ރާއްޖޭގެ އެކިކަންކޮޅުތަކުގައި ނުރައްކާތެރި ބައްޔެއް ކަމަށްވާ ކޮވިޑް-19 ފެތުރެމުންދާތީ ރާއްޖޭގެ ހުރިހާ ރައްޔިތުން ވެސް މި ދުވަސްކޮޅު މާސްކް އެޅުއްވުމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު އާދޭހާއެކު އެދިވަޑައިގެންފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މި ފަހުން އާންމު ކުރި ހިސާބުތަކަށް ބަލާ އިރު، ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވާން ވަނީ ފަށައިފައެވެ. ހާއްސަކޮށް ކޮވިޑް-19 ޖެހޭ ދިވެހިންގެ އަދަދު ގިނައެވެ. ކަމާބެހޭ ފަރާތްތަކުން ކުރިން ވެސް ލަފާ ކުރި ގޮތުގައި ފުރަބަންދަށް ލުއިތަކެއް ދޭން ފެށީމަ، ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެކެވެ.
ރާއްޖެ އިން މިހާތަނަށް 2،731 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާ އިރު، އޭގެ ތެރޭގައި 1،082 މީހުންނަކީ ދިވެހިންނެވެ. އަދި 1،649 ބިދޭސީއަކަށް ބަލި ޖެހިފައިވާ އިރު، ބަލި ޖެހިގެން ރަނގަޅުވެފައި ވަނީ 2،284 މީހުންނެވެ. ބަލީގައި ނިޔާވެފައި ވަނީ 13 މީހުންނެވެ.
މަޖިލިހުގެ ޖަލްސާ ފައްޓަވައި ދެއްވުމަށް ފަހު، ނަޝީދު ވިދާޅުވީ މަޖިލީހުގެ އިދާރާގެ ތެރޭގައި މެމްބަރުން މާސްކު ނާޅާ ތިއްބެވުމުން އާންމުންގެ ތެރޭގައި މާސްކު އަޅަންޖެހޭ ކަމަށް ދެކޭ މީހުން މަދުވާ ކަމަށެވެ. އަދި ރިޔާސަތުގައި އިންނަވާ އިރު، މާސްކް ނާޅުއްވަނީ އެމަނިކުފާނާއި ދެން ތިއްބެވި ބޭފުޅުންނާ ދެމެދުގައި ތިން ފޫޓުގެ ދުރުމިނެއް ހުންނާތީ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.
"ރިޔާސަތުގައި އިންނައިރުގައި މާސްކު ނާޅަނީ އަޅުގަނޑަށް ފާހަގަވާ ގޮތުގައި ތިން ފޫޓް ދުރުމިނިގައި ތިބީމާ މިކަމުން ސަލާމަތްވާކަން ވަރަށް ސާފުކޮށް މައުލޫމާތު ލިބިފައިވަނީ. އަޅުގަނޑަށް އެކަން ކުރީގައި ވެސް އެނގޭ. ނަމަވެސް މިކަމުގައި ދިމާވާ މައްސަލައަކީ އަޅުގަނޑުމެން މާސްކު ނޭޅީމާ ދެން އާންމުންގެ ތެރެއިން މާސްކު އަޅަންޖެހޭ ކަމަށް ދެކެވަޑައިގަންނަވާ މީހުން މަދުވަނީ. އަޅުގަނޑު ވަރަށް އާދޭހާއަކު ދަންނަވަން ރާއްޖޭގެ ހުރިހާ ބޭފުޅުންނަށްވެސް މިމާސްކު އަޅާލައިގެން އަދި ދުވަސްކޮޅަކު އުޅުއްވާށޭ،" ނަޝީދު ވިދާޅުވިއެވެ.
ފުރަބަންދުގެ ތެރޭގައި މަޖިލިހުގެ ޖަލްސާތައް ކުރިއަށް ގެންދިޔަ އިރު، މަޖިލިހުގެ އިދާރާ އިން އެންމެ ބޮޑަށް އިސްކަން ދިން އެއް ކަމަކީ މެމްބަރުން މާސްކް އެޅުއްވުމާއި އެއް މެމްބަރަކު، އަނެއް މެމްބަރަކާ ދެމެދު އެކަށީގެންވާ ގައިދުރުކަން ބެހެއްޓުމަށެވެ.
އެޗްޕީއޭ އިން އާންމު ކުރި ހިސާބުތަކުން އިއްޔެ 67 މީހަކު ކޮވިޑް-19 އަށް ފައްސިވި އިރު، އޭގެ ތެރޭގައި 52 ދިވެހިން ހިމެނެއެވެ. މިއީ މީގެ 127 ދުވަސް ކުރިން ރާއްޖޭން މި ބަލި ފެނުނު ފަހުން އެއް ދުވަހެއްގައި މިހާތަނަށް އެންމެ ގިނަ އަދަދަކަށް ދިވެހިންނަށް ބަލި ޖެހުނު ދުވަހެވެ.
ގައިމު ފުރަތަމަ ކޮޅުގަ މި މީހާ ބުނި މީ އާދައިގެ ރޯގާ އެކޭ ކަން ބޮޑުވާނެއް ކަމެއް ނެތޭ
ސަރީފް ތެދެއް ތީ... އެކަމަކު މި ފަހަރު ނަޝީދު އެވިދާޅުވީ ރަގަޅު ވާހަކަ އެއް.. މާސްކް އަޅަން ޖެހޭ އެންމެން
އައްނި އިސްތިއުފާ އަށް ގޮވަން ރައްޔިތުން މަޖިލިސްކުރާގޭދޮށައް ދާން ނިކުންނަނީ މިފަހަރު ކަންބޮޮޑުވާ ވަރަށް
ޢަންނި އަދި އެބައަނގަހުޅުވަޔޭދޯ. ގައުމުހަލާކުކޮއްފަ.
ކަލެޔާ ކަލެޔަށް ބައްޔަތު ހިފާއިގެން ތިބި މީ ހުނެއް ނޫންތަ ބުނީ ބަޔަކު މީ ހުން އެބައުޅުޔޭ ރައްޔިތުން ބިރު ގައްނުވަން، މީކީ އެހ ހާ ސީރިއަސް ކަމެއްނޫނޭ ރައްރަށުގެ ސިއްހީމަރުކަޒުންވެސް މިކަމަށް ފަރުވާ ކުރެވޭނެ ޔޭ ދެންކީއްކުރަން މާސްކު އަޅާށޭ ކިޔާފަ އާދޭސްތިކުރަނީ ރައްޔިތުން ލޮލުގަ އަދުން އަޅުވަން. ބޮޑު ރޯނު އެދުރެއް
ހަމަ ރަންގަޅަށް؟! މަޖްލީހުން މާސްކްނޭޅީމާ ހަމަ؟ ޖޯކު ވަރަށް!
ބޯގަޅި ކުރީގަބުނީ މީއެވަރުކަމެއްނޫނޭ ފެންތައްޓެއް ބޯލައިގެން ކަރުތެރެތެންމާލައިގެން ތިބީމަ ރަނގަޅުވާނޭ
މީހަމަ 2ވަނަ ޓްރަންޕް ފުރަތަމަބުނީ މީއާދައިގެރޯގާއެކޭ ކޮވިޑްކަންތަކާ ވާހަކަދެއްކި އެންމެނައް ޖޯކްޖަހާ ހަޖޫޖެހިމީހާ މިހާރުކުޑަކަކޫމައްޗައްތިރި ތިޔަވީ
އާދޭސް ކޮށްފާއި ބުނަށް އިސްލާމް ދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަ ނުކުރައްވާ
ރައްޔިތުންގެ (ބޮޑު އާދޭސް) މަނިކުފާނު ދީނާ ޚިލާފު ވާހަކަތައް ނުދައްކާ! މާތްﷲ އަށް ބިރުވެތިވޭ!
ޢިޖުލުގަބީލާގެ ސަރުދާރު މޮޔަގޮވަން ފެށީދޯ
ޞިއްޙީ މާހިރުން ދެއްވިލަފައަށް ދެކޮޅުހަދާ، ރައްޔިތުން ނުރައްކަލުގެތެރެއަށް ލުމަށްފަހު، މިހާރުކޮންހާ ވާހަކައެއް ދައްކާކަށް. ދެންވެސް ބުނެބަލަ ކޮވިޑަކީ ނުރައްކާތެރި ބައްޔެއްނޫނޭ އަތްދޮވެ ކަރުތެރެ ތެއްމާލީމާ ރަނގަޅުވާނޭ. މީޑިޔާއިން ބިރުވެރިކަން ފަތުރަނީޢޭ. ޕެނަޑޯލް ކެއީމަ އެކަންނިމުނީޢޭ.
އިގިރޭސި ވިލާތުން މިގައުމަށް ކޮވިޑް ގެނެއްސާ ބުނީ މިއީ އާދައިގެ ރޯގާއެއްކަމަށް މީނަ ގެނައިމީހުން މާލޭގެ ގެއެއްގަ ބައިތިއްބާފަ އެމީހުން ގާތުބުނީ ގޭގަ ތިބެށޭ އެމީހުންގޭގަ ނުތިބުމުން ކޮވިޑް ފެތުރުނީ .ލޮކްޑައުން ގަ މާލެ ބޭއްވުމުންވެސް މިކަލޭގެ އުނދަގޫ ބޮޑުވެގެން ނިޔު ނޯމަލޭ ކިޔާ ހުޅުވަން ޖެހުނީ އޭރު އައިގޮތަށް އޮގަސްޓްގެ ނިޔަލަށް ގެންގޮސް ގެއަކުންގެއަކުން ޓެސްޓް ހަދާލި ނަމަ ނިޔު ނޯމަލް ޔިއު ގޮތުގަ ފެނުނީސް.
އެހެންތަ! ހާދަ މޮޅޭ ދޯ! މީޑިޔާ އަކަށް ވަންނަން ވީނު ކަލޭ! އެހާ ވެސް މައުލޫމާތު އެބަ ލިބޭ!
ތިޔައީ ހުރިހާވެސް ނުބަޔަކީ މިނިސްޓްރީގެ އެންގުމާހިލާފައް ބާރާނުފޫޒް ބޭނުންކޮށްގެން މަޖިލިސްމެމްބަރުންނެރެ ޖަލްސާކުރުމާ ގޭގެޔަށްގޮސް ކެއުމުގެ ހަފްލާތައް ބާއްވާ ކަލޭގެ
އަހަރުން ތިޔަދައްކާވާހަކަ އަޑެއްނާހާނަން
ދެލޯބޮޑު ކާއްޓެއްހެން އިންނާނެކަމެއްނެއް
ހުވަފެނެއްފެނުނީތަ؟ ފިލާއޮތަސް ޖެހެންވީމަ ޖެހޭނެ. ތިވަރަށް އާދޭސް ނުކުރޭ.
މާސްކުވެސް އަޅާނެކަމެއް ނެތް. ގައިދުރުކަމެއްވެސް ބަހައްޓާނެކަމެއް ނެތް. ކުއްލިނުރައްކަލުގެ ހާލަތު އިޢުލާންކުރާނެކަމެއްވެސް ނެތް.
19 ޖހޭނެ ހުރިހާ ދިމާލަކުން މުޅި ރާއްޖެއަށް މި 19 ގެ ބަލިފެތުރެމުން ދަނީ ދެން އޮތް ގޮތަކީ ކަންފަތް ނިވާކޮއްގެން ތިބުން . ރޮއެ ހޭރުނަސް މި ބަލި މަޑުކަމުން ސަލާމަތް ވާނެތަ؟
ދެން ތި ބާއްވާ ފޭސް ޓު ފޭސް މީޓިންތައް ނުބާއްވާ. ގޭގައި ތިބެގެން ކުރެވޭނެ މަސައްކަތްތައް ކުރުވަން އޮފީހަށް ނުނެރޭ. އޮފީހުގައި ޕާޓީތައް ބާއްވަން އެއްބާރުލުން ނުދީ. ތިޔަ ޕާޓީއަށް ނިސްބަތްވާ ސަރުކާރުގެ ބޮޑެތި މަޤާމުތަކުގައި ތިބި މީހުން މިގޮތަށް ކަންތައްތައް ކުރަން ހިތްވަރުދޭކަން އެގިފައިއޮތީ. ވަރަށް ދެރަ ކަމެއް މިއީ ބޮޑެތި މީހުން ކުޑަކުދިންގެ ސިކުނޑިވެސް ނެތްކަން.
އަންނި ބުނެގެން އަހަރުމެން ކުރާނެ އެއްކަމެވެސް ނޯންނާނެ ނަށީދަކީ އަހަރުމެންގެ މައްޗަ ހުރިއަމުރުވެރިއެއްނޫން މޮޔަނުގޮވާތިމާގެ ސައިޒުގަ ހުރެގެން އިސްތިއުފާދިނުމައް ގޮވާލަން
ބުރާންޗެއް، ހޭބައްޔެއް، ތަނެއްދޮރެއްނޭނގޭ ގަމާރެއް، ދީނަށް ފުރައްސާރަކުރާ ލާދީނީއެއް.
ބައިންގަނޑޭ ކިޔާބަލަ..
ތިބޭފުޅުން ރައްޔިތުންނަށް ނަމޫނާ ދައްކަން ތިއްބެވި ބޭފުޅުން ނަމޫނާ ނުދައްކާ ގޯސްކޮށް މަޖިލިސް ގެންދިޔައީމަ ވީގޮތެއްނުންތޯ މަޖިލިސްގައި ގައިދުރު ކުރުމުގެ ބަދަލުގައި ބޮޑިވެގެން އުޅުނު މަންޒަރުވެސް ފެނުނު !
ސިއްހީ މަރުކަޒުންވެސް ފަރުވާ ކުރެވޭ އާދައިގެ ރޯގާއެއް ގައި ކީއްކުރަން އަޅާ މާސްކެއް؟ އަޅެ މީނާ ހައްޔަރު ކުރަން ވެއްޖެނު.
މީއި ބޮޑު ހަނގުރާމައެއް ނޫނޭ ބުނި އިއްޒަތުން ފުރިގެންވާ މެންބަރުން!!!! ނަޝީދު އެވެ. ތިިބޭފުޅާ ދައްކާ ވާހަކަ އަދުއަހާ މީހުން މިދަނީ މަދުވަމުން! ޢަމަލުން މާސްކު އަޅާފައި ދައްކާ! ދެން އެހެންމީހުން އެކަންކުރާނީ! މިކަންވެސް ކަލޭމެނެ މިހަދަނީ ބޮޑު ސިޔާސީކަމަކަށް!
ރައްޔިތުން ނިކުމެ ހަންމަތަ ކުރަންޖެހިފަ ހުރި ބޮޑު ބަލާވެރިކަމެއް މީ..މީނަ
މިގައުމުގައަވަހަށް ކުރަންޖެހޭ ކަމަކީ ނަސީދު ގެ ބަލާއިންގައުމު ސަލާމަތްކުރުން.
އިބިލީހުވެސް ތެދުބަހެއް ބުނި ވާހަކައެއް ކީން .ތެދުވާހަކަ ގޮތުން.
ހިތްތަކުގެ ރައީސް ވެސް ރަނގަޅު އެއްޗެއް މިފަހަރު ތިޔަ ވިދާޅުވީ. ހޭވެރިކަން ވެގެން ފަހުން ބަދަލު ނުކުރައްވާނެބާ؟މިހެން މިބުނީ ހިތްތަކުގެ ރައީސް ގެ ކަންކަން ހުންނަގޮތް މިހާރު އެނގޭތީ
މާސްކު އަޅާށޭ ! ހައް ހައް. ބޭފުޅާ ނުބުންޏަސްްް އަޅާނެ!
ކަލޭގެ އާދޭސް ނެތިން އަހާކައް ތިޔައީ މިގައުމުގެ ހަލާކު.
އަދި މާ އަވަސް ނަޝީދު ތިވާހަކަ ދައްކަން . ރާއްޖޭގެ އެންމެނަށް ކޮވިޑް ޖެހޭނެއޭ ބުނީވެސް ނަޝީދު. ޑޮކްޓަރުން ގެ އަގު ވަޒަންނުކޮށް ޑޮކްޓަރުންނާއި ޖައްސާލީވެސް ތި ނަޝީދު
ނަޝީދު ވެރިކަމުގައި ހުރިނަމަ މިގައުމުގެ ހާލަތު އެމެރިކާ އާއި ބްރެޒިލް އާއި އެއްވަރުވާނެ . ވިސްނުންހުރީ ޓްރަންޕާއި ބޮލްސަމޭރޯ ގެ ވިސްނުން.