ބިދޭސީން މުޒާހަރާކޮށް ހަމަނުޖެހުން ހިންގާ ހިސާބަށް ކަންކަން ދިޔައީ ބިދޭސީންނާ މެދު އަޅަން ޖެހޭ ފިޔަވަޅުތައް ނޭޅުނީމަ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލިހުގެ ގައުމީ ސަލާމަތާއި ޚާރިޖީ ކޮމިޓީގައި ވާހަކަދައްކަވަމުން ފުލުހުން ވަނީ ބިދޭސީން ގަވާއިދާއި ޚިލާފުވި ނަމަވެސް އެއްވެސް ފިޔަވަޅެއް ނޭޅޭ ކަމަށާއި ބިދޭސީން މުޒާހަރާކޮށް ހަމަނުޖެހުން ހިންގުމާއި ހަމައަށް ކަންކަން ގޯސްވެގެން ދިޔަ ސަބަބަކީ އެއީ ކަމަށް ވިދާޅުވެފައެވެ.

ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވީ ބިދޭސީން މުޒާހަރާކޮށް އޭގެ ތެރެއިން ހިންގާ ހަމަނުޖެހުންތަކުގެ ނުރައްކާ މިހާރު ވެސް އެބައޮތް ކަމަށެވެ. އެގޮތުން މިއަދު އައިލެންޑް އެކްސްޕާޓްގެ މުވައްޒަފުން ހުޅުމާލޭގައި ކުރި މުޒާހަރާގައި ފުލުހުންގެ ވެހިކަލަކަށާއި ފުލުހުންނާއި އާންމުންނަށް ހަމަލާދީފައިވާ ކަމަށާއި އެކަމަށް ހައްލެއް ގެންނަން ކުރަން ޖެހޭ ގިނަ ކަންކަން ހުރި ކަމަށް އޭނާ ވިދާޅުވިއެވެ.

ބިދޭސީން މުޒާހަރާކޮށް، ގައުމީ ސަލާމަތަށް ނުރައްކާވާ ހިސާބަށް ކަންކަން ދާ ކަން ފާހަގަކުރައްވާ ޝަރީފް ވިދާޅުވީ ބިދޭސީންގެ ފަރާތުން އެފަދަ އަމަލުތައް ފެންނަން ފެށީ ބިދޭސީންނާ ގުޅުން ހުރި ކަންކަން ހައްލު ނުކުރެވި ހުރުމުން ކަމަށެވެ.

" ދިވެހިންނަށް ހުއްދަ ނޫން ހުރިހާ ކަންތައްތަކެއް މިހާރު ބިދޭސީންނަށް ހުއްދަ. އެކަހަލަ ގޮތަކަށް މި ދަނީ. މިއީ މި މީހުންނަކަށް ފިޔަވަޅެއް ނޭޅޭ. މި މީހުންނެއް ޖޫރިމަނާއެއް ނުކުރެވޭ. މި މީހުންނެއް ހައްޔަރެއް ނުކުރެވޭ. މި މީހުން އުޅެނީ ގަވާއިދާއި ޚިލާފަށް. އެހެންވީމަ މި ނުކުންނަ ހުރިހާ އިޝޫތަކަކީ މި މީހުންނާ ދޭތެރޭގައި އަޅަން ޖެހޭ ފިޔަވަޅުތަކެއް އަޅަން ޖެހޭ މިންވަރަށް ނޭޅުމުން ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ މިހާ ހިސާބަށް މި އަންނަން ޖެހެނީ،" ޝަރީފް ވިދާޅުވިއެވެ.

ރާއްޖެ އަށް ގަވައިދާ ހިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ އަށް އަވަސް އަދި ދާއިމީ ހައްލެއް ހޯދުމަށް ގޮވާލައި ރައްޔިތުންގެ މަޖިލިހުގެ ބިލެތްދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް) ވަނީ މަޖިލިހަށް ކުއްލި މައްސަލައެއްވެސް ހުށަހަޅުއްވާފައެވެ.

ދާދި ފަހުން ބޮޑު ފިނޮޅުގައި ތިބި ބިދޭސީންނަށް މުސާރަ ނުދީގެން ދިވެހިންތަކެއް ވަނީ ރަހީނުކޮށްފައެވެ. އަދި ފަހަކަށް އައިސް މުޒާހަރާކޮށް، ފުލުހުންނާއި ކުރިމަތިލުމުގެ އަމަލުތައް ބިދޭސީންގެ ފަރާތުން ދަނީ ފެންނަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. އަހްމަދު

    ބިދޭސީން ހަމަނުޖެހުންހިންގަންފެށީ އެމީހުންލައްވާމަސައްކަތްކުރުވާފަ މުސާރަނުދޭތީ ބަރާބަރައްމުސާރަދޭތަންތަނުގައުޅޭމީހުން ނަކީ ވަރައްރަނގަޅައްއުޅެމުންދާބައެއް މަސައްކަތްކުރުވާފަ ބަރާބަރައްމުސާރަދެވޭނަމަ ބިދޭސީންގެމައްަަލަތަކެއް ނުނުކުންނާނެ ސަރުކާރުން ހައްލުކޮށްދޭންވީ މުސާރައިގެކަންކަން އޭރުންބިދޭސީންގެމައްސަލަހައްލުވީ

    6
    17
    • އެމްޑީޕީ ބުރޯ

      ކޮން ރަނގަޅެއް ކިޔާކަށް! ބަންގާޅިންގެ އެޖެންޑާގަ އޮތީ މިގައުމުން އެއްބައި ދަމައިގަނެ ބަންގާޅީ ދަރިފަސްކޮޅެއް މިތަނުގަ ގާއިމްކުރުން! ރޮހިންޔާ މައްސަލަ ފަދަ މައްސަލައެއް މިއީ!

      16
      3
      • Anonymous

        ކަލޭ ހާދަ ހެއްވާ ވާހަކަ ތިދައްކަނީ ،! ރޮހިންޔާ މައްސަލަ އަކާ މިއާ އަޅައެއްނުކިޔޭނެ!

        5
        4
  2. މަބޭ

    ރާއްޖޭގެ ގާނޫނުތަކާ ހިލާފައް ބިދޭސީންނައް ވިޔަފާރިކުރެވޭ އެހެނިހެން މަސަތްކަތްވެސް ކުރެވޭ އެމީހުންގެ ފަހަތުގަ ތިބެނީ ސަރުކާރުގެ ބޮޑުން

    37
  3. ޙުސެން

    ލިބުނލިބުނު ގެއްލުމުގެ ބަދަލު ދޭންޖެ ހޭނީ އައިލެންޑް އެކްސްޕާރޓްއިން

    13
    2
  4. ބޭޗާރާ

    ބިދޭސީންގެ އެއްވެސް މައްސަލައެއް ނެތް. ބިދޭސީން ގިނަވެގެން މިއަދާ ހަމަޔަށް އެމީހުން ކުރި ކަމެއް ނެތް. ބަޔަކު މީހުން ގެނެސް ގޮޅިޔަކަށް ލާފައި ކާންބޯން ނުދީ މުސާރަ ނުދީ އަޅުމަސައްކަތް ކުރުވީމާ އެމީހުންވެސް އެމީހުންގެ ހައްގުގެ ވާހަކަ ދައްކާނެ. އެއީ ބިދޭސީން ގިނަވެގެން ގޯސްވެގެން ކުރާ ކަމެއް ނޫން. ކުރުކޮށް ބުނާނަމަ މިއުޅެނީ ދައުލަތެއް ފެއިލްވެގެން. ކޮރަޕްޝަނާއި ވައްކަމާއި ފަސާދަ ގިނަވެގެން. ނުފޫޒު ހުރި މީހުންގެ މައްޗަށް ގާނޫނު ނުހިންގިގެން.

    24
    7
  5. އޭ.ޑީ

    ބަލަ ކާކުތަ ފިޔަވަޅު އަޅަންޖެހެނީ، ބޯ ހަލާކު،ޤާނޫނު ނަގަހައްޓާ އެއަށް ރައްޔިތުން ޢަމަލު ކުރޭތޯ ބަލުމަކީ ނުވަތަ ޤާނޫނު ތަންފީޒު ކުރުމުގެ ޒިންމާ އުފުލުމަކީ ކޮން ބަޔަކު ކުރަންޖެހޭ ކަމެއްތޯ އެކަން ނުކޮށްތިބެ އެކަން ނުކުރީމައޭ މައްސަލަޔަކީ ބުނުމަކީ މަޤާމުން އިސްތިއުފާ ދޭންޖެހޭ ކަމެއް

    13
    3
    • އަނދުން ހުސައިން

      އަޖައިބެއްނުވާނެތަ އަޅެ. ބިދޭސީންގެ ކަންކަން ބެލެހެއްޓުމަކީ ފުލުހުންގެ ޒިންމާއެއްތަ. ؟ ޤާނޫނީގޮތުން މިކަން މަތިކޮށްފަ އޮންނަނީ އިމިގްރޭޝަންއާ. ހުރިހާ ބަލާވެރިކަމެއް މިޖެހެނީ ފުލުހުންނާ. މިއީ އިމިގްރޭޝަނުން ހިންގާފަ އޮތް ވައްކަމާއި ފަސާދައިގެ ހިތި. . މިކަމުން މުއްސަދިވި ބަޔަކު މަހުޖަނުންނަށްވެއްްްޖެ. . މިއީ ވިޔަފާރިއެއް ދޮންކަލޯ.

      2
      1
  6. ހަސަން ތަކުރު

    މި މީހުންނަކަށް ފިޔަވަޅެއް ނޭޅޭ. މި މީހުންނެއް ޖޫރިމަނާއެއް ނުކުރެވޭ. މި މީހުންނެއް ހައްޔަރެއް ނުކުރެވޭ. މި މީހުން އުޅެނީ ގަވާއިދާއި ޚިލާފަށް.ކިހާ ސަޅި.ކޮލަމާފުށީ ކަންމަތީ ޖޯއްޔެއްގަ އޮވެގެން ބުލްބުލް ކިޔާ މީހަކު ރޭ ހަތަރުދަމު ރީލޯޑް ކުރުމާއި ރާސްޓަސް ފޮނުވުމުގަ.މިކަމަކީ ކައުންސިލް އިން މަނާކޮށްފައޮތް ކަމެއް.އެކަމަކު އެކަމެއް ނުހުއްޓާ ބަރާބަރަށް ވިޔަފާރި ކުރިޔަށް.

  7. އަލްޖިބްރާ

    އެކަމަކު ފުލުހުންގެ ބަޔަކު މާސްކް އަޅައިގެން ޝީލްޑް ހިފައިގެން ނުކުމެ ދިވެހިރައްޔިތުން ތަޅާރޯނާގެންނެވިތަން މިހާރުވެސް ފެންނަން އެބަހުރި ! މިހާރު އެބައިގަޑު ނެތީތަ ؟ ނިކަން ނިކުމެ ހުރިހާ ބަންގާޅީން ތަޅާރޯނާގަންނަވާލަބަލަ ! ނަގޫޖެހިތާ ބޯޖަހާފައި ދުވެފިލާނެ ! އެމީހުން ބޭނުންހާގޮތެއް ހަދަން ބަލަހައްޓައިގެން ތިބީމަ ވާނެގޮތް ތިވަނީ !

  8. ރައްޔިތުމީހާ

    ދިވެހިންމައިތެރިކުރަން ރައިޓުގިޔަރުގަ ކަރަންޓުމުގުރު ކަރުނަގޭސް ހަބޭސް.... ބަންގާޅުންނައްވީމަ ހައެއްކަ ކެނަ ހުސްއަތާ ކިހާރީތި ދިވެހި ފުލުހުން

    1
    1
  9. ޖާބެ

    ތަންފީޒީ އިދާރާތައް ނިދިކުރައްވަފަ އޮތީމަ ވާނީ މިހެން މިޤައިމުގަ ހަމައެކަނި ކުށަކައްވާނީ ޓްރެފިކް މައްސަލައެކަނި. ސްޓިކާޖެހުން މާލެ ތޮއްޖެހިފަ ، ރޯޑްވޯރދިނަސް މަގުތައް ހަލާކުވެފަ. 750 ނުވިހާކުއްޖަކުވެސް މިޖޫރިމަނާ އިންނާނީ ވެފަ މިޤަޢުމުގަ.