ހުޅުމާލޭގައި ސިފައިންނާއި ފުލުހުންނަށް ހާއްސަކޮށްގެން އިމާރާތްކުރާ ފްލެޓުތަކުގެ މަސައްކަތް ކުރާ ތައިލެންޑުގެ އައިލެންޑް އެކްސްޕާޓުގެ ބިދޭސީ މުވައްޒަފުން، މުސާރަ ނުލިބޭ މައްސަލައިގައި މުޒާހަރާކޮށް ހަމަނުޖެހުން ހިންގައި ފުލުހުންނަށް ހަމަލަ ދިނުމާ ގުޅިގެން ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް އެކަން ކުށްވެރި ކުރައްވައިފިއެވެ.

މަހްލޫފް މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބިދޭސީން ފުލުހުންނާ ކުރިމަތިލައި ގެއްލުން އަދި އަނިޔާ ދިން މައްސަލަ ކުށްވެރި ކުރައްވާ ކަމަށެވެ. އަދި ހިޔާލުފާޅު ކުރުމުގައި އިންތަކެއް ވާ ކަމަށާއި މިއަދު ހިންގި ހަމަނުޖެހުމަކީ އެ އިންތަކުގެ ބޭރުން ހިންގާފައިވާ ހައްދުފަހަނައަޅާފައިވާ އަމަލެއް ކަމަށް ވެސް މަހްލޫފް ވިދާޅުވިއެވެ.

ހަމައެއާ އެކު، މަހްލޫފް ވިދާޅުވީ ބިދޭސީ މަސައްކަތްތެރިންނަށް ހައްގުވާ މުސާރަ ބަރާބަރަށް ދޭން ޖެހޭ ކަމަށެވެ. މަހްލޫފް ވަނީ ފުލުހުން ކުރަމުން އަންނަ ހިތްވަރަށް ވެސް ޝުކުރު ދަންނަވައިފައެވެ.

ހުޅުމާލޭގައި ހިންގި ހަމަނުޖެހުމުގައި ބިދޭސީން ވަނީ ގަލާއި ލަޑިބުރި ބޭނުންކޮށްގެން ފުލުހުންނަށް ހަމަލާދީފައެވެ. އަދި ހަމަނުޖެހުމުގައި ފުލުހުންނަށް އަނިޔާވެ، ފުލުހުންގެ ވެހިކަލަކަށް ވަރަށް ބޯޑަށް ގެއްލުން ލިބިފައިވެއެވެ.

އެ ހަމަނުޖެހުމާ ގުޅިގެން 41 ބިދޭސީއަކު ވަނީ ހައްޔަރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ފެކްޓް

  ރީއްޗެއްނު މިހާރު. އެންމެފަހުން ތިވެރިން މިތާ ވެރިކަން ކުރާނީ

  19
  1
 2. ދޮށިކޮއި ޢަލީގެ މުޙައްމަދު

  ފުލުހުންނަށް އެންމެގިނައިން ހަމަލާދިން އެކަކު މަހުލޫފަކީ ކިތައް ދުވަހުތޯ ހަމަލާ ދީފަ ގޮސް މިސްކިތައް ވަދެ އިނީ

  22
  2
 3. ސިދާތާގެ ބެޑްސީޓް

  މަހުލޫފުމެން ނަކީ މިގައުމުގެ ހަލާކު އަވަހަށް އިސްތިއުފާދީ މިހާރު ތި ވެއްޖެ މިގައުުމުގެ ބޮޑު މުސީބާތަކަށް

  24
  2
 4. ދިވެއްސެއް ވީމަ ބުނަމޭ

  ތިހެން ބުނެލުމަކުން ނުފުދޭ އެވެރިން ޑީޕޯޓް ކޮށްބަލަ

  14
  2
 5. ލަދު ކުޑަ

  މަހުލޫފު އަކީކާކު؟ ލަދު ކޮބާ؟ދިވެހިރާއްޖޭގައި އެއްމެހާ ރައްޔިތުންނަށް ހަމަނުޖެހުން ހިނގުމަކީ ކޮބާ ކަމާއި ނުކިޔަމަންތެރިކަން ފުލުހުންނަށް ދެއްކި އެކަކީ މަހުލޫފު. މަހުލޫފު މެން ކައިރީން ނެގިފިލާވަޅު މިހާރު ތިތަހައްމަލު ނުވެގެން ތިއުޅެނީ.

  7
  1
 6. ސާނީ

  ބަލަ އަދިވެސް ގޯސްވަނީ ބޭރުމީހުން ދޯ.. އެމީހުންގެ ހައްގުތައް ކޮބާ؟ އެމީހުނައް މުސާރަ ނުދީ އެމީހުންގެ ހައްގުތައް ފޭރިގަންފަ ކީކޭ ކިޔާކަށް

  4
  5
 7. ސައިސަމްސާ

  ބަލަގަ ކޮންމެ ގައުމެއްގާ ވެސް އުޅޭނެ ހިމަންޓްރެފިކް ހިޅާފާ ކަންތަ ކުރާ މީހުން ،، އެހެނޭ ކިޔާފަ ގައުމުން ބޭރުމީހު ހިތުހުރިހާ ގޮތަށް ކަންތައް ތައް ކުރާކަށް ނުޖެހޭ ދޯ،، އެދަނީ މާމައްޗައް، އަހަރަމެން ދިވެހިންނަ ނުކުރެވޭ ހުރިހާކަމެއް ބޭރުމީހާޔަ ކުރެވޭ، އައްޗީޑި މީ ދުނިޔޭގެ އެއްވެސް ގައުމެއްގަ ގައުމުން ބޭރުމީހުންނައް މިފާޑަށް ތެޅިއަރުވާކަށް، ޗާންސެއް ނުދޭނެ، ވަގުތުން ސައިޒު ކުރާނެ.. އޯކޭ އެމީހުންގެ ހައްގު ހޯދަންވާނެ އެކަމަކު އެގައުމުގަ އޮންނަ ގަވާއިދުގެ ތެރެއިން ކަންތަ ކުރަންޖެހޭނީ، ،، ކީއްވެތަ އަހަރެމެންނާ ކަންތައްތައް ދިމާވީމަ ބޭނުންހާގޮތަކަށް ކަންތައްއް ނުކުރެވެނީ ވީމާ ވިސްނާފަ ތިކިޔާ އެއްޗެއް ކިޔާ،" ރަށުން ބޭރުން އަރާ މީދާ އައްމިއްލަ ރަށު މީދަލައް ވުރެ ބާރުގަދަވެއްޖެއްޔާ ދެން ކިހިނެކުންބާ މިނިވަންކަމާއި އެކު އެރަށުބަޔަކަށް ދިރިއުޅެވޭނީ..

 8. ޙަސަނާ

  މިމީހުން ގެ ކަންތައްމިހާހިސާބައްދިޔައީމާ ބޭރުގައުމެއްގެ ބަޔަކު އެބައިމީހުނައްވެސް މިކަންއެގިތިބެ ބަންގާޅު އެމްބަސީ ގެ އެތެރެއާގުޅިގެން މިގައުމުގެ ގާނޫނު މުގުރާ ހަދާއިރުވެސް ދިވެހިދައުލަތުގެ ހަރަދުގަ ރުހުމުގަ ފޮނުވަންޖެހޭތޯ ހަމަގައިމުވެސް މަސައްކަތް ކުރުވުމާ މަސައްކަތް ކުރުން މަނާކުރެވެން ޖެހޭނެ އޭރުންމިތާގަނުތިބެ ހިގައިދާނެ ނޫނީ ގަވާއިދާ އެއްގޮތައް ކުންފުނިތަކުރަޖިސްޓުރީވެގެން މަސައްކަތުނުކުމެދާނެ މިޙާލުއިކޮއް ދިނީމަ ތިމީހުނަކީ ކިރިޔާދުލެއްދިނަސް 6 ގުނަ ދަމައިގަންނަ ބައެއް..