22:21

ރާއްޖޭގައި ކޮވިޑް-19 ގެ ހާލަތު ގޯސްވަމުންދާ ކަމަށް ބެލެވޭތީ މާސްކް އެޅުން މަޖުބޫރު ކުރަން އެމްއާރުއެމް އިން އެދިއްޖެ.

22:14

ރާއްޖެ އިން ކޮވިޑް-19 ޖެހުނު ފަސް މީހަކު ރަނގަޅުވެއްޖެ.

22:13

ރާއްޖެ އިން އިތުރު 31 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ.

21:42

ދުނިޔޭގެ އެކިކަންކޮޅުތަކުގައި ހަލުވިކަމާ އެކު، ކޮވިޑް-19 ފެތުރި، ހާލަތު އިތުރަށް ގޯސްވެދާނެ ކަމުގެ އިންޒާރު ޑަބްލިއުއެޗްއޯ އިން ދީފި.

21:27

އާޖެންޓީނާގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ލައްކައަކަށް އަރައިފި.

18:45

17:37

މިނިސްޓްރީ އޮފް ޖެންޑާ ފެމެލީ އެންޑް ސޯޝަލް ސާވިސަސް އިން މިދިޔަ ހަފްތާގައި ބޭއްވި ބައްދަލުމެއްގެ ބައިވެރިޔަކު ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެއްޖެ.

17:15

16:46

އީރާނުން އިތުރު 203 މީހަކު ކޮވިޑް-19 ޖެހިގެން މަރުވެއްޖެ. މިއާއެކު އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 13032 އަށް އަރާފައި. އެ ގައުމުން އިތުރު 2349 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 259652 އަށް އަރާފައި.

16:45

ޕާކިސްތާނުން އިތުރު 69 މީހަކު ކޮވިޑް-19 ޖެހިގެން މަރުވެއްޖެ. މިއާއެކު އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 5266 އަށް އަރާފައި. އެ ގައުމުން އިތުރު 2753 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 251625 އަށް އަރާފައި.

16:41

ޖަރުމަންވިލާތުން އިތުރު މީހަކު ކޮވިޑް-19 ޖެހިގެން މަރުވެއްޖެ. މިއާއެކު އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 9135 އަށް އަރާފައި. އެ ގައުމުން އިތުރު 18 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 199968 އަށް އަރާފައި.

16:41

ބަންްގްލަދޭށްއިން އިތުރު 39 މީހަކު ކޮވިޑް-19 ޖެހިގެން މަރުވެއްޖެ. މިއާއެކު އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 2391 އަށް އަރާފައި. އެ ގައުމުން އިތުރު 3099 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 186894 އަށް އަރާފައި.

16:40

ޗައިނާއިން އިތުރު އަށް މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 83602 އަށް އަރާފައި. އެ ގައުމުން މިހާތަނަށް 4634 މަރު.

16:40

އިންޑޮނޭޝިއާއިން އިތުރު 50 މީހަކު ކޮވިޑް-19 ޖެހިގެން މަރުވެއްޖެ. މިއާއެކު އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 3656 އަށް އަރާފައި. އެ ގައުމުން އިތުރު 1282 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 76981 އަށް އަރާފައި.

16:39

އޮމާންއިން އިތުރު ދެ މީހަކު ކޮވިޑް-19 ޖެހިގެން މަރުވެއްޖެ. މިއާއެކު އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 259 އަށް އަރާފައި. އެ ގައުމުން އިތުރު 2654 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 58179 އަށް އަރާފައި.

16:38

ކަޒަކިސްތާނުން އިތުރު 1646 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 59899 އަށް އަރާފައި. އެ ގައުމުން އިތުރު 375 މަރު.

16:37

ފިލިޕީންސްއިން އިތުރު 227 މީހަކު ކޮވިޑް-19 ޖެހިގެން މަރުވެއްޖެ. މިއާއެކު އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 1599 އަށް އަރާފައި. އެ ގައުމުން އިތުރު 2784 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 57006 އަށް އަރާފައި.

16:35

ކުވޭތުން އިތުރު ތިން މީހަކު ކޮވިޑް-19 ޖެހިގެން މަރުވެއްޖެ. މިއާއެކު އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 393 އަށް އަރާފައި. އެ ގައުމުން އިތުރު 614 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 55508 އަށް އަރާފައި.

16:34

ޔޫކްރޭނުން އިތުރު 15 މީހަކު ކޮވިޑް-19 ޖެހިގެން މަރުވެއްޖެ. މިއާއެކު އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 1398 އަށް އަރާފައި. އެ ގައުމުން އިތުރު 612 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 54133 އަށް އަރާފައި.

16:32

ސިންގަޕޫރުން އިތުރު 322 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 46283 އަށް އަރާފައި. އެ ގައުމުން މިހާތަނަށް 26 މަރު.

16:32

ބޮލިވާއިން އިތުރު 53 މީހަކު ކޮވިޑް-19 ޖެހިގެން މަރުވެއްޖެ. މިއާއެކު އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 1807 އަށް އަރާފައި. އެ ގައުމުން އިތުރު 987 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 48187 އަށް އަރާފައި.

16:31

ޕޮލެންޑުން އިތުރު ފަސް މީހަކު ކޮވިޑް-19 ޖެހިގެން މަރުވެއްޖެ. މިއާއެކު އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 1576 އަށް އަރާފައި. އެ ގައުމުން އިތުރު 299 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 38190 އަށް އަރާފައި.

16:31

އަފްގާނިސްތާނުން އިތުރު ދެ މީހަކު ކޮވިޑް-19 ޖެހިގެން މަރުވެއްޖެ. މިއާއެކު އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 1012 އަށް އަރާފައި. އެ ގައުމުން އިތުރު ހަތަރު މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 34455 އަށް އަރާފައި.

16:30

ރޯމޭނިއާއިން އިތުރު 17 މީހަކު ކޮވިޑް-19 ޖެހިގެން މަރުވެއްޖެ. މިއާއެކު އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 1901 އަށް އަރާފައި. އެ ގައުމުން އިތުރު 413 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 32948 އަށް އަރާފައި.

16:27

އަަރުމޭނިއާއިން އިތުރު އަށް މީހަކު ކޮވިޑް-19 ޖެހިގެން މަރުވެއްޖެ. މިއާއެކު އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 573 އަށް އަރާފައި. އެ ގައުމުން އިތުރު 182 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 32151 އަށް އަރާފައި.

16:27

ހޮންޑޫރަސްއިން އިތުރު ތިން މީހަކު ކޮވިޑް-19 ޖެހިގެން މަރުވެއްޖެ. މިއާއެކު އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 774 އަށް އަރާފައި. އެ ގައުމުން އިތުރު 507 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 28090 އަށް އަރާފައި.

16:26

މޮރޮކޯއިން އިތުރު ތިން މީހަކު ކޮވިޑް-19 ޖެހިގެން މަރުވެއްޖެ. މިއާއެކު އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 253 އަށް އަރާފައި. އެ ގައުމުން އިތުރު 76 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 15821 އަށް އަރާފައި.

16:24

އުޒްބެކިސްތާނުން އިތުރު މީހަކު ކޮވިޑް-19 ޖެހިގެން މަރުވެއްޖެ. މިއާއެކު އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 61 އަށް އަރާފައި. އެ ގައުމުން އިތުރު 196 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 13193 އަށް އަރާފައި.

16:23

ކްރިގިސްޠާނުން އިތުރު 15 މީހަކު ކޮވިޑް-19 ޖެހިގެން މަރުވެއްޖެ. މިއާއެކު އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 147 އަށް އަރާފައި. އެ ގައުމުން އިތުރު 488 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 11117 އަށް އަރާފައި.

16:23

އޮސްޓްރޭލިއާއިން އިތުރު 184 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 9980 އަށް އަރާފައި. އެ ގައުމުން މިހާތަނަށް 108 މަރު

16:22

ފަލަސްތީނުން އިތުރު ދެ މީހަކު ކޮވިޑް-19 ޖެހިގެން މަރުވެއްޖެ. މިއާއެކު އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 38 އަށް އަރާފައި. އެ ގައުމުން އިތުރު 243 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 6473 އަށް އަރާފައި.

16:22

ތައިލެންޑުން އިތުރު ތިން މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 3220 އަށް އަރާފައި. އެ ގައުމުން މިހާތަނަށް 58 މަރު.

16:21

އަލްބޭނިއާއިން އިތުރު ދެ މީހަކު ކޮވިޑް-19 ޖެހިގެން މަރުވެއްޖެ. މިއާއެކު އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 95 އަށް އަރާފައި. އެ ގައުމުން އިތުރު 117 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 3571 އަށް އަރާފައި.

16:15

ހޮންގކޮންގއިން އިތުރު 52 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 1522 އަށް އަރާފައި. އެ ގައުމުން މިހާތަނަށް ހަތް = މަރު

16:12

ލަޓްވިއާއިން އިތުރު މީހަކު ކޮވިޑް-19 ޖެހިގެން މަރުވެއްޖެ. މިއާއެކު އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 31 އަށް އަރާފައި. އެ ގައުމުން އިތުރު މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 1174 އަށް އަރާފައި.

16:12

އަންގޮލާއިން އިތުރު މީހަކު ކޮވިޑް-19 ޖެހިގެން މަރުވެއްޖެ. މިއާއެކު އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 26 އަށް އަރާފައި. އެ ގައުމުން އިތުރު 23 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 506 އަށް އަރާފައި.

16:12

ސީރިއާއިން އިތުރު ތިން މީހަކު ކޮވިޑް-19 ޖެހިގެން މަރުވެއްޖެ. މިއާއެކު އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 19 އަށް އަރާފައި. އެ ގައުމުން އިތުރު 23 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 414 އަށް އަރާފައި.

16:11

ބޫތާނުން އިތުރު ދެ މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 84 އަށް އަރާފައި. އެ ގައުމުން މިހާތަނަށް މަރެއް ނެތް

16:10

މެކްސިކޯއިން އިތުރު 276 މީހަކު ކޮވިޑް-19 ޖެހިގެން މަރުވެއްޖެ. މިއާއެކު އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 35006 އަށް އަރާފައި. އެ ގައުމުން އިތުރު 4482 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 299750 އަށް އަރާފައި.

16:10

ރަޝިއާއިން އިތުރު 104 މީހަކު ކޮވިޑް-19 ޖެހިގެން މަރުވެއްޖެ. މިއާއެކު އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 11439 އަށް އަރާފައި. އެ ގައުމުން އިތުރު 6537 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 733699 އަށް އަރާފައި.

16:08

އިންޑިއާއިން އިތުރު 13 މީހަކު ކޮވިޑް-19 ޖެހިގެން މަރުވެއްޖެ. މިއާއެކު އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 23200 އަށް އަރާފައި. އެ ގައުމުން އިތުރު 422 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 879888 އަށް އަރާފައި.

16:07

އެމެރިކާއިން އިތުރު ދެ މީހަކު ކޮވިޑް-19 ޖެހިގެން މަރުވެއްޖެ. މިއާއެކު އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 137784 އަށް އަރާފައި. އެ ގައުމުން އިތުރު 47 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 3414042 އަށް އަރާފައި.

08:10

06:34

06:19

05:59

އެމެރިކާއިން އިތުރު 58349 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 380 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 3413995 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 137782 މީހަކު ވަނީ މަރުވެފައި.

05:58

ބްރެޒިލް އިން އިތުރު 25364 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 659 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 1866176 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 72151 މީހަކު ވަނީ މަރުވެފައި.

05:58

ދެކުނު އެފްރިކާ އިން އިތުރު 12058 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 108 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 276242 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 4079 މީހަކު ވަނީ މަރުވެފައި.

05:58

ރަޝިޔާ އިން އިތުރު 6615 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 130 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 727162 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 11335 މީހަކު ވަނީ މަރުވެފައި.

05:58

މެކްސިކޯ އިން އިތުރު 6094 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 539 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 295268 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 34730 މީހަކު ވަނީ މަރުވެފައި.

05:57

ކޮލަމްބިއާ އިން އިތުރު 5083 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 188 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 150445 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 5307 މީހަކު ވަނީ މަރުވެފައި.

05:57

ޕެރޫ އިން އިތުރު 3616 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 188 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 326326 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 11870 މީހަކު ވަނީ މަރުވެފައި.

05:57

ޗިލީން އިތުރު 3012 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 98 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 315041 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 6979 މީހަކު ވަނީ މަރުވެފައި.

05:57

ސައުދީ އަރަބިއްޔާ އިން އިތުރު 2779 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 42 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 232259 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 2223 މީހަކު ވަނީ މަރުވެފައި.

05:56

ބަންގްލަދޭޝް އިން އިތުރު 2666 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 47 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 183795 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 2352 މީހަކު ވަނީ މަރުވެފައި.

05:56

އާޖެންޓީނާ އިން އިތުރު 2657 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 35 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 100166 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 1845 މީހަކު ވަނީ މަރުވެފައި.

05:56

ޕާކިސްތާނުން އިތުރު 2521 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 74 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 248872 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 5197 މީހަކު ވަނީ މަރުވެފައި.

05:56

އިރާގުން އިތުރު 2312 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 95 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 77506 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 3150 މީހަކު ވަނީ މަރުވެފައި.

05:55

އީރާނުން އިތުރު 2186 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 194 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 257303 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 12829 މީހަކު ވަނީ މަރުވެފައި.

05:55

ކަޒިކިސްތާނުން އިތުރު 1798 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 21 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 58253 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 375 މީހަކު ވަނީ މަރުވެފައި.

05:55

އިންޑޮނީޝިއާ އިން އިތުރު 1681 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 71 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 75699 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 3606 މީހަކު ވަނީ މަރުވެފައި.

05:55

ބޮލީވިއާ އިން އިތުރު 1635 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 52 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 47200 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 1754 މީހަކު ވަނީ މަރުވެފައި.

05:55

ޑޮމިނިކަން ރިޕަބްލިކުން އިތުރު 1418 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 17 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 44532 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 897 މީހަކު ވަނީ މަރުވެފައި.

05:54

ޕެނަމާ އިން އިތުރު 1301 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 16 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 45633 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 909 މީހަކު ވަނީ މަރުވެފައި.

05:54

އޮމާނުން އިތުރު 1318 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 9 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 56015 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 257 މީހަކު ވަނީ މަރުވެފައި.

05:52

05:35

05:03

04:01

03:17

02:25

01:40

00:58


ކޮވިޑް-19 ފެތުރުން ހުއްޓުވަން އަޅާފައިވާ ވަރުގަދަ ފިޔަވަޅުތަކުގެ ތެރެއިން ހުއްދަ ނެތި މާލެ އިން ފޭބުން ފިޔަވައި އެހެން ހުރިހާ ފިޔަވަޅުތަކެއް އުވާލުމުން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރު ވެފައި ވާއިރު، ފައްސިވާ ދިވެހިންގެ ނިސްބަތް ވަނީ ވަރަށް ބޮޑަށް އިތުރު ވެފައެވެ. ކޮވިޑް-19 އަށް ފައްސިވި ދިވެހިންގެ ޖުމްލަ އަދަދު މިހާރު ވަނީ 1082 އަށް އަރާފައެވެ.

ފާއިތުވި ފަސް ދުވަހު ފައްސިވި ދިވެހިންގެ އަދަދު

 • 8 ޖުލައި 11 ދިވެހިން
 • 9 ޖުލައި 33 ދިވެހިން
 • 10 ޖުލައި 44 ދިވެހިން
 • 11 ޖުލައި 43 ދިވެހިން
 • 12 ޖުލައި 52 ދިވެހިން

ކޮވިޑް-19 އަށް ފައްސިވާ ދިވެހިންގެ އަދަދު އިތުރު ވަމުން ދާއިރު ދިވެހިންގެ ތެރޭގައި ކޮވިޑް-19 ޖެހުމުން ހާލަތު އިތުރަށް ގޯސްވެދާނެ ފަދަ ބަލިތައް ހުރި މީހުންގެ އަދަދު ގިނައެވެ. އެހެންކަމުން ބަލި ޖެހުމުން ހާލު ދެރަވެ، އަދި ފުރާނައަށް ނުރައްކާވާ މީހުންގެ އަދަދު ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު ވެގެން ދިއުމުގެ ބިރު ވެސް ވަރަށް ބޮޑެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

 1. ދިދަ ދަނޑި

  މައްޗަށްދާ ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތް.. 1 ޕޮސިޓިވް ކޭސް ފެނިގެން ލޮކްޑައުން ކުރި.. މިހާރު ދުވާލަކު 50 ޕޮސިޓިވް ކޭސް ފެންނަން ފެށީމަ ހުރިތާ ތަނެއް ހުޅުވާލާފަ.. ލޮކްޑައުން ނުކޮށް އޮފީހާއި ސްކޫލްތައް ހުޅުވައިގެން ގޭގަ ތިބެން ގޮވީމަ ކިހިނެތް ގޭގަ ތިބެނީ.. ބިރުން ތިބެވެސް ޖެހޭނީ އޮފީހަށް އަދި ސްކޫލަށްވެސް ދާން..

  4
  3
 2. ސަންގު

  1000 ޖެހޭނެ. މިހާރު ޖެހިފަ ތިބި ވަރު އަންދާޒާވެސް ނުކުރެވޭނެ. 200 އް ހާ ޓެސްޓް ހަދައިގެން ފެންނާނީ ކޯޗެއް. ޓްރަންޕްޓް ބުނިހެން ، ޓެސްޓް ނުހަދާ ނަމަ އެއްމެ މަދުން ޖެހޭނީ އެމީހުންނަށް.