އަންހެނަކަށް ފުރައްސާރަކޮށް ޓުއަރިޒަމް މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމު އަދާކުރަމުންދާ އަލީ ހާޝިމް (ސްމިތް) ކުރި ޓްވީޓެއްގެ މައްސަލަ ބަލަން ފަށައިފިއެވެ.

ސްމިތާއި ގުޅޭގޮތުން އަންހެނަކު ކުރި ޓްވީޓަކަށް، އެ ފެންވަރުގެ މަގާމެއްގައި ހުރި މީހަކު ދައްކައިނުވާނެ ފަދަ މޭރުކަމުން ސްމިތް ވަނީ ޖަވާބު ދީފައެވެ. ސްމިތާއި ގުޅޭގޮތުން ކުރި ޓްވީޓަށް ޖަވާބު ދެމުން އޭނާ ވަނީ "ރޭޕް ކުރީމަ ކަޑަވަނީ ދޯ" އޭ ބުނެފައެވެ. މިކަމާއި އޭނާއަށް ގިނަބައެއްގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. އަދި އޭނާ މަގާމުން ވަކި ކުރުމަށް އެދި ގިނަ ބަޔަކު ދަނީ ގޮވަމުންނެވެ.

ސްމިތްގެ މި ޓްވީޓާއި ގުޅިގެން މީހަކު ކުރި ޓްވީޓަކަށް ޖަވާބުދެމުން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ މިފަދައިން ބަސްމަގު ބޭނުން ކުރުމަކީ ލަދުވެތި އަދި ދަށު ދަރަޖައިގެ ކަމެއް ކަމަށާއި މިއީ އެއްވެސް މީހަކާ ދިމާލަށް ބުނެގެން ވާނެ ބަސްތަކެއް ނޫން ކަމަށެވެ.

ހޫދު ވަނީ މި މައްސަލަ މިހާރު ބަލަމުންދާކަން ފާހަގަކުރައްވާފައެވެ.

އަންހެނުންނަށް ފުރައްސާރަ ކުރާ ގިނަ މައްސަލަތަކެއް ފެންމަތިވަމުން އަންނަ މި ދަނޑިވަޅުގައި، ސްމިތް މިފަދަ ގޮތަކަށް ޓްވީޓް ކޮށްފައިވާއިރު، ޓުއަރިޒަމް މިނިސްޓަރުކަމުގެ މަގާމުގައި ހުރި އަލީ ވަހީދުވެސް މަގާމުން ދުރުކޮށްފައި ވަނީ، މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި މައްސަލަތަކެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހާއި ހަމައަށް ގެންދެވުމުންނެވެ.

އެ މިނިސްޓްރީގެ މުވައްޒަފުންތަކެއް ވަނީ ރައީސް ސާލިހާއި އެ މައުލޫމާތު ހިއްސާކޮށްފައެވެ.

މިހާރު އަލީ ވަހީދު މަގާމުން ދުރުކޮށް، އޭނާ ފުރުން ވަނީ މަނާކޮށްފައެވެ. އަދި ފުލުހުން ވަނީ އޭނާގެ ފޯނާއި ލެޕްޓޮޕްވެސް ގެންގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

27 ކޮމެންޓް

  1. ލައިޓް

    އެގްޒެކެޓިވް ޑައިރެކްޓަރެއްގެ ހުންނަންޖެހެނީ ކިހާ ތައުލީމީ ފެންވަރެއް؟

    121
    • ޑަރޭ

      ސުމިތު ގެ ހު ރި ފެންވަ ރު...

      53
  2. Anonymous

    މީ އެކިޔާ އެމްޑީޕީ ގެ ފެންވަރު. ސުމިތު މިހާރުން މިހާރަށް ވަކިކުރުމަށް ރައީސް ގެ ކިބައިން އެދެން

    123
    2
  3. ބިލެތުގެ ދާމޫގަނޑު

    ލަދުން ބޯހަލާކު މިވަރުގެ މީހުން ނަށް ދޯ މަގާމުތަށް ދީގެން މިގެން ގުޅެނީ ދުރޫސުލް އަޚްލާގު ކިވާދޭ ކޯހެއް ހިއްގަން ވީނު ހާދަ ވަރުގަދަ އެޖެންޑާ ނަވާރައެކޭ ދޯ

    73
  4. ރައްޔިތުމީހާ

    ޙަޔާތްކުޑަ ހަމަމިހާރު ބޭރުކުރޭ.

    54
  5. ނަައީމް

    ތިޔަކަމެއް ލާހިކެއްނޫން ރައީސަކަށްކުރާކަށެއް ބިރެއްނެތި އާގުރާނަ ގޮވާމީހުން މަސައްކަތަކާ ނުލާ މުސާރޭސަރުކާރު ބަލާތި ތިޔާގެން އެއްވެސް މައްސަލައެއްބެލޭތޯ ނުބެލޭނެ ނުވެސްބަލާނެ އެވާހަކަދެއްކިޔަސް ބޭރުކޮށްލާނެ ނިކަން ބަލާބަލަ އިމްރާނުއަށް ވީގޮތް ކުރީގާ އައްނިއޭކިޔައިގެން ދެއްކި ވާހަކަ އަޑުއަހާލަބަލަ މިހާރު އައްނި ދިފާއުކުރަން ލަސްކަރުވެސް ފޮނުވަނީ ވެސް ހަމަ އިމްރާން

    46
  6. ސުމެއް

    މަމިހުރީ ހައިރާންވެފަ.
    މީހާ ހުރިސިފައިންވެސް މީހާގެ ފެންފަރު އެބަ އަންގައިދެ .
    މިކަހަލަ މީހަކު ނޫނީ އމޑޕގަ ނޫޅެނީތަ.
    މީ މިޤައުމުގާ ކިޔަވައިގެން ތިބި ކުދިންނަށް މި ސަރުކާރުން ޖަހާ ޖޯކެއް.

    59
    2
  7. ކަނޑާލާ

    ސްމިތު ވަޒީފާއިން ވަކިކުރޭ މިކަހަލަ މީހުން ސަރުކާރުގެ މަތީމަޤާމްތަކުގައި ބެހެއްޓުމަކީ ރައްޔިތުންނައްކުރާ މަލާމަތެއްކަމައްބެލެނީ

    50
    1
  8. ހުސާމް

    މުޅި mdp އޮޑީގަ ހުސް ގިންސީ ކޮށި އަރާފަ ތިބި ބުރާންތިން

    52
  9. ކާފަރު

    ރޭޕް ސަރުކާރު..

    44
    1
  10. ކާފަރު

    ދިވެހި ރޭޕިސްޓުން..

    39
    1
  11. ބްރޯ

    ތިކަހަލަ ކޮންމެސް ލަޓޯ ފަޓޮއެއްނޫނީ ނުގެންގުޅޭތި ކަލޭމެން.. އަދި މަގާމު މަތިކޮއްލަ.

    43
  12. ސަޅި

    ތި ގިޓާގެ ހުރިވަރެއްވެސް ބަލަންއެބަޖެހޭ. ޜިޕޯމްކުރަން ނުޖެހޭ ވުޒާރާއެއް ކޮމިސަނެއް އެބައޮތްތަ؟ ފރަތަމަ ކުރަންވީ މަޖިލިސް. ޢެމީހުންގެ މައްސަލަތައް ނުބެލިގެން މިއުޅެނީ. ޙުރިހާކަމެއް މިގޯސްވީ މިމީހުން ކަންކަމާ މާބޮޑަށް ބެހިގަނެގެން އުޅޭތީ. ޖިންސީއެއް އިންސީއެއް ކިޔާނެކަމެއް ނެތް. ޟިފަހަރު އެންމެން ބޭޒާރުވާނެ. ތެޅޭނެކަމެއްނެތް

    36
    1
  13. ޢލަި

    ތީ އެއްގަމައް އަރށ ތެޅޭނެ ގޮތެހް ނޭގިގަެން އުޅޭ ތާވަޅެއް ބޭރުކުޜެ

    29
    1
  14. ޙަސަނާ

    ރައީސް އިބޫ އެވެ މަނިކުފާނު ފަސްޖެހިވަޑައިނުގަންނަވާށެވެ ގާބިލް ތައުލީމީ ކުޑަކޮއް ދުވަސްވީ ތަޖުރިބާކާރު މީހުން ދައުލަތުގެ މަގާމުތަކައް ލައްވާށެވެ. ގުންޑާއިން ބޭރުކުރާށެވެ..

    38
  15. މޫސާ

    ސުމިތެއް ކަޑާލާހާ ހިތްވަރެއް ރައީސްގެ ނެތް.

    43
  16. މަރީ

    މިއީ ގޭންގް ސްޓާރުންގެ ޔުނިފޯމް ލައިގެން ތިބޭމީހުން ގެ ސަރުކާރެއްތަ އިބޫ؟

    40
  17. ހާލުފޮޅި

    މަޤާމުގަ ފެންވަރު ހުރެފަ މީހާގެ ފެންވަރު ނެތީމަ ވާގޮތްމީ.. މިއޮތީ ވާ ކަމެއް

    35
  18. Anonymous

    فقبل هذه نصيحة މި ނަސޭ ހަތް ޤަބޫލުކުރައްވާ......
    އަދަބުވެރިކަން ނެތުނު މީ ހާ ދެދުނިޔޭން ގެއްލި

    30
  19. ادم نبيه

    فقبل هذه نصيحة .........
    އަދަބުވެރިކަން ނެތުނު މީހާ ދެދުނިޔޭން ގެއްލި ނިމިދާނޭ
    މަދަރުވެރިކަން ނެތީ ވިއްޔާ ޤަދަރު ނެތިގެން ހިނގައިދާނޭ...........
    ކަލާނގެ އެ ދެއްވި ބޮޑު ނިޢުމަތް ސަލާމަތް ބުއްދިޔޭ މި ކިޔާ
    ބަލައިނުމެލައި ނިދައިގަތުމުން ހަލާކު ނިކަން އަވަސްވާނޭ
    މިތާ މިތިބޭ ދުވަސްކޮޅުގައި ސަވާރުވެގެން ހަވާ ނަފްސަށް
    ހިތާ ހަށި އެދުނުހައި މަގަކުން ތެދޭ މަކޮޔާ ދުވެވި ދާނޭ..

    29
  20. ކިނބޫ

    ރޭޕް ކޮށްފަ އެވާހަކަ އަމިއްލައަށް ފާޅުގަ ދައްކަންވެސް ދައްކަނީ! ނޫނޭވާ ވަރުގަދަ ނައިޓްކްލަބެއް އުފައްދާފަ މިއޮތީ.

    43
  21. ރައްޔިތުން

    ތިޔައީ އަނެއްކާ ފިރިހެނެއްތަ؟

  22. އަބުދުބޭ ކާށިދޫ

    އަދިވެސް ތަންތާގަ ތިބޭ އެކްޓުވިސްޓުން މަގާމްތަކައްލާ އަދި ތިޔައްވުރެ ރީތި ވާހަކަ ތައްއިވޭނެ ދިވެހިރާއްޖޭގެ ތާރީހްގަލިޔެވީ ތާރީޙް ދިރާސާކުރާމީހުން މުނިފޫހި ފިލުވަން ކިޔާލަން އޮންނާނެ

  23. މަބޭ

    ބޮޑުސޯބު އެންބުރޭގޮތަކައް ދެންތިބިމީހުން އެންބުރޭނީ ވަރައްސަލާން.

  24. Nathasha

    އެޖެންޑާ 19 މެކުހަށް ޖަހާފަ.

    10
  25. ޖޯން

    އެމް. ޑީ. ޕީ އަކީ ހުރިހާ ފާހިސްއަމަލުގެ އައްޑާއެއް.

    11
  26. ކަމަނަ

    މިބައިގަނޑަށް މިސަރުކާރުން ވަޒީފާދީ ރައްޔިތުންގެ ފައިސާއިން އެކަށީގެންނުވާ ބޮޑުމުސާރަދީ މިޤައުމު ހުލިކުރަމުންދަނީ ސިޔާސީ މަޤާމަށް ގެންނަމީހުންގެ ފެންވަރަށް ބަލައިގެންނޫން މަގުމަތީ މާރާމާރީ ހިންގީމަިމުނީ