ރާއްޖޭގައި ބިދޭސީން މުޒާހަރާ ކުރަމުން ދަނީ ދުރާލައި ރާވައިގެން ކަމަށާއި އެ މުޒާހަރާތައް ކޮންޓްރޯލް ނުކުރެވޭ ނަމަ، ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށް ދިވެހި ފުލުހުން މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލިހުގެ ގައުމީ ސަލާމާތާއި ހާރިޖީ ކޮމިޓީގައި ވާހަކަ ދައްކަވަމުން ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރު ވިދާޅުވީ ރާއްޖޭގައި މިގޮތަށް ބިދޭސީން މުޒާހަރާ ކުރުމުގެ މައްސަލައެއް ކުރިން ދިމާވެފައި ނެތް ކަމަށެވެ. އެކަމަކު، މިހާރު ބިދޭސީން މުޒާހަރާ ކުރަމުން ދަނީ ދޭއް ނޫނީ ތިން ދުވަސް ކުރިން ރާވައިގެން ކަމަށް ވެސް ބަޝީރު ވިދާޅުވިއެވެ.

ބަޝީރު އެގޮތަށް ވިދާޅުވި އިރު، ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ބ. ބޮޑުފިނޮޅުގައި މަސައްކަތް ކުރާ ބިދޭސީންނާއި ހުޅުމާލޭގައި ސިފައިންނާއި ފުލުހުންނަށް ހާއްސަކޮށްގެން ފްލެޓުތައް ހަދަމުން އަންނަ އައިލެންޑް އެކްސްޕާޓްގެ މުވައްޒަފުންނަށް މުސާރަ ނުދީ އެތައް މަހެއް ވަންދެން ގެންގުޅެމުންދާތީ އެކަމާ ދެކޮޅަށް މުޒާހަރާކޮށް، ފުލުހުންނަށާއި ބައެއް މުދަލަށް ގެއްލުންތަކެއް ދީފައިވެއެވެ.

ބިދޭސީން ކުރާ މުޒާހަރާތަކުގެ ސަބަބުން ގައުމީ ސަލާމާތަށް ނުރައްކާވެދާނެތޯ ކޮމިޓީގެ މުގައްރިރު އަދި ރައްޔިތުންގެ މަޖިލިހުގެ މަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ޝަރީފް ސުވާލު ކުރެއްވުމުން ބަޝީރު ވިދާޅުވީ ރާއްޖޭގައި ގިނަ އަދަދަކަށް ރަޖިސްޓްރީ ނުވާ ބިދޭސީން ތިބި ކަމަށެވެ. އަދި އެކި ސައިޓްތަކުގައި އެފަދަ މުޒާހަރާތައް ކުރާ ނަމަ، ކޮންޓްރޯލް ކުރަން އުނދަގޫވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

" މުޅި ރާއްޖޭގައި ބިދޭސީން އެބަ ތިބި ގިނަ އަދަދެއްގެ އަންޑޮކިއުމެންޓެޑް މީހުން. މީގެ ތެރެއިން އަޅުގަނޑުމެންނަށް ދިމާވެދާނެ ކަަމަށް މި ބަލަނީ މި މީހުން މި ދައްކާ މަންޒަރުތަކުން އިތުރު މީހުން މިއަށް ގުޅި އަދި އިތުރު ސައިޓްތަކުގައި މިކަން ހިނގާ ކޮންޓްރޯލް ކުރަން އަޅުގަނޑުމެންނަށް ދަތިވެ ދިއުން އެއީ އަޅުގަނޑުމެންނަށް ނުރައްކަލަކީ. މިއަދު ވެސް ޝަރީފް ފާހަގަކުރެއްވިހެން އާއްމުންނަށް ވެސް އަނިޔާވެ، ފުލުހުންނަށް ވެސް އަނިޔާވެ އަދި ސައިޓްތަކުގައި ހުންނަ އިކުއިޕްމެންޓްއަށާ މުދަލަށް ގެެއްލުން ލިބެމުންދަނީ." ބަޝީރު ވިދާޅުވިއެވެ.

ބިދޭސީންނާ ގުޅޭ ގޮތުން ކުއްލި މައްސަލައެއް މަޖިލީހަށް މިއަދު ވަނީ ހުށަހަޅައިފައެވެ. ދާދިފަހުން ބ. ބޮޑުފިނޮޅުގައި މަސައްކަތް ކުރާ ގިނަ އަދަދެއްގެ ބިދޭސީންނަށް މުސާރަ ނުދީގެން އެ ރަށުގައި ހަމަނުޖެހުން ހިންގައި އެ ރަށުގައި މަސައްކަތް ކުރަމުންދިޔަ 12 ދިވެއްސަކު ރަހީނު ކުރިއެވެ.

އަދި އެ ރަށަށް ދިޔަ ބައެއް ފުލުހުންނަށް ހަމަލާދީ، ބައެއް ފުލުހުން ޒަހަމްވެސްކޮށްލިއެވެ.

އޭގެ ކުރިންވެސް ބައެއް ބިދޭސީން އިހުތިޖާޖުގެ އަމަލުތައް ހިންގަމުން އައި އިރު ފަހަކަށް އައިސް ބިދޭސީން މުޒާހަރާއަށް ނުކުންނަ އިރު ފުލުހުންނާއި ކުރިމަތިލުމާއި އާއްމުންގެ މުދަލައި ތަކެއްޗަށް ގެއްލުން ދިނުމުގެ މައްސަލަ ދަނީ އިތުރުވަމުންނެވެ.

 

ކިޔުންތެރިންގެ ހިޔާލު

39 ކޮމެންޓް

  1. Happy

    ޢެމީހުންގެރޫޓް ކޯސް މުސާރަ އިޝޫ ހައްލުކުރީމަ ތިކަންނިމުނީނު!!

    44
    38
    • ރައްޔިތުމީހާ

      ދިވެހި ފަސްގަނޑުގައި ބިދޭސީންތަކެއް ދުރާލާ މިފަދަ ހަމަނުޖެހުންތައް ހިންގާއިރު ކޮބާ ތޯ ފުލުސް އިންޓަލިޖެންސް؟ ކޮބާ ތޯ ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރު؟ މިވަރަށް ނޫން ތޯ ނާޤަބިލް ވާނީ. މުޅި ސަރުކާރު އިސްތިއުފާ ދިނުމަށް ގޮވާލާން.

      96
      4
      • މަހުލޫފު

        އެމްޑީޕީ އަށް ދައުލަތް ހިންގާކަން ނޭނގޭނެއެވެ. އެ ވެރީން ރަނގަޅުވާނީ އިދިކޮޅު ގައި ތިބެ މަގުމަތީގައި މުޒާހަރާ ކޮށް އައުގުރަނަ ގޮވައި ފުލުހުންގެ ގައިގައި ތަޅަން.

        29
        1
        • ފުލުހުން ގެ ވެރިޔާ

          200 އެއްހާ ބިދޭސީން ކޮންޓްރޯ ކުރެވިދާނެ ކަމަށް ގަބޫލުނުކޮށް އަދި އެކަން މީޑިއާގައި ހިއްސާ ކުރުމަކީ ކޮންފަދަ ކަމެއްތޯ. ފުލުހުންގެ ނުކުޅެދުންތެރިކަން މީޑިޔާގައި އާންމު ކުރުމުން އޭގެ ބޭނުން ހިފާނެ ބަޔަކީވެސް ހަމަ ބިދޭސީން

    • ކިޔާން

      މުސާރަ ނުދީ ބުރަ މަސެއްކަތް ކުރުވުން މައްސަލަޔަކީ... ބިދޭސީން އެމީހުންގެ ހައްގު މުސާރަ ހޯދަން އެއުޅެނީ... ދިވެހި ރާއްޖޭގަ މުސާރަ ވެސް ދެނީ މުޒާހަރާކޮށް ހަމަނުޖެހުން ހިންގީމަ.... ބޮޑުވަރު.... މި ކަހަލަ ކުންފުނިތަކުގެ ވެރިން ޖަލަށް ލާންވީ... އެ ކުންފުނި ތަކުގެ އެސްޓްތައް ވިއްކައިގެން ވެސް މުސާރަ ދޭ ގޮތް ހަދަން ވެއްޖެ... އެއިރުން ކުންފުނިތަކުގެ ހިތައްއެރި ވަރަށް މީހުން ގެނައުން ހުއްޓާލާނެ.... ދިވެހި ރާއްޖޭގަ ހިއުމަން ޓްރެފިކިންގް ކަންތަށް ނުލާހިކު ބޮޑު... ބިދޭސީން ގެނެސް ވަރަށް އިހާނާތްތެރިކޮށް ކަންތަށް ކުރަނީ... މި ކަން ހުއްޓުވަން ޖެހޭ

      22
    • ބުއްޅައަމާބީތާގެރި

      މިބީތާއިންނައް ޓެރަސިސްޓުވަނީ ތުނބުޅި ދިގުކުރީމަތަ...؟ ރީނދޫ ގެރިތައްެިސްތިެުފާދީފަ ގެ އައްދޭ ފުނޑާނުލަނީސް

  2. ޕާޓޭ ގެ ޑެޑީ

    ބިދޭސީން މާފުއްޕަންޏާ ދިވެހިން ނުތިބޭނެ ބަލާކައް އިންގޭ!!

    102
    12
    • ކިޔާން

      ދިވެހިން ބިދޭސީންނަށް އަނިޔާވެރި ވެ އިންސާނިއްޔާތާ ހިލާފް ޖަރީމާތައް ހިންގާއިރު ހެޔޮ ދޯ.!!! .. ބިދޭސީން ގެންގުޅެނީ ޖަނަވާރުން ވެސް ގެންގުޅެން ނުވާ ކަހަލަ ތަންތާގަ... މުސާރަ ދެނީއެއް ނޫން.... ބިދޭސީން ކުރަނީ ދިވެހިން މަސެއްކަތް ކުރާނޭ ވަރަށް ވުރެން މާ ކުޑަ މުސާރަ އެއްގަ ، އަދި ދިވެހިން ނުކުރާނޭ ހާ ބުރަ މަސެއްކަތް... އެ ވެސް ހަމަ އިންސާނުން... އެގޮތަށް އެމީހުންނާ މެދު ކަން ކުރަން ހެޔޮ ނުވާނެ . އެމީހުންގެ ހައްގު މުސާރަ ހޯދަން އެމީހުން ވެސް އެއުޅެނީ..

      19
      6
      • ސަލާމްބެ

        ރަނގަޅުވާހަކައެއް. ނަމަވެސް އެއީއަދިކޮންމެބޔަކަށްވީނަމަވެސް މިއީވެސް ހަމަތަކަކާއުސޫލް ތަކެއް އަދި ގާނޫންތަކަކާއި ގަވާއިދުތަކެއް އޮތް މިނިވަން މުސްތަގިއްލު ގައުމެކަށް ވީހިނދު މިރާއްޖޭގެ ރައްޔތުން ނައްނެތް މިނިވަންކަމެއްލިބި އުސޫލުންބޭރުން ކަންކަންކުޮށް ސަލާމަތީބާރުތަކާ ކުރިމަތިލާ ގައުމީ ސަލާމަތައް ނުރައްކާ ކުރިމަތިވާދަރަޖައަށް އަމަލުތައް ކޮށް ހައްދުންނެއްޓިގެންނުވާނެ. އެއީ ދިވެހިކޮންމެރައްޔިތަކުވެސް ގަބޫލްކުރަންޖެހޭ ހަގީގަތެއް. ފުރަތަމަގައުމު. އޭގެފަހުން މުސާރަވެސް އަދިއެހެންހައްގުތައްވެސް ލިބިދެވޭނީ. ކޮންމެބަޔަކުވެސް ކަންކަންކުރަންޖެހޭނީ އެތަނެއްގަ އޮންނައުސޫލުތަކުގެތެރެއިން. އަދިގާނުނީއިމުގެތަރެއިން. މިއަދު އެހިންގި އަމަލުތައް ޚުދްއެމީހުން އަމިއްލަގައުމުގަވެސް ނުހިންގޭނެ. .މިގައުމުގެ ފުލުހުން އަދިސިފައިން މާބޮޑައްވެސް ހަމަރަންގަޅީ. އެމީހުންގެ ގައުމުގާ ނަމަ މިއަދު ތަޅާތިރިއަރުވާލާނެ. ތަނެއްދޮރެއްނުބަލާނެ

  3. ޙަސަނު

    އަހުރެމެން ޢާއްމު ދިވެހިދަރިންނާއި ތިކަން ޙަވާލުކުރޭ ތި ކަން ކޮންޓްރޯލް ކޮށްލާނަން އިންޝާﷲ

    86
    3
  4. ދަރަނި ދަންތުރަ

    މިއޮތީ ގައުމު އަމާންވެފައި ސޯލިބޭ ކަލެޔާ

    61
    2
  5. މާލެ މީހާ

    ފުލުހުން ނަށް ތިކަން ކޮންޓްރޯލް ނުކުރެވެންޏާ ނިކަން އާމު ރަތްޔިތުން ނަށް ހަވާލުކުރޭ. ކުލިދައްކާލާނަން 200 ކީކުރަން ވަރިހަމަ 1000 ނިކުތަސް

    73
    2
    • ަާއާދަމު

      އަރަތެއްތާ ތީ ދެން. ފުލުހުންގެ ބޭކަލުންނަށް ރައްޔިތުންގެ ޓެކްސްފައިސާއިން ބޮޑު ހޭދައެއްކުރަނީ މިގައުމުގެ ދާހިލީ އަމަން ބަލަހައްޓަން. ފަހަރުގަވެސް ރީތި ޔުނިފޯރމެއްލައްވުވާފަ ކަންދައްކަން މަގުމަތީގަ ސައިކަލް ދުއްވާކަށް ނޫން. ނޫނީ ތިންއިރަށް ރައްޔިތުންގެ ފައިސާއިން މެސް އިން ކުކުޅުގައިގެން ކޮމިޓީތަކަށްގޮސް ދެއުޅިއެއްނުވާ އަނގަ ތަޅާކަށް ނޫން.

      33
      2
  6. ރަބަރޭ

    ވަރަށް ފުރިހަމަ އެމީހުނަށް އަންގާއިދީ ގައުމީސަލާމަތަށް ނުރަށްކާވެދާނެކަމާއި އިތުރުސައިޓްތަކުގާއި އުޅޭ މީހުން ގުޅިގެން ނުކުމެއްޖެނަމަ ކޮންޓްރޯލްނުކުރެވޭނެކަމާއި މިފަދަހުރިހާކަމެއް އެމީހުނަށް ހާމަކޮށްދީފަ ދެންބުނޭ ކުރީސަރުކާރޭ ފަޅޮލޭ ވަދުބަބުކޭލޭ އަނެއްކާ އޮޅިގެން ބުނެވުނު އެއްޗެއްބާ
    ބޮޑުވަރު

    48
  7. ބައިސާ

    ބައިސާނުކަނޑާ ދިވެއސަކައް ނުކެރޭނެ ބަންގުލަދޭސް ބޭފުޅަކާ ދެކޮޅައް މަގުމައްޗައް ނުކުންނާކައް އެއައްވުރެން ދިެހިން އެބޭފުޅުންދެކެލޯބިވޭ

    29
    7
    • ވޯޓްވަގު

      ކަލޮގަޔާ....
      ދޮގެއްނޫން، ބަންގަޅީއަކަ ދެކޮޅައް ނުކުންނަން ހިތައް އަރުވަލިޔަސް އަންހެންހެނުން ބުނަނެ އަނހުރާ ގެއަށް ނުވަންނާށޭ، އެހެންތާވާނީ، ............

      16
      1
  8. ޝޫ ދެމް އޯލް

    މުޒާހަރާކުރާ ބިދޭސީ އެންމެން ވީ ރާއްޖެއިން ޑީޕޯޓްކޮށްލަން. ތިމީހުން ގެނައިމީހުންވީ ބެންކްރަޕްޓް ކޮށްގެންވިޔަސް ޖޫރިމަނާއެއްކޮށް މުސާރަ ހައްގުވާ ފަރާތްތަކަށް ދޭން.

    34
  9. ޢަބްދުﷲ ޝާހިދު

    ކާޕެޓް ވަގު އިސްތިއުފާ.ސޮލޯލިހް ހައްޔަރުކުރޭ،ބުއްޅަބޭ ހަވަރަށް ދީ އޭރަށް ވައިރަސް ފިލާނެ....

    27
    1
  10. ޢަހުމަދު

    މިބަންގާޅީންގެ ސަބަބުން އަހަރެމެން ނިކަމެތި ރައްޔިތުން މިވަނީ ބިރުވެރކަމެއްގެ ތެރެއަށް ވެއްޓފައި... މިދާވަރުންދާ ކަމުގައިވަނީނަމަ އަމިއްލަ ގެދޮރުގައިވެސް ދުވަސްކޮޅަކުން ނުތިބެވޭނެ... އަދިވެސް ފިޔަވާޅު އަޅާކަށް ނުވޭތަ؟ ތަންތަނަށާއި މުދަލަށް ގެއްލުންދިނީމާ ނަސޭހަތްދީފައި ފޮނުވާލަނީތަ؟ އަމިއްލަ ސަލާމަތަށްޓަކައި ވާނުވާ އެގެންބޭނުން...

    30
  11. ދިވެހިސޮރު

    ތީގެ މާނއަކީ ކަލޭމެންނާ ގުޅިގެން ހިންގާ ކަމެކޭތީ...ބަލަ ކޮންމެ ބަޔަކުވެސް ރާވާނެ ދޯ އެބައެއްގެ ފެންވަރުން. ވަރަށް ޒިންމާދާރުކަން ކުޑަ ވާހަކައެއް ތިޔަ ވިދާޅުވީ އެމީހުނަނަށް ހިްތަވަރުލިބޭގޮތަށް ..ޕޮލިސް ތިއޮތީ ފެއިލް ވެފައެހެންވިއްޔާ..ދެން އަދި ކޮބާ ބޭރުގެ ބާރެއ މިތަނާ ދިމާކޮށްފިއްޔާ..ހައެއްކަ ބަންގާޅިން ނުހުއްޓުވޭނެޔޯ ޕޮލިސްފޯސް މިބުނަނީ..

    29
  12. ޢެކަމަކު ވާ

    ކޮންޓްރާލް ކުރަން ކަލޭމެންނަށް ދަތިވީމަ ދެން ގެންނާނީ އިންޑިޔާގެ ހިންދޫ ސިފައިން..އެއީ މިކަމުގެ އަސްލު އާހިރު ނަތީޖާ。。。ގޮސް އެމްސީ ހަމީދު ހައްޔަރު ކޮށްބަލަ.އަންނި ހައްޔަރު ކޮށްބަލަ، ސްލޯލިހް ހައްޔަރު ކޮށްބަލަ ...ގައްދާރުން އެއީ

    14
    1
  13. މާމިގިލީ މީހާ

    ބަޑިޖަހާގެން ވެސް ކޮންޓްރޯލް ކުރާންޖެހޭ. ނޫނީ މިކަމުގެ ގެއްލުންތައް ވާނީ ދިވެހިރައްޔިތުންނައް. ފުލުސް މީހާޔައްވާ ގެއްލުމުގެ ޒިންމާ ނަގާން ޖެހޭނީ ސޭކް ބޮޑު ތުބުޅި.

    10
    3
  14. ށަނާ

    ދިވެހިން ކުރިކަމެއްނަމަ ފުލުހިން އެމީހުން ތަޅާ އަނިޔާކޮށް މަރާ ހެދީސް، މީ ފެންވަރު ދިވެހި ފުލުންގެ ،100 ބަންގާޅީން ގައުމު ހިސޯރު އަދި ކުރާނެ، ބަލަން ތިބޭ!!

    18
  15. އޮޅުވާލި ވޯޓު

    އިންޑިއާ ސިފައިން މިގައުމައް ގެންނަންވެގެން ދައްކާބަހަނާއެއް ސަރުކާރުގެ ބައެއްއިސްމީހުން އަޑީގަ ތިބެގެން ހިންގާ ޖަރީމާތަކެކަމުގާ ގިނަބަޔަކު ސިފަކުރަނީ

    24
  16. މުހޮނދު

    އެކަން ކުރީ ދިވެހިންނަމަ، އެއީ ބޮޑެތި މުޖުރިމުންނަށް ހަދައި، ފޮޓޯޖަހައި، ރައީސުލްޖުމްހޫރިއްޔާ ކީރިތި ކުރައްވާ ހިސާބަށް ދާނެ!

    25
  17. ބަފާބޭ

    ތިއީ ބަގްލަދޭސް ހައިކޮމިޝަނުން ކުރުވާކަމެއް.. އެމީހުން ބަގްލަދޭސްއަށް އަބުރާ ފޮނުވާލާތީ.. އަހަރެމެންނެއް ނުތިބޭނަން އަހަރެމެންގެ ފުލުހުންނާއި ސިފައިންގެ ގައިގަ އެމީހުންތަޅާތަން ބަލާކަށް.. ފުލުހުންވެސް ފުލަގިއަރުގައި އެމީހުންނާއި ކުރިމަތިލާންވީ..

    14
    1
  18. ހަސަދު

    މިއީ ނުރައްކަލެއް. މިނުރައްކާ ދިމާވީ ދިވެހިންނާއި ހެދި. އެމީހުން އެތެރެވެވެނު ގޮތައްބަލާ އެތެރެ ކުރި މީހުންނަށް ހަރުކަށި ފިޔަވަޅު އަޅަން އެބަޖެހޭ. މުސާރަ ދިނަސް އަދި އެހެން ކަންކަމަށް ޑިމާންޑު ކުރަންފަޝައިފިއްޔާ އޮބި އެއްނޯންނާނެ. މިގޮތަށް ބިދޭސިން އެތެރި ކުރި މީހުން އެވީ ގައުމަށް ޣަައްދާރު.

  19. ބޯގޯސްހަަމަތައް

    އަދިވެސް ޔޫ.އެން.އެފް.ޕީ.އޭ މޯލްޑިވްސް އާ އަންހެނުންގެ ހައްގުތަކަށް މަސައްކަތްކުރާމީހުން އެކިޔަނީ ދިވެހިންވިހާލެއް މަދުކުރާށޭ. ކޮވިޑްގެ ސަބަބުން ދެމަފިރިން ގޭގަ މާގިނައިރު ހޭދަކުރީމަ އަންހެނުން ދަރިމައިވުމުގެ ފުރުސަތުބޮޑޭ. ދެންކިހިނެތް ބިދޭސީންއެތެރެކުރަންޖެހޭ އަދަދު ގިނަނުވެހުންނާނީ. ނިކަން ޔޫ.އެން.އެފް.ޕީ.އޭ މޯލްޑިވްސްގެ ޓުވީޓުތަށް ބަލާބަލަ

  20. މަހުދީ

    އިންޑިޔާއިން ސިފައިން ގެންނަން ދޯ ހަމީދުބޭނުންވަނީ؟

  21. އަލްޖިބްރާ

    އެކަމަކު އެމް.ޑީ.ޕީ މީހުން މުޒާހަރާ ކުރީމަ ކަރުނަގޭސް ޖަހާ ތަޅާ ރޯނާގަންނަވާތަން އަހަރުމެން ދެކެފިން ! ކީއްވެތަ ބަންގާޅީން ވީމަ ކަރުނަގޭސް ނުޖެހެންވީ ؟ ތަޅާރޯނާ ގަންނަވާ ނުލެވެންވީ ؟ އޭރުވެސް ފުލުހުން ! މިހާރުވެސް ފުލުހުން!

    3
    3
  22. ޣަޕީ

    މިއީ ދިވެހިން ރާއްޖޭގެ ރައްޔިތުން ގެ މުދަލާ ދިވެހިން ފުލުހުން ނަށް އަނިޔާ ކުރަން ޏާ ދިވެހިން ގެ ބާރު ދަށްކާލާނަން.

    9
    2
  23. އިބްރާ

    މިތާނގައި ސަރުކާރެއް އޮތީ ނަމެއްގައެވެ. ސަރުކާރަކުން ކުރަންޖެހޭ އެއްވެސް ކަމެއް ކުރާތަނެއް ނުފެނެއެވެ.

    17
  24. ރުމޭ

    ބޮޑު މަންޒަރު ފެންނަންކަންނޭގެމިއުޅެނީ

  25. ޙަސަނާ

    ވަގުތުން ވަގުތައް ތިބުނާ އަންޑޮކިއުމަންޓު މީހުންލައްވާ މަސައްނުކުރުވޭގޮތްހަދާ މަޖިލީހުގެ މެމްބަރުންގެތެރޭގަވެސް ތިބި މިފަދަމީހުންލައްވާ މަސައްކަތްކުރުވާ މެމްބަރުން ވެސް މިފަދަމީހުންލައްވާ މަސައްކަތްކުރުވުން ހުއްޓާލައްވާ އެހެން ނޫނީ ވަރައްބޮޑު ނުރައްކަލަކާ ދިވެހިގައުމު ކުތިމަތިލާންޖެހިދާނެ ކީއްވެބާ ނަސީދު އައް މިކަމާ ސީރިއަސްކޮއް އުޅެންނުކެރިފަ ނޫނީ ނޫޅެން މިހުންނަނީ..

  26. ޙަސަނާ

    މާނަޔަކީ އެމީހުންގެ ތެރެއިންދާން ބޭނުން ނޫންމީހުން ނުފޮނުވާނަމޭތޯ...ދަންނަވަންތޯ ތީ އެމީހުންވެސް ކިއާ އެއްޗެއް ސަރުކާރު އެވައްތަރު ބުނަނީ ފަހުން މައްސަލަނެތީ ބިރުނެތީ .....

  27. ޟުނހގހ

    ހާސްނުވޭ.
    ދިވެހި ރައްޔިތުން މިތިބީ ސިފައިންނާއި ފުލުހުންނާއި އެކު.
    މިހާރު އަންގާލިޔަސް ނިކުމެ ތިކަން ހައްލުކޮށްލާނަން

  28. މާލެ

    ބަންގާޅިން މިގަިުމުގަ ތިބެތަ އެތަށް އަހަރެއް. މުޒާހަރާއެއްނުކުރޭ. ވެ ގެންއުޅޭ ގޮތެް ބެލީމަ ތިކަން ހައްލުވާނެ. އެމިހުން އަބިދަރިން ދޫކޮށްލާރި ހޯދަން އައިސް އެތިބީ އެހެން ވީމާ އެމީހުން ހަމަ ނުޖެހުމަކަށް ބޭނުމެއް ނުވާނެ.

  29. ބޮންދު

    ދިވެހިން އަވަހައް ދަސްކުރޭ، މޮޅައް މުޒާހަރާ ކުރަން.

  30. ރައްޓޭ

    ކީއްވެތޯ ކޮންޓްރޯލް ކުރަންދަތީ؟
    ދިވެހިން ވެއްޖިޔާ ކަރުނަގޭސް ޖަހާ މުގުރުން ތަޅާފަ ވިޔަސް ކޮންޓްރޯލް ވޭ... ޢެކަމަކު ބަންގާޅިން ވީމަ ހިމާޔަތް ކުރެވިފައިވާަ ދޫނި ތަކަކައް ހަދާަފަ ކޮންޓްރޯލް ނުވިޔޯ! ރައްޔިތުން ގުނބޯ ހައްދަން ބޯގަޅި ވާހަކަ ނުދައްކަވާ! ރައްޔިތުން ވެސް މިތިބީ ހަމަހޭގަ ތިދައްކަވާ ވާހަކަތަކެއް ގަބޫލް ނުކުރާނެ! ތީހަމަ މި ދޯދިޔާ ސަރުކާރުން ބުނެގެން ދައްކާ ހޮޅި ވާހަކަ ތަކެއް!