ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ނުރުހުމުގައި ގައުމަށް ފޮނުވާލުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި ނަޝީދު ވިދާޅުވީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ފޮނުވާލެވެން އޮންނާނީ އެ ބިދޭސީންގެ ރުހުމާއެކު އެ ބިދޭސީން ފޮނުވާލާ ގައުމުގެ ރުހުން ވެސް ލިބިގެން ކަމަށެވެ. އަދި ރާއްޖޭގައި ގަވައިދާ ހިލާފަށް 75،000 އަށް ވުރެ ގިނަ ބިދޭސީން ދިރިއުޅެމުންދާ އިރު، އެމީހުންގެ ނުރުހުމުގައި އެމީހުން ފޮނުވާލުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

"100،000 ބިދޭސީން މި ތަނަށް އެތެރެކޮށް އިންތިހާއަށް ހެޔޮ އަގުގައި ގެނެސް ގުލާނުކޮށް އަޅުދާސްތުކޮށް މަސައްކަތް ކުރުވައި އެތައް ބިލިއަން ރުފިޔާގެ އެސެޓެއް ހަދާފައި އެ މީހުން ކައިރީ މާދަމާ ދާށޭ ބުންޏަސް، އަދި އެއީ ހިންގިދާނެ ކަމެއް ކަމަކަށް ނުދެކެން،" ނަޝީދު ވިދާޅުވިއެވެ.

ގަވާއިދާ ހިލާފަށް އެތެރެވެފައިވާ ގިނަ ބިދޭސީންނަކީ އިންސާނީ ވަގު ވިޔަފާރި ނުވަތަ ހިއުމަން ޓްރެފިކިންގެ ތެރެއިން ދިވެހިންގެ ބަޔަކު އެތެރެކޮށްފައިވާ ބައެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ސަރުކާރުން ބޭނުންވެގެން އެ މީހުން ފޮނުވާލުމަކީ ކުރަން ފަސޭހަ ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ.

އިގްތިސާދީ ސަބަބަކަށްޓަކައި ނުވަތަ އިންސާނީ ހައްގުތައް ގެއްލިދާތީ ނުވަތަ އެހެން ވެސް މައްސަލައަކާ ހެދި އެއް ގައުމުން އަނެއް ގައުމަށް މަސައްކަތަށާއި އެހެން ވެސް ކަމަކު ހިޖުރަކުރާ މީހުން އަލުން އަނބުރާ ފޮނުވާލުމަކީ ދުނިޔެ ދުވަހަކުވެސް ދެކެފައި އޮތް މަންޒަރެއް ނޫން ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ގަވާއިދާ ހިލާފަށް އެތެރެވެ ރާއްޖޭގައި އުޅެމުންދާ ބިދޭސީން ފޮނުވާލުމަކީ ކުރެވޭނެ ކަމެއްގެ ގޮތުގައި ބައެއް ސިޔާސީ ބޭފުޅުންނާއި ދިވެހިން ދައްކާ ކަމަށެވެ. އަދި މައްސަލައިގައި ކަން އޮތް ގޮތުގެ ހަގީގަތް ރައްޔިތުންނަށް ބުނެދިނުމަށް ހުރިހާ ސިޔާސީ ވެރިންގެ ކިބައިން ނަޝީދު އެދިވަޑައިގެންނެވިއެވެ.

ކިޔުންތެރިންގެ ހިޔާލު

29 ކޮމެންޓް

  1. Anonymous

    ފުލުހުންނަށް ހަމަލާދީ ވެހިކަލްތައް ތަޅާ ސުންނާފަތިކުރާއިރުވެސް އެބަންގާޅުން ހިމާޔަތްކުރަނީތަ!ދުނިޔޭގެ އެއްވެސް ގައުމެއްގަ އެހެން ނުއުޅެވޭނެ!އެހެން އުޅެފިނަމަ ހޭއަރުވާލާނެ!އެއެއްޗެހި މިގައުމައް ގެނައުން ހުއްޓުވާ އަދި އެވެރީންނައް ހަރުކަށި ފިޔަވަޅުއަޅަންޖެހޭ!ހޯމްމިނިސްޓަރު ވަގުތުން އިސްތިއުފާދޭންޖެހޭ! ހުރިހާ ފުލުހުންނާ ސިފައިން އެބަޖެހޭ މިބަންގާޅީން ހޭއަރުވާލާން!

    63
    1
    • އަލިބެއްޔާ

      ބަރާބަރު ވާހަކައެއް..

  2. މާމިގިލީ މީހާ

    އެހެންވިއްޔާ ދެން ކަލޭއަށް ވޯޓް ދޭނީ ބަންގާޅީން. ދިވެހިންނެއް ދެން ކަލޭއަކަށް ވޯޓެއް ނުލާނެ.

    83
    1
  3. އަޙްމަދު

    ދެން ތިބުނަނީ އެމީހުން މިރާއްޖޭގެ ރައްޔިތުންނަށް ހަދާވާހަކަތަ. ނިކަންހަދާބަލަ، ތިއުޅެނީ އެއްގޮތަކުން ނުވިއްޔާ އަނެއްގޮތަކުން މި ގައުމުގައި ހަލަބޮލިކަން އުފައްދަންދޯ

    70
    1
  4. ހަސަންބޭބެ

    މިއީ ކޮން ގައުމެއްގަ އޮތް ގަވައިދެއް. މީނަގެ ބޭނުމަކީ ދިވެހިރާއްޖޭގެ ސަލާމަތީ ބާރުތައްފެއިްލކޮށްލާފަ އިންޑިޔާ ސިފައިން މިގައުމަށް ގެންނަން. މިނުރައްކާތެރި ވަބާއިން މިގައުމު ސަލާމަތްކުރުމަށް ކުރެވެން އޮތްހާ މަސައްކަތެއް ކުރުމަކީ މިއަދު ކޮންމެ ދިވެހި ދަރިއަކަށް ވާޖިބު ކަމެއް،

    ؟

    75
    1
  5. އިކްލީލް

    ރައީސް ނަޝީދު، މަޖުލީހުގެ މެމްބަރުން ކައިރީ އެމެމްބަރުންގެ ކުންފުނިތަކުގަ ގެންގުޅޭ މަސެއްކަތް ތެރިންނަށް މުސާރަ ދޭން އަންގަވާ... މުސާރަ ނުދެވެންޔާ ފޮނުވާލާ... މި ރާއްޖޭގަ ލަންކާ ޓެމިލް މީހުންނަށް ވީގޮތް ވާކަށް ނޭދޭން... ބަންގާޅީ ދަރިކޮޅުން ރާްއްޖޭގެ އެއްބައި ބޭނުން ވާ ހިސާބަށް ހިންގައިދާނެ އެމީހުންގެ ނިސްބަތް މީހާ ގިނަނަމަ... ޑީޕޯޓް ކުރަން ޖެހޭ...

    58
    1
  6. ކޯޗު

    ވަރަށްވެދުން ގައުމު ހަލާކުވާއިރުވެސްމީނަގެކަމަކީ . އެއްވެސްކަމެއްހައްލުކުރިޔަނުދޭނެ. ހުރިހާ ނުބައިކަމަކާއެއްކޮޅަށްވާހަކަދައްކަނީ

    53
    1
  7. މާހިން

    100،000 މީހުންގެ ކަންތަށް ވެސް ބަލަން ޖެހޭ... ހެޔޮ ވެރިކަމެއް ކުރަން ވަޑައިގެންނެވި ބޭފޫޅުން ކަމުން މިކަން ހައްލު ކުަރަން ޖެހޭ... ގައުމުގެ ހަމަޖެހުމާ އިސްތިގުލާލާ ގުޅުންހުރި ކަމަކަށް ވާއިރު ބިދޭސީންގެ މައްސަލަ ހައްލު ކުރެވެން ޖެހޭނެ... ކޮންމެ ބަޔަކު ގެނެޔަސް މިހާރު ވެރިކަމުގަ ތިބީ އެމްޑީޕީ... އެމްޑީޕީ މަޖުލީސް މެމްބަރުން ބިދޭސީންނަށް މުސާރަ ނުދެނީ ކޯއްވެތޯ؟ ހިއުމަން ޓްރެފިކިންގް ބޮޑު މައްސަލަ އެއް މީ

    44
    1
  8. Mahujanu

    ގައުމު ހަލާކު ކުރުމަށް ހިތްވަރުދޭ މީ ހުންނާ، ވެރިކަމުގެ ދަ ހިވެތިކަމުގަ ހަމަނުޖެ ހުމަށް ހިތްވަރުދޭ މީ ހުން ފެންނަން ފަށަނީ.

    50
    1
  9. ނަައީމް

    އައްނިއަށް ހިމާޔަތެއް ލިބެންއޮތީ ތިޔަގައުމުތަކުގެ މީހުން ބައިތިއްބައިގެން ކުއްވެރިއެއްވެސް ނުވާނެ އަދަބެއްވެސް ނުދެވޭނެ ހައްޔަރއެއްވެސް ނުކުރެވޭނެ ރައްޔިތުންގެ ފައިސާއިން ހަމަ ބަލަހައްޓާންޖެހޭނީ ވެރިން އެބުންނީ ފޮނުވާނުލެވޭނޭ

    16
  10. ދޮންތަ

    ދެން އެހެންވެއްޖެޔާ ކަލޭ ބަންގާޅިންތައް ކެނެރީގެ އަށް ގެންދަންވީނު.......

    22
  11. ޣޯސް

    ކަލޭއެކަނި ގައުމެއްނޫންމިއީ އެހެންގައުމުތަކުގައިވެސް ގަވާއިދާހިލާފުވީމާ ޑީޕޯޓްކޮށްލާނެ. ނަޝީދު ހޮޅިވާހަކަ ނުދައްކާ

    29
  12. ސަމީ

    ޤަވާއިދާ ޚިލާފު ވާމީހުން ފނުވާ ނުލަނީ ކޮން ޢައުމަކުން ތޯ ނުވަތަ ޤަވާއިދާ ޚިލާފު ވާން ދޫކޮށްލަނީ ކޮން ޤައުމކުން. އިންަޑިޔާ އެއީ ތިޔަ ބުނާ ބޮޑު ޑިމޮކްރަސީ . ދިވެއްސަކަށްވެސް 1 ދުވަހުވެސް އެތާ ނޫޅެވެ ޚިލާފުވެގެން ލާހިކެއް ނޫންްް މި ކެނރީގޭ ނަޝީދަކީ ނުލަފާ ލަދު ކުޑަ މީހެއް ތަން ފަސާދަ ކުރާ

    25
  13. ތިލަދުންމަތި

    ސިފައިންނާއި ފުލުހުން ނިކުމެ ހައްޔަރު ކުރަންވީ ކިރު ނޭރިގެން ރޯ ސާލިހު އައި އެއްވެސް ތަރުބިއްޔަތެއް ނެތް ވަގު ކެނެރީ އާއި ހެންވޭރު ބަކަރި ކޮށީގަ ތިބި ބޯގޯސް ރާމާ މަކުނުތަށް ..ހިފާ ހައްޔަރު ކޮށް ޑީޕޯޓް ކޮށްލަންވީ...

    16
  14. މޮޔަ

    ތިގޮލާގެ ޖީބައް ބަޔެއް އެޅޭދޯ.

    11
  15. އަނބިހި

    ބައްލަވާ ރައްޔިތުންނޭ އޭނާއެވަރައް އެކަމުގަ އެހިފަނީ މީބޭރުމީހުންނަކީ އޭނާގެވެސް މަސްލަހަތު އޮތްކަމެކޭ އިމާރާތްކުރުމުގެދާއިރާގަ ބޭރުމީހުންގެންގުޅޭބައެކޭ އެއީ

    13
  16. މަދޮށި

    އިސްތިއުފާ ދެއްވަން ޖެހި ވަޑައި ގަތީ ދިވެހިން ނާހުރެ ކަމައް ދެކި، ދިވެހި އުންމަތް ފަސާދަ ކޮށް، މި ރާއްޖޭ ގައި އޮތް ހަމަޖެހުން ނަގާލާ، ވެރިކަން ނޫން އިތުރު ކަމެއް ބޭނުން ނުވެ މިރާއްޖޭގެ ރައްވެހިކަން ބޭރުގެ ފަރާތް ތަކައް ދޭން އުޅޭ ކަމުގެ ފެހި ސިގުނަލް ތޯ ތިޔަ ދެއްވަނީ؟؟؟

  17. ސުފުރާ

    އެހެންތާ ވާނީ، އަމަށަކް އަދަދެއްނޫން ވިއްޔާ އެމީހުން ދައްކަނީ މި ގައުމައް އަންނަން...

  18. ހަސަން ތަކުރު

    މީނަ ޓެސްޓް ކުރަންވީ ކަންނޭގެ.ބޭރު ގައުމު ތަކުގަ އަހަރުމެންނަށް ގަވާއިދާއި ޚިލާފަށް ނޫޅެވޭ؟ގައުމުން ބޭރުވެސްކުރޭ.އެކަމަކު ބަންގުލާދޭޝް ބޭފުޅުންނަށް މިގައުމުގަ ބޭނުންގޮތަކަށް އުޅެވޭ.ގައުމަށް ފޮނުވާވެސް ނުލެވޭ.މީ އަރަތެއް.މިހިސާބަށް މިކަންތައް ދިޔައީ މިކަހަލަ ވިސްނުމުގެ މީހުން އުޅޭތީ..އަދިވެސް އެމީހުން ހިމާޔަތް ކުރަން.ދިވެހި ފަސްގަނޑުގަ ދިވެހި ފުލުހުން ތަޅާމަރާއިރު ވެސް.

  19. Anonymous

    ބިދޭސީން ނޫނީ ނަޝީދު. މިގައުމު ސަލާމަތް ކުރަންޖެހޭ. ފުރަތަމަ ނަޝީދު ފޮނުވާލައިގެންނަމަވެސް ބޭނުމީ ގައުމު ސަލާމަތް ކުރަން. މީ ސިޔާސީ ފައިދާއަށް ޑިމޮކްރެސީގެ މެޑަލްޖަހަން އަގަ ފުޅާކުރަންވީ ވަގުތެއްނޫން.

    10
  20. އެމަންޖެ

    ކިހިނެއް ފޮނުވާލާނީ ކަލޭމެން ނުގަވައިދުގެނެސް މަސައްކަތް ކުރުވާފަ މުސާރަ ނުދެވޭ.

    3
    1
  21. ބަޓަރު

    75،000 ބޮންދުން އެތެރެކުރީ ކުންފުނިތަކުން އަމިއްލައަށް ތަ ކޮބާ އިމިގްރޭޝަންގެ އިހުމާލު ، އިމިގްރޭޝަނަށް ނޭނގި އެތެރެކުރެވޭތަ؟ ދައްކާ މޮޔަ ވާހަކަ

  22. އަލްޖިބްރާ

    އެއްވެސް ޤައުމެއްގެ ޤާނޫނާއި ޤަވާއިދާ ޚިލާފަށް ބިދޭސީން އުޅޭކަމަށް ވާނަމަ އެޤައުމެއްގެ ސަރުކާރުން އެމީހުން ހޯދާ އެޤައުމަކުން އެމީހުން ޑިޕޯރޓްވެސް ކުރޭ ! ނުވަތަ ހިފާހައްޔަރުވެސް ކުރޭ ! އެއް ޤައުމުން އަނެއް ޤައުމަށް މީހަކު ނުވަތަ ބަޔަކު ދަތުރު ކުރަނީނަމަ ދަތުރު ކޮށްފަދާ ޤައުމެއްގައި އުޅެވޭނެ ޤަވާއިދު ތަކާއި ޤާނޫނުތަށް އެގުމަކީ އެތަނަކަށް ދާބައެއްގެ ޒިންމާއެއް ! އެ ޤައުމަކަށް އަންނަ ކޮންމެ މީހެއްގެ ފަހަތުގައި ފުލުހަކު ނުބެހެއްޓޭނެ ! އެކަމަކު މަނިކުފާނު ތިޔަވިދާޅުވާގޮތުން މިޤައުމުގެ ޤާނޫނުގައި ޤަވާއިދާ ޚިލާފަށް ކަންކުރާމީހުނަށް ދެވޭނެ އެއްވެސް އަދަބެއް ނެތީ ! ދެން ޤާނޫނު ކިޔަނީ ކޮން އެއްޗަކަށް ތޯ ؟ ނުވަތަ މިޤައުމު ހިންގަނީ ޤާނޫނެއް އޮވެގެންތޯ ؟

  23. މިހުރީ ހަނު

    އެއްޗެކޭ ނުބުނަން ހުއްޓަސް ހުރެވޭގޮތެއް ނުވެ މިއަކާއި ހެދި. ދުނިޔޭގެ ކޮންގައުމެއްގައިތޯ ގަވައިދާ ހިލާފު ހުއްދަ ކުރަނީ!

    10
    1
  24. ޙެލޯ

    ޢަންނި މިތާ ހުއްޓަކާ މިގައުމު ސަލާމަތެއް ނުވާނެ...

    9
    1
  25. ސަލާހު

    ދެން އެމީހުންނަށް ރަށްވެހިކަންދީ.

  26. ފިދަނަކަލޯ

    ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ރުހުނަސް/ނުރުހުނަސް ޤަވާޢިދާއި ހިލާފަތް މިރާއްޖޭގެ އުޅުމަކީ ވަރަށް ބޮޑު ކުށެއް. ނަޝީދު ތިވަރުގެ މަޤާމެއްގައި ހުރެގެން ތިހެން ވިދާޅުވުމަކީ މިރާއްޖޭގެ ޤާނޫނަކީ އަންދާ ޤާނޫނެއްކަން ސާބިތުވާ ކަމެއް.

  27. އަޙްމަދް

    ފޮނުވާލާނެކެމެއްނެތް ކަލެގެ ޕާޓިދަފްތަރުގައި ހުރިހާބޭރުމީހުން ޖައްސާ އޭރު އަދި މާސަޅިވާނެ އެވެ.

  28. ޚިޔާލު 3

    އެމީހުންގެ ރުހުމާއި އެކު އެމީހުންގެ ގައުމަށް ފޮނުވާލެވޭނެ ގާބިލުކަން ނެތީކީނޫން މީހުންބޭނުންވާ ދިވެހިންނަށް ކޯޓާއެކު މީހުން ހަވާލުކޮށް ޒިންމާ އުފުލުން ދިވެހިންނާ ހަވާލުކޮށް ގަވައިދާ ޚިލާފުމީހުން ލައްވާ މަސައްކަތް ކު ރުވާ މީހުންނާމެދު ފިޔަވަޅުއަޅަށްވީ. މީހުން އެތެ ރެ ކު ރުން ހުއްޓާލަންވީ.