ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް އަރަބި ވެބްސައިޓެއް ލޯންޗު ކުރަން މާލްދީފް ގްރޫޕުން ނިންމައިފިއެވެ.

އެ ގްރޫޕްގެ ޗެއާމަންއަކީ ކުރީގެ އިސްލާމިކް މިނިސްޓަރު އަދި މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.

ޝަހީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަރަބިންގެ މެދުގައި ރާއްޖެ އަށް އޮތް މަގުބޫލުކަން އިތުރު ކުރުމަށް އަންނަ ބުދަ ދުވަހު ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކެއް ލޯންޗު ކުރުމަށް ނިންމާފައިވާ ކަމަށެވެ. މިއީ ރާއްޖޭގެ ރަށްތަކުގެ ލޯކަލް ޓޫރިޒަމާއި ރިސޯޓުތަކާއި ޓޫރިޒަމް ސިނާއަތުގައި ހިމެނޭ އެންމެހާ ކަންކަން އަރަބިންނާ ހަމައަށް ގެންގޮސް ދިނުމަށް ކުރެވޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ އަރަބި ބަހުން ވާހަކަ ދައްކާ 500 މިލިއަން މީހުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުޅޭ ކަމަށާއި އަމާޒަކީ ގިނަ އަދަދެއްގެ އަރަބިންގެ ހިތްގައިމު މަންޒިލަކަށް ރާއްޖެ ހަދައި ދިމާވެފައިވާ އިގްތިސާދީ ދަތިކަމުން އަރައިގަތުމަށް ގައުމާއި ރައްޔިތުންނަށް އެހީވުން ކަމަށެވެ.

މި ވެބްސައިޓް ލޯންޗު ކުރުމަށް ހަމަޖެހިފައި ވަނީ ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލާ ރާއްޖެ އަށް އަލުން ފަތުރުވެރިން ޒިޔާރަތް ކުރަން ފަށާ ދުވަހުގެ ހަވީރު 4:00 ގައި ކަމަށް ޑރ. ޝަހީމްގެ ޓްވީޓުގައި ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ ބޯޑަރު އަންނަ ބުދަ ދުވަހު ހުޅުވާލުމަށް ނިންމާފައިވާކަން ހާމަކުރައްވައި ރައީސް އިބްރާހިމް މުހައްމަދު ސާލިހް ވަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސް އިން ރާއްޖެއަކީ ދަތުރު ކުރުމަށް ރައްކާތެރި ގައުމެއްކަން ކަނޑައަަޅައިފައިވާކަން ހާމަކުރައްވާފައެވެ. އަދި އެއީ ލިބިގެން ދިޔަ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ކަމަށް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

ރާއްޖެއަށް ޒިޔާރަތްކުރާ އަރަބި ފަތުރުވެރިންގެ އަދަދުވެސް ބޯޑަރު ބަންދުކުރުމާއި ހަމަޔަށް އައީ އިތުރުވަމުންނެވެ.

 

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޓުވަރ ގައިޑޭ

    ޝަހީމު ތިކަން ވެސް ފެށީ ދޯ؟/ ގަދަ އިނގޭ

    13
    2
  2. ތިޔަކަހަލަ

    ތިޔަކަހަލަ މީހުން ދިވެހިން ބަލައެއް ނުގަންނާނެ. ފައިސާއާއިގެން ބޫތުކައިފަ ހުރި މީހެއް ތީ

    4
    34
  3. ލޮލްލް

    އެއް ޝެއިޚަކު ކޮންޓްރެކްތް އެގްރީމަންޓް މައްސަލާގަ ޖީއެމްއާރާ ކޯޅުނީ، އަނެއް ޝެއިޚަކު ރަލާ އޫރުމަހުން މަންފާ ހޯދާ ފަތުރުވެރިކަން ޕްރޮމޯޓް ކުރަނީ...ސަޅިއޭ

    5
    30
    • މޮޔަނުގޮވާ

      ފަތުރުވެރިކަމަކީ ރަލާއި އުރުމަސް ޕްރޮމޯޓް ކުރުމެއް ނޫން. މިސާލަކަށް ލަންކާއަށް ނޫނީ އިންޑިޔާއަށް ބޭސްފަރުވާއަށް ދިޔުމަކީ މެޑިކަލް ޓޫރިޒަމް، ފަތުރުވެރި ކަމެއް އެއީ. އެކަމަކު ރަލެއް ނުހިމެނޭ. އޫރުމަހެއް ނުހިމެނޭ. ރާއްޖެއަށް އަރަބީން ޕިކްނިކް އައީމާވެސް އެވާނީ ފަތުރުވެރިކަމަށް. އަރަބިންގެ ތެރޭގައިވެސް ރާބޯ، އޫރުމަސް ކާ މީހުން އުޅޭ. ރާއްޖެއާ ހިލާފަށް އަރަބި ގައުމުތަކަކީ 100% މުސްލިމް ގައުމުތަކެއް ނޫން. ފައްޅިތައް އެގައުމުތަކުގައިވޭ.. އެކަމަކު އެއީ އެމީހެއްގެ ކަމެއް. ހަމައެކަނި ޝެއިހް ޝަހީމްގެ ކަމެއް ނޫން ރާއްޖޭގައި ރަލާއި އޫރުމަސް ކެއުން ހުއްޓުވުމަކީ. މިހާރުވެސް ރާއްޖޭގެ އެންމެން އެއް ބަހެއް ކިޔާ ފަތުރުވެރި ކަމުން ރަލާއި އޫރުމަސް ހުއްޓުވިދާނެ. ފަތުރުވެރިކަމަކީ ރާބޮއެ މަޖާކުރުން ކަމުގައި ދެކެންޏާ ތިއީ ސީދާ ގަމާރެއް.

      10
      1
  4. ސަންފައްތަ

    މީގެކުރިން އިދިކޮޅު މީހުންގެ ފަރާތުން އަބަދުވެސް ފެނިފަ އޮތީ ޓޫރިޒަމް ބޮއިކޮޓްކުރާތަން. މިހާރު އިދިކޮޅުންވެސް މަސައްކަތްކުރަނީ ޓޫރިޒަމް އިޝްތިހާރުކުރަން. ޤައުމަށް ހެޔޮއެދޭމީހުންނާއި ހެޔޮ ނޭދޭމީހުން ވަކިވާނެ.

    30
    1