ހުޅުމާލެ ސަހަރާ މިސްކިތް ކައިރީ ކަންމައްޗަށްވާ ގޮތަށް ފަސްގަނޑުގައި އައިލެންޑް އެކްސްޕާޓްގެ ބިދޭސީ މުވައްޒަފުން ތިބީ ވަރަށް ބޮޑަށް ރުޅިގަދަވެފައެވެ. އެމީހުންނަށް މުސާރަ ނުލިބޭތާ އެތައް މަހެއް ވުމަކީ އެމީހުންނަށް ބަލައިގަނެވުނު ކަމެއް ނޫނެވެ. އޭރު އެމީހުން ހުއްޓުވަން ނުކުމެފައި ވަނީ ހައެއްކަ ފުލުހުންނެވެ. އެކަމަކު، ބިދޭސީންގެ ރުޅިގަނޑު މިފަހަރު އަމާޒުވީ އެމީހުން ހުއްޓުވަން ނުކުތް އެ ފުލުހުންނަށެވެ.

ހުޅުމާލޭގައި ސިފައިންނާއި ފުލުހުންނަށް ހާއްސަކޮށްގެން އިމާރާތް ކުރާ ފްލެޓުގެ މަސައްކަތް ކުރާ ތައިލެންޑުގެ އައިލެންޑް އެކްސްޕާޓުގެ ބިދޭސީ މުވައްޒަފުންނަށް މުސާރަ ނުދީ އެތައް މަހެއް ވަންދެން ގެންގުޅޭތީ އެމީހުން މީގެކުރިން ވެސް ހަޅުތާލު ކުރިއެވެ. ފްލެޓުތަކަށް ގެއްލުން ވެސް ދިނެވެ. އެ ހަމަނުޖެހުންތައް ކޮންމެ ފަހަރަކު ހެން ހުއްޓަނީ ފުލުހުން ގޮހެވެ. އެކަމަކު، މިއަދު ފެނުނީ ބިރުވެރި، ނުރައްކާތެރި މަންޒަރެކެވެ.

ބިދޭސީން ދިރިއުޅޭ ލޭބާ ކުއާޓަރު ކައިރީގައި ތިބެ، އެމީހުން ޑިމާންޑް ކުރަމުން ދިޔައީ މުސާރަ ދިނުމަށެވެ. ހަމަނުޖެހުން ހިންގި ބައެއް މީހުން އޭގެ ކުރިން، ހުޅުމާލޭގެ ބައެއް މަގުތަކަށް އެއްވެ އަޑު އުފުލާފައިވެއެވެ. އޭރުގައި އެމީހުން ކޮންޓްރޯލް ކުރަން އާދައިގެ ޔުނިފޯމްގައި ތިބި ފުލުހުންނެވެ.

މުޒާހަރާގެ ބައިވެރިން ލޭބާ ކުއާޓަރު ކައިރިއަށް އަރާ ހަމަވުމާ އެކު، ފުލުހުންގެ ވެހިކަލް ވެސް އެ ދިމާލުގައި މަޑުކޮށްލިއެވެ. ފުލުހުންގެ ވެހިކަލްގައި ދިޔަ މީހުން ވެހިކަލުން ފައިބައިގެން ގޮސް ބިދޭސީންނާ ވާހަކަތަކެއް ދައްކައި ލޭބަ ކުއާޓަރު ތެރެއަށް ވައްދަން މަސައްކަތް ކުރި ތަން ފެނިފައިވެއެވެ. އެކަމަކު، ދެން ފެނުނީ ފުލުހުންނާ ދިމާލަށް ގަލާއި ލަކުޑި ބުރި ފަދަ ތަކެތި އުކި ނުރައްކާތެރި މަންޒަރެވެ.

އެ މަންޒަރު ދުށް ބައެއް މީހުން ސިފަ ކުރީ "ހަނގުރާމައިގެ މައިދާނެއްގެ" ގޮތުގައެވެ.

ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް މިއަދު ފުލުހުން ހަރަކާތްތެރިވަނީ.

އޭރުގައި އެ ތަނުގައި ޖުމްލަ ތިބީ 10 ވަރަކަށް ފުލުހުންނެވެ. ވެހިކަލް ކައިރީގައި ހަތަރު ވަރަކަށް ފުލުހުން ތިބިއެވެ. ބިދޭސީން އަތު ޖެހުނު އެއްޗެއް އުކަން ފެށުމުން ފުލުހުން ދުވެ ގޮސް ނިވާފަތްގަނޑަކަށް ހެދީ ފުލުހުންގެ ވެހިކަލްއެވެ. ފުލުހުންގެ ވެހިކަލް ފަހަތަށް ވަދެ، ސަލާމަތް ހޯދި އިރު، އެމީހުންގެ އަތުގައި އެއްވެސް ހަތިޔާރެއް ނެތެވެ. އަދި އޭގެ ތެރެއިން ބައެއް ފުލުހުންނަށް އަނިޔާ ވެސް ލިބުނެވެ.

އެވަގުތު، ވެހިކަލް ފަހަތަށް ޖެހެމުން ގޮސް، ވެހިކަލް ކައިރީގައި ތިބި މީހުން ސަލާމަތްވީއެވެ. އެކަމަކު، ފުލުހުންގެ ވެހިކަލްގެ ބިއްލޫރިގަނޑު ވަނީ ތަޅައިގެން ގޮސްފައެވެ. ފުލުހުން ވެހިކަލަށް އަރައިގެން އެ ސަރަހައްދުން ނައްޓާލަންދެން ބިދޭސީން ދިޔައީ ހުއްޓުމެއް ނެތި ގާ އުކަމުންނެވެ. އަދި އެމީހުންގެ ދިފާއުގައި ފުލުހުން އެއްވެސް ކަމެއް ކުރި ތަނެއް އާންމުވެފައިވާ ވީޑިއޯތަކުން ފެނިގެން ގޮސްފައެއް ނުވެއެވެ.

ބިދޭސީން މިއަދު ފުލުހުންގެ ވެހިކަލަށް ގެއްލުންދީފައި.

ފުލުހުންގެ ވެހިކަލް ދިޔަ ފަހުން ވެސް، އެތަނަށް އެއްވެފައި ތިބި އާންމުންނާ ދިމާލަށް ގާ އުކި މަންޒަރު ވީޑިއޯ އިން ފެނެއެވެ. އެމީހުންނާ ދިމާލަށް ގާ ފަދަ ތަކެތި އުކަން ފެށުމުން އާންމުންގެ ރުޅި ވެސް ބިދޭސީންނަށް އަމާޒުވިއެވެ. އަދި ބިދޭސީންނާ ކުރިމަތިލާން ބައެއް ދިވެހިން މަސައްކަތް ކުރިއެވެ. އެކަމަކު، ކޮންމެ ފަހަރަކު ހެން އެކަމަށް ހުރަސް އެޅީ އެ ސަރަހައްދުގައި ތިބި މަދު ފުލުހުންނެވެ.

މި ހަމަނުޖެހުންތަކާ ގުޅިގެން މިހާތަނަށް 40 ބިދޭސީއަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި ހަމަނުޖެހުންތައް ކޮންޓްރޯލްކޮށްފައި ވަނީ މާލެ އިން އެސްއޯ ފުލުހުން ގޮހެވެ. އެސްއޯ ފުލުހުން ދިއުމުން، މުޒާހަރާގެ ބައިވެރިން ލޭބާ ކުއާޓަރުގެ ތެރެއަށް ވަނެވެ.

ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް މިއަދު ފުލުހުން ހަރަކާތްތެރިވަނީ.

އަދި ފުލުހުންނާ މަޝްވަރާ ކުރުމަށް ފަހު، ސުލްހަވެރިވާން ނިންމީ ކަމަށްވެއެވެ.

މި މުޒާހަރާގައި 100 އަށް ވުރެ ގިނަ ބިދޭސީ މުވައްޒަފުން ބައިވެރިވި ކަމަށްވެއެވެ. އައިލެންޑް އެކްސްޕާޓުގެ 200 އަށް ވުރެ ގިނަ ބިދޭސީން މަސައްކަތް ކުރަމުންދެއެވެ.

ސިފައިންނާއި ފުލުހުންގެ ފްލެޓުގެ މަސައްކަތު މީހުންނަށް ހަތް މަސް ދުވަހުގެ މުސާރަ ނުދީގެން އެމީހުން މީގެކުރިން އެތައް ފަހަރަކު މުޒާހަރާ ކުރިއެވެ. އަދި އެމީހުން މުޒާހަރާތައް ހުއްޓާލީ މި މަހުގެ 10 ގައި ގޮތެއް ނިންމާނެ ކަމަށް އެއްބަސްވުމުންނެވެ. އެނގިފައިވާ ގޮތުގައި އެ މުއްދަތުގެ ކުރިން ބިދޭސީންނަށް އެއްކޮށް މުސާރައެއް ނުލިބެއެވެ. އެމީހުންނަށް ލިބިފައި ވަނީ އެއް ބައެވެ.

ކިޔުންތެރިންގެ ހިޔާލު

68 ކޮމެންޓް

  1. އެއްލާލާތި

    ގަވާއިދާއި ޚިލާފަށް ރައްޖޭގައި އުޅޭ ބިދޭސީން ނުޖެހޭނެއޭ އާމްދަނީ ހޯދަން މަސައްކަތް ކުރަން އެއީ އެމެން ކުރާ ގާނޫނީ ކުށެކޭ އެމެންނަށް އޮންނާނެ ގޮތަކީ އެމެން ފެންނަ ތަނަކުން އެމެން ހިފާ ހައްޔަރު ކޮށްގެން އެމެން ބަންގާޅަށް ފޮނުވާލުމޭ މުސާރަ ދިން ތޯ ނޫންތޯ އެއީ ބަލަން ވެސް ޖެހޭނެ ކަމެއް ނޫނޭ އެމެން ޖެހޭނީ ފޮނުވާލަންއޭ ރާއްޖޭން އެމެންގެ ގައުމަށް މިނޫން އެއްވެސް ޗޮއިސް އެއް މީގައި ސަރުކާރުން ދައްކައިގެން ނުވާނެއޭ ބަންގާޅު އެމްބަސީ ވެސް މީގައި ނުބައި ހަދައޭ

    104
    9
    • Anonymous

      ހަސީނާއެއް ބޭނުމެއް ނޫން މިބަޔަކު ގައުމަށް ގެންދާކަށް ހަސީނާއެއްގީ ކަލެމެނަށް ފެންނަ ގޮތަކަށް ކަންކުރުމަށް ކާނެއެތިކޮލެއް ހަސީނާފޮނުވީތީ އެދުވަހުންފެށިގެން ބިދޭސީ ބަންގާލު މީހުން ފުއްޕާފަ . މިބަކާހަވާލުވާބޭނުމެއް ނުވާއިރު މިބަޔަކު ގައުމަށް ފޮނުވާލެވެންވެސްނެތް ކޮވިޑް ޖެހޭލެއް ގިނަވީމަ ގައުމަށް ފޮނުވާލަން ވާހަކަ ދެއްކީމަދިން ޖަވާބު .

  2. އައްޓަމަސް

    ވަގުތުންވެސް ގިނައިން ގެނެސްދެނީ ފުލުހުން ކުއްވެރިކޮށް ބަންގާޅީންގެ ހައްގު ހޯދައިދޭން ކަބަރުތައް ދެން މިޔަދު ކީއްކުރަން ބިރުވެރި މަންޒަރެއް: ބިދޭސީން ހަމަލަދިނީ އަތުގައި ޖެހުނު އެއްޗަކުން! ކިއައިގެން ސުރުހީޖަހައިގެން ނޫހުގައި ލިޔަނީ ބަންގާޅީ މައުސޫމް ކުދިންނަށް ފުލުހުން ހަމަލާދީފިކަމަށް ލިއުންނަމަ ދޯ؟!

    36
    53
    • އެމްޑީޕީ ބުރޯ

      ފުލުހުންނަށް މިކަން ނުވަންޏާ ދިވެހިރައްޔަތުން ނިކުމެ މިކަން ނިންމަން އެބަޖެހޭ! މިއީ ބަންގާޅީ ހައި ކޯމިޝަނުން ރާވައިގެން ދިވެހި ސަރުކާރާއި ގުޅިގެން ހިންގާ ޖަރީމާއެއް! ބޭނުމަކީ ބަންގާޅިންނަށް މި ޤައުމުން ރައްވެހިކަން ދިނުން!

      67
      3
      • އަލިބެއްޔާ

        ރައްވެހިކަން ދޭނެ.. މީ ސަމާސާ ވާހަކައެއް ނޫން.. ބަލަން ހުންނާތި..

        13
        4
  3. ޝޮޓްގަން

    ބިދޭސީން ހޮޕްހޮޕް! ކެތްކޮށްގެން ފިއްތައިގެން ތިބެވޭނީ ވަކިވަރެއްވަންދެން. އެވެސް އިންސާނުން ކާންބޯންޖެހޭ، މިތަނަށް އައިސް މިތިބެނީ އަމިއްލަ ވަޒަންދޫކޮށް އާމްދަނީ ހޯދަން. ދުވާލެއް ރޭގަނޑެއް ނުބަލާ ގުލާނުކޮށްފަ އެތައްމަހެއްގެ އާމްދަނީ ނުލިބުނީމަ ދެރަވާނެ ކޮންމެމީހަކުވެސް. މިކަން ފެށުނީ ކުއްލިއަކަށްނޫން،. މަޝްވަރާކޮށް ހިމޭން އިހްތިޖާޖުކޮށް ގޮތްހުސްވީމަ، އަަމިއްލަ ރަށަށް ފޮނުވާނެ ފައިސާ ނެތްއިރު އަމިއްލަ އަށް ގައިންތާހިރުވެލަން ބޭނުންކުރާ ސައިބޯންޏެއް ގަނެލާނެވަރުވެސް ނެތީމަ. ކިތަންމެހާވެސް ދެރަ!

    68
    28
  4. ހުޅުރާއްޖެ

    މިއީ ޑޮލަރު އަގުބޮޑުވެ ކާބޯތަކެތީގެ އަގުބޮޑުވެ ކަރަންޓް ބިލު ބޮޑުވެ މިކަންކަމާހެދި ރައްޔިތުން މަގުމައްޗަށް ނުކުމެދާނެތީ ކޮންމެވެސް ބަޔަކު އަޑީގައި ތިބެގެން ހިންގާ ދެބޯގެރި ދުއްވުމެއް.

    76
    6
  5. ކުރަންވީއޭ

    ރާއްޖޭގައި ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ލައްވާ ރާއްޖޭގައި މަސައްކަތް ކުރުވުމަކީ އެއީ ގާނޫނީ ގޮތުން މަނާ ކަމެއް މިހާރުވެސް އަލަށް ހަދާ ރިސޯރޓްސް ތަކާއި އަދި އޮޕަރޭޓް ކުރަމުންދާ ރިސޯރޓްސް ތަކުގައި ގިނަ އަދަދަށް ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ދަނީ މަސައްކަތް ކުރަމުންނޭ މީސީދާ ހިއުމެން ޓްރެފިކިންގްއޭ މިކަން ޓޫރިޒަމް މިނިސްޓްރީ އަށް ހުއްޓުވޭނެއޭ އެންމެ ސާރކިއުލާރ އެއް ނެރެ އަދި އިންސްޕެކްޝަން ޕްރޮގްރާމް ބަރާބަރަށް ތަންފީޒު ކުރުމުން މިކަން ހައްލުކުރަން ޓޫރިޒަމް މިނިސްޓްރީން އިސްނަގާނީ ރާއްޖޭގެ އިގްތިސާދު ފުނޑުނީމަތޭ...

    58
  6. ހައްލުކުރޭ

    ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ލައްވާ މަސައްކަތް ކުރުވާ ފަރާތް ވަރަށް ބޮޑު އަދަދަކުން ޖޫރީމަނާ ކުރަން އޮންނަނީ އިމިގްރޭޝަން ގެ ގަވާްއިދުގައި ހިމެނިފައި ދެން އައިލެންޑް އެކްސްޕާރޓް އިން ގަވާއިދާއި ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ލައްވާ މަސައްކަތް ކުރުވުމުން އެމެން އިމިގްރޭޝަންގެ ގަވާއިދުގައިވާ ގޮތުގެ މަތިން ޖޫރީމަނާ ކޮށް އަދި ރާއްޖޭގައި ދެން ވެސް ތިބި ކުންފުނި ތަކާއި މެދު މިގޮތަށް އަމަލު ކުރާނެ ކަން ސަރުކާރުން އިއުލާން ކޮށް ހަދާ 30 ދުވަސް ދޭންވީ އެމެން ގެންގުޅޭ ގަވާއިދާއި ޚިލާފަށް އުޅޭ ބަންގާޅީން ސަރުކާރާއި ހަވާލު ކުރަން އެއިރުން މިކަން ހައްލު ވެގެން ދާނީ...

    31
    • ާއަހުމަދު

      ގަވާއިދާއި ހިލާފަށް އުޅޭބިދޭސިން ލައްވާ މަސައްކައް ކުރުވާ ކުންފުމިތަކާއި މީހުން ކުއްވެރި ނުވޭތަ؟

  7. ފިރުޝާން

    މި ސަރުކާރުން އެބަޖެހޭ ދިވެހި ރައްޖެ އިން ބަންގާޅިން ޑީޕޯޓު ކޮއްލަން ޑީޕޯޓް ކޮއްފަ ބަންގާޅިން ދިވެހި ރާއްޖެ އަށް އައުން އެއްކޮށް މަނާ ކުރަން

    49
    6
  8. ފައިސަލް3

    2023ވޯޓްދޭނީ ބިދެޭސީންގެ ކަންކަން ހައްލު ކުރެވޭވަރުގެ ވެރިޔަކަން. ދަރިންގެ މުސްތަގުބަލައްޓަކާ މިކަން ވަރަށް މުހިއްމު.ގައުމު ބެހިގެން އޮޔާ މިދަނީ ގާނޫނު ނެތިގެނެއްނޫން އެކަން ތަންފީޒު ކުރާނެވަރުގެ ވެރިން ނެތިގެން.

    63
    2
  9. ކާފަ

    އަމިއްލަޔަށް ފޭހާ އިލޮށި އަމިއްލަ ލޮލަށް މިހެރެނީ... ބޮޑު މުސާރަނަގައިގެން ވަރުވަރުން ކޯޓޮތަކާ ތަންފީޒީ އިދާރާތަކާ، ޤާނޫނު ހަދާ މަޖުލީހާ އޮވެގެން މިވަނީ ކޮން ކަމެއް ބާއޭ ހިތައްރައާ.

    49
  10. ނޫނާ ( އޮސްޓްރޭލިޔާ)

    ފުލުހުންގެ ފުރާނައަށް ސަރުކާރުން އިހްމާލުވަނީބާ ؟ހުސްއަތާ މިޒަމާނު ފުލުހުން އެފަދަ ތަންތަނަށް ނެރެނީ ފުލުހުންދެކެ ސިޔާސީބަޔެއްގެ ހިތުގައި އޮތް ޒާތީކަމަކުން ކަމަށް ގިނަބަޔަކު ބުނާތީ އިވެއެވެ.

    55
  11. ފަނި

    ދިވެހި ރައްޔިތުން ފަރުދީ ޒިންމާ ނަގަން ލަސްވެއްޖެ. ގަވާއިދާހިލާފައް އުޅޭ ބިދޭސީން ލައްވައި މަސައްކަތްކުރުން ހުއްޓާލާ. އަދި ފިހާރަތަކާއި ސައި ހޮޓާ ހިންގާމީހުން ދިވެހިން އެއްބަސް ކިޔާފަ މިމީހުން ބޭރުކުރަން ތައްޔާރުވަމާ އޭރުން އެމީހުންނަށް މަޖުބޫރުވާނެ ރަށައް ދާން

    42
  12. ޅަބޭ

    ރަގަޅައް އެހެދީ. އޮއްގާ މީރުތަ؟؟؟! ބިދޭސީންނައް ޕޮލިހުންނާއި ދިވެހި ސަރުކާރުން ކުރާ އަނިޔާ މާބޮޑުވެފަ ލާއިންސާނީ.

    11
    27
    • ،ޗިއްލޫ

      ޢޮއްގާ ކަލެއަށް ރަހަދައްކަންވީދޯ؟ ޕޮލިހުންނަކީ ވެސް މިގައުމުގެ ދަރިން. ޢެމީހުންނެއްނޫން މުސާރަދޭންޖެހެނީ. ،މު،ސާރަނުދިނީމަ ހަމަސްވަންދެކެ މަސައްކަތް ކުރާކަ،ށް ނުޖެހ،ޭ.އަހަރަމެން ރައްޔިތުން ނިކުމެ މި ބޭރުމީހުންގެ ކަންތައް ހަމަޔަކަަށް އަަަ،ޅުވަންވީ. ށަރުކާރަކަ،ށް މިކަމެއްނުވި!!!

  13. ބޯހަލާކު

    ފުލުހުންގެ މުއްއްސަސާގެ ވެރިންފެއިލްވެއްޖެ...ދީނެއް މިއްލަތެއްނެއް...ރާބުއިން އޯކޭ،ﷲއަށް ފުރައްސާ ރަކުރުން އޯކޭވީމަ ދެންވާނެ ހުރިހާކަމެއްވެސް.!!؟
    މުސީބާތަކައްފަހު މުސީބާތެއް، ކޯފާއައްފަހު ކޯފާއެއް..!؟ބިކަހާލުގަ އުޅޭ ބިދޭސީންގެ ލާރިކޮޅުވެސް ނުދީ...!؟އާހިރުގަ އާދައިގެ ޕޮލިސްކުދިންގެދުވަސް މިދަނީ...ﷲމިގައުމު ލާދީނީ ބައިގަނޑުނގެ އަތްދަށުންސަލާމަތްކުރައްވާންދޭވެ.

    40
    3
  14. ރިހި ރާންބާގަސް

    ރާއްޖެއަށް ގަވައިދާ ހިލާފަށް އެތެރުވެ ބޭނުންހާގޮތަކަށް އުޅެފަ ހައްގު ހޯދުމުގެނަމުގަ ހިންގާ މިކަހަލަ ޖަރީމާތަކަށް ސަޕޯޓެއްނެތް! މައްސަލައެއްބެލިކަމުގަވިޔަސް ފުރަތަމަ ސޮފޮހާގެ ފުރަތަމަ އަކުރުގަވެސް ކުއްވެރިވާނީ ގަވައިދާ ހިލާފަށް ރާއްޖޭގަ އުޅޭ ބިދޭސިން! ހައްގުތަކެއް ހޯދަން އެދޭނަމަ ހައްގުގޮތުގަ ހުރޭ!

    29
  15. ހަފްސާ

    ފުރަތަމަ ކުރަންވީ ކަމަކީ ރައްޔެތުން މަޖްލިސް މެމްބަރުންގެ މުސާރަ ހަމަ ދެބައިކުލަ އެއްބަޔައް ކުޑަކުރަންވީ. ދެން ހުރިހާ ސިޔާސީ މަގާމުތަކާ ބޭކާރު ޑެޕިއުޓީ މިނިސްޓަރުންތައް ވަކިކުރަންވީ. ދެން ބޯހިއްލާބަލައިލަންވީ އެހެންދިމަދިމާލައް. ސޯލިހަކައް ޤައުމެއް ނުހިންގޭ. ރޮނީ.

    31
    1
  16. ސޮނިފުހޭ

    މާތް ކަލާކޯ މި އޮތް ސަރުކާރެއް އެ މީހުން ޑީ ޕޯޓް ކޮށް ބަލަ ސައިޒް އޮޅިގެން އުޅެނީ ސަރުކާރުގެ ނާގާބިލު ކަމުން

    34
    2
  17. Anonymous

    ޒިންމާ ނަގަންޖެހޭ ފަރާތްތަކެއް އަބަތިބި މަތިން ތިރިއަށް. އެ ހުރިހާ އެންމެން ހިފާ ހައްޔަރުކުރަންޖެހޭ. 22 މީހުނެއް ނޫން ގައު އުކާތަންވެސް ފެނުނީ. ނުުކުތް އެންމެ.ހައްޔަރުނުކޮށްފިނަމަ މީ ބިދޭސީންނަށް މިޤައުމުގައި ހުޅުވާލަދެވޭ ބޮޑު ޖަރީމާ ދޮރެއް. ކޮބައިތޯ ޕީޖީ މި އެންމެ ޓެރަރިޒަމްގެ ކުށުގައި ހައްޔަރުކޮށް ތަޙްޤީޤްކުރުމަށް ގޮވާނުލީ ކީއްވެ. އެކަކުވެސް ސަލާމަތެއް ނުވާނޭ ނުބުނެވނީ ކީއްވެބާ. މިކަން މާ މައްޗަށް ހިނގައްޖެއް ޤައުމުގެ އަމުނާ ސިލްމަށް ބުރުއަރާފި. ވެރިން ހޭވެރިކަންވާނީ ކޮން އިރަކުންބާ

    22
  18. ތަމެންދޯ

    ތިޔާ ކަމުގައި ހުރަސް އެޅިއްޔާ ހުރަސް އަޅާނީ މަޖްލީހުގެ މެމްބަރުންނޭ އެމެންނޭ އެންމެ ގިނައިން ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ގެންގުޅެނީ ކުރީގައި މަޖްލީހުގެ ނައިބް ރައީސް ކަން ކުރި މީހަކު ވެސް އޭނާ ރިސޯރޓް ހަދަން ގެނައި އެތައް ބަންގާޅުންނަށް މުސާރަ ނުދީ މާލެ ތެރެއަށް އެމެން ދޫކޮށްފައި އެބަހުއްޓޭ މަޖްލީހުގެ މެމްބަރުންނޭ ހުރިހާ ނުބަޔެއްގެ އަސްލަކީ ތަމެންގެ ތެރޭގައި ތިބީ ހުރިހާ ނުބައި ހަދާ މީހުން ތަމެން ހުރިހާ ނުބަޔެއް ހަދަނީވެސް....

    14
    1
  19. Anonymous

    ފުލުހުން ވެސް އަމިއްލަ ދިފާއުގައި ބޭނުންކުރެވޭ ކަހަލަ ވަސީލަތަކާއި އެކީނުނީ ޑިއުޓީއަށް ނުދަންވީ. ހާދަ އަނިޔާއެކޭ ފުލުހުން ނަށް ބިދޭސީން ދިނީ

    14
  20. ައަހުމަދު

    މިއެއްމެން މިޤައުމަށް އަނބުރަ ނާދެވޭގޮތަށް މިހާރުންމިހާރަށް ޑީޕޯރޓްކޮށްލަން ސަރުކާރަށް ގޮވަލަން.

    24
    1
  21. ޙާާޙޫޫޜާ

    ފުލުހުން ކުއްވެރިކޮށް ބަންގާޅީންގެ ހައްގު ހޯދައިދޭން ވީ ފުލުހުންގެ ސަލާމަތައް ކަމެއްކުރިޔަސް ފުލުހުން ގޯސްވާނީ ފުލުހުންގެ މީހާގެ މަގާމު ގެއްލޭނީ.
    ގަވާއިދާއި ޚިލާފަށް ރައްޖޭގައި އުޅޭ ބިދޭސީން ނުޖެހޭނެއޭ އާމްދަނީ ހޯދަން މަސައްކަތް ކުރަން އެއީ އެމެން ކުރާ ގާނޫނީ ކުށެކޭ އެމެންނަށް އޮންނާނެ ގޮތަކީ އެމެން ފެންނަ ތަނަކުން އެމެން ހިފާ ހައްޔަރު ކޮށްގެން އެމެން ބަންގްލަޑޭސްއަށް ފޮނުވާލުމޭ މުސާރަ ދިން ތޯ ނޫންތޯ އެއީ ބަލަން ވެސް ޖެހޭނެ ކަމެއް ނޫން ރާއްޖޭން އެމެންގެ ގައުމަށް މިނޫން އެއްވެސް ޗޮއިސް އެއް މީގައި ސަރުކާރުން ދައްކައިގެން ނުވާނެއޭ ބަންގްލަދޭސް އެމްބަސީ ވެސް މީގައި ނުބައި ހަދައޭ.

    7
    3
  22. ޕޭމް

    އެމީހުން ކުރީ ރަގަޅު ކަމެކޭ ނޫން މި ބުނަނީ . ޢެކަމް އުޖޫރަ ނުދީ މަސައްކުރުވާ ކޮމްޕެނީގެ އިސްވެރިން ކޮބާ. އެމީހުންވެސް ހިލޭ ސާބަހަށް އަނބިދަރިން ދޫކޮށްފަ އައިސް މަސައްކަތް ކުރަން ނުތިބޭނެ

    14
    4
    • އަލިބެއްޔާ

      އަހަރުމެން ދިވެހި މީހަކު ފުލުހެއްގެ ގައިގަ ފެންފުޅިއަކުން ޖަހައިގެން 5 އަހަރަށް ޖަލުގައި އޮންނަން ޖެހުނު.. ތި އިން މީހަކު ޖަލާ ހަމަޔަށް ދާނެބާ.. އެމް.ޑީ.ޕީ ޖޯރޭގެ ދަރި ޝުނާނާ ތެޅިގަންނާނެ މި ބިދޭސީންގެ ޙައްޤު ހޯދަން.. ބަފާ އަންހެނުންނަށް ކުރާ ފުރައްސާރަ ހުއްޓުވަން މާ ތާހިރެންނު..

      1
      3
  23. އޮޅުވާލި ވޯޓު

    ސަރުކާރައް ނިސްބަތްވާ ފަރާތަކުން ފުލުހުންގެ އަގުވައްޓާލުމަޓަކާހިންގާ ޖަރީމާއެއްކަމުގާ ގިނަބަޔަކު ފާހަގަކުރަނީ

    15
    2
  24. ސޮއެފުލް އިސްލާމް

    އަހަރެން މައްސަލަނެތީ ރާއްޖެ އަންނަނީ މަސައްކަތްކުރަން އެކަމު ބޮނޑުމީހާ ފަހުން ފިލަނީ އަހަރެން ނުބައިވަނީ. ކުރިން އަހަރެން ރަނގަޅުވަނީ އެކަމު ގިނަ ލާރި ލިބުނީމަ އަހަރެންގެ މުސާރަ ނުދީ އަދިވެސް ބޮނޑުމީހާ އުޅެނީ އަންހެން ކުދިން ގޮވައިގެން ޝަރާބީ ވައްތަރު ބޮއެގެން. އަހަރެން ބަރާބަރު މަސައްކަތްކުރަނީ އެންމެންގެ ޖަންގިޔާ ދޮންނަނީ ދައްތަގެ ފެޓީސް ދޮންނަނީމަ ލިބެނީ ކުޑަ ސައިބޯނި ގަންނަ ލާރި އެކަމު އެޖެންސީ ނުދެނީ ލާރި. މިއަދު މިވައްތަރު ޖައްސާ ބޮންދު ހައްޔަރުކުރަންވީ ރަނގަޅު ޕޮލިސް. އަހަރުން މިހާ އެވައްތަރު މާރާމާރި ހަދނީމަ ބޮނޑު މައްސަލަ އެއީ. އެކަމު އެމްބަސީ ފްރެންޑްވެސް ލާރި ބޭނުންވަނީ ދިވެހި މީހާ ހެލްޕް ވާންވެސް ލާރި ބޭނުންވަނީ އަހަރެން ކިހިނެއް ހަދާނީ. ޔޫސޭ ބައި ކުރީގައި ބުނަނީ ރަނގަޅު. ދިވެހި މީހާ ހޯދާފަ ޕޮލިސް އެމީހުން މައްސަލަ ބަލަނީމަ ރަނގަޅުވަނީ އަދި އަހަރެންގެ ބޮންދު ފްރެންޑްވެސް ހައްޔަރު ކުރަންވީ މާރާމާރި ހަދަނީމަ މައްސަލަ ނެތީ.

    6
    1
  25. ވަރުވާ

    ދިވެ ހި ފުލުހުންނަށް އަމާޒުކޮށްގެން މި ބިދޭސީން ހިންގާ ލާ އިނސާނީ އަނިޔާވެރި ޢަމަލްތައް ހުއްޓުވަން ރައްޔިތުން ބަލަންނުތިބެ ނުކުންނަންޖެ ހިއްޖެ. ދިވެ ހި ފުލު ހުންނާއި، ސިފައިންނަކީ، އަޅުގަނޑުމެންގެ ދަރީންނާއި، އަޚުން، އުޚުތުން.
    މި ހާރު މި ޤައުމު ބިދޭސީ އިސްތިޢުމާރުގެ ދަށަށް މި ދިޔައީ. މި ހާރު މުޅި މާލެ ތަރުކާރީ މާރުކޭޓު ހަދަ ހަދާފައި ބިދޭސީން ފައިސާ އެއްކުރަން ކުއްޔަށް ދެމުންދާދިއުން ޙައްދުފަ ހަނާ އަޅައިފި. މުޅިރާއްޖެ އެ ހިފަނީ. ޤާނޫނާއި ޚިލާފަށް ހިންގާ ވިޔަފާރިން ފައިސާ އެއްކޮށްގެން. އެފަދަ ބިދޭސީންނަށް ފުރުޞަތުދޭ ދިވެ ހިންގެ މައްސަލަވެސް ބެލެންޖެ ހޭނެ. މި ޤައުމު މިއޮތީ ނުރައްކައުތެރި ޙާލަތެއްގައި.

  26. ވަރުވާ

    ދިވެ ހި ފުލުހުންނަށް އަމާޒުކޮށްގެން މި ބިދޭސީން ހިންގާ ލާ އިނސާނީ އަނިޔާވެރި ޢަމަލްތައް ހުއްޓުވަން ރައްޔިތުން ބަލަންނުތިބެ ނުކުންނަންޖެ ހިއްޖެ. ދިވެ ހި ފުލު ހުންނާއި، ސިފައިންނަކީ، އަޅުގަނޑުމެންގެ ދަރީންނާއި، އަޚުން، އުޚުތުން.
    މި ހާރު މި ޤައުމު ބިދޭސީ އިސްތިޢުމާރުގެ ދަށަށް މި ދިޔައީ. މި ހާރު މުޅި މާލެ ތަރުކާރީ މާރުކޭޓު ހަދަ ހަދާފައި ބިދޭސީން ފައިސާ އެއްކުރަން ކުއްޔަށް ދެމުންދާދިއުން ޙައްދުފަ ހަނާ އަޅައިފި. މުޅިރާއްޖެ އެ ހިފަނީ. ޤާނޫނާއި ޚިލާފަށް ހިންގާ ވިޔަފާރިން ފައިސާ އެއްކޮށްގެން. އެފަދަ ބިދޭސީންނަށް ފުރުޞަތުދޭ ދިވެ ހިންގެ މައްސަލަވެސް ބެލެންޖެ ހޭނެ. މި ޤައުމު މިއޮތީ ނުރައްކައުތެރި ޙާލަތެއްގައި. ބަނގުލަދޭޝްގެ، އިންޑިއާ މީ ހުންގެ އިސްތިޢުމާރުން މި ޤައުމު ސަލާމަތް ކޮށްދެއްވުމަށް ދިވެ ހި ސަރުކާރަށް އިލްތިމާސް ކުރަން.

  27. މުހަންމަދު

    މިއީ ދިވެހި ފުލުހުންދެކެ އަންނަ ރުޅީގައި އަންނި އާއި އިންޑިޔާ ގެ ގެރި މޯދީ ޢާއި ރާވައިގެން ކުރުވާ ކަމެއް. އިންޑިޔާމީހުން ލީޑުކުރާނީ.

    11
    3
  28. އަލީ

    ގުރޫޕް ހަދާގެން ހަމަނުޖެހުންހިންގަންޏާމު ތިބާގަނޑު މާއިތިރިކުރަން ދިވެހިންނުކުންނަން ޖެހިދާނެ، ގެތަކަށް ހަމަލާދީ، ފުލުހުންނަށް ހަމަލާދީ މިކަހަލަ ސަކަރާތެއް މިތާކު ނުޖެހޭނެ. އަދި މުސާރަ ނުދިނަސް، އެހެން ގޮތްތައްވެސް އޮންނާނެ ކަންނޭނގެ.

    10
  29. ދިވެހިސޮރު

    ޕޮލިސް ވެހިކަލް ނުޖެހޭ ފަހަތަށް ޖެހޭކަށް އެމީހުންގަނޑާދިމާލަށް ހެސްކިޔާފަ ޖެހޭނީ މައިތިރިކުރަން ވަންނަން. މީއަޅު އަލަށް އުޅޭބައެއްތަ. އަދި ޕޮލިހުންނާދިމާބަންގާޅ:ން ބަޑިވެސް ޖަހާނެ ބަލަތިބޭ

    12
  30. ކުރާށޭ

    ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ނަށް ރާއްޖޭގައި ކުރާނެ މަސައްކަތެއް ނޯންނާނެއޭ ސަރުކާރުން ގަވާއިދު ތައް ތަންފީޒު ކުރަން ފެށީމާ އެގޮތުން ރިސޯރޓްސް ތަކުގައި އެއްގޮތަކަށް ވެސް ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ނުގެންގުޅެވޭނެ އުސޫލުން ހަފްތާ އަކު އެއް ފަހަރު ރިސޯރޓްސް ތަކުގައި ތިބޭ މުވައްޒަފުން އައި ކޮންޓްރެކްޓަރުންގެ މުވައްޒަފުންގެ ލިސްޓެއް ޓޫރިޒަމް މިނިސްޓްރީގެ ވެބް ސައިޓް ގައި ޝާއިއު ކުރަމުން ދާންވީ އެއިރުން ތިޔާ ކަމުގެ ބޮޑު ބައި ހައްލުވީއޭ

    • އަހާ

      ކުންފުނިތަކުން ނުވާވަރަށް މަސައްކައްނަގާފަ އެމީހުންލައްވާކުރުވަނީ ބަޔަކަށް ކަޓެއްލިބޭގޮތައް

  31. މާނޫ

    ހ ބުނި ކެ ކކޮބާ އިބުރާހހިހިންމުހައްމަދު ސާާލިހހހހހހހހ ކެނެރީގެ އަންނި މިގައުމު ވިއްކަގެން ވެރިކަމައްއާާސް ބަންގާޅުން ލާދީނީ މީހުން މިގައުމުގެ ފުލުހުހުހުންހނައް އަނިޔާކޮށް މިގައުމުގެ ކަރާމާ ނަގަލައި ހަދާކޯ މަޖިލިސް ގޭޑެ އިނބިލިސް ގަނޑު ހުޝިހެހ ހެއި ތަކައް އައްބާ ގެން ނަހިޝެ ލާރިލިބުނަސް ނުލިބުނަސް އެމީހުން ގައުމުން ބަލަން އުޅޭ މިގައުމައް ޖެހިފަތިބި ސުންފާމރން މިމުޑުދާރުކަމުން ސަލާމަތް ކުރައްވާށި އާމީން

    6
    2
  32. ނާސިރު

    ނާޤާބިލް ސަރުކާރަކަށް ކުރެވޭނެ އެއްވެސް ކަމެއްނޯންނާނެ.

    20
    3
  33. ނުވެއޭ

    ހުޅުމާލޭގައި އަޅާ ފުލުހުންގެ ފްލެޓްސް ތައް އިމާރާތް ކުރުމުގެ މަސައްކަތް ކުރާ ބިދޭސީ މުވައްޒަފުންގެ ތެރޭން ހަމަ ނުޖެހުން ހިންގީ މުޅިން ވެސް ބަންގްލާދޭޝް މީހުން ކަމަށްވާނަމަ އެއީ މުޅިން ވެސް ގަވާއިދާއި ޚިލާފަށް އުޅޭ ބަންގާޅީންނޭ ދެން ކީއްވެގެންތޭ ފުލުހުން އެ އެންމެން ހައްޔަރު ނުކޮށް ހަމަ އެކަނި 40 މީހުން ހައްޔަރު ކުރީ އެކަމުގައި ބައިވެރިވި އެންމެން ހައްޔަރު ކުރަން ޖެހޭނެއޭ ފުލުހުން ނަށް އަމަން ނުބެލެހެއްޓެއޭ މާލެ ސަރަހައްދުގައި ނުބެލެހެއްޓެއޭ ނުބެލެހެެއްޓޭ

    3
    2
  34. ތިބޭތި

    ކިއެއްވެތޭ ފުލުހުންނަށް ހަމަލާ ދިން ބިދޭސީންގެ ތެރޭން ވަކި ބަޔަކު ހައްޔަރު ކުރީ މާލެ ސަރަހައްދުގައި މުޒާހަރާ ކުރުމަކީ މަނާ ކަމެއް ބިދޭސީން ނަށް ކުރެވިގެން ނުވާނެ އެކަން އެކަން ކުރި ހުރިހާ މީހުން ވެސް ޖެހޭނެއޭ ހައްޔަރު ކުރަން އަދި އެމެންގެ ބަޔާން ތައް ނަގަން އެހާ ފަސޭހައިން ތިޔާ ކަން ނިންމައިގެން ނުވާނެއޭ ދެން ނިކުންނަންވީ މަމެން ދިވެހިންތާ ތިޔާ ކަން ހައްލު ކުރަން ފުލުހުންނަށް އެދުވަހަކު ކައިރި ނުވާތި މަމެން ނިންމާނަން ތިޔާ ކަން ވަންޓަޗް އިން ތަމެން އެދުވަހު ކުޅި ވަރު ބަލަން ތިބޭތި މަމެން ނުދާނަން ބަންގާޅުން ގާ ފީންނެއް އުކި ނަމަވެސް ފަހަތަށް މަމެން ދުއްވައިގަންނާނީ އެމެންނާއި ދިމާލަށް ލަޔަން އެއް ދާ ދެން ވާ އެއްޗެއް ވާންވީ އިނގޭތޭ...

    3
    1
  35. Anonymous

    ފުރަތަމަ ބަންގާޅިންގެ ވިޔަފާރިއަށް ހުއްޓުވަންވީ! އެމީހުން ޑީޕޯޓެއްނޫން ކުރަންވީ! ސީދާ ޖަލަށް ގަޅާލަންވީ!!

    7
    1
  36. ތަމެންދޯ

    ރާއްޖޭގައި ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން އެންމެ ގިނައިން ގެންގުޅެނީ އަލަށް ހަދަމުންދާ ރިސޯރޓްސް ތަކުގައޭ މިހާރު ވެސް މާލެ އަތޮޅު ގާފަރު ގާތު އަދި ތުލުސްދޫ ގާތު ހަދަމުންދާ ދެ ރިސޯރޓްގެ %95 އެއީ ގަވާއިދާއި ޚިލާފަށް އުޅޭ ބޭރު މީހުންނޭ އެކަން އިނގޭ ޓޫރިޒަމް މިނިސްޓްރީ އަށް ވެސް ދެން ޓޫރިޒަމް މިނިސްޓްރީން މިކަމަށް އަނދިރި ލޮލަކުން ބަލަނީ އެއީ އެކަމަށް ހިތްވަރު ދިނުން ނޫން ދެން ކޮން ކަމެއްތޭ ރިސޯރޓް އޮންނަނީ ޓޫރިޒަމް މިނިސްޓްރީގެ ބެލުމުގެ ދަށުގައި ދޯ

    4
    1
  37. ދިސްވޭއޭ

    ސަރުކާރުގެ ޕްރޮޖެކްޓެއް ރާއްޖޭގެ އަމިއްލަ ކުންފުނި ތައް މާލޭގައި ހުއްޓާ ތައިލެންޑްގެ އަޑުވެސް ނާހާ ކުންފުންނަކަށް ދޭން ޖެހުނީ ރައީސް ވަހީދުގެ ވެރިކަމުގައި އެއީ ކީއްވެތޭ އެއީ ކަޓް ޖައްސަން ވެގެން ކުރި ކަމެކޭ ލޯނެއް ނަގައިގެން ނޫން މިކަން ކުރަނީ މިކަން ކުރަނީ ސަރުކާރުން ކުރާ މަސައްކަތް ތަކަށް ފައިސާ ދޭ ގޮތަށް ދެން ކިއެއްވެތޭ ތައިލެންޑްގެ ކުންފުންނަކަށް މި ޕްރޮޖެކްޓް ދިނީ އެއީ އެއިރުން ތައިލެންޑަށް ގޮސް ކަޓް ފައިސާ ސިޔާސީ ބޮޑުންނަށް ނެގޭނެތީއޭ އެއީ އޭ ސަރުކާރުގެ ޕްރޮޖެކްޓްސް ތައް ދިވެހި ކުންފުނި ތަކަށް ނުދީ ބޭރު ގައުމު ތަކުގެ ކުންފުނި ތަކަށް ދޭ ގޮތަކީ...

    3
    1
  38. އަތުލާށޭ

    ގަވާއިދާއި ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ލައްވާ މަސައްކަތް ކުރުވި ނަމަވެސް އެމެންނަށް ދޭން ޖެހޭނެ މުސާރަ އެއް ނޯންނާނެއޭ މަމެން އެކަމެއް ޤަބޫލެއް ނުކުރާނަމޭ ސަރުކާރުގެ ވެސް ސްޓޭންޑަކަށް ވާން ޖެހޭނީ މިކަމޭ ސަބަބަކީ އެމެން ވިސާފީ ނުދައްކާ އަދި ޖޫރީމަނާ ފައިސާ ނުދައްކާ ފުރަތަމަ އެމެން ދައްކަން ޖެހޭ އެފައިސާ ދައްކާއިރު އެމެން އޮންނާނީ ސަރުކާރަށް ދަރާފައި މީ މިކަން ކުރަން ޖެހޭނެ ގޮތަކީ އެއީ މާފުކުރެވޭނެ ފައިސާ އެއް ނޫނޭ އިންޝުއަރެންސް ރެމިޓެންސް ފައިސާ ކޮބާ އެފައިސާ ފުރަތަމަ އެމެން އަތުން އަތުލަން ޖެހޭނީ...

    1
    3
  39. ކުރާތި

    ފުލުހުންނަށް އޮށް ގަލުން ހަމަލާ ދިން އިރު ރައްދުގައި ފުލުހުން ދުވީ އޮށް ގަލުން ފިލަންއޭ މީ ލަދު ގަންނަން ޖެހޭނެ ކަމެކޭ މިހެން މިވީ އެއީ ފުލުހުންގެ އިދާރާގެ އަގު ވައްޓާލަން ވެގެން މަޖްލީހުގައި ތިބި ސަރުކާރަށް ތާއީދު ކުރާ މެމްބަރުން ސިސްޓަމެޓިކް ކޮށް ފުލުހުންގެ އަގު ވައްޓާލަމުން ދާތީއޭ މިކަމުގައި ފުލުހުންގެ އިސް އޮފިސަރުން ތަކެއް ތެދުވެ އެބަޖެހޭ ރައީސް އިބޫ އާއި ބައްދަލު ކޮށް މަޖްލީހުން މިކުޅި ހުއްޓާލަން އެދެން ޓޫރިޒަމް މިނިސްޓްރީގެ އަންހެން ކުދިންގެ ހިތްވަރު ފުލުހުން ދެކޭށޭ ދެކޭށޭ ތަމެންގެ ހައްގު ހޯދަން ތަމެން ރައްޔިތުން ހޮވާފައިވާ ރައީސް އާއި ބައްދަލުކޮށް ތަމެންގެ ކަން ބޮޑުވުން ފާޅު ކުރުން އެއީ ގާނޫނީ ގޮތުން ކުށެއް ނޫނޭ ކުށެއް ނޫނޭ ކުށެއް ނޫނޭ ކުށެއް ނޫނޭ...

  40. ދިސްވޭ

    މުސާރައިގެ މައްސަލައިގައި ބިދޭސީންގެ ބޮޑު ހަމަ ނުޖެހުމެއް ހިނގައިގެން މިދިޔާ ސަރުކާރުގެ ޕްރޮޖެކްޓެއްްގެ މަސައްކަތް ކުރުމަށް އެމަސައްކަތް ކުރާ ކޮންޓްރެކްޓަރ ރާއްޖޭގައި ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ތަކެއް މާލެ ތެރޭން ނަގައިގެން އެމެން ލައްވާ މަސައްކަތް ކުރުވާ އެމެންނަށް މުސާރަ ނުދޭތީއޭ އާންމު ކޮށް ސަރުކާރުގެ ކޮންޓްރެކްޓްސް ތައް ނަގާ ކޮރަޕްޓް ކޮންޓްރެކްޓަރުން ކުރާ ކަމަކީ ބިދޭސީން މިގޮތަށް ނަގައިގެން މަސައްކަތް ކުރުވާފައި އެމެންނަށް އެއްވެސް ފައިސާ އެއް ނުދެއޭ އެއީއޭ މިކަން ހިނގާ ގޮތަކީ ސަރުކާރުގެ ކޮންޓްރެކްޓްސް ތައް ގިނަ ކޮންޓްރެކްޓަރުން ތައް ނަގަނީ ނުއަގުގައޭ އެއީއޭ މިކަން މިގޮތަށް ދިމާވާ ގޮތަކީ...

  41. އިބޫހޫހޫ

    އިބްރާހިމް ސޯލިހް އިސްތިއުފާ ދޭށޭ. ދީފަ ޤައުމު ހިންގޭ މީހަކާ ހަވާލު ކުރާށޭ، ނުރޮއެ.

    7
    1
  42. ފެނޭދޯ

    މުސާރައިގެ މައްސަލައިގައި ބިދޭސީން މުޒާހަރާ ކުރަނީ އެމެން ކޮށްފައިވާ ހިތި ތަޖްރިބާ ތަކުގެ ސަބަބުންނޭ ރާއްޖޭގެ ފުރަމާލޭގައި ނަގާ ކިޔާ ބޮޑެތި ކޮންސްޓްރަކްޝަން ކުންފުނި ތަކުގައި ދުވަސްވެފައި ތިބޭ ދިވެހިން މިކުރާ ކަމަކީ ރާއްޖޭގައި ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން އެއްކޮށްލައިގެން ގްރޫޕެއް ހަދައިގެން އެގްރޫޕަށް އެ ކޮންޓްރެކްޓަރގެ މަސައްކަތް ދީގެން އެމެން އަތުން ކަޓް ނެގުން ކަމަކަށް އޮންނަނީ ދެން ކަޓް ނުދޭ ގްރޫޕްސް ތައް މުސާރަ ނުދީ ރިސޯރޓް އިން ބޭރުކޮށްލަނީއޭ މީއޭ ބިދޭސީން މިހާރު އެގޮތަށް ދޫނުކޮށް މުޒާހަރާ ކުރާ ކަމަކީ..

  43. އެމަންޖެ

    މިސަރުކާރު އަޑީގަ އޮވެގެން ކުޅޭ ކުޅިވަރެއްމީީ ، ތިޔަ ފުލެޓުތަކެއްވެސް މިސަރުކާރައް 20 އަހަރުން ނިންމުނަސް ރަނގަޅު.

  44. ގެނޭގެނޭ

    މިހާރު މިރާއްޖޭގައި ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ގެ ފަރާތުން ހިނގަމުންދާ ހުރިހާ ޖަރީމާ ތަކަށް ޒިންމާވާން ޖެހޭނެއޭ މީގެ 2000 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ އިމިގްރޭޝަން ކޮންޓްރޯލަރ ކަން ކުރި އެންމެން އެ ހުރިހާ މީހުން މަޖްލީހުގެ ކޮމެޓީ ތަކަށް ހާޒިރު ކޮށްގެން އެމެންނާއި ސުވާލު ކުރަންވީއޭ މަމެންނަށް ޔަގީނޭ އެމެންނަށް ބައިއަޅާ ކިތަންމެ އެޖެންޓުންނެއް ތިބޭނެ ކަން ޔަގީނޭ ޔަގީނޭ ޔަގީނޭ ކޮބާތޭ ވަގު ޑީބީ އެކަލޭގެ ގެނޭ މިހާރު މާލެ އަށް ގެނޭ ގެނޭ ގެނޭ ގެނޭ

  45. ކިއެއްވެތޭ

    ސަރުކާރުގެ ޕްރޮޖެކްޓެއްގައި ކީއްވެގެންތޭ ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ލައްވާ މަސައްކަތް ކުރުވަންވީ ސަރުކާރުގެ ޕްރޮޖެކްޓްސް މަސައްކަތް ކޮންޓްރެކްޓަރު ކުރާއިރު ވެރި ފަރާތް ތަމްސީލް ކުރަން އެެއްވެސް ބަޔަކު އެސައިޓް ގައި ނުތިބޭ ކަމާއި ކޮންޓްރެކްޓަރ އަށް ފެންނަ އެއްޗެއް ކަން ހަދަނީ ތިޔާ ފުލުހުންގެ ފްލެޓްސް ތަކުގެ ފާރުތަކުގައި ޖަހަނީ ޕެނަލްސް ތަކޭ މަމެން ހުވައޭ ކިރިޔާ ބިމަށް ލޮޅުމެއް އައި ނަމަވެސް ތިޔާ ހުރިހާ ފާރުތައް ހުންނާނީ ބިންމަތީގައޭ...

  46. އާމިނާބީ

    މިއީ ކުއްލިއަކަށް ވީކަމެއް ނޫން. އަދި މީގަ ގޯހީ އެބިދޭސީންނެއްވެސް ނޫން. ގަވާއިދާ ޚިލާފަށް އެމީހުން މިތަނަށް އެތެރެކޮށް މަސައްކަތް ކުރުވާފަ މުސާރަނުދީ ތިބި މުއްސަނދި ފައިސާވެރިން. އެމީހުންނަށް ފިޔަވަޅު އަޅާބަލަ. ކެރޭނެ؟

  47. ދަވަގާ

    މުސާރައިގެ މައްސަލައިގައި ބިދޭސީންގެ ބޮޑު ހަަމަނުޖެހުމެއް ހިނގައިފިނަމަ ތިޔާ ކަމުގައި ޒިންމާވާން ޖެހޭނީ ސީދާ ސަރުކާރުންނޭ ސަބަބަކީ އެއީ ކޮރަޕްޝަންގެ އުސޫލުން ކަޓް ކާން ވެގެންނޭ ސިފައިންނާއި އަދި ފުލުހުންގެ އިމާރާތް ކުރަން ތައިލެންޑްގެ ކޮންޓްރެކްޓަރ އަކާއި ހަވާލު ކުރީ ތިޔާއީ މިޒާތުގެ އެއްވެސް މަސައްކަތެއް ކުރިން ކުރި ބަޔެއް ނޫނޭ މާލެ ސަރަހައްދުގައި އުޅޭ ބޮޑު ވަގަކާއި ރައީސް ވަހީދުގެ ވެރިކަމުގައި ސިޔާސީ މަގާމް ގައި ހުރި ބޮޑު ވަގަކާއި ގުޅިގެން ހިންގާފައިވާ ވައްކަމެކޭ ތިޔާއީ ތިޔާއީ ބޮޑެތި ވަގުންނޭ...

  48. ފަރުހާދު

    ސިޔާސީ ކަންކަމުގަ ވަރަށް އިންޓެލް ރަނގަޅުވާނެ އެހެންކމަމެއްގައި ކަންނިމޭއިރުވެސް އެކަމެއް ނޭންގޭނެ.

  49. ދިސްވޭ

    މުސާރައިގެ މައްސަލައިގައި ބިދޭސީންގެ ބޮޑު ހަމަ ނުޖެހުމެއް ދިޔަ ނަމަވެސް ތިޔާ ކަމުގައި ޒިންމާ ވާން ޖެހޭނީ ސަރުކާރުންނޭ ސަބަބަކީ ރާއްޖޭން ބޭރުގެ ކޮންޓްރެކްޓަރުން އައިސް ރާއްޖޭގައި ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ލައްވާ މަސައްކަތް ކުރުވާއިރު އެމެން އެކަން ކުރާ ކަން ވެސް ސަރުކާރަށް އިނގޭ ސަންކެން ލަންކާ ކިޔާ ކުންފުންނަކުން ރާއްޖެ އައިސް ރާއްޖޭގެ ރިސޯރޓްސް ތައް ހަދާއިރު މުޅިން ވެސް ގެންގުޅެނީ ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންނޭ މިކަން އިނގޭ ޓޫރިޒަމް މިނިސްޓްރީ އަށް ވެސް ޓޫރިޒަމްގެ ސިޔާސީ މަގާމް ތަކުގައި ތިބޭ މީހުންނަށް ލަންކާ ދެކޮޅު ޓިކެޓް އަދި ލަންކާ ގައި ހުންނާނެ ފައިވް ސްޓާރ ހޮޓަލެއް ދިނީމާ އެކަން ހަމަ ޖެހުނީއޭ އެއީއޭ ތިޔާ ވައްކަން ލަންކާ ކުންފުނިން ކުރާ ގޮތަކީ...

  50. އެހެންތޭ

    އައުޑް ޑޯރ ހަދަން 60 ރަށަކަށް ބޭނުންވާ ޖިމް ސާމާނު އިންޑިއާ އިން ދިން ނަމަވެސް ތިޔާ ހުރިހާ ތަކެތީގެ އަގު ނާރާނެ ދޯ 2 މިލިއަން ރުފިޔާ ވެސް ތަމެން ނަށް ހީވަނީ މަމެން ނުދަންނަ ވިޔަފާރިއެއް ކަންތޭ ތިޔާއީ ދެން ތިޔާ އައުޓް ޑޯރ ޖިމް ދަ ރާއްޖެތެރޭ ގައި ކޮން ރަށެއްގައި ކޮން ބަޔެއްތޭ ބޭނުން ކުރާނީ އެމެން އެއުޅެނީ އަތުން ފައިން މަސައްކަތެއް ކުރަން ޖެހިދާނެތީވެ ކަން ބޮޑުވެގެންނޭ އެމެން ބަދަލުގައި ގަވާއިދާއި ޚިލާފު ބަންގާޅުން ފެގް ބޯނީ ތިޔާ ތަނުގައި ތިބެގެން

  51. މިއަދު

    މުސާރަދޭނެފައިސާނެތިއްޔަ މަިހުންލައްވާ މަސައްކަތް ނުުކުރުވަންވީނު ސަރުކާރުގައި ފައިސާނެތިއްޔަ ޕްރަޖެކުޓްތައް ނުހިންގަންވީނު
    ބިދޭސީންނަށް މުސާރަނުދިނުމާއި ރޭޕްކޭޝްތައް ގިނަވުމުން މުޅިގައުމު ފަޞީހަތްވެ ނިމިއްޖެ

  52. ކުރަންވީއޭ

    މުސާރަ ނުދީ އޮތަސް އެމެންނަށް ހަމަ ނުޖެހުން ނުހިންގޭނެއޭ އެހެން ނޫން އެމެންނަށް ހިމޭން އިހްތިޖާޖެއް ކުރެވިދާނެއޭ މަސައްކަތް ކުރާ ސައިޓް ގައި އެއީ އޭ ޑިމޮކްރަސީ ގައި އެކަން އޮންނަ ގޮތަކީ މިއަދު އެމެން އެކުރި ކަންކަމަކީ އެއީ ސީދާ ޖިނާއީ ކުށްތަކޭ އެކަމުގައި ބައިވެރިވި އެންމެންނަށް ދައުވާ ކުރެވެން ޖެހޭނެއޭ ފުލުހުން މިކަމަށް ފަސް ޖެހެނީ އެއީ ކީއްވެތޭ މިއަދު ފުލުހުން މިކަމަށް ފަސް ޖެހިއްޖެނަމަ ދެން މިގައުމުގެ އަމާން ކަން ގެއްލިގެން ދިޔާ ކަން އެއީ ފުލުހުން ދަންނަން ޖެހޭނެ ކަމެކޭ ފުލުހުންގެ ބާރު ކަނޑުވާލަން މަޖްލީހުން މަސައްކަތް ކުރާތީވެ ފުލުހުންގެ އޮފިސަރުން މިކަން އެބަޖެހޭ ރައީސް އިބޫގެ ސަމާލު ކަމަށް ގެނެސް ދޭން ޕެޓިޝަނެއްގައި ސޮއި ކުރަން ނަމަވެސް ނުވަތަ ރައީސް އޮފީހަށް ގޮސްގެން ރައީސް އިބޫ އާއި ބައްދަލު ކޮށް މިކަން ބޮޑުވުމުގެ ވާހަކަ ދައްކަން މަޖްލީހުގެ ރައީސް އެ ދަނީ ސިސްޓަމެޓިކް ކޮށް ފުލުހުންގެ އަގު ވައްޓާލާ ފުލުހުންގެ މުވައްސަސާ ގެ ބާރު ކަނޑުވާލަމުންނޭ އިހަށް ނުވި ރައްކަލެއް ފަހުން ނުވެވޭނެއޭ ފުލުހުންގެ އޮފިސަރުން އެބަޖެހޭ ފުލުހުންގެ މުވައްސަސާ ހިމާޔަތް ކުރަން ނޫ އެއްގޮތަކަށް ވެސް ގާނޫނީ ގޮތުން މަނާ ކަމެއް ނޫނޭ...

  53. ޙަސަނާ

    ކޮން އައިލެންޑު އެކުސްޕާޓެއްތަ ބަލާބަލަ އެ 200 މީހުންނަކީ އެމީހުންގެ ކޯޓާގަ ތިބިމީހުންތޯ އެވަރުވެސް ކޮއްނުލެވޭ މިނިސްޓަރެއްބާ މީ އަންގަބަލަ މިއަދުންފެށިގެން ދިވެހި ގާނޫނާ ޚިލާފައް މިގައުމުގާ އުޅޭ އެއްވެސް ބިދޭސީ އަކުލައްވާ މަސައްކަތް ކުރުވުމަކީ މަނާކަމެކޭ އަދި އެފަދަ މީހުންވެސް ތަންތަނައް ނުކުމެ މަދައްކަތްކުރުމަކީ މަނާ ކަމެކޭ މިގޮތައް ތާއަބަދު ދޫދީގެންތިއްބާ ދިވެހިންގެ ބަޔަކު ގެ ފުރާނަތަކެއްދުއްވާލަންވެސް މިބައިމީހުން ފަހަކައްނުޖެހޭނެ..

  54. ރުމޭ

    ބޮޑު މަންޒަރު ފެންނަންމިއުޅެނީ

  55. ޢަޒްރާ ޢަލީ

    މިގައުމުގަ ބަނގާޅީންގެ ބާރު ގަދަ ނުވޭ ދުވަހަކުވެަްސް މީ ބިރުވެރި ހިތާމަ ވެރި މަނޒަރެއް ޝެއިޚް ޙަސީނާއައް ގުޅާފަ ގޮތެއް ނ8ންމާ

  56. ތަމެންދޯ

    އަޅެ އިންޑިއާ އަށް ކެރޭނަމަ ހުޅުމާލޭގައި 150 ބުރީގެ 40 ހާސް އަކަފޫޓް ފްލޯރ އެއްގައި ހިމެނޭ ހޮސްޕިޓަލެއް އަޅާލަބަލަ މިހާރުވެސް ޗައިނާ ގާތު ބުނާ އިރަށް އެމެން އަޅާދޭނެ ކަން އެއީ މަމެންނަށް ޔަގީން ކަށަވަރޭ ތިޔާ އައުޓް ޑޯރ ޖިމް އިކްއިޕްމެންޓް ދެން ތިޔާއީއޭ ކިއެއްކުރާ އެއްޗެހި ތަކެއްތޭ މަމެން ތަމެން ގާތު ސާފުކޮށްލަން ބޭނުންވެއޭ ތިޔާގެ އަގު ނާރާނެއޭ އެއް މިލިއަން ޑޮލަރަށް ވެސް ދޯ ތިޔާއީ ދެން ޗިޕްސް ދޯ މަމެން ބަލާއިރު..

  57. ޢަޒްރާ ޢަލީ

    ބިދޭސީ މީހުން މުސާރަ ނުލިބުނީމަ ހާޖާނު ހަދާ ތަޅާ ފޮޅަން ތިބޭ ބައެއްތަ ފުލުހުންނަކީ މުސާރަ ނުދެނީ ފުލުހުންތަ ބަންގާޅީން ލައްވާ މަސައްކަތް ކުރުވަނީ ބަންގާޅިންނައް ހޯޕް ކިޔަން ރަނހަޅު ތީ ބަންގާޅީން ނަމަ އެކަމު ތީ ވެސް ހަމަ ސިވެހިން އަހަރެމެންނައް ތިއިން އެއްވެސް ގައުމެއްގަ ނޯންނަ އާރާއި ބާރު ބަނގުލަދޭޝް އިންޑިއާ ސްރީލަންކާ މީހުންނައް މިގައުމުގަ އޮވޭ އެއީ ވ ބޮޑު މައްސަލައެއ1

  58. ގައިދުރު

    ބަންގްލަދޭޝް މީހުން އެކި ގައުމުތަކަށް މަސައްކަތު ދަނީ، އެޖެންޓުނަށް ފައިސާދައްކައި، ހިސާބު ޖަހައި، މި ކުރަނީ އިންވެސްޓެއްކަން އެނގިތިބެ. ރާއްޖޭގައި ތިބީވެސް ހަމަ މި އުސޫލުން އިންވެސްޓުކޮށޮގެން އައިސްތިބިމީހުން! މި މީހުންނަކީ ބޯގޯސް ބައެއްނޫން!.. އެެއް ގޮތަކަށްވެސް ބައެެއްމީހުންނަށް ދެރަގޮތާއި، ނިކަމެތިކަން، ބައެއް ދިވެހިންގެ ފަރާތުން ދިމާ ނުވާ ވާހަކައެއް ނޫން! ގިނަ ބޭރުމީހުންނަކީ ރާއްޖޭގައި ހަމަޖެހިގެން އޮންނަ އުސޫލު ތެރޭ އުޅޭމީހުން!

    އެއްވެސް ބޭރުބަޔަކަށް މި ގައުމުގެ ފުލުހުންނަށް މި ގައުމުގައި ތިބެ އަނިޔާއެއް ނުކުރެވޭނެ! ކުރެވެން ޖާގަ ދެވިގެންވެސް ނުވާނެ! މީކީ ބަންގްލާދޭޝްއެއް، އިންޑިޔާއެއް އަދި ސްރީލަންކާއެއްވެސް ނޫން! މީ ދިވެހި ބިން، ދިވެހި ރާއްޖެ! ގޯހަކަސް، ރަނގަޅަކަސް މީ ދެވެހިރާއްޖެ! ތިމީހުން ތިގޮތަށް ނިކުމެ ދިވެހި އާއްމު ފަރުދަކަށް ގެއްލުންދޭ ދުވަހަކީ މި ކަންތައް ބޮއްސުންލާނެ ދުވަސް!

  59. ނެތެއްނުން ސަލާމަތެއް

    މުސާރަ ނުދީ ގެން އެބަޔަކު ކުރިމަތިލާން ޖެހެނީ ފުލުހުންނާތަ ؟ މުސާރަނުދީ މަސައްކަތް ކުރުވި ބައަކާކުރިމަތިނުލީ ކީއްވެ؟ ކީއްވެ ފުލުހުން ހަތިޔާރެއްނެތި އެބަޔަކާކުރިމަތިލީ . ؟ކީއްވެ ރަބަރު ވަޒަން ބޭނުން ނުކުރީ؟ ކީއްވެ ޖައްވައް ފަޒާ އަށް ބިންގަޑަށް ބަޑި ނުޖެހީ ؟ ފުލުހުންގެ އަމިއްލަ ސަލާމަތަށް އެއްވެސް ކަމެއް ކުރުމުގެ އިޚްތިޔާރު ލިބިގެން ނުވަނީތަ ؟ އެބަޔަކާ ކުރިމަތި ލި ފުލުހުންނަށް މިއަދު ކަމެއްވިނަމަ ރައިސްއިބޫ ރައިސަށް ދޭނީކޮންޖަވާބެއް؟ . ފޭލިވީމަރައްޔިތުންތަ އޭގެ ޒިންމާނަގަން ޖެހެނީ ؟ކީއްވެ މުސާރަ ނުދެވެންވީ ؟ގާނޫނާގަވާއިދާހިލާފަށްއުޅޭބަޔަކަށް ކުށްވެރިނުވެ ރައްޔިތުންގެސަލާމަތަށް ނުރައްކާ ކުރާހިސާބަށް ދެވެންވީ ކީއްވެ ؟ކާކު އެބަޔަކަށް އެބާރުދިނީ ؟ފޮނުވާނުލެވެންވީކީއްވެ ؟ ގައުމުގެ ސަލާމަތަކާއަމަން އަމާންކަންތަ މުހިއްމީ ؟ ގަވާއިދާހިލާފަށްއުޅޭ ބިދޭސީން ހިތައްއެރިހާކަމެއް ކުރަންދެން ބަލަން ތިބޭނީތަ ؟

  60. އެމްޑީ ހަސަން

    ބަންގާޅީ ނުކިޔޭނެ. ކަލޭމެން ޖެހޭނީ މުސާރާ ދޭން. އެހެން ނޫނީ ތަޅާ ވެއްޔަށް ހަދާނަން

  61. ބުރޯ

    ސާބަހޭ ބިދޭސީންނަށް