ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ރައީސް ޑރ. އަލީ ޝަމީމް މިއަދު އިސްތިއުފާ ދެއްވައިފިއެވެ.

ރައްޔިތުންގެ މަޖިލިހުގެ ޖަލްސާ ފައްޓަވައި ދެއްވުމަށް ފަހު، މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ސީއެސްސީގެ ހަތަރު މެމްބަރަކު މަގާމުން ވަކިކުރަން ނިންމައި މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ރިޕޯޓު މަޖިލިހުގެ ތަޅުމަށް ލިބިފައިވާ ކަމަށެވެ. މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ރިޕޯޓު ލިބުނު ފަހުން، އެ ކޮމިޝަންގެ ތިން މެމްބަރަކު ވަކިވަކިން ސިޓީ ފޮނުއްވާފައިވާ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

އެކަމަކު ސިޓީގައި ތިން މެމްބަރުން ފާހަގަ ކުރެއްވީ ކޮން ކަމެއް ކަން ނަޝީދު ވިދާޅެއް ނުވެއެވެ.

އަދި ސީއެސްސީގެ ރައީސް ޝަމީމް މިއަދު ހެނދުނު އިސްތިއުފާ ދިން ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށް ނަޝީދު ވިދާޅުވިއެވެ. އެހެންވެ، ކޮމިޓީ ރިޕޯޓަށް ވޯޓަށް އެހުމުގައި ޝަމީމް ހިމަނަން ނުޖެހޭނެ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

މިދިޔަ މަހުގެ 29 ވަނަ ދުވަހު ބޭއްވި މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުމުގައި އެ ކޮމެޓީން ވަނީ ސީއެސްސީގެ މެންބަރުކަމުގައި ހުންނެވި ފާތިމަތު އާމިރާ ނޫން ދެން ތިއްބެވި ހުރިހާ މެންބަރުން ވަކި ކުރުމަށް ނިންމައިފައެވެ. އާމިރާ ވަކި ނުކުރަން ނިންމި ނަމަވެސް އާމިރާ ވަކިކުރަން ޖެހޭ ކަމަށް ގިނަ މެންބަރުން ވަރަށް ބޮޑަށް ދިޔައީ ވަކާލާތު ކުރައްވަމުންނެވެ.

މަގާމުން ވަކިކުރަން ކޮމެޓީން ފާސްކުރި ނަންތަކަކީ ޝަމީމްގެ އިތުރުން ކޮމިޝަންގެ ނައިބު ރައީސް ޝާހިދު މުހައްމަދާއި ކޮމިޝަންގެ ދެ މެމްބަރުން ކަމަށްވާ ޒަކަރިއްޔާ ހުސައިނާއި އިބްރާހިން ޝަހީގެވެ.

ޝަމީމް ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް އައްޔަން ކުރީ އޮގަސްޓް 18، 2015 ގައެވެ. އޭގެ ހަ ދުވަސް ފަހުން ޝަމީމް ވަނީ ކޮމިޝަނުގެ ރައީސް ކަމަށް އައްޔަންކޮށްފައެވެ.

ސީއެސްސީ އަށް އައްޔަން ކުރުމުގެ ކުރުން ޝަމީމް ވަނީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) ގެ މެމްބަރުކަމުގައި ފަސް އަހަރު ހޭދަކުރައްވައިފައެވެ. އޭގެ ކުރިން ރައްޔިތުންގެ މަޖިލީހާއި ރައްޔިތުންގެ ޚާއްސަ މަޖިލީލުގައި އަމީން އާންމުގެ ނައިބުގެ މަގާމުގައި ފަސް އަހަރެއްހާ ދުވަހު މަސައްކަތް ކުރުވާފައިވެއެވެ.

ޝަމީމަކީ ޑަބަލް މޭޖަގެ ގޮތުގައި ސިޔާސީ އިލްމާއި މެނެޖްމަންޓްގެ ދާއިރާއިން ބެޗްލާސް ޑިގްރީ ހާސިލްކުރައްވައި، ޕޮލިޓިކަލް ސައިންސްގެ ދާއިރާއިން މާސްޓަސް ޑިގްރީ ހާސިލްކުރައްވައި އަދި ގްލޯބަލް އެންވަޔަރަމަންޓް އެންޑް ޑިވެލޮޕްމަންޓް ރިލޭޝަންސްއިން ޕީއެޗްޑީ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ސަޒާ

    އަލްޙަމްދު ލިއްލާހި

    12
    20
  2. ށުކުރު

    ސިޔާސީ މީހުންގެ އަތުން ގައުމް އަތުލަން ރައްޔިތުން ނިކުންނަށް ވެއްޖެ.

    46
  3. ދީދިބެ

    ދަރިފުޅަށްޓަކައި ފަޚްރުވެރިވަން

    30
    1
  4. އެޖެންޑާ 19

    ގައުމުގެ ފައިސާއާއި ބެހޭ އޮފީހުގައިވެސް އެބަހުރި އިސްތިއުފާދޭންޖެހޭ ޕީއެސް އެއް.

    10
  5. އާދޭސް

    ވ. ދެރަ. ހުނަރުވެރި ޢިލްމުވެރި ެ ޤާބިލް ބޭފުޅެއް. އެހެން ދާއިރާއަކުން ނަމަވެސް ޤައުމަށް ޚިދްމަތް ކުރާތަން ފެކޭހިތްވޭ.

    20
    2
  6. ޏަމްޏަމް

    މިހާރު ޖެހޭނެ ތަނެއްގަ ހިފީއޭ ބުނުމުގެ ކުރިން ވަކި ވަންޏާ ވާން ?

    16
  7. އުނބު އާދަނު

    ކަށިކެޔޮގަނޑެއް ރޫޅިގެން ދާފަދައިން ޤަވްމު މިދަނީ ރޫޅެމުން. ޓީވީ ބަލަން ނުތިބެ ނުކުންނާކަށް ނުވޭތޯ؟ ރަސޫލާ ދުޢާދެއްވިފަދަ ވެރިއެއްގެ ވެރިކަމުގައި މިއޮތީ ވައްކަމާ ، ޝަހުވަތާ ބަގުރަލާ މުޞީބާތާ ހަމަނުޖެހުމާ ނަމާންކަމާ ބިރުވެރިކަން!

    32
    2
  8. ނަައީމް

    މިފަދަ ތައުލީމީ މިކަމަށް ގާބިލް ތަޖުރިބާހުރި ބޭފުޅަކު ކެއްނުކުރެވިގެން އިސްތިއުފާދިނުމަކީ ރައްޔިތުން މިލޮބުވެތި ދިވެހިރާއް އަބަދައްމެ ދިވެހިންހެ ތަނެއްގައި ބާއްވަން ބޭނުންނަމަ ފުންކޮށވިސްނަންވިކަމެއް ބިރުވެރި ކަމެއް އިލްމީބޭފުޅުން ސަރުކާރާއި ދުރަށް ނުދޭ ކެއްކޮށްލާ އެހެންގޮތަކުން ރީދޫބައިގަޏޑުގެ ކިބައިން ސަލާމަތްވުމަށް މަސައްކަތް ކުރަމާހިގާ ވަރަށްނުބައި ނުރައްކާތެރި ސިގުނަލެއް މިފަދަބޭފުޅުން އިސްތިއުފާދެއްވުމަކީ ރައްޔިތުންނަށް ސާފުސީދާކޮށް ކިޔައިދެއްވާ .....

    23
    3
  9. ރަންބިސް

    މިވެސް އިންސާނުން ދިވެހިން ދުވަހަކުވެސް އަޑެއްނާހަން މީނަގެ ނެގެޓިވް ވާހަކައެއް ފުޅިމަދު އުނގުރިޔެކޭ އެއްބީދައިން ހުރިހާ ސަރުކާރަކަށްވެސް ވަރަށް އޯކޭ ތައުލީމީ ގާބިލް މީހެއް ދީދިބެޔަށް އައްސަރިބަހާ ސާބަސް ހަމަ

    24
  10. ކާސިމްބެ

    ދެން ތިތަނަށްލާ ސްމިތު ކަހަލަ މީހަކު އޭރުން ހުރިހާކަމެއް ހަމަވީ..މަޖިލިސް ކުދިންކޮޅަށް ވަރަށް ވެދުން.

    26
    2
  11. ސޯޕް ލައިޓް ބްރަދަރ

    ކާންދިންމީހާގެ އަތުގައި ދަތްއެޅީމާވާނީތިޔަހެން !!!!

    11
    5
  12. ގަޓްނެތް

    ތިޖެހުނީ ކޮންތާކު. އިސްތިއުފާ ދިނުމަކީ ފިނޑިންގެ ގޮތް. ތިމާ އަމިއްލަ ނަފްސަށް ތިމާ އަށް ކުށެއް ނުކުރެވޭ ކަމުގެ ޔަޤީންކަން އޮތް ނަމަ އިސްތިއުފާއެއް ދޭކަށް ނުޖެހޭނެ. ބޭރު ކުރަންޏާ ބޭރުކުރޭ އެއީ އެމީހުންގެ ކަމެއް، ބާރު އޮތް ބައެއް ބާރުގެ ބޭނުން ކުރާނެ އެކަން ދަނެގެން ވަޒީފާ ޤަބޫލުކޮށް ހަވާލުވަނީ. ބޭރު ކުރަން އެމީހުންނަށް ފެނިއްޖެއްޔާ ބޭރު ވެސް ކުރާނެ. އެއީ އެކަން އޮތް ގޮތް. ތިމާ ހުންނަންވާނީ ސާބިތު ކަން މަތީ ވަޒީފާގެ މަސްޢޫލިއްޔަތު އަދާ ކުރުމުގައި. ހޮވީމާ ވަދެ ހަވާލުވި ފަދައިން ބޭރު ކުރީމާ ނުކުންނީ. އެއީ ހަރުދަނާ މީހުންގެ ގޮތް ތި ހިޔާރު ކުރީ ފިނޑިންގެ ގޮތް.

    3
    6
  13. މާލަސް

    ކޮމިޝަނަކަށް ފަހު ކޮމިޝަނެއް. ތިހެންގޮސް އީ ސީ ކުޅެލަން ކެރޭނެބާ. ޢޭރުން ފަލީހަތްވެ ބޭޒާރު ނުވެ ނުދާނެ.

    16
  14. ވަތަނަބެ

    އާމިރާއަކީ ވެސް ވަކިކުރަން ޖެހޭ މީހެއް. ވަރަށް ގިން ގާތްމީހުނަށް މަޤާމުގެ ބޭނުން ނާޖާއިޒް ގޮތުގައި ހިފައި ކަންކަން ކޮށްދީފައިވޭ. އަދި ވަރަށް ނުފޫޒުގަދަ މީހެއްތީ. އާމިރާ ވަކި ނުކުރުމަކީވެސް މަޖިލިސްގަޔާ ސަރުކާރުގައި އާއިލީ ނުފޫޒު އޮތްކަން އެގޭ ވަރަށް ސާހު ހެއްކެއް.

  15. އެޖެންޑާ 19

    ހުވާ ނުކެރޭނެ ނުކެރޭނެ. މިމީހުން ދެންފިލާނީ

  16. އަޙްމަދު

    ކިޔަވައިގެންހުރި މީހަކު ތަނެއްގަ ބަހައްޓައިގެން ނުވާނެ، އެންމެން ވަކިކޮށް އެކްޓިވިސްޓުންލައްވާ، ވަރިހަމަ ކަމެއް ނުވިއަސް ރަނގަޅުވާނެ، މި މީހުން ވެރިކަމަށް އަންނަ ކޮންމެ ފަހަރަކު މިފަަދަ ގަނޑެއް ގަނޭ މިހާރު މިއޮތީ ޤާޟީންނާއި މިނިވަން މުއައްސަސާ އަދި ކޮމިޝަންތަކުގެ މީހުން ބަދަލުކުރުން ކުރީ ފަހަރު އައިސް ކުންފުނިތައް އުފައްދާ ރަށްރަށުގައިތިބި އެކްޓިވިސްޓުންނަށް ވަޒީފާ ދިނުން، ކުރިން މިރާއްޖެ ދެކެފައި އޮތްކަމެއްނޫން، އެކުޅި ފެށީމަ މިހާރު ރައްޔިތުން ގަބޫލުކޮށްފި މިވެރިކަން ބަދަލުވެ ދެންތުބި މީހުންގެ ވެރިކަން އައިމަ ވަޒީފާ ލިބޭނެކަމަށް، މިހާރު މިއޮތީ އެކަން ހުރުހައި ތަނަކަށް ގެނެސްފަ ދެން ވެރިކަން ބަދަލުވީމާ ޤާޟީންނާ ކުންފުނިތަކާ މުވައްސަސާތައް ވެސް ބަދަލުވެގެންދާނެ، މިނޫން ދުވަހެއް ފެންނާނެބާ؟