ބިދޭސީން ލައްވާ މުޒާހަރާކުރުމުގައި ސިޔާސީ ކަންތައްތަކެއް ހިމެނޭކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މިއަދު ވިދާޅުވެއްޖެއެވެ.

ފައްޔާޒް އެގޮތަށް ވިދާޅުވީ، ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ބ. ބޮޑުފިނޮޅުގައި މަސައްކަތް ކުރާ ބިދޭސީންނާއި ހުޅުމާލޭގައި ސިފައިންނާއި ފުލުހުންނަށް ހާއްސަކޮށްގެން ފްލެޓުތައް ހަދަމުން އަންނަ އައިލެންޑް އެކްސްޕާޓްގެ މުވައްޒަފުންނަށް މުސާރަ ނުދީ އެތައް މަހެއް ވަންދެން ގެންގުޅެމުންދާތީ އެކަމާ ދެކޮޅަށް މުޒާހަރާކޮށް، ފުލުހުންނަށާއި ބައެއް މުދަލަށް ގެއްލުންތަކެއް ދީފައިވާ ދަނޑިވަޅެއްގައެވެ.

ރައްޔިތުންގެ މަޖިލިހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީގައި ފައްޔާޒް ވިދާޅުވީ ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސައަލަކީ ރާއްޖޭގައި އޮތް ސީރިއަސް މައްސަލައެއް ކަމަށެވެ.

އަދި އެކަން ހުއްޓުވުމަށް އެތައް ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

ގަވާއިދާއި ޚިލާފަށް ބިދޭސީން މަސައްކަތް ކުރުން ހުއްޓުވަން ސަރުކާރުން މަސައްކަތް ކުރުމުން އެކަމާއި ދެކޮޅަށް މަސައްކަތް ކުރަމުންދާ ބަޔަކު ތިބި ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

ކޮވިޑް-19 އާއި ގުޅިގެން އިގްތިސާދަށް އައި ހީނަރުވުމާއި އެކު މުސާރަ ދިނުމުގައި ވިޔަފާރިވެރިންނަށް އިތުރު ދަތިތަކާއި ދިމާވެފައިވާކަމަށް ފައްޔާޒް ވިދާޅުވިއެވެ.

" ޔަގީން ކަށަވަރުވާ ވަރަށް އެނގޭ މިހާރު މި މުޒާހަރާތައް ބިދޭސީން ލައްވާ ހިންގުމުގައި އެހެން ކަންތައްތަކެއް ހިމެނިގެން ދާކަން. އަޅުގަނޑަކަށް އޭގެ ސާފު މައުލޫމާތު ދަންނަވާކަށް ނޭނގެ އެހެން ނަމަވެސް މީގެ ސިޔާސީ އެލެމެންޓެއް، އަޅުގަނޑު މި ދަންނަވަނީ އަޅުގަނޑުމެންގެ ވާދަވެރި ފަރާތުން ކުރާ ކަމެކޭ އެހެނެއް ނޫން. ނަމަވެސް މީގަ ސިޔާސީ އެލެމެންޓެއް އުޅޭކަމަށް އަޅުގަނޑުމެންނަށް ޚަބަރު ލިބޭ." ފައްޔާޒް ވިދާޅުވިއެވެ.

ބިދޭސީންނަށް ރާއްޖޭގައި ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް ދިމާވެފައި ވަނީ ފައިސާގެ ދަތިކަން ކަމަށާއި އެ މައްސަލަ ހައްލުކުރެވޭނީ ފައިސާ ހުރެގެން ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

މީގެ އިތުރުން މަސައްކަތްތެރިންގެ ހައްގުތައް ހޯދައިދޭ ލޭބަ އޮތޯރިޓީގެ ވަސީލަތްތައް މަދުކަން ފައްޔާޒް ވަނީ ފާހަގަކުރައްވައިފައެވެ.

އަދި ވަޒީރުކަމުގައި ލޭބަ އޮތޯރިޓީގެ މަސައްކަތްތަކަށް ނުފޫޒު ފޯރުވާ، އެ މަސައްކަތްތަކާ ބެހި ނޫޅުއްވާ ކަމަށް ވެސް ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް އެގޮތަށް ވިދާޅުވި އިރު، ބިދޭސީން ރާއްޖޭގެ އެކި ހިސާބުތަކުގައި މުޒާހަރާކޮށް، ބިދޭސީންނަށް މުސާރަ ނުދޭ މައްސަލަ ސީރިއަސްވުމާއި ގުޅިގެން މަޖިލީހަށް ކުއްލި މައްސަލައެއް ވެސް ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު

44 ކޮމެންޓް

  1. ކޮމެންޓު

    އިންޑިއާގެ ޖިއޯ ޕޮލިޓިކްސް

    45
  2. ތެދު

    އަސްލުގައި ވެސް ތިކަން އޮތީ ތިހެންނެވެ.

    4
    39
  3. ޠ

    އިންޑިޔާ ސިފައިން އަޑީގަތިބެގެން ރާވައިގެން ހިންގާ މުޒާހރާތަކެއް. ނުބައި ރޭވުމެއް މީގެ އަޑީގަ އޮންނާނެ. ދެން އަންނާނީ އިންޑިޔާގެ މަސައްކަތްތެރިން ހިމާޔަތްކުރަން އިންޑިޔާ ސިފައިން. މިކަންކުރުމަށް މިހާރުމިއޮތް ރައްޔިތުންގެ މަޖިލީހުން ރުހުންދޭނެކަން ކަށަވަރު.

    55
  4. ސދ

    ބިދޭސީންނަށް މުސާރަ ނުދީ އިންސާނިއްޔާތާ ހިލާފް ޖަރީމާތަށް ތިހިންގަނީ... ބިދޭސީން ވެސް އެމީހުންގެ ހައްގު ހޯދަން އުޅޭނެއްނު.... މިގައުމުގަ ކަމެއް ވަނީ މުޒާހަރާ ކުރީމަ ކަން ބީދޭސީންނަށް ވެސް އިގޭ މިހާރު
    ...

    46
    2
  5. އަހްމަދު ސިޔާހް

    ކޮން މޮޅު ވާހަކަ އެއްދައްކާކައް ؟؟ ބިދޭސީން ގުދު ބިންދައިގެން ލިބެންޖެގޭ ކުޑަ ކުޑަ މުސާރަ އެއް ނުދިނީމަ އެކަމާ އަޑު އުފުލުމުގެ ހައްގު އޮންނަވާނެ... ކަލޭހެން ބޮޑު މުސާރަ ކައިގެން އޭސީ އަކު ނޫން އެމީހުން ތިބެނީ..
    ދެން މިހެން ބުނާ މީހާއާ ހައްގު ހޯދަން މަސަތްކައް ކުރާ ނިކަމެތި ބިދޭސީން މިވަނީ ސިޔާސީ...
    ފެއިލްވެފަވާ ނޮހޮރުއްޕާން ބޮޑު ސަރުކާރެއްމީ..

    56
    2
  6. ކޯލް

    ސީދާ ކަނޑައެޅިގެން ދޮގެއް

    39
    • އަހްމަދު

      ފައްޔާޒް ކޮންމެކަމެއްސިޔާސީނުކުރޭ އަޅުގަނޑުމެންވެސް މަސައްކަތްކޮށްފަ ހަތަރު ފަސްމަހުގެމުސާރަނުލިބޭނަމަ ކެތްކޮށްގެނެއްނުތިބެވޭނެ އަބިދަރިންނައްކާން ބޯންދޭންޖެހޭނެ ބިދޭސީގެފަރާތުންވެސް މިފެންނަނީ އެކަން ހައްލުކުރަންބޭނުންނަމަ މުސާރައިގެކަންކަނ ހަމަޖައްސަދެވޭތޯބައްލަވާ

      14
  7. ޖުލައި

    މުސާރަ ވަކިބަޔަކަށް އޮންނަ އެއްޗެއް

    45
  8. ނަައީމް

    ބަލަ މުސާރަދީބަލަ ދިވެހިންވެސް މުޒާހަރާ ނުކުރާކަން ކަލޭމެނައްށް ކަންކަން އެގެނީ މުޒާހަރާކުރީމާކަން މިހާރު ބޭރުމީހުންށްވެސް އެގޭ ގިވެހިން އަދިތިބީ މިހާރު ކޮޅުންލަނޠ އަތްމަތުހުސްވެ ދަރަންޏައްވެސް އެއްޗެއް ނުލިބޭ ހިސާބަށް ކަންކަންދާނެ

    31
  9. ޖުހާ

    ހަމަ ހިނި އަންނަނީ ބާރަށް ކުރިއަށް

    26
  10. ސޭކްސްތާން

    އެއްވެސް އަސްލެއް ނެތް ކަމެއް ބަޔަކު ބޮލުގައި އަޅުވާލާ ނިންމާލުމަކުން ނުފުދޭ. ތަންކޮޅެއް ޒިންމާދާރު ހަމަޖެހޭ ވާހަކަ ދައްކަން އެބަޖެހޭ

    44
  11. ދޮން ފާތިމަ

    ރޭޕްކުރުމުގައި މާބޮަޑަށް ސިޔާސީ ކަންކަން ހިމެނޭ...

    45
  12. ވެރިން

    ހާދަ ހީވެޔޭ ބުއްޅަބޭގެ ގެރި ބޭބެގެ އަތެއް ތިކަމުގެ ވާހެން

    40
  13. ޙަސަން

    މުސާރަދީގެން މަސައްކަތް ކުރުވަންޖެހޭނީ
    ފައްޔާޒު ވިދާޅުވާއެތި އެއަމާޒުވަނީ ސަރުކާރު ތެރޭގައިވާ ގޮތްނޭނގޭ ދައުލަތައް ކަމަށް ލަފާކުރެވޭ

    33
  14. މާމީ

    ފައްޔާޒު ބަލަ މަސައްކަތް ކުރުވާފަ މުސާރަ ނުދިނުމަކީ ސިޔާސީ ވުންތޯ؟ ތިބޭފުޅާ އައް އެނގިނުލައްވާތޯ ނޫނީ އަޑުވެސް ނުއިވެނީތޯ 7މަސް ދުވަހުގެ މުސާރަ ނުދީގެން މުޒާހަރާކުރާވާހަކަ ތިބޭފުޅުންގެ ސަރުކާރު އައިފަހުން ބަޔަކައް މުސާރައެއް ދެނީކީނޫން ވީމަ ހަޖަމުނުވިއަސް މުޒާހަރާކުރާނެ އިނގޭތޯ،،

    37
  15. މަބޭ

    އެހެންވެއްޖެޔާ ފައްޔާޒު ތިބުނަނީ އެމީހުންއްމުސާރަނުދީ ގެންގުޅެނީވެސް އިދިކޮޅުސިޔާސީ މީހުނޭތަ

    39
  16. މޯދީ

    އަދި ނަސީބަކުން ލޮބުވެތި އިންޑިޔާ ރައްޔިތަކު ރައީސް ޔާންޓޭ އާއި އެކު ވެގެން މުޒާހަރާ ނުކުރޭ އެކަމަކު ބަނގުލަދޭޝްގެ ރައްޔިތުން ޔާމީނަށް ތާއިދު ކޮށް މުޒާހަރާ ކުރަނީ

    20
    3
  17. މޯދީ

    ބޯގަޅި ވާހަކަ ނުދައްކާ ކޮންމެވެސް ބިޑެއްހުޅުވާލެވޭތޯ ބަލާ އޭރުން އިތުރު އިއްޗެއް ޖީބަށްވަނީ

    25
  18. އަލީ

    ފައްޔާޒު މިލަންދޫ ރިޒާ އަކީ ރަތްލާޖެހި އެން ޑީ ޕީ މީހެއް ވާއިރު ބޮޑުފިނޮޅުގަމުސާރަނުދީ ގެން އެރަށުގަ މުޒާހަރާ ކުރީ ބަލަ ރިޒާގެ ކުންފުނިން މުސާރަނުދީ7 މަސްވެގެން ދިއާމައޭ އިނގޭތޯ ހަމާގަ ނުތިއްބަވާ ބޭފުޅުންނައް އިހުސާސް ނުކުރެވޭނެ

    36
  19. އެޖެންޑާ 19

    ސިޔާސީކަންކަން ހިމަނައިގެން، އަމީރުއާއި ދެމީހުން ގައުމު ދަވާލަނީ، ސިޔާސީ ކަންކަން ހިމަނައިގެން ރައީސް އޮފީހުގައި އުޅޭ ބޭބެ ރެޕްކުރަނީ، ސިޔާސީ ކަންކަން ހިމަނައިގެން، އިބްރާއަށް އެތައް މިލިޔަން ރުފިޔާ ދިނީ އަދި ދޭން ތައްޔާރުވަމުން ދަނީ.

    10
  20. އޮޅުވާލި ވޯޓު

    ބިދޭސީން މުޒާހަރާކުރަނީ މަސަކަތްކުރުވާގެން ކަލޭމެން އެމީހުނައް މުސާރަނުދޭތި ދެން މިހާރު އެކަންތަވެސް އެހެންބައެއްގެ ބޮލަކަޑާލަނީދޯ އަދިފުރިހަމަވާނީ ކުރީސަރުކާރުން ކަންތަކޮއްފައޮތްގޮގުންނޭބުނީމާ

  21. އަބްދޫ

    ބިދޭސީން ލައްވާ މުޒާހަރާ ކުރުވަނީ އިބުރާއާ ސަހިންދާއާ ދެމީހުން.

  22. އަބްދޫ

    ބިދޭސީން ލައްވާ މުޒާހަރާ ކުރުވަނީ އިބުރާއާ ސަހިންދާއާ ދެމީހުންކަން ޔަގީންތަ ؟

  23. މުހައްމަދު

    އަލުގަނޑު އުމުރުން 32 އަހަރުވެއްޖެ. ރައީސް މައުމޫން، ރ.ނަސީދު ގެ ކުރު 3 އަހަރުގެ ވެރިކަން، ރައީސް ޑރ.ވަހީދު ވެރިކަން، 5 އަހަރުގެ ތަރައްގީގެ އާ އުސްމިންތަކެއް ގެނެސްދެއްވި ރައީސް ޔާމީން ގެ ވެރިކަން. މިއަދު މިހިނގާ ކަންތައްތަކެއްނުފެނޭ. ބޭރުމީހުން ލައްވާ ގިނަ ގުނަ މަސައްކަތްކުރުވާފަ އުޖޫރަ ނުދެވިގެން އުލޭތަން ނުދެކެން. މިހާލަތަށް އައީ ނާގާބިލް ބަޔަކު މިއަދު ގެ މަތީ ތަނބުގައި ތިބިކަން މީ ހަގީގަތެއް. ބޭބެ އަށް ކޮލެޖުން ގެއްލުމުގެ ބަދަލުގެ ގޮތުން މިލިއަނުން މިލިއަނުން ދީ ގައުމު ފުނޑާލައިފި. ފޭސްޓޫ ގެ ބިދޭސީންނަށް 3 އިރު ކާންދޭން މަސްލަހަތު އޮއްނަ ކުންފުންޏެއްގެ މޭނޭޖިންޑިރެކްޓަރު އުލުއްވީމަ ހަޑި. އެޖެންޑާ19 ތަފާތު

    12
    1
  24. ރަބަރޭ

    ތިޔާދެން ހަތެރެސްކަން ހަމަވީ ކުރީސަރުކާރު ކުރީސަރުކާރު އެހެން ކިޔާލަކިޔާލާތިބޭ ހުރިހާކަމެއް ހައްލުވާނެ އަނެއްކާ އޮޅުމެއް ނޫންބާ އިސްތިއުފާ ދެއްވާފަ ގޭގައޮންނެވިއްޔާ މާތާހިތުވާނެ އަހަރެއްވަންދެން މަޑުކުރަށްވަން ނަހަށްދަވާ
    ބޮޑުވަރު

    10
  25. މޯދީ

    ކަންކަން ހަމަޔަކަށް ނޭޅުވުނީމަ އޭތީ މީތި ނުކިޔާ އަވަހަށް އިސްތިއުފާދީ

  26. ޞިރާޠު

    7 މަސްދުވަހުގެ މުސާރަ ނުދީ ހިފެހެއްޓިވާހަކަ ލަދުންހުރެވެސް ބުނެލިނަމަނު؟

  27. އައްޔު

    ހައްހައް ހުރިހާ ކަމެއް ސިޔާސީ ކުރީމަވީ މިއޮތީވާ ސަރުކާރެއް ދެން އަތްޖަހާ

  28. ނަސީދު

    މިއުޅެނީ ސަރުކާރު ފައިލް ވީމާ ދިމާވާކަންތައްތައް

    10
  29. އާދަމުގެދަރި

    ރައްޔިތުން ބަޑަށް ޖެހި ވިޔަފާރިތައް ބަގުރޫޓުވާތީ، އެހެންދިމާއަކަށް ވިސްނުން ބަދަލުކުރުމަށް އޮތް އެންމެ މޮޅު ފަރުވާއަކީ ބިދޭސީންގެ މައްސަލައާއި ޖިންސީ ފުރައްސާރަ. މިގޮތަށް ދެބޯގެރި ދުއްވައިގެންވެސް ކަމެއް ކުރެވިއްޖިއްޔާ ނަސީބު.

    10
  30. ޙިޔަޅު

    ބުރާންޗާ ދެ ވުޒާރާ ބނޑު އަޅައިގެންވެސް ކަލެއަށް ކަމެއް އެބަ ވޭތަ...އިސްތިއުފާ ދީފަ ނައްޓާލާ ...

  31. އައިސް

    ތި ވެސް ޔާމީނު މަތިވާނީ..

  32. ޢިސްތިއުފާ

    ކަލޭ އިސްތިއުފާ.ނުވިއެއްނު

  33. އަހްމަދު

    ދެންބުނޭ ޔާމީނު އަޑީގައި ހުރެގެން ކުރުވާކަމެކޭ.

  34. ކަހުރަބު

    ލާދީނީ ވޯޓް ވަގު ޕަޕެޓް ސަރުކާރުގެ ނާޤާބިލް ކަން ހައްތަހާވެސް

  35. ވާންޗޯ

    އިންޑިއާ އަޑީގަ އޮވެގެން ސަރުކާރުން ކުރާކަމެއް... އިސްތިއުފާ ދީފަ ގެއަށް ދުރުވޭ. ނުވިއެއްނު. ފެއިލްވެއްޖެ.

  36. އަހްމަދު

    އެކަން ސިޔާސީ ކުރާނި ތިބޭފުޅުން! ސީޔާސީ ކަމަކޭ ބުނާއިރު ސިޔާސީ ކުރާ މީހުންވެސް ހާމަކުރަންޖެހޭކަން ދެކެން! އެމީހުންނަށް މުސާރަ ނުދީ ފަސްމަސް ނުވަތަ ހަތްމަސް ވުމަކީ ސިޔާސީ ކަމެއްނޫން! ގަސްތުގައި ބަޔަކު ހިންގާ ޖަރީމާއެއް! މިކަމުގައި މަޖްލީސް މެންބަރަކު ވުމަކީ ހިތާ ހުރިކަމެއް! މިކަން ސިޔާސީ ނުކޮށް ހައްލުކުރުމަށް ގޮވާލަން!

  37. ސަމީމް

    މަޖިލީހަކީ މިހާރު އެމްޑީޕީ ހަރުގެ. ހުރިހާކަމެއް ނިންމަނީ މިހާރު މަޖްލީހުން. ދިވެހިރާއްޖޭގައި އަދުލު އިންސާފު ޤާއިމުކުރަނީވެސް މަޖްލީހުން. އެމްޑިޕީ ސަރުކާރު މިރާއްޖޭގެ ވެރިކަމަށް އައިސް މިސިސްޓަމް މުޅިްނ ހަލާކުކޮށްލައިފި. މިއީ ބިރު ބޮޑުކަމެއް.

  38. ގާއްޓޭ

    ރައްޔިތުން މަޖުލިސް މެންބަރުނަށް 6މަސް މުސާރަ ނުދީބަލަ ވާގޮތްބަލާާން

  39. ޢައިސް

    ކަލެއަކަށް ނުވި މިކަމެއއ... އިސްތިއުފާދީފައި ރައްކާވޭ!

  40. އަނގަ

    ދެން މީ ބޮޑުވަރު. ކަންކަން ކުރަންނޭގުނީމަ އަވަހެއްނު އޮޅުވާލަން އުޅޭއިރު. ކަމުގެ އަސްލު ނުބަލާ އަވަހައް ކޮންމެވެސް މަކަރެއް ހެދޭތޯ. ގަމާރު މީހުން ނައް ލިބޭނީ އެއައް ވުރެ ގަމާރު ވެރިން. މަކަރާއި ހީލައްތެރިން ނައް ލިބޭނީ ހަމަ އެކަހަލަ މީހުން. ދެން ކަންދައްކަން ގައުމުގެ ވެރިމީހާ ހޭރޭނީ. މަޖިލީހުގެ ރައީސް ބުނާ ބަސް މޮޅުކްއަފަ. މީވާ ގައުމެއް

    • ބޯހަލާކު

      މީ ކަލޭމެންގެ ނާޤާބިލުކަން ބިދޭސީންއެތެރެ ކުރީ މިމީ ހުންގެ ކުންފުނި ތަކުން ޤައުމު ހުސްކު ރާ ހެން ބޭރުމީ ހުންނަށް މުސާރަނުދީ އުޅެނީ

  41. ބޯހަލާކު

    މީ ކަލޭމެންގެ ނާޤާބިލުކަން ބިދޭސީންއެތެރެ ކުރީ މިމީ ހުންގެ ކުންފުނި ތަކުން ޤައުމު ހުސްކު ރާ ހެން ބޭރުމީ ހުންނަށް މުސާރަނުދީ އުޅެނީ

  42. ބާރީ

    ބިދޭސީން ލައްވައި މުޒާހަރާ ކުރުވަނީ ނަޝީދު ދޯ؟؟؟