ހުޅުމާލޭގައި ސިފައިންނާއި ފުލުހުންނަށް ހާއްސަކޮށްގެން އިމާރާތް ކުރާ ފްލެޓުގެ މަސައްކަތް ކުރާ ތައިލެންޑުގެ އައިލެންޑް އެކްސްޕާޓުގެ ބިދޭސީ މުވައްޒަފުން، މުސާރަ ނުދީގެން މުޒާހަރާ އަށް ނުކުމެ ހަމަނުޖެހުން ހިންގައި ފުލުހުންނަށް ހަމަލާދިން 41 ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

މަންޒަރު ދުށް މީހަކު "ވަގުތަށް" ބުނީ ހަމަނުޖެހުން ހިންގަން ނުކުތް ބިދޭސީން ގާބުރިންނާއި ލަޓިބުރިން ފުލުހުންނަށް ހަމަލާދީފައިވާ ކަމަށެވެ. އަދި ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް އެސްއޯ ބޮޑު ފައުޖެއް ހުޅުމާލެ އަށް ދިޔަ ކަމަށް ވެސް އޭނާ ބުންޏެވެ.

ބިދޭސީން ފުލުހުންނާ ދިމާލަށް އުކި އެއްޗެހި މަގުމަތީގައި.

ފުލުހުން ވިދާޅުވީ އައިލެންޑް އެކްސްޕާޓްގެ ބިދޭސީންތަކެއް މުސާރަ ނުލިބޭތީ އެކަމާ ހިތްހަމަނުޖެހުން ފާޅުކުރުމަށް ހުޅުމާލޭގައި މިއަދު ކުރިއަށް ގެންދިޔަ މުޒާހަރާއެއްގައި ހަމަނުޖެހުން ހިންގައި ބައެއް ފުލުހުންނަށް އަނިޔާވެ ފުލުހުންގެ ވެހިކަލަކަށް ގެއްލުން ދީފައިވާ ކަމަށެވެ.

އަދި އެ ހަމަނުޖެހުންތަކުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި 41 ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން މިއަދު ހަރަކާތްތެރިވަނީ.

ފުލުހުން ވިދާޅުވި ގޮތުގައި ހަމަނުޖެހުން މިހާރު ވަނީ ކޮންޓްރޯލްކޮށްފައެވެ. މުޒާހަރާ ކުރަމުންދާ ބިދޭސީން މިވަގުތު ތިބީ އައިލެންޑް އެކްސްޕާޓްގެ ލޭބަ ކުއާޓަރުގައި ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. އެނގިފައިވާ ގޮތުގައި އެ ސަރަހައްދުގައި ސިފައިން ވެސް އެބަތިއްބެވެ.

ބިދޭސީން، ފުލުހުންނަށް ހަމަލާދީފައި ވަނީ ހުޅުމާލެ ސަހަރާ ކައިރީގައި ހުންނަ އެމީހުންގެ ލޭބަ ކުއާޓަ ކައިރީގައެވެ. ނަމަވެސް، އެސްއޯ ފުލުހުން އެ ސަރަހައްދަށް އަންނަ ކަން އެނގުމުން، އެމީހުން ވަނީ ލޭބަ ކުއާޓަރު ތެރެއަށް ވަދެގެން ގޮސްފައެވެ.

ފުލުހުންނާ މަޝްވަރާ ކުރުމަށް ފަހު، ބިދޭސީން މިހާރު ތިބީ ލޭބާ ކުއާޓާޒްގެ ކޮރިޑޯގެ ތެރޭގައި އިށީނދެގެންނެވެ. މި މުޒާހަރާގައި 100 އަށް ވުރެ ގިނަ ބިދޭސީ މުވައްޒަފުން ބައިވެރިވި ކަމަށްވެއެވެ.

ސިފައިންނާއި ފުލުހުންގެ ފްލެޓުގެ މަސައްކަތު މީހުންނަށް ހަތް މަސް ދުވަހުގެ މުސާރަ ނުދީގެން އެމީހުން މީގެކުރިން އެތައް ފަހަރަކު މުޒާހަރާ ކުރިއެވެ. އަދި އެމީހުން މުޒާހަރާތައް ހުއްޓާލީ މި މަހުގެ 10 ގައި ގޮތެއް ނިންމާނެ ކަމަށް އެއްބަސްވުމުންނެވެ. އެނގިފައިވާ ގޮތުގައި އެ މުއްދަތުގެ ކުރިން ބިދޭސީންނަށް އެއްކޮށް މުސާރައެއް ނުލިބެއެވެ. އެމީހުންނަށް ލިބިފައި ވަނީ އެއް ބައެވެ.

އައިލެންޑް އެކްސްޕާޓުގެ 200 އަށް ވުރެ ގިނަ ބިދޭސީން މަސައްކަތް ކުރަމުންދެއެވެ.

ކިޔުންތެރިންގެ ހިޔާލު

54 ކޮމެންޓް

  1. ޔަގީނޭ

    މި މައްސަލައިގެ ފެށުމަކީ އެއީ ކޮރަޕްޝަނާއި ފަސާދައޭ ސަބަބަކީ ސިފައިންނާއި ފުލުހުންގެ ފްލެޓްސް އިމާރާތް ކުރުމަށް ޓަކައި ކޮންމެހެން ނުޖެހޭނެއޭ ސިފައިންގޭ ގައި އާއި ފުލުހުންގެ ތެރޭގައި އުފައްދާފައިވާ ޖަމާއަތެއްގެ ބެލުމުގެ ދަށުން އެކަން ކުރަން އެކަން ކުރަން ޖެހޭނީ ސީދާ ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް ހައުސިންގް މިނިސްޓްރީންނޭ އެކަން އެގޮތަށް ކުރި ނަމަ މިއަދު ތިޔާ މައްސަލަ ނުނިކުތީސް ކަން އެއީ ކަށަވަރުވެ ޔަގީންވާ ކަމެކޭ...

    79
    7
    • ޓިއުމަރ

      މިރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ހުރިހާ ބިދޭސީން މިހާރުން މިހާރަށް ބޭރުކުރޭ! ބަންގްލަދޭޝްއިން މިގައުމަށް އަންނަ ޕްރޮފެޝަނަލް މީހުން ފިޔަވާ މިކަން ޙައްލުވަންދެން އަހަރެއް ވަންދެން ބަންގްލަދޭޝްގެ އެއްވެސް މީހަކު އެތެރެ ނުވެވޭގޮތް ހަދާ! މިގައުމު ފުލުހުންނާ ކުރިމަތިލާ ފުލުހުންނަށް އަނިޔާުކުރަން ފުރުސަތު ނުދީ! ބަންގާޅީގައި ހިނގި ކަމެއްނަމަ ތިތާ ތިބި މީހުން ސަލާމަތަކުން އެނބުރިނުދާނެ!

      47
      1
  2. ކަމަނަ

    މި ސަރުކާރުން ކުރާ ކަމަކީ ކޮބާތޯ ދިވެހިންނަށް މުޒާހަރާ ނުކުރެވޭ ދެން ކިހިނެއް ބަންގާލީންނަށް މި ދިވެހި ޤައުމުގައި މުޒާހަރާ ކުރެވެނީ ހުރިހާ ބަންގާޅީން ބޭރު ކުރޭ

    42
    3
  3. ޙހހހ

    ކޮބާތަ ކަރުނަގޭސް ، ދިވެހިން މަގުމައްޗަށް ނުކުތީމަތޯ އެބޭނުންކުރަނީ، ތިންތިބެ ތިހެން މިނިމަންފޯސް ވެފަ

    36
  4. ތަމެންދޯ

    ރާއްޖޭގެ ފުލުހުންގެ ފެންވަރު މިއަދު މަމެންނަށް ފެނިގެން މިދަނީ މިވީޑިއޯ އަށް ބަލާލުމުން ފުލުހުންނާއި ދިމާލަށް ބޭރު މީހުން ގާއުކުމުން ވެސް ފުލުހުން ޖެހެނީ ފަހަތަށް މީ ދިވެހިން ނަމަ ކަރުނަ ގޭސް ފީންނެއް ހިފައިގެން ގޮސް ފުލުހުން ދިވެހިންގެ ބޮލަށް އޮއްސާލާނެއޭ އެކަމަކު މިފަހަރު ބިދޭސީ މުވައްޒަފުންނަށް ވުމުން އެކަން އެގޮތަށް ނުކުރުމުން އެއިން އެގިގެން ދަނީ މިހާރުގެ ސަރުކާރު އެއީ އިންޑިއާ ދަށުވެފައިވާ ސަރުކާރެއް ކަން ތިޔާ ތަނުގައި ގިނައީ އިންޑިއާ މީހުންނޭ

    29
  5. ޔަގީނޭ

    ތިޔާ މުޒާހަރާ ކުރި އެކަކަށް ވެސް އެއްވެސް އެއްޗެއް ދޭން ނުޖެހޭނެއޭ މިގައުމުގެ ވެރިކަން ކުރާ ރަށުގައި އެމެން ފުލުހުންނާއި ދިމާލަށް ގާއުކުން އެއީ ޖިނާއީ ބޮޑު ކުށެއް އެމެން ހަތަރެެސް ފައިގައި ބިޑި އަޅުވާފައި ކަނދުފައްޗަކަށް ލާފައި އިންޑިއާ އާއި ދިމާލަށް ފޮނުވާލާ އިންޑިއާ މަނަވަރަށް އަންގާ ތަމެން އެމެން ކަނޑު މަތިން ނަގާށޭ އެނިމުނީއޭ މީ ތިޔާ ކަން ކުރަން ޖެހޭ ގޮތަކީ ރައީސް އިބޫ ވަނީ ހައިޖެކް ކޮށްފައޭ ކެނެރީގެ ނަޝީދު އިންޑިއާ ގެ އަޅުވެތިކަމުގައޭ ޔަގީނޭ ޔަގީނޭ ޔަގީނޭ...

    27
    1
  6. ފެއިލްޑް

    ރާއްޖޭން ބޭރުން އައިސް ފައި ތިބި ގުލާމުން ތަކެއް މިރާއްޖޭގެ ވެރިކަން ކުރާ ރަށް ކަމަށްވާ މާލެ ސަރަހައްދުގައި ފުލުހުންނާއި ދިމާލަށް ގާއުކާއިރު ފުލުހުން އެމެންގެ ވެހިކަލް ފަހަތަށް ވަދެ ފިލުން އެއީ ދެން ފުލުހުން ލަދު ގަންނަން ޖެހޭނެ ކަމެކޭ މިއިން އެގިގެން ދަނީ އެއީ ފުލުހުން ނަށް ސިޗުއޭޝަން ކޮންޓްރޯލް ކުރަން ސީން އަށް ދާއިރު އެމެންނަށް ނޭގެއޭ ޕްރޮއެކްޓިވް އުސޫލުން ތައްޔާރު ވެގެން އެތަނަށް ދާން ޕޮލިސް ކަމިޝަނަރު ވަނީ ފެއިލްވެފައި ކަމަށޭ މަމެން ދެކެނީ

    18
  7. މާމިގިލީ މީހާ

    ހީވަނީ މިސަރުކާރުން ބަނގާޅީންދެކެ ބިރުގަންނަހެން. ބަޑި ޖަހާބަލަ. ދިވެހިންނައް ވުރެ ބަންގާޅީ ކާޅުތައް މިގައުމުގަ ބާރުގަދަ. ދިވެހިން މުޒާހަރާއެއް ކޮއްފިޔާ ބާރުގެ ބޭނުންކުރޭ.

    19
    2
  8. ބާރުކޮބާ

    ކީއްވެގެންތޭ ފުލުހުންނަށް ހަމަލާ ދިން ބޭރުމީހުންނަށް ނަސޭހަތް ދީފައި އެމެން ބައިތިއްބަން ޖެހޭނީ އެމެންނަކީ އެއީ ފުލުހުންނަށް ހަމަލާ ދިން މީހުން އެމެން ޖެހޭނީ ވަގުތުން ވަގުތަށް ހައްޔަރު ކުރަން މިރާއްޖޭގެ ފުލުހުން މިހާރު ކަން ކުރާ ގޮތުން ދެން ފެންނާނީ މާލޭގެ ޖުމްހޫރީ މައިދާނުގައި ބޭރު މީހުން މުޒާހަރާ ކުރާ ތަނޭ ފުލުހުންނަކީ އަމަން ބަލަހައްޓާ މީހުންނޭ އެމެން ނަކީ މުސާރަ ދޭ ބަޔެއް ނޫނޭ ގާނޫނު މުގުރާލާ ބަޔަކު ޖެހޭނީ ހައްޔަރުކުރަން ބާރުގެ ބޭނުންކޮށްގެން ބާރުކޮބާ ފުލުހުންގެ ބާރުކޮބާ އެއްވެސް ބާރެއް ނެތް ދޯ...

    15
  9. ވިސްނާލުމަށް އެދެމޭ

    މޑޕ އަޑީގައޮވެގެން ކުރުވާ މުޒާ ހަރާތަކެއްކަން އިގޭނެ މިއަދު މަޖުލި ހުގެ ޖަލްސާގަ ރނަޝީދު ދެއްކި ވާ ހަކަތަކުން...މޑޕގެ މަގުސަދު ވަރަށް ނުރައްކާވެފަ ބިރުވެރި..ބިދޭސީންނަ ރައްވެ ހިކަންދީ އެމީ ހުން ވަޒަންވެރި ކުރުމަކީ މޑޕގެ އަދި ރނަޝީދުގެ މަގުސަދުކަން ވަރަށްސާފުކޮށް އެގުނު...ދިވެ ހި ރައްޔިތުން މިކަން ހުއްޓުވަންޖެ ހޭ...މޑޕ މީ ހުންވެސް ރނަޝީދުގެ މިއަމަލު ހުއްޓުވަންޖެ ހޭ.،

    15
  10. ބޮޑު ކަމެއް

    މިދެން ކިހާ ބޮޑުކަމެއްތަ ޖެހިފަ އޮތް.. އާއްމު ރައްޔިތުން ނައްވެސް މިމީހުނާ ހެދި އެބަ އުނދަގޫވޭ.. މުސާރަ ދީފަ ހުރިހާ ބިދޭސީންތައް ޑީޕޯޓު ކޮއްލާ..

    12
    2
  11. ޠ

    އިންޑިޔާ ސިފައިންގެ ޖާސޫސުން އަޑީގަތިބެގެން ރާވައިގެން ހިންގާ މުޒާހރާތަކެއް. ނުބައި ރޭވުމެއް މީގެ އަޑީގަ އޮންނާނެ. ދެން އަންނާނީ އިންޑިޔާގެ މަސައްކަތްތެރިން ހިމާޔަތްކުރަން އިންޑިޔާ ސިފައިން. މިކަންކުރުމަށް މިހާރުމިއޮތް ރައްޔިތުންގެ މަޖިލީހުން ރުހުންދޭނެކަން ކަށަވަރު.

    15
    1
  12. Anonymous

    މުޒާހަރާކޮށް ހަމަނުޖެހުން ހިންގާ ހުރިހާ ބިދޭސީން އެބައެއްގެ ޤައުމަށް ފޮނުވާލުމަށް ގޮވާލަން ްްްްްްްްްްްްްްްްްްްް އަދި ޖިނާއީ ކުށްކުރާ މީހުންގެ މައްޗަށް ދަޢުވާކުރުމަށް ގޮވާލަން.

    13
    1
    • ކާފަބޭ2020

      އެމީހުނަށް " މުސާރަދީފަ" ފޮނުވާލާ މަސައްކަތްވަނީކުރުވާފަ ވީމާ މުސާރަހަމައަށްދީފަ ކުރިޖިނާއީކުށަށް ސަބަބަށްރިއާޔަތްކޮށް ހުކުމްކޮށްފަ އަހަށް ފޮނުވާލާ އިތުރުފުރުޞަތެއްދީގެންނުވާނެ

  13. ޞައްތި

    ދުނިޔަވީ ކަންކަމުގައި ކޮރަޕްޝަނާއި ނާޖާއިޒް ފައިދާ ނެގުން އިތުރުވެ ބައެއްގެ ހައްގު ނިގުޅައިގެންފި ކޮންމެ ކަމެއް ނިމުމުގެ ނަތީޖާ ހިތިވާނެ ކަމީ ދުނިޔެދައްކާ މިސާލު. ވިސްނާ ފިކުރުކޮށްފި ބަޔަކަށް އިބްރަތްވެއެވެ.

  14. ޢަޒީމް

    ކޮންމެ ހާލަތެއްގައި ނަމަވެސް ޓެތަރިޒަމްގެ ޢަމަލު ހިންގިގެން ނުވާނެ... މިމީހުންނށް ހައްޤު އަދަބު ލިބެންޖެހ ހޭ...

    12
  15. ސަނީ

    ރަނގަޅައް ކަން ވީގޮތް ބަލާ، ފުލުހުން އޮންނާނީ އަނިޔާވާ ގޮތައް ކަން ކޮއްފަ.. ދިވެހިން މުޒާހަރާ ކުރާ އިރު އެތަންއްދާ ފުލުހުން ކުލުނެއް ހަމްދަރުދީ އެެއް ނުބަހައްޓާކަމީ އެންމެން ދަންނަ ކަމެއް... ދެން ވިސްނާ ބިދޭސީން މުޒާހަރާ އެއް ކުރިއްޔާ ފުލުހުން އެމީހުނާ ދޭތެރޭ ކަން ކުރާނެ ގޮތް

    7
    8
  16. ސަލީމް

    ފުލުހުން ގޯސް ހަދާފަ އޮންނާނީ... ކޮން ބައެއްތީ

    3
    11
  17. އާދަނު

    ހެހެހެހެ. ބަންގާޅީންނާ އިންޑިއާ މީހުން ކޮންމެ ކަމެއް ކުރިއަސް ތި ކެސް ފުލުހުން ފިއްތާލައިގެން ތިބެން ޖެހޭނީ. ދިވެއްސަކު ބާރަށް ކެއްސާލިޔަސް ދެން ދުވަސް ދިޔައީ.

    14
  18. ތަމެންދޯ

    ފުލުހުންނަށް ގަލާއި ދަަގަނޑު ބުރި ތަކުން ހަމަލާ ދޭއިރު އިންޑިއާ ފުލުހުންގޮތަށް ރާއްޖޭގެ ފުލުހުން ފަހަތަށް ޖެހުން އެއީ މަމެން ލަދުން ބޯހަލާކުވާ ކަމެކޭ ފުރަތަމަ ތިޔާ ފަދަ ސިޗުއޭޝަން އަކަށް ތައްޔާރު ވެގެން ނޫނޭ ފުލުހުން ތިޔާ ތަނަށް ދިޔާއީ މަމެން ހުވައޭ މަމެން ޕިންކީންގެ ވެރިކަން ނަމަ ތިޔާ ތަނުގައި ފުލުހުންނަށް ހަމަލާ ދިން އެކަކު ވެސް ނުބަހައްޓާ އެންމެން އުފުރާލާނަމޭ ވަގުތުން އެމެން ބައިތިއްބާނެ ޖަލެއް ނެތް ނަމަ ގެންގޮސް އަޅާލާނީ މަދިިރި ގިނަ ފަޅުރަށަކަށޭ އެއިރުން އެމެންނަށް ހުންނާނެ އަލާފިލާފައި...

    11
  19. ރޯދަ މުބާރިކް

    ޢަޅާނުލުމުގެ ނަތީޖާ، ކުރިއަށް އޮތީ ތިމީހުންގެ ފަރާތުން ލައިގަންނާނެ މާ ބޮޑެތި ކަންކަން! ނަމަވެސް ހީވޭ ބައެއް ފަރާތްތަކުން އެހެނިހެން މަސްއަލަތަކެއްގެ ފޯކަސް މި ކަހަލަ ކަންކަމުން އަނބުރާލާ ހެންވެސް!

  20. އިސްތިއުފާދީ

    ރާއްޖޭގައި ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ނަށް ރާއްޖޭގައި މަސައްކަތް ކޮށްގެން އާމްދަނީ ހޯދުމުގެ އެއްވެސް ޖާގަ އެއް ގާނޫނީ ގޮތުން ނޯންނާނެއޭ މިހާރު މަޖްލީހުގެ ރައީސް އެއުޅެނީ އެމެން ދިވެހި ރައްޔިތުންނަށް ހަދައިގެން އެމެންގެ ވޯޓް ހޯދަން ވެގެން މަކަރާއި ހީލަތުން ގަވާއިދާއި ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން އެމެން ރަށަށް ނުފޮނުވާ އެމެން ދިވެހި ރައްޔިތުންނަށް ހަދަންވެގެންނޭ މަމެންނަށް އިނގެއޭ ތިޔާ ކަން މާކުރިން ވެސް ދިވެހިންގެ ތާއީދު ތަމެންނަށް ނެތުމުން މިހާރު ރާއްޖޭގައި ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ދިވެހިންނަށް ހަދައިގެން އެމެންގެ ވޯޓް ހޯދަން ވެގެން ކެނެރީގެ ނަޝީދު މަކަރާއި ހީލަތުން ޖަހާ މަޅިއެކޭ ކެނެރީގެ ނަޝީދު މިހާރުން މިހާރަށް މަޖްލީހުގެ ރައީސް ކަމުން އިސްތިއުފާ ދޭންވީއޭ އިސްތިއުފާ އިސްތިއުފާ އިސްތިއުފާދީ..

  21. ފޮނުވާލާ

    ތިތަނުގައި މިހާރުވެސް ގިނައީ ގަވާއިދާއި ޚިލާފަށް ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންނޭ އެމެން މިހާރުން މިހާރަށް ޑިޕޯރޓް އަރުވާލަންވީއޭ ރާއްޖޭގައި ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ނަކީ އެއީ ދިވެހިން ކުރަން ހުރި މަސައްކަތް ކުރާ މީޙުންނޭ އެމެން މިހާރުން މިހާރަށް ފޮނުވާލަންވީއޭ މަޖްލީހުން ނޫނޭ ސަރުކާރު ހިންގަން ޖެހޭނީ މަޖްލީހުގެ ރައީސަށް ނޫނޭ އިނގޭނީ ރާއްޖޭގައި ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ރުހޭތޯ ނުރުހޭތޯ ބަލަން ސަރުކާރުން ނުޖެހޭނެއޭ

  22. ޖާބެ

    މިފެންނަނީ މިގަޢުމުގަ ސަލާމަތީ ބާރުތަކުގެ ނާގާބިލް ވެރިންގެ މައްސަލަ އަންހެންދުޅާ މީހުން ތަންތަނައްލީމަ ވާނީ މިހެން. ތިޔަ ކަހަލަ ކަންކަމުގަ މިހާތަނައް ރިޒަލްޓް ދެއްކުނީ ތަލްހަތް ކަލޭފާން ސާކްސަމިޓް ނިންމުން ، ކާނަލް ނާޒިން ފެން ކުރައުސިސް. 12 -13 މަަޢުމުންގެ ވެރިކަމުގަ މުޒާހަރާ ނޯމަލައިޒް ކުރުން ތަލްހަތް ނާޒިމް.

  23. މަބޭ

    ކޮންޓރެކްޓަރައް ބަރާބަރައް ފައިސާ އެބަލިބޭ ނަމަވެސް މުވައްޒަފުންގެ މުސާރަޔައް އަބަދުމިވަނީ އިހުމާލު ދެން އައިލެންޑް އެކްސްޕާޓުންވެސް ހުރިހާމުވައްޒަފުން މަގުމަތިކޮއްފަ ބުނޭ ތީތިމަންނާމެނާ ބެހޭބަޔެއްނޫނޭ މިހާރު ކުންފުނިތަކުން އާންމުކޮއްކަންކުރާގޮތް

    1
    2
  24. ޔަގީނޭ

    ރާއްޖޭގައި ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ލައްވާ މަސައްކަތް ކުރުވި ނަމަވެސް އެމެންނަށް މުސާރަ ދޭން ނުޖެހޭނެއޭ އެއީ ގޯހެކޭ އެމެން ޖެހޭނީ ޑިޕޯރޓް އަރުވާލަން އެއްވެސް ގާނޫނެއް ނޯންނާނެއޭ ރާއްޖޭގައި ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ނަށް އާމްދަނީ ހޯދަން ރާއްޖޭގައި މަސައްކަތް ކުރުމުގެ ފުރުސަތު މިކަން ރަނގަޅުވާ ތަނުން ރާއްޖޭގެ ކޮންސްޓްރަކްޝަން އިންޑަސްޓްރީ ހަމައަކަށް އެޅިގެން ދާނެ ކަން އެއީ ޔަގީން ކަމެކޭ ޔަގީން ޔަގީން.

  25. ށ

    އިންޑިޔާ ސިފައިން އަޑީގަތިބެގެން ރާވައިގެން ހިންގާ މުޒާހރާތަކެއް. ނުބައި ރޭވުމެއް މީގެ އަޑީގަ އޮންނާނެ. ދެން އަންނާނީ އިންޑިޔާގެ މަސައްކަތްތެރިން ހިމާޔަތްކުރަން އިންޑިޔާ ސިފައިން. މިކަންކުރުމަށް މިހާރުމިއޮތް ރައްޔިތުންގެ މަޖިލީހުން ރުހުންދޭނެކަން ކަށަވަރު.

  26. ދިސްއިޒްއިޓް

    ބޭރުމީހުންނަށް މުސާރަ ނުދިން ނަމަވެސް އެމެން ނުޖެހޭނެ މާލެ ސަރަހައްދުގެ މަގުތަކުގައި މުޒާހަރާ ކުރަން އެމެން ޖެހޭނީ މުޒާހަރާ ކޮށްފިނަމަ އެމެން ރާއްޖޭން ބޭރަށް ޑިޕޯރޓް ކޮށްލަން ދެން ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ނަށް ރާއްޖޭގައި އާމްދަނީ ހޯދަން މަސައްކަތް ކުރުން އެއީ ގާނޫނީ ގޮތުން މަނާ ކަމެއް އެކަން ކުރާ މީހުންނަށް މުސާރަ ނުދިން ނަމަވެސް އެމެންނަށް ޖެއްސޭނެ މައްސަލަ އެއް އޭގައި ނޯންނާނެއޭ އެއީ އެކަން އޮންނަން ޖެހޭނެ ގޮތަކީ ދިސް އިޒް އިޓް..

  27. ޙަސީނާ

    ދެން ރާއްޖެ ވަކީލުން އެމީހުންގެ ދިފާޢުގަ ކޯޓުގަ ތިބޭނީ. ދެންވެސް ބުނާނެ ހަމަލާ ދިނީ ގޭންގެއް ކަމަށް ހީކޮށޭ. ދިވެހިރާއްޖޭގަ ގަވާއިދާ ޚިލާފަށް އުޅެ ދިވެހި ފުލުހުންނާ ކުރިމަތިލުމުގެ ބާރު މިމީހުންނަށް ލިބިގެން މިއުޅެނީ ދިވެހި ސަރުކާރުން ހައްދާގޮތުން

  28. ައަހުމަދު

    ތިހުރިހާ އެއްމެން މިޤައުމަށް އަނބުރާ ނާދެވެގޮތަށް ޑީޕޯރތް ކޮށްލާ މިހާރު ތި ބިދޭސީންގެ ކަންތަށް މާ މައްޗަށް ދަނީ .

  29. ވަގުންދޯ

    މަޖްލީހުގެ މެމްބަރުންނޭ ހުރިހާ ނުބަޔެއްގެ އަސްލަކީ ތިޔާ ކުއްލި މައްސަލަ ހުށައެޅި މީހާވެސް އަމިއްލަ މަސައްކަތް ކުރުވަނީ އެއީ ރާއްޖޭގައި ގަވާއިދާއި ޚިލާފަށް އުޅޭ ބަންގާޅީން ލައްވައޭ ތިޔާއީ ރައީސް އިބޫ ވަރަށް އިޚްލާސްތެރި ކަމާއި އަދި ތެދުވެރި ކަމާއި އެކީ ރާއްޖޭގައި ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ފޮނުވާލަމުން ދާތީވެ މަޖްލީހުގައި ތިބި ވެރިކަން ކުރާ ޕާރޓީގެ އެމްޕީން އެމެން ލައްވާ ކުރުވާ މުސާރަ ނުދީ ހިންގާ ވަގު ވިޔަފާރި ތަކަށް ހުއްޓުން އަންނާތީވެ އެކަން ހުއްޓެން އުޅޭތީވެ ކެނެރީގެ ނަޝީދަށް ލިބޭ ކަޓް މަދުވެދާނެތީވެ އޭނާ އަނބުރާ ގޭސް ގަނޑު ގަނޑޭ އެއީ ބޮޑެތި ވައްކަމޭ ކުރަނީ މަޖްލީހުގެ މެމްބަރުން ލައްވާ ކެނެރީގެ ނަޝީދު...

    7
    1
  30. ނެތީމޭ

    ފުލުހުންނާއި ދިމާލަށް ގާއުކާ ފުލުހުންގެ ވެހިކަލްސް ތަކަށް ގެއްލުން ދިނުން އެއީ ދިވެހި ރައްޔިތުންގެ ކަންފަތް މަތީގައި ޖެހުން ފަދަ ކަމެކޭ ތިޔާ ބޭރު މީހުން އެމެންނަކީ އެއީ ރާއްޖޭގައި ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ނަމަ އެމެންނަށް މުސާރަ ނުދީ އެމެން ރަށަށް ފޮނުވާލަންވީއޭ އެމެންގެ ތެރޭގައި ތިބި ގަވާއިދާއި އެެއްގޮތަށް އުޅޭ މީހުން އަމިއްލަ އަށް މަސައްކަތް ހުއްޓާލައިގެން ތިބުމުން ކުންފުންނަށް ލިބުނު ގެއްލުން ކަނޑާ ބާކީ އެއްޗެއް ވާނަމަ އެމެންނަށް ދީ ފޮނުވާލާ މިނޫން ގޮތެއް މީގައި އޮވެގެން ނުވާނެ އެޒާތަށް މިރާއްޖެ އަކު ނޫޅެވޭނެ މީ ރޮހިންޔާ އެއް ނޫން މީ އަދި މިޔަންމާރ އެއްވެސް ނޫން މީ ދިވެހިރާއްޖެ ކެނެރީގެ ނަޝީދު ދެން އެއްޗެއް ...

  31. ތަމެންދޯ

    މަޖްލީހުގެ މެމްބަރުންނޭ ރާއްޖޭގައި ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ލައްވާ ވަގު ވިޔަފާރި ކުރަނީ ދެން ސަރުކާރުގައި އުޅޭ ތަނެއް ދޮރެއް ނުދަންނަ ކޯރޑިންނާއި ސިޔާސީ މަގާމް ތަކުގައި ތިބި ދަ ބޯންތައްޓާ މެންނާައި ޕޯރން ސްޓާރުންނޭ ރާއްޖޭގައި އެންމެ ގިނަ އަދަދަށް ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ލައްވާ މަސައްކަތް ކުރުވަނީ އެމެން ކުރާ ވަގު ވިޔަފާރި އަށް ހުއްޓުން އަންނާތީވެ މަޖްލީހުގެ ރައީސް ލައްވާ އެކަން ދިފާއުކުރަންއޭ ތިޔާ ކުއްލި މައްސަލަ ވެއްދީ އެއީއޭ ކުރާކަމަކީ...

  32. ނެތީމޭ

    ރާއްޖޭގެ ސަރުކާރުން ކުރަން ޖެހޭ ކަންކަމުގެ ތެރެއަށް އެއްވެސް ޒިންމާ އެއް އަދާ ނުކުރާ ހަމަ އެކަނި ތިމަންނާ މެން ކަން ގައުމު ހިންގަނީ ކަން ރައްޔިތުންނަށް ދައްކާ ރައްޔިތުންނަށް މަކަރާއި ހީލަތް ހަދައިގެން ސަރުކާރު އޮބި އަޅައިގަނެގެން ސަރުކާރު ކުރިއަށް ދިޔަ ނުދީ ދަތި އަޅުވަން އުޅޭ އުސޫލުންނޭ މަޖްލީހުގެ ރައީސް ނަޝީދު މަޖްލީސް ހިންގަމުން ދަނީ މިކަން މިހާރުން މިހާރަށް ހުއްޓާލަން މަމެން ގޮވާލަމޭ ސަރުކާރުން ގަވާއިދާއި ޚިލާފަށް އުޅޭ ބޭރުމީހުންގެ ކަން ކުރަނީ ރަނގަޅަށޭ ކެނެރީގެ ނަޝީދު އޭގެ ތެރެއަށް ބޭނިގަނެގެން އެކަން ހަލާކު ކުރަން ނޫޅެ އެހެންނާ ވެސް ތަމެން އުޅުނު ގޮތަށް އޮށް ވަޅު ގޮނޑި ކުޅެން އުޅުނިއްޔާ މާ ބޮޑަށް ތާހިރުވާނެއޭ މަމެން ބުނަން ނެތީމޭ...

  33. ނާހިން ނިޙާން

    މިހާރު އާނމު މީހުންގެ ތަންތަނަށް ވެސް ގެއްލުން ދޭންފެށީދޯ!!! އާމު ރައްޔިތުން ތިޔަމީހުން ކޮންޓްރޯލް ކުރަން ނިކުންނަންޖެހޭ ހިސާބަށް ދާހެން އެބަހީވޭ؟؟؟؟ ދިވެހި އާމު ރައްޔިތުން ތިޔަބައިގަނޑު މައިތިރި ކުރަން ނިކުމެއްޖިއްޔާ މައިތިރި ކުރާނެ އެކަމަކު ބޮޑުމަންޒަރު ރީއްޗެއްނުވާނެ. ސަރުކާރުން އެބަޖެހޭ މިކަން ހުއްޓުވާ ޤަވައިދާ ޚިލާފަށް އުޅޭ ބިދޭސީން އަދި ދިވެހިންނަށް ވެސް ފިޔަވަޅު އަޅަން.

  34. ކޮރަޕްޝަނޭ

    ސަރުކާރުގެ ހިންގުމުގެ ތެރެއަށް މަޖްލީސް މެމްބަރުން ވަނުން އެއީ ފުރަތަމަ ގޯސްވީއޭ އެކަން ހުއްޓާލަންވީއޭ މަޖްލީހުގެ މެމްބަރުންގެ ކަމަކީ އެއީ ގާނޫނު ހެދުމޭ އަދި މަޖްލީހުގެ ރައީސް ނުޖެހޭނެއޭ ރިޔާސަތުގައި އިނދެގެން ވާހަކަ ދައްކަން އަދި ބަހުސްގައި ބައިވެރިވާން އެކަން އެގޮތަށް ކުރާނަމަ މަޖްލީހުގެ ރައީސް އެކަން ކުރަނީ މަގާމާއި ނުފޫޒުގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފައިގެން ކަމަށްވާތީވެ އެފެތޭނީ ކޮރަޕްޝަނާއި ފަސާދައިގެ ގޮޅިއަށޭ މަމެން ބުނަން ނެތީމޭ...

  35. ޓޮންނަ

    ސީޕީ ހަމީދު އިސްތިއުފާ....ފުލު. ހުން ތިބީ ހުސްއަތާ!

  36. ޚިޔާލު 3

    ހައްލުކުރޭވަރު ބަޔަކު އިސްނަގައި ސަރުކާރު ހިންގުމާއި ހަވާލުވުމަށް އިސްނަގާނެ ދިވެހިދަރިއެއް ބޭނުންވަނީ.

  37. ަައަހުމަދު

    މިކަ ހަލަ ނަގާބިލް ކުންފުނި ތަކަށް މަސައްކަތް ހަވާލު ކުރީމަ ވާ ގޮތް. ސަރުކާރަށް ހުރިހހ ހާ ބުރައެއް. ބޭރު ކުންފުންނަކުން މަސައްކަތް ނަގާނަމަ މަސައްކަތުގެ %50 ސެކިއުރިޓީ ބަަ ހައްޓާ. މުސާރަ ނުދީގެން އަދި ކުންފުނީގެ އިހ ހުމާލުން ދައުލަތައް ބުރައެއް އުފުލަން ޖެ ހިއްޖެ ނަަމަ އެފައިސާ ބޭނުން ކުރާ ގޮތައް ހަދާ. ޢަދި މަސައްކަތުން އެބަޔަކު ވަކި ކޮށް މުވައްޒަފުން ފޮނުވާލެވޭ ގޮތައް ކަންކަން ބައްޓަން ކުރޭ. ރައްޔިތުންގެ ޓެކްސް ފައިސާ މަ ހުޖަނުން ހިމާޔަތައް މި ހެން ބެނުން ނުކުރެވޭނެ.

  38. ދިސްވޭ

    ގަވާއިދާއި ޚިލާފަށް ރާއްޖޭގައި ބިދޭސީން އުޅެ އެމެން މަސައްކަތް ކުރަނީ އެއީ ސީދާ އިމިގްރޭޝަން ގެ ބޮޑުން ތައް ވެސް އޭގެ އަޑީގައި ތިބެގެން ކަޓް ކައި އަދި އެމެން މުއްސަނދި ވާން ވެގެން އުޅޭތީއޭ އިމިގްރޭޝަން އޮފިސަރުން މަމެންނަށް ގުޅާފައި އެބަބުނެއޭ މިނަން ކިޔާ މީހަކު އެބަހުއްޓޭ އެއީ ގަވާއިދާއި ޚިލާފަށް އުޅޭ މީހެކޭ އޭނާ ތިޔާ ކުންފުންނަށް ނަގައިގެން ގަވާއިދުގެ ތެރެއަށް ވައްދަންވީ ނޫންތޭ ދެން ހުށައަޅަނީ ދޭން ޖެހޭ ފައިސާ ގެ އަދަދު އޭނާ އަތަށް ފައިސާ ދޭން މިޖެހެނީ މީކަން ހިނގާ ގޮތަކީ...

  39. ދ

    މި ގައުމުގައި އެމް ޑީ ޕީން ތިޔަ ކުޅިވަރު ފެށީ އެއީ 2005 ގައި އަދި 2012 ގައި މުޅި މާލޭގައި އަދި ރަށް ރަށުގައި ހުޅުޖެހިތަން އެމީހުނަށް ވެސް އޮންނަނީ ފެނިފައި އަދި ކިތައް ފުލުހުންނާ ސިފައިންގެ ބޯ ފަޅާލި ރައްޔިތުންގެ މަޖިލިސް 2012 ގައި ހުޅުވި ދުވަހު
    އެމް ޑީ ޕީ...ތިޔަކަން ކުރަނީ

  40. ދަސީލާ

    ބިދޭސީންގެ މައްސަލަ ކުއްލި މައްސަލަ އެއްގެ ގޮތުގައި ދޮން ބިލެއް ވެއްދި އިރު ދޮންބިލެތް މެން ހެދި ރިސޯރޓްގެ މަސައްކަތް ކުރުވީ ކުދި އަގުތަކުގައި ރާއްޖޭގައި ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ލައްވައޭ ދެން މިއަދު މަޖްލީހުގެ މެމްބަރުންނަކީ އެއީ ހިއުމެން ޓްރެފިކިންގްގެ ވިޔަފާރީ ގައި ދުނިޔޭގެ ރިކޯރޑް ފޮތުން ވެރިކަން ކުރާ ޕާރޓީގެ އެމްޕީން ޖާގަ ހޯދާފައިވާތީވެ އެކަން ފޮރުވަން ވެގެން މަޖްލީހުގެ ރައީސް ޓޫލް އަކަށް ބޭނުން ކޮށްގެން އެކަން ފޮރުވަނީ ނޫންތޭ ތިޔާއީ ނޫންތޭ ތަމެން އަނބުރާ ގޭސް ގަނޑަކީ ކެނެރީގެ ނަޝީދު ތަމެން ނަށް އޮޅުވާލެވޭނީ ރާއްޖެތެރޭ މީހުންނަށޭ މަ...

  41. ނިންމާދީ

    އައިލެންޑް އެކްސްޕާރޓް ގައި މަސައްކަތް ކުރާ %95 ބޭރު މީހުންނަކީ އެއީ ރާއްޖޭގައި ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންނޭ އެމެން މުސާރަ ވާހަކަ ދައްކަން ޖެހޭނީ ފުރަތަމަ އެމެން ޖެހޭނީ ރާއްޖޭގައި ގަވާއިދާއި ޚިލާފަށް އެމެން މަސައްްކަތް ކުރަނީ ކިއެއްވެތޭ އެކަމަށް ޖަވާބުދޭން އެމެންނަށް އެއަށް ޖަވާބު ދިން ނަމަވެސް އަދި ނުދިން ނަމަވެސް އެމެން އެތިބީ ގާނޫނީ ގޮތުން ވަރަށް ބޮޑު ގޮޅިއަކަށް ފެތިފައޭ ދެން އެމެން ޖެހޭނީ ކުރިއަށް އޮތް 10 އަހަރު ރާއްޖެ ނާދެވޭ ގޮތަށް

  42. މަބޭ

    ސަރުކާރުން އެންމެފހުން ބަދަލުގެ ގޮތުގަ އެންމެގިނަ ފައިސާދިންކުންފުނި މުސާރަޔައްވީ ފައިސާ ސަރުކާރުބިޑުންބައް ބެހީބާ

  43. ނުޖެހޭނެއޭ

    ބިދޭސީން ލައްވާ މުޒާހަރާ ކުރުވަނީ ސިޔާސީ ބަޔަކު އަޑީގައި ތިބެގެންނޭ އިކޮނޮމިކް މިނިސްޓަރު ބުނަނީ އެއީ އޭނާ ގެ އަތަށް އެކަން ގޮވުމުން އޭނާ އެކަމުން ރެކެން ވެގެން ދައްކާ ޗަކަސް ޗަކަސް ވާހަކައޭ އޭނާ ހަދަނީ ދޮގޭ ދޮގޭ ދޮގޭ ރޯ ބުހުތާނު ދޮގޭ އޭނާގެ ސަބަބުންނޭ ރާއްޖޭގައި ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން މުޒާހަރާ ކުރަން މިޖެހުނީ ސަބަބަކީ ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ގަވާއިދުގެ ތެރެއަށް ވައްދަން އުޅުނީ އޭނާއޭ އެއީ ހަރާމް ހަލާލަށް ބަދަލުކުރުން ނޫންތޭ ނުޖެހޭނެއޭ...

  44. ސިނާ

    ވިސާނެތި އުޅޭ ހުރިހާ ބިދޭސީން 2021 ގެ ކުރިން ރާއްޖޭއިން ބޭލުމަކީ ކުރެވޭނެކަމެއް. ދުނިޔޭގަ ކޮންތާކުތޯ ވިސާނެތި ހަމައެއް ލަމައެއްނެތި ބިދޭސީން މިހާ މިނިވަންކަމާއެކު އުޅެމުންދަނީ؟؟؟

  45. ކޮށްދީބަލަ

    މުސާރަ ނުދީގެން ކަމަށް ބުނެ މިއަދު ހުޅުމާލޭގައި މުޒާހަރާ ކުރި ގިނަ މީހުންނަކީ އެއީ ރާއްޖޭގައި ގަވާއިދާއި ޚިލާފަށް މަސައްކަތް ކުރާ ބިދޭސީން އެމެން އާމްދަނީ ހޯދަން ރާއްޖޭގައި މަސައްކަތް ކުރުމަކީ އެއީ ގާނޫނީ ގޮތުން ބޮޑު ކުށެެއް މިކަން ރިސޯރޓްސް ތަކުގައި އޯޕަން ކޮށް ކުރާއިރު ކިއެއްވެތޭ ޓޫރިޒަމް މިނިސްޓްރީ އަށް ސަރކިއުލަރ އަކުން ރިސޯރޓްސް ތަކަށް ނޭންގެންވީ މިއަދުން ފެށިގެން ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ލައްވާ މަސައްކަތް ކުރުވައިގެން ނުވާނެ ކަމަށް މިކަން ޓޫރިޒަމް މިނިސްޓްރީން އެކަނި ކޮށްފިނަމަ ވެސް މިކަމަށް ބޮޑު ހައްލެއް އަންނާނެއޭ މީ ސީދާ ވަޒީރުންގެ މަޖްލީހުން ނިންމައިގެން ނަމަވެސް ކުރަން ޖެހޭނެ ކަމެކޭ މަމެން އުއްމީދު ކުރަމޭ ރައީސް އިބޫ މިކަން ރައްޔިތުންނަށް ޓަކައި ކޮށް ދެއްވާނޭ ކަމަށް....

  46. ދޮންބެ

    މިއީ ސަރުކާރުގެ އިސްބޭފުޅުންތަކެއް އަޑީގައި ތިބެގެން ކުރުއްވާކަމެއް. ބޭނުމަކީ ދިވެހިންނަށް އެހީވާންކަމަށްބުނެ އިންޑިޔާ ސިފައިން ރާއްޖެގެނައުން. ޢަމާން ބެލެހެއްޓުމަށް ކަމަށްބުނެ

  47. ލަކީ

    ހެހެ މި ކަން ހައްލެ ނުކުރެވޭނެ މީ ފުޅާ ދާއިރާ އެއްގަ
    ކުރާ ވިޔާފާރިޔެއް އިމިގުރޭޝަން ތެރެއިން ސީދާ ބޮޑު ވިޔަފާރިޔެއް އެމީ ހުން އަންނަނީ ގޭ ވިއްކާލާފަ މިތަނަށް

  48. އާދަމުގެދަރި

    ތިޔަ މައްސަލައިގެ ފެށުމަކީ ކޮރަޕްޝަނާއި ވައްކަން. މިއަދާ ހަމައަށްވެސް އެކަން ދަނީ ބާރަށް ކުރިޔަށް. ދައުލަތުގެ ހުރިހާ ތަނަކަށް ތިޔަ ކަން އޮތްގޮތް އެނގޭއިރު އަޅާނުލައި ތިބި މީހުންގެ މައްޗަށް ފިޔަވަޅެއް ނާޅައި މުސާރަ ނުލިބިގެން ކާނެބޯނެ ގޮތެއް ނެތިގެން އުޅޭ ނިކަމެތިން ކުށްވެރިކުރުމުގެ އެއްވެސް ބޭނުމެއް ނެތް. ބަޔަކު މީހުން ނަފްސާނީވެ ބުއްދި ގޯސްވާ ހިސާބަށް ކަންކަން ދިޔައިމާ އަތުންފައިން ގޯސްހެދޭނެ. ގޯސް ހެއްދި މީހުން ޒިންމާ ނުކުރުވައި އެހެން ބަޔަކަށް އަދަބު ދިނުމަކީ ހަމަޖެހޭ ކަމެއް ނޫން. ބިދޭސީން މިގައުމުގައި އުޅުނީ އިއްޔެއަކު މިއަދަކު ނޫން. މިއީ ބިދޭސީން ގިނަވެގެން ވާކަމެއްވެސް ނޫން. މިއީ ދިވެހިންގެ ބަޔެއްގެ ނުބައިކަމާއި ނުލަފާކަމުގެ ނަތީޖާ.

  49. ގައުމުގެ ދޫ

    ޔާމީނު ސަރުކާރުގައި ހާވައިފައިވާ ހަޑިން ސަލާމަތްވެވޭނެ ހަމަ އެއްވެސް މަގެއް ނެތް. ފައިސާނަގައި ކަމެއް ނުކޮށް ކިތައް ޕުރޮޖެކްޓް އެބަހުރިތަ؟ ކޮބާތަ ޒިންމާ ނަގާނެ މީހުން

    1
    2
  50. ހޮޅި

    ޢެ 41 ބަންގާޅީންތައް ރަށައް ފޮނުވާލާ. ޓެކްސް ފައިސާއިން ނުޖެހޭ އެމީހުން ނައް ކާންދޭކައް. ޢެކުންފުނި އާއި ދައުވާކޮއް ލިބުނު ގެއްލުމުގެ ބަދަލް ހޯދަން ޖެހޭނެ. މި މީހުންތައް މައިތިރި ނުކުރެއްވިއްޖެއްޔާ ވަރަށް ހިތިނަތީޖާ އެއް ނުކުމެދާނެ.

  51. ޑރ ބަންގާޅީ

    ދިވެހި ފުލުހުންގެ މިހާ ދޫދީގެން ލޯބިން މި ބަންގާޅީ ބޭފުޅުންނާއި ކުތިމަލާ ސަބަބު ނުޗިސްނިގެން މަމިއުޅެނީ... ދުނިޠޭގެ އެއްވެސް ޤައުމެއްގައި މިހެން ވާނެހެނެއްހީނުވޭ!

  52. މާޅޯ

    މިގައުމުގެ ރައްޔަތުން އެބަޖެހޭ މިބޮޑު ސުންފާމރން އަތުން މިގައުމު ސަލާމަތް ކުރަން އެބަޖެހޭ ޖޭ މިލާދީނީ ބ ބައިގަނޑު އަތުން ނަގަން ހަތް ފަހަރު ދޮންނަން ރައްޔަތުން ބިކަވެ ބަންޑަެްޖެބިގެ މާތްﷲމިޖަންގަލީގެ އުޅުމުން ނުބައިޖަރިމާގެ. ކަންކަމުން ސަލާމަތް ކުރައްވާ ޝި އާމީން