ވަކީލުކަމުގެ ހުއްދަ ދިނުން ފަސްކުރެވޭ ފަރާތްތަކަށް ހާއްސަކޮށްގެން އެއް މަހުގެ ތަމްރީނެއް ހިންގުމަށް ފަހު ހުއްދަ ދޭ ގޮތަށް ގާނޫނީ ފަންނުގެ ބިލަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިަރީ ކޮމެޓީ އިން ބަދަލު ގެނެސްފިއެވެ.

ގާނޫނީ ފަހުންގެ ގާނޫނު މިހާރު އޮންނަ ގޮތުން ވަކީކުކަމުގެ ހުއްދަ ދޫކުރުމަށް ދެ ޝަރުތެއް އޮވެއެވެ. މި އެއް މަސްދުވަހުގެ ތަމްރީން ހިންގާނީ މި ދެ ޝަރުތުތައް އަމަލު ކުރުމަށް ފަސްވާ ހާލަތެއްގައި ވަކީލުކަމުގެ ހުއްދައަށް އެދި ހުށަހަޅާ ފަރާތްތަކަށް ހާއްސަކޮށެެވެ.

ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ ޖޭޕީގެ މެންބަރު މުހައްމަދު ނާޒިމް ހުށަހެޅުއްވެވި ބިލުގައި ވަނީ ގާނޫނީ ފަންނުގައި ބަޔާންކުރާ ވަކީލުކަމުގެ ހުއްދަދިނުމުގެ ދެ ޝަރުތު ފަސްކުރުމަށެވެ. އެއީ ބާ ކައުންސިލްގެ ބެލުމުގެ ދަށުން ފުރިހަމަކުރަން ޖެހޭ އެއް އަހަރު ދުވަހުގެ ތަމްރީން ޕްރޮގްރާމާއި، ބާ އިމްތިހާނެވެ.

މިހާރު ގާނޫނީ ފަންނުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައި ވާގޮތުން، އެ އިސްލާހަށް އަމަލު ކުރަން ފަށާތާ ހަތް ދުވަހުގެ މުއްދަތެއްގެ ތެރޭގައި ވަކީލުކަމުގެ ހުއްދައަށް އެދޭ ފަރާތްތަކަށް ހާއްސަ އެއް މަސްދުވަހުގެ ތަމްރީން ޕްރޮގްރާމްގެ އުސޫލުތައް އެކުލަވާލައި އާންމުކުރަން ޖެހެއެވެ.

އަދި މި އުސޫލުތައް އެކުލަވާލާތާ ހަތް ދުވަހުގެ ތެރޭގައި ތަމްރީން ފަށަން ޖެހޭނެ ކަމަށާއި، ތަމްރީން ނިންމުމަށްފަހު ގިނަވެގެން 21 ދުވަހުގެ ތެރޭގައި އިމްތިހާން ފުރިހަމަކުރާ ފަރާތްތަކަށް ވަކީލުކަމުގެ ހުވާ ކުރެވޭނެ އިންތިޒާމް ބާ ކައުންސިލުން އިންތިޒާމްކޮށްދޭން ޖެހޭކަމަށް އެ އިސްލާހުގައި ވަނީ ބުނެފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނަައީމް

    ހެޔޮނިޔަތުގަ ނުކުރާކަމެއްގަ ފައިދާއެއްނުކުރާނެ ތިމަޖިލީހުގަ ވާއެއްނުވާއެއް އެގޭމީހަކުތެތް ކޮންމެ އެއްޗަކަށް ވޯޓައްއެހިޔަސް ޕަޓަސް މެޖޯރިޓީ ހިޔާލެއްވެސް ދޭންއެގޭނީ ވާނުވާ އެގޭނަމަތާ