނަށް ފުރައްސާރަ ކުރާ ) ބަލާގަޑަށް ފިޔަވަޅު ނޭޅެނީ ކީއްވެތޯ!

    60
    • އެމްޑީޕީ ބުރޯ

      ބަލަގަ! ޖިންސީ ގޯނާ ކުރާމީހުންނާ ދޭތެރޭ ފިޔަވަޅު އެޅުމަކީ ދީނަށް ނަސުރުދިނުމެއްނޫންތޯ؟ މިކަހަލަ ކަންކަމަކީ ދީނުގަވެސް ހުއްދަކަމެއްނޫނޭ! ސިޔާސީ ވިޔަސް ތީ ފުކެއް ބޮޑުވަރު!

      8
      21
  2. ތަމެންދޯ

    އަލީ ވަހީދު ފުރުން މަނާކޮށްފިނަމަ ތިޔާއީ މަމެންގެ ބެކް އޮފް މައިންޑުން މަމެން ވިސްނާލަން ޖެހޭ ކަމެކޭ ސަބަބަކީ އެއީ ތިޔާއީ އަދި ޖިންސީ ގޯނާ ކޮށް ގެން އުޅޭ މައްސަލަ އެއް ނޫނޭ ތިޔާ ގައި ގިނަ އަދަދެއްގެ ފައިސާ ތަކެއް ރާއްޖެ ގެނެސްގެން އެއިން ބަޔެއް ފޮށި ގަނޑު ތައް ގެއްލިގެން އުޅޭ އަޑު ތައް ވަނީ ފެތުރިފައޭ ލޯކަލް ކައުންސިލް އިންތިޚާބަށް ކެމްޕެއިން ކުރުމަށް ޓަކައި ގެނެސް ގެން އުޅޭ 100 މިލިއަން ޑޮލަރު ވަނީ ގެއްލިފައޭ އަބަދުވެސް ޓޫރިޒަމް މިނިސްޓަރަކަށް ހުންނަ މީހަކަށޭ އޮންނަނީ ބްލެކް މަނީ ވެރިކަން ކުރާ ޕާރޓީ އަށް އެތެރެ ކޮށް ދިނުން އެކަން މިސަރުކާރުގައި ވެސް ކުރަން ޖެހެނީ ޓޫރިޒަމް މިނިސްޓަރަކަށް ހުންނަ މީހެކޭ ކިއެއްވެތޭ ޓޫރިޒަމް މިނިސްޓަރަކަށް އާ މީހަކު އައްޔަން ނުކޮށްގެން އުޅެނީ އެއީ ވެސް ސީދާ ކަޅު ފައިސާ ރިސޯރޓް އޯނަރުން އަތުން ދަމައިގަތުމުގެ ބޭނުމުގައޭ...

    22
  3. ހީވޭދޯ

    އަލީ ވަހީދު ފުރުން މަނާ ކޮށްގެން އުޅެނީ އެއީ ޖިންސީ ގޯނާ ގެ މައްސަލައިގައި ކަމަށް މަމެންނަށް ހާދަ ހީނުވާން ފަށައިފިއޭ މިހާރު ސަބަބަކީ ސަފާރީ ގައި ކުރި ރޯޔަލް ރޭޕް ކޭސް ވެސް މަޖްލީހަށް ވެސް ނުބެލުނު އަދި ފުލުހުންނަށް އެމެން ތުހުމަތުގައި ހައްޔަރު ކުރި މީހުންގެ ނަން ތައް ވެސް ހާމަ ކުރަން ނޭގުނު ދޯ ދެން މަމެންނަށް ހާދަ ހީވެއޭ ފަރުދާގެ ފުރަގަހަތުގައި ރާއްޖެ އަށް ގެނައި ކަޅު ފައިސާ ތަކެއްގެ ތެރޭން ބޮޑު ބަޔެއް ގެއްލިގެން މިހާރު އުޅޭ ހެން އެފައިސާ ހޯދަން އުޅޭހެން ހާދަ ހީވެއޭ ދޯ...

    16
  4. ފެންނަނީއޭ

    މަމެން ބުނީމެއް ނޫންތޭ މީގެ 40 ދުވަސް ކުރިން ތަމެންގެ ވެރިކަމަށް ވަރުގަދަ ރާޅު ތަކެއް އަންނާނެއޭ އެކަމޭ މިހާރު ފެނިގެން ދަނީ ތަމެން ނަށް ވެރިކަން ދެއްވީ އިމްތިޚާނަކަށޭ މަމެން ރަމަލު ތަކުން ދައްކާ އިރު މިއަހަރުގެ ފަހު ސީންގެ ގޮތުގައި ފެންނާނީ މިހާރުގެ މަޖްލީހުގެ ރައީސް ވެސް އަމިއްލަ އަށް އިސްތިއުފާ ދެއްވާ ތަނޭ މީ ވެސް އަދި ފެންނާން ހުރި ސީން ތަކޭ މިހުރިހާ ކަންކަމަކީ މަޖްލީހުން ސަރުކާރުގެ ކޮންޓްރޯލް ނަގަން ވެގެން މިނިސްޓަރުންނާއި އަޑިން ގުޅައިގެން އަޑީ ދައުލަތެއް ގާއިމް ކުރަން ވެގެން ކުރާ ކަމެކޭ...

    13
    1
  5. ރަނާ

    ތި ސޮރު ކޮންތަނަކަށް ފުރަން އުޅުނީ؟؟

    18
  6. ފެނޭދޯ

    ހަސަނަށް ތުހުމަތު ކުރެވޭ އިރު ރައީސް އޮފީހުގެ ތަރުޖަމާނު ނިދާފައިތޭ ދެން ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ ތަމެންގެ ޓްވިޓަރ ގައި މިޚަބަރު ރިޓްވީޓް ނުކޮށްގެން އުޅެނީ އެއީ ކިއެއްވެތޭ ތަމެން ޑިމޮކްރަސީ ދަސްކުރީ އެއީ ހުޅުދޫ ފަރުމަތިންތޭ މަމެން ތަމެން ގާތުން ސާފުކޮށްލަން ބޭނުންވެއޭ މަމެން ބުނަން ނެތީމޭ...

    13
    1
  7. މާމިގިލީ މީހާ

    އަވަހަށް ފީލާން ތިޔަ އުޅެނީ. ވަގުތުން ޖަލަށް ލާންޖެހޭ. ވަނދުކަރާ.

    16
    1
  8. ތަމެންދޯ

    އަލީ ވަހީދު ފުރުން މަނާ ކުރި އިރު އަދިވެސް އޭނާ ހައްޔަރެެއް ނުކުރޭ ދެން އޭނާ އަށް އެކަމުގެ ހެކި ފޮރުވޭނެ ފުރުސަތު ނޫންތޭ ސަރުކާރުން ތިޔާ ދެނީ އޭނާ ޓޫރިޒަމް މިނިސްޓްރީ އަށް ފޯން ކޮށްގެން މިހާރު ހުންނާނީ ތިޔާ ފިޒިކަލް ހުރިހާ ހެއްކެއް ފޮރުވާފައޭ އޭނާގެ މޭޒުގެ ވަތްގަނޑުގައި ހުރި ތަކާއި އެއްޗެހި މިހާރު ވަނީ ނަގާ ފާޚާނާ ތެރެއަށް އަޅާ ފްލަޝް ކޮށްފައޭ ދެން ކިއެއް ކުރަން ކުރާ ކަމެއްތޭ ތިޔާއީ ދެން މާގިރި ހޮޓެލް ގައި ރައީސް އޮފީހުގެ މިނިސްޓަރުން ނިދީ އެއީ ކިއެއްވެތޭ އެއީ ކުރީގައި ވެބް ކެމް ސްޓާރ ގެ ނަމުން މަޝްހޫރުވެފައިވާ މީހުންނަށް ވާއިރު ދެން އެމެން ހެޔެއް ނުހުންނާނެ ނޫންތޭ...

    10
    1
  9. ތަމެންދޯ

    އަންހެން ކުއްޖެއްގެ ހަށިގަންނަން ރައީސް އޮފީހުގެ މިނިސްޓަރަކު އެ މަގާމް ގައި ހުރެގެން ހުށައެޅިނަމަ އެއީ ދެން މުޅި ސަރުކާރު ލަދު ގަންނަން ޖެހޭނެ ކަމެކޭ އަނެއްކާ އެމަންޖެ އެވަނީ އެކަން މަޖްލީހުގެ ރައީސް އާއި ވެސް ހިއްސާ ކޮށްފައޭ އެމަންޖެ ގެ ބައްޕަ އެެވަނީ އެކަން ރައީސް ގެ ސަމާލު ކަމަށް އެކަން ގެނެސްފައޭ ދެން އޭނާ އާއި މެދު ފިޔަވަޅު އަޅާފައޭ ބުނި އިރު އެޅި ފިޔަވަޅެއް ވެސް އެބަޖެހޭ ރައްޔިތުންނަށް އިނގެން އޭނާ އަދިވެސް ހުރީ އެމަގާމް ގައޭ މިހާރު އޭނާ ބޮނޑި ދެމުން ދަނީ ރައީސް އޮފީހުގައި ތިބި އަންހެން ކުދިންނަށް ވުން އެއީ ގާތް ކަމެކޭ...

    17
  10. ފެއްސޭދެން

    އަލީ ވަހީދު ފުރުން މަނާ ކުރިއިރު އަދި އެމިނިސްޓްރީގެ ލީގަލް ޑިޕާރޓްމެންޓް ގައި ބޮޑަކަށް ހުރި ކަލޭގެ ޕާސްޕޯރޓް ނުހިފެހެއްޓީ އެއީ ކިއެއްވެތޭ އޭނާ އަކީ އަލީ ވަހީދާއި އެއްވަރަށް މިކަމުގައި ބައިވެރި ވެފައިވާ މީހެއް ކަމަށޭ ފެންނަނީއޭ މިސަރުކާރުން މިހާރު އުޅެނީ ޖިންސީ ގޯނާ ކުރުމުގެ ކަންކަމާއި ދައުލަތުގެ ޚަޒާނާއިން ވައްކަން ކުރާ މީހުންނާއި އަދި ސަފާރީ ރޭޕް ކޭސް ވެެސް ފޮރުވަން ވެގެންނޭ ތިޔާއީ ތޭ ޒީރޯ ޓޮލެރެންސް އޮން ކޮރަޕްޝަން އެންޑް ޖިންސީ ގޯނާ އަކީ ތަމެން ޕޮލިސީ ސެކްރެޓަރީ މެން ފެއިލް ވެފައިވާ ކަމުގެ އަލި ގަދަ ދަލީލު ތަކޭ މިއިން ފެނިގެން ދަނީ އަންހެނަކަށް ވެ ހުރެ މުޅި ސަރުކާރުގެ ތެރޭގައި އަންހެނުންނަށް ޖިންސީ ގޯނާ ކުރަމުން ދާއިރު ތަމެންނަށް އެކަން ހުއްޓުވާނެ ގޮތުގެ ޕޮލިސީ އެެއް ހަދަން ނޭގުން އެއީ ތަމެން ތިޔާ މަގާމަށް ކުފޫ ހަމަނުވާ ކަން އަންގައިދޭ އަލިގަދަ ދަލީލު ތަކޭ ތަމެން ދެން ފެއްސެންވީއޭ ރައީސް އޮފީހުން ފެއްސޭ ފެއްސޭ ފެއްސޭ ދެން...

    13
  11. ސަމި

    ކޮބާތަ ސަފާރީ ކުދިންކޮޅު . ކޮބާ ހޯރަ...

    24
  12. ދޭންވީއޭ

    އަލީ ވަހީދު ފުރުން މަނާ ކޮށްފިނަމަ މިއިން އެގިގެންދަނީ ތަމެންނަށް ވެރިކަން ދެއްވާ އަދި ތަމެންނަށް މަޖްލީހުގެ މެޖޯރިޓީ ލިބިފައި އޮތް ނަމަވެސް ތަމެންގެ ބާރުގައި ނޫން ކަން ތަމެން އެމަގާމް ތަކަށް އައިސް ފައި ތިބީ ތިޔާއީ ތަމެންގެ އިމްތިޚާނަށް ޓަކައި ތަމެންނަށް ދެއްވާފައިވާ ބާރު ތަކޭ ތަމެން ހީވެސް ނުކުރާ ގޮތަށް ތަމެން އަތުން ތިޔާ ބާރުތައް އަނބުރާ ގެންދަވާފާނެއޭ ތަމެން ރައްޔިތުންނަށް ވި ވައުދު ކަމުގައިވާ މާލެ ސަރަހައްދުން ކޮންމެ މީހަކަށް ގޯތި ދޭނަމޭ ބުނެ ވީ ވައުދު ފުއްދާށޭ އެވައުދު ނުފުއްދާނަމަ ތަމެންގެ ވެރިކަން އޮންނާނެ ކަމަށް މަމެންގެ ރަމަލު ތަކުން ނުދައްކައޭ ތަމެން ނުޖެހޭނެއޭ ހުޅުމާލޭގައި ފްލެޓްސް ތައް އަޅަން ތަމެން ޖެހޭނީ ތަމެންގެ މެނިފެސްޓޯގައިވާ ގޮތަށް މާލެ ސަަރަހައްދުން ގޯތި ބޭނުންވާ ކޮންމެ މީހަކަށް ގޯތި ދޭންއޭ...

    10
  13. ޑރ.ރާމީ ހަސަން (އެންޑޯކްރައިނޮލޮޖިސްޓް/ނިއުޔޯކް-ސެއިންޓްމޭރީހޮސްޕިޓަލް/އެމެރިކާ)

    ކޯޓު ގެ ޢަމުރު ލަސްވުން، ނޫންނަމަ ކޮންމެ ގޮތަކުން ވިޔަސް ޢަލީ ވަހީދު ގެ ފޯނާއި ލެޕްޓޮޕް އަތުލުމުގެ ކަންތައް ޕޮލިސް އަށް ކުރެވުނީ، "ވަޤުތު ފާއިތު" ވީފަހުން. ކިތަންމެ ރަނގަޅަކަށް ވެސް އަސްލު ފޯނު ފޮރުވައި، އެހެން ފޯނެއް ދިނުމުގެ ފުރުސަތު ޢަލީ ވަހީދު އަށް ލިބުނު. މި ގޮތަށް ކަންތައް ވާތީ ފުލުހުން ޒިންމާ ޢަދާ އެއް ނުކުރެއޭ ގިނަ ރައްޔިތުން ކިޔާ އުޅެނީ.

    15
  14. ރަބަރޭ

    ޕެނިކް ވެފަތޯ

  15. Anonymous

    އެއީ ހިމާޔަތް ކުރެވި ފައި ވާ ދޮންދީނި ގެ ވައްތަރެއް ކަމަށް ލަފާ ކުރެވެ އެކަމަކު ދަނޑުވެރިން ބުނަނީ އެއީ ހިމާޔަތް ކުރެވިފައިވާ އާ ވައްތަރެއްގެ ކަރަޔެކޯ