މާލޭގައި ހުއްދަ ނުނަގާ ހިންގަމުންދާ ގެސްޓްހައުސްއެއްގެ ތެރޭގައި މީހަކު ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ.

ފުލުހުން ވިދާޅުވީ، ހެންވޭރުގައި ހުންނަ އެ ގެސްޓް ހައުސްއަކީ ހުއްދަ ނުނަގާ ގެސްޓް ހައުސްއެއްގެ ގޮތުގައި ހިންގާތަނެއްކަމަށެވެ. އަދި އެތަނުގައި މީހަކު ނިޔާވެފައި އޮތް ކަމަށް މައުލޫމާތު މިއަދު 17:51 ހާއިރު ފުލުހުންނަށް ލިބުނު ކަމަށް ފުލުހުން ވިދާޅުވިއެވެ.

ނިޔާވެފައި އޮއްވާ ފެނުނީ އިންޑިއާ ފިިރިހެނެކެވެ.

ފުލުހުން ވިދާޅުވީ، މި މައްސަަލައާ ގުޅިގެން ފުލުހުން ސީންގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ގައުމުގެ ދޫ

    ހުއްދަނުހޯދާ ވިޔަފާރިކުރުން މީ އާންމުކަމެއް، ނަމަވެސް ސަރުކާރުން އަޅާ ފިޔަވަޅެއް ނުފެނޭ. ހުރިހާ ކަމެއް ބޮއްސުންލައިފި

  2. ބޫބޫ

    ހުއްދަ ނުނަގާ އެތައް ގެސްޓްހައުސެއް ކަރަންކާ މަގުގަ. އޮކްސިޖަން ލިބޭ ގޮތަކަށްވެސް ނޫން ހުންނަނީ.