ފުލުހުންގެ މައި އިދާރާ، ޝަހީދު ހުސައިން އާދަމް ބިލްޑިން ކުރިމަތިން ފެނުނު ބުޅަލެއްގެ ވެރިފަރާތް ހޯދުމަށް އިއުލާނުކޮށްފި އެވެ.

ފުލުހުން ވިދާޅުވީ މި ބުޅާ ފެނިފައިވަނީ ޝަހީދު ހުސައިން އާދަމް ބިލްޑިންގެ ދޮރުމަތިން ކަމަށާއި، ބުޅާ ފުލުހުންގެ އެޗްކިއުއިން ދުރަށް ދާން ދެކޮޅު ހަދާ ކަމަށެވެ.

އަދި މިއީ މާބަނޑު ބުޅަލެއް ކަމަށް ލަފާ ކުރެވޭއިރު، ބުޅާ އެ އިދާރާ ކައިރިޔަށް އައީ އާއިލާ ހޯދަމުން ކަމަށް ބެލެވޭ ކަމަށް ފުލުހުން ވިދާޅުވިއެވެ. އެހެންކަމުން މި ބުޅާ ގެންގުޅޭ އާއިލާއެއް ވާނަމަ އަވަހަށް ބުޅަލާއި ހަވާލުވުމަށް ފުލުހުން އެދިފައި ވެއެވެ.

"މިއީ ބަޔަކު ގެއްލިގެން އުޅޭ ބުޅަލެއް ނަމަ، އެފަރާތަކުން ފުލުހުންގެ އިދާރާ އަށް އައިސް ބުޅާ ގެންދިއުމަށް އެދެން،" ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވަނީ މިކަން ހާމަކޮށް މިރޭ ކުރި ޓްވީޓުގައި ބުޅާ ފެންނަ ފޮޓޯއެއްވެސް ޙިއްސާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ބުޅާ

    ތިބުޅާވެސް އެއުޅެނީ ހައްޤުވާ. މިންވަ ރުނުލިބިގެން އިންސާފު ހޯދަން ނިކުމެ!

    24
  2. ބުޅާ

    ތިބުޅާ އަހަރެން ދެކުނިން ހަވީރު މަސްވެރިންގެ ޕާކު ކުރިމަތިން ބޮޑުތަކުރުފާނު މަގުން ފުލުހުންގެ މަރުކަޒާދިމާއަށް ދަނިކޮށް..މަގުމައްޗަށް ނުފަރިތަ ބުޅަލެއްވީމަ އޭތި މުޅިންހެން ދަނީ ބޮޑުތަކުރުފާނުމަގުގެ މެދުންހަމަ......ތިއަށްވުރެ ދޮން ދެވަނަ ބުޅަލެއްވެސް އޮވޭ ތިބުނާ ފުލުހުންގެ މަރުކަޒުގަ..އޭގެނަމަކަށް ކިޔަނީ ހަމީދު..އޭތީގެ ވެރިފަރާތަކީ އައްނި ކަމަށްވަނީ...ދެވަނަ ބުޅާވެސް ހަވާލު ކޮށްލަންފެނޭ އޭގެ ވެރިފަރާތާ...

    24
    1
    • ގޮނޑިދުއްވާ ގަންޖޭބޭބީ

      ?ކަލޯ މަ މަރާލާ!

  3. Anonymous

    އެވެދާނެ އެމްޑީއެން އިސްލާމްދީނަށް ފުރައްސާރަކުރި މައްސަލައިގައި ﷲ ގެ އަމުރުފުޅަށް ސީޕީހަމީދު ކައިރިއަށް އައި ބުޅަލެއް ކަމަށްވެސް

    17
    2
  4. އޭ.ޑީ

    ތި ވާނީ އަންނިގެ ބުޅަލަކަށް..އޭނަ ފުލުހުންދެކެ ވަރަށް ރުޅި އަންނާނެ.

    20
    1
  5. ކާފަރު

    ތީ ސްޕައި ބުޅަލެއް.. ސަމާލު ވޭ..

    10
  6. ކާފަ

    ބުޅާ ތިދިޔައީ ފޮލިހުންނަށް މައްސަލަ ހުށައަޅަން