ކޮވިޑް-19 އާއި ގުޅިގެން ޓްއަރިޒަމް މިނިސްޓްރީގެ މުވައްޒަފުން މާގިރި ހޮޓަލުގައި ތިބިއިރު އެތަނަށް އަންހެނުންތަކެއް ގެންދިޔަ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރު އަލީ ހާޝިމް (ސްމިތު) އެއްބަސްވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ ސިޔާސީ މަގާމެއްގައި ހުރި ސްމިތު އަންހެނަކަށް ޖިންސީ ފުރައްސާރަކޮށް ކުރި ޓްވީޓެއްގެ މައްސަލަ ބޮޑުވެ، ސަރުކާރަށް ފާޑުކިޔުން އަމާޒުވުމުން އެޓްވީޓްގެ މައްސަލަ ބަލަމުންދާ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ސްމިތުގެ މައްސަލަ ބަލަމުންދާ ކަމަށް ސަރުކާރުން ބުނުމުން ޖިންސީ ފުރައްސާރައިގެ ޓްވީޓް ދިފާއުކޮށް ސްމިތު ކުރި ޓްވީޓެއްގައި ބުނީ "ކުރުކޮށް އަވަސް އަރުވާލައިގެން ލިޔުނީމަ މާނަ ނުބައިކޮށް" ނަގާފައިވާ ކަމަށެވެ.

ސްމިތު ކުރި ޓްވީޓްގެ ތަފްސީލްދީ މާގިރި ހޮޓަލަށް އަންހެނުންތަކެއް ގެންދިޔަ ކަމަށް އިއުތިރާފު ވަމުން ސްމިތު ބުނީ އެމީހުން ގެންދިޔައީ ގަދަ ބާރުން ނޫން ކަމަށެވެ. "އަދި އެއީ ކަޑަކަމަކަށް ވާނީ ރޭޕް ކުރީމަ ދޯއޭ" ސްމިތު ބުންޏެވެ.

މާގިރި ހޮޓަލުގައި ޓްއަރިޒަމް މިނިސްޓްރީގެ މުވައްޒަފުން ތިބި ދުވަސްތަކުގެ ސީސީޓީވީ ފުޓޭޖް ލިބިފައިވާ ކަމަށް ބުނެ "ދިޔަރެސް" އިން ކުރިން ރިޕޯޓް ކޮށްފައިވާ ގޮތުގައި ސްމިތު ވަނީ މިނިސްޓްރީގެ މުވައްޒަފުންގެ ގޮތުގައި ނުހިމެނޭ އިތުރު އަންހެނުންތަކެއް ތަފާތު އެކި ފަހަރު މަތިން އޭނާ އުޅުނު ފްލޯއަށް ގެންގޮސް އޭނާގެ ކޮޓަރިއަށް ވައްދާފައެވެ.

ސްމިތު މާގިރި ހޮޓަލަށް އަންހެނުންތައް ގެންދަނީ ވިސްޓާ ބީޗް ގެސްޓް ހައުސް ނަަމަކަށް ކިޔާ ހުޅުމާލޭގައި ހުންނަ ގެސްޓް ހައުސް އެއްގެ ވޭނެއްގައި ކަމަށާއި އެ ވޭން އޮތީ ޓުއަރިޒަމް މިނިސްޓްރީގެ ބޭނުމަށް ކުއްޔަށް ނަގާފައި ކަމަށް ވެސް "ދިޔަރެސް" ގައި ރިޕޯޓް ކޮށްފައި ވެއެވެ.

ސްމިތު މާގިރި ހޮޓަލަށް އަންހެނުންތަކެއް ގެންދިޔައިރު މާލެ އޮތީ ފުރަބަންދު ކޮށްފައެވެ. އެހެންކަމުން ހާއްސަ ހުއްދައެއް ނެތި، އޭރު ގެއިން ބޭރަށް ނިކުތުމަކީ ވެސް މަނާ ކަމެކެވެ. ބެލެވޭ ގޮތުގައި މިނިސްޓްރީން ކުއްޔަށް ނަގާފައިވާ ވެހިކަލެއްގައި އަންހެނުންތައް އުފުލާފައި ވަނީ ވެސް އެމީހުންނަށް އަމިއްލައަށް މަގުމައްޗަށް ނިކުތުމުގެ ހުއްދަ ނެތުމުންނެވެ.

ޓްއަރިޒަމް މިނިސްޓްރީން މާގިރި ހޮޓަލް ކުއްޔަށް ނަގައިގެން ދައުލަތުގެ ފައިސާ ޚަރަދުކޮށް މިނިސްޓްރީގެ ވެރިންތަކެއް އެތަނުގައި ޕާޓީ ބާއްވާ، އަންހެނުންތަކަކާއި އެކު ނަހަމަ ގުޅުންތަކެއް ހިންގާފައިވާ މައްސަލަ ބެލުމަށް ގިނަ ބަޔަކު އަންނަނީ މީސް މީޑިއާގައި ގޮވާލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

32 ކޮމެންޓް

  1. އެލްޖޭ

    އިސްލާމްދީނުގެ ހަމަތައްނޭންގޭ މީހުންނަށް ހިލޭއަންހެނުންތަކެއް ތިހެންގެންދިއުން މައްސަލައަކަށް ނުވެދާނެ. ލާދީނީ! ގައުމެއްނެއް!

    191
    2
    • ލޮލްލް

      ޔާންޓޭ ބުނީ ހިލޭ އަންހެނުން ނުތިބެޔޯ..އޯކޭ ވާނެ ޔޯ

      9
      44
  2. ތުގުވަ

    ޢެބުނީ ޒިނޭ އަކީ ކަޑަކަމެއް ނޫނޯ. ކަޑަކަމަކަށް ވަނީ ރޭޕު ކުރީމައޯ. ދިމާލަށް އެބުނަނީ. ދެން އިލްޔާސް އާ އިމްރާނާ ކީރިތި ކުރައްވާ މީހާ އަށް ވެދުން

    213
    2
  3. މާކުއްޖާ

    އޯ ހާދަ ކާމިޔާބު ސޮރެކޭ. މަގުމަތިން ކޮންމެސް ކަރުގަ ހިފާލަބަލަ. ވަރަށް ގަދަ ގޮލައެއްނު ކަލެއަކީ. ކެކެކެ

    109
    3
  4. ލައިސާ

    ރައްބެއް ރަސޫލެއް ދަންނަ ބައެއް ނޫނޭ

    70
  5. Anonymous

    ލާދީނީ ވަގު ސަރުކާރު އަސްތިއުފާ

    55
    2
  6. ވީޗީ

    ކާކުތަމީ ތަނެށްގަ ހުރި ދެއުޅި އެއްނުވާ ތާވަަަޅެއް މަހީ ކުރީ ތަންދޮރު ދަންނަ ތަންކޮޅެއް ހަރުދަނާ މީހެއް ކަމަަށް އަދި ކިރިޔާ މިފެނުނީ މަގުމތީ އެނބުރޭ ވަހުތާނެއްދޯ ވާނިވެސް އެހެން ކީއްވެތަ މުޅިގާގަ ފަދިރީން އޮޅާހެން ރީދޫ ފޮތި ނޯޅާ ތިހިރީ ޗީ ޗީ ކަމަކާ ދިމަވީމަ އޮޅިގެން ވާނިވެސް އެހެން އޮޅިފަ އޮތް ސަރުކާރެއްގަ ތިބޭނީ އޮޅިފަ ތިބި މީހުން ހަމާގަ ތިބީމަ ވަނުވާ އިނގޭނީ

    44
    1
  7. ރައްޔިތުން

    މޮޔައިން ދޯ މީ.

    31
    2
  8. ރައްޔިތުން

    ކުރިން އުޅުނު މަގުމަތީގައި ލަވަ ކިޔާ ސުމިތު ތަ މީ މާސަޅިވެގަނެގެން ހަޔާތް ކެނޑިގެން މިއުޅެނީ

    44
    1
  9. ނާމި

    ޕުއަރ ސްމިތް ގެޓިންގ ރޯސްޓެޑް އޯލްއޯވަރ ޓްވިޓަރ?

    33
    1
  10. ޝީޒާ..

    އިބޫ ލަދެއް ނުގަނޭތަ.؟

    52
    2
  11. އަލީ

    ތި ފޮޓޯއިން އެބަ އެނގެ ސުމިތަށް އެއްގޮތެއްވެސް ނުހެދޭނެކަން.

    42
    1
  12. ްކްރޯޑް

    މިހި ރީ މިމީހުންގެ ފެންވަ ރު ހުންނަވަަ ރު މުސްލިމުން ނަށްވެ ތިބެ ހަމަ ފާޅުގައި ހިލޭ އަންހެނުންނާ އެކަހެ ރި ވެ ތިބެކު ރާ ނުލަފާކަންތައް ތައް ، ގަބޫލުގަ ކު ރިޔަސް އިސްލާމް ދީނުގަ ހަ ރާން ކު ރައްވާފައިވާ ކަންތައް ކު ރާ ނަމަ އެކަމުގެ އަދަބު ލިބެން ޖެހޭނެ ، އެކަމަކު އެމްޑީޕީ މީހެއްނު އަދަބެއް ވެސް ނުލިބޭނެ ވަޒީފާއިން ވައްކެއްވެސް ނުކު ރާނެ ދުޢާލިބިފައިވާ ވެ ރިޔަކު ވަލީ އަހުދަކަށްވެ ހު ރެ ގައުމުގަ ހިންގާ ކަންތައްތައް

    37
    2
  13. ސުހައިލް

    މުޑުދާރު ސަރުކާރެއް! ކޮބާ ބޮޑުވަޒީރު! މީތޯ ޑިމޮކްރެސީ ފައްކާ ކުރުން! ހުސް ﷲ ޙަރާމް ކުރެއްވި ﷲ ސުބްޙާނަހޫ ވަތަޢާލާ އެންމެ ބޮޑަށް ނަހީ ކުރެއްވެވި އެންމެހާ ކަންކަން މި އޮއްފަދަ ހިތާމަވެރި ދަނޑިވަޅުގައިވެސް. ޤައުމުގެ ޙާލަތުއަނދަވަޅަކަށް ވެއްޓިފަ އޮތްއިރުވެސް ކޮންކަހަލަ ވެރިކަމެއްތި ކުރަނީ! ގަންޖާސަރުކާރު! ހުސްގުންޑާއިން ގެ ނުބައިކަން މުޖުތަމަޢުން ފެންނަނީ! ﷲ ތިޔައެންމެން ތިޔަބަައިމީހުންގެ އަތުން ބޭޒާރުކުރައްވަނީ އެ! އިންޝާﷲ މިސަރުކާރު ވަރަށް އަވަފަށް ނިމިކުރައްވާ ޤައުމު ރައްކާތެރިކުރައްވާށި! އާމީން

    45
    1
  14. ޕާޓޭ

    ރީނދޫ ބައިގަނޑު އެއުޅެނީ ޕާޓޭން އުޅޭހެންދޯ

    36
  15. ނަސްރާ

    އޯ ގަދަ އެމްޑީޕީގެ ޖާހިލުން ހިތުހުރިގޮތަކަށް އުޅެލެވޭ ބިރަކާނުލާ

    29
    1
  16. ކަހުރަބު

    ލާދީނީ އެމް ޑީ ޕީ ގެ ޖާހިލު ކަން މިހިރަ ފެނި ފާޅުވަނީ ދެން އަތްޖަހާ

    29
    1
  17. ދިވެއްސެއް

    ކަލޭމެން ދޭބަލަ ލާސް ވޭގަސްއަށް.... ކީއްކުރަންތަ އެއްޗެއް ނެތް ދިވެހި ރާއްޖޭގަ ތިޔަ އުޅެނީ ބީތާ..... މިތަން ސަދޫމް ސިޓީއަށް ހަދަން ނޫޅެބަލަ.....

    33
  18. ސަނާހް

    އަލިފެއް ބާއެއް ޗާއެއްޕާއެއް ނޭނގޭ ވަލުބުޑު ނުކަނޑާ މީހުން ތަންތާ ވެރިންނައް ލީމަ ކިއާނީ ތިޔަކަލަ އެއްޗެހި.
    ޢެސޮރު ގޯހެއްްނޫން، ގޯހީ އެފަދަ މަގާމްތައް އެމީސް މީހުންނައް ދޭ މީހުން..

    39
    1
  19. ރާނާ

    ތީނަ ބަލައިލާފަވެސް އެގޭ ތީނަގެ ފެންވަރު. އިބޫ ސޯލިހައް ވެރިކަންލިބުނީމަ ހީވީ ތާސްބަޔެއް ބަހާލިހެން މޑޕ އެކްޓިވިސްޓުންތަކައް ބޮޑެތި މަގާމްތައް ބަހާލި އިރު. އެކަހަލަ އެއްޗެހިތައް ތިޔޮތީ ޖެންޑަރ މިނިސްޓްރީ ތެރޭގަވެސް ފުރިފަ. މަތި ބަރުވެގެން ސަރުކާރު އެއޮއްވެއްޓެނީ. ރައްޔެތުންގެ ލާރި އިބޫ ސޯލިހް ހިތުހުރި ގޮތަކައް ކުޅެނަގަނީ. ދެން އޮވޭ ރޯން.

    21
  20. ދެލޯ

    ޓުވީޓު ރަނގަޅު ކުރީމަވެސް އެހެރަ ގޮތެއް ދޯ؟

    12
  21. ދެލޯ

    ކަމަށް ނޭކަށޭނަ މީހުން އައްޔަންކުރީމަ ވާނެގޮތް މިވަނީ. އެއިން އެނގެނީ ރައީސުލްޖުމްހޫރިއްޔާގެ އިޚްލާޞްތެރިކަމެއް ނެތްކަން

    15
  22. ރޭވުން

    މިހަމަރޭވިގެން އެމް.ޑީ.ޕީ މީހުންނަށް މުޅިސަރުކާރު ގެ އޮސްތަކުގެ އިސްވެރިން ލުމުގެ ސިޔާސތުގެ ދަށުން ހިންގޭ ކަމެއްކަމަށް ބެލެވޭ

    15
  23. އަލްފާޟިލާ

    އަލްފާޟިލާ ސުމިތާ މެދަށް ލައިގެން ކީއްކުރާ ބޮލުގެ އިސްތަށި ގަނޑުން އަންހެން ހެދިގެން އުޅޭ ސުމިތާއެއްތީ

  24. ކައުންސެލަރު

    މާގިރިހޮޓަލަށް ސަލާމް. ދިޔަރެސް ނޫހުގައި ލިޔެފައި އޮތް އެއްވާހަކަ މިއޮތީ ކަށަވަރުވެފައި، ސީސީޓީވީ ފުޓޭޖް ނުދެމޭ ބުންޏަކަސް...... ދޮގުނަހަދައްޗެ

    10
  25. އަންނި

    އަްއްޗީޑީ....ބުއްޅަބެ ހިޔަނީގަ އިބޫ އުޅެންޏާ އަނެއް ކޫއަށް ތައްޔާރުވެގެން ހުރޭ!!!

  26. ސޯޕް ލައިޓް ބްރަދަރ

    ޕާޓޭން ޤައުމުގެ ވެރިންނަށްވީމާ ވާނީތިޔަހެން!!!!

    11
  27. ކ

    ކޮބައިހޭ ތޮއްޔިބު ޝަހީމު... އޭނާ ވެސް ބޮޑު ކޮށް ތިޔަކަމުގައި ބައިވެރި ވިއޭ

  28. ހޯސް

    ތިޔަ ސުމިތެއް ފެނުނަސް ހޮޑުލަވާ!

  29. ޕާޓޭ ގެ ޑެޑީ

    ސްމިތު ގެ އެކަނި ފޮޓޯގަންޑެއްވެސް ނެތީތަ ކަލޭމެން އަތުގަ؟

  30. ސަރަކައެނބުރޭ

    ރައްޔަތުންނޭވެ ކޮންމެވެސް ކޮންމެވެސް ތަސްވީރު އެބުނާއެއްޗެއް މިތާގަނުލިޔެ ވޭތޯ ބަލައްޗޭ. ތަސްވީރުން އާދަނު އެބުނަނީ ވަރަށްވާހަކަ.

  31. ?

    ??????