ޓްއަރިޒަމް މިނިސްޓްރީގެ ހުރިހާ ސިޔާސީ ބޭފުޅުން ވަކިކޮށް އާބޭފުޅުން އައްޔަން ކުރަން ޖެހޭ ކަމަށް ރައްޔިތުން މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން (ގިޓާ) ވިދާޅުވެއްޖެއެވެ.

ޝިޔާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޓްއަރިޒަމް މިނިސްޓްރީ ރިޕޯމް ކުރަން ޖެހޭ ކަމަށެވެ. "މިވަގުތު މިނިސްޓްރީގައި ތިބި ސިޔާސީ އެންމެ ބޭފުޅުންގެ ބައްދަލުގައި އެހެން ބޭފުޅުން އައްޔަން ކޮށްގެން ނޫނީ ދެން އެވުޒާރާ ރަނގަޅުވާނެ (ކަމަކަށް) ނުދެކެން. ބައެއްގެ އަމަލުތަކުގެ ސަބަބުން ވޔޒާހަރާ އޮތީ ވަރަށް ބޮޑަށް ކިލަނބުވެފައި." ޝިޔާން ވިދާޅުވިއެވެ.

މުވައްޒަފުންނަށް ޖިންސީ ފުރައްސާރަ ކުރުމުން ޓްއަރިޒަމް މިނިސްޓަރު ކަމުން އަލީ ވަހީދު ދުރުކޮށްފައި ވާއިރު މިނިސްޓްރީގެ ބައެއް އެހެން ސިޔާސީ ބޭފުޅުންގެ މައްޗަށް ވެސް ވަނީ ބޮޑެތި ތުހުމަތުތަކެއް ކުރެވިފައެވެ. އޭގެ ތެރެއިން ބައެއް ބޭފުޅުންނަށް ތުހުމަތު ކުރެވިފައިވާ މައްސަލަތަކުގެ ތެރޭގައި ޓްއަރިޒަމް މިނިސްޓްރީން މާގިރި ހޮޓަލްގެ ފްލޯއެއް ކުއްޔަށް ހިފައިގެން ތިބިއިރު އަންހެނުންތަކަކާއި އެކު ނަހަމަ ގުޅުންތަކެއް ހިންގި ކަމުގެ ތުހުމަތު ވެސް ހިމެނެއެވެ.

ޓްއަރިޒަމް މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރު އަލީ ހާޝިމް (ސްމިތު) ޓްވިޓާގައި އަންހެނަކަށް ފާޅުކަން ބޮޑުކޮށް ޖިންސީ ފުރައްސާރަ ކުރި މައްސަލައެއް މިރޭ ވެސް ވަނީ ހޫނު ވެފައެވެ. އެމައްސަލައިގައި ސަރުކާރަށް ފާޑުކިޔުން އަމާޒުވުމުން އެމައްސަލަ ބަލަމުން ގެންދާ ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފައެވެ.

ފަހަކަށް އައިސް ޖިންސީ ފުރައްސާރައިގެ މައްސަލަތައް އިތުރު ވެފައި ވާއިރު ބައެއް މައްސަލަތަކުގައި ސަރުކާރުން ފިޔަވަޅު ނާޅާކަމަށް ބުނެ ވަނީ ފާޑުކިޔުން އަމާޒުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

 1. Alibe

  މަގުމަތީ ކުދިންކޮޅު ބޮޑެތި މަގާމުތަކަށް ވެއްދީމަ ރަގަޅުވާނެ،

  51
 2. ޙަސަނާ

  ނޫނޭ ތިގޮތައް ހަދައިގެންނުވާނެ ގުންޑާ އެކުތިވިސްޓުން ދުރުކޮއްފިނަމަ އެމްޑީޕީ ގެ ވެރިކަމައްހުތުރުވާނެ..

  42
 3. ރައްޔިތުމީހާ

  ތީ ވަރައްބޮޑުތެދެއް.

  31
  1
 4. ޜާކަނި

  ޖިންސީ ގޯނާގެ ސަރުކާރު

  24
 5. ސަމިި

  އަދިވެސް އެބަހު ރި އެކަހަލަ ތަ ނެއް އެއީ މަޖިލިސް އެތާ ތިބި ލަދު ކުޑަ ރީނދޫ ބައި ގަޑު އެއީ ބަދަލު ބޭ ރު ކު ރަންޖެހޭ ބައެއް

  26
 6. ފިޔަވަޅު

  ޓޫރިޒަމް އެކަނިތޯ.
  މިސަރުކާރުގާ އެބަހުރިތޯ ތަންދޮރުދަންނަ އެކަކުވެސް .
  ހުރިހާ ވުޒާރާތަކެއްގާވެސް ލަޓޯފަޓޯ އެކްޓިވިސްޓުން .

  26
 7. ޜާކަނި

  ޖިންސީ އނިޔާގެ ސަރުކާރު

  26
 8. އަލީ

  ކިތަންމެ މިނިސްޓްރީއެއް ގައި ސިޔާސީ މަގާމުތަކުގައި ތިބީ ތިކަހަލަ ގުންޑާ މީނުން. އެމީހުން ނަކީ މިސަރުކާރު ގެ ބޮޑުންނާ ގުޅިފައި ތިބިމީހުން. ވީމާ ވަޒީފާއިން ވަކިނުކުރެވޭނެ.

  15
  1
 9. ލަލީ

  ކަމެއް ކުރަންޏާ އަވަސް ރިޔަސީ އިންތިޚާބެއް ބާއްވަންވީ! 80 ޕަސެންޓް ވޯޓުން ޕީޕީއމެް ކާމިޔާބުކުރާނޭ

  12
 10. ތތ

  ކަރުގަ ރީންދޫ ޓައީ ބަނދެފަ ހުންނައިރު ކީކޭހީވަނީ މުޅި އަތޮޅަށް ހުރި ދެ ހުތުރުން ދޭތި އިސްތިއުފާދީ މިހާރުން މިހާރަށް ފައިދާއެއްނެއް ގެއްލުންދޭ ދޭތި

  15
 11. ޝާހް

  ޝީޔާން ތިބުނީ އެންމެ ރަގަޅުވާހަކަ އެތާގައި އުޅޭބައެއް ސިޔާސީވެރިން އުލެނީހަމަ އެގޮތައް ހަމަވަކޮށްފައި ތަންކޮޅެއް ރަގަނޅުމީހުން ލާންވީ މިހާރު ވެސް ސައިޓް ތަކުގައި އެބަހުރި އެތާގެ ޑެޕިއުޓީ މިނިސްޓަރ އަކަށް އުޅޭ އަހްމަދު އާތިފް ކިޔާ މީހެއްގެ އެކިކަހަލަ ހަޑިވާހަކަތަކުގެ ޗެޓްލޮގްތައް އޭނަވެސް ވަކިކުރަން ގޮވާލަން ރަގަޅުގޮތުގައި ސަރުކާރު ހިންގަން ބޭނުންވަންޏާ ހަމަ މިހާރު ވަކިކުރޭ

  14