ޑޮލަރު ހޯދައިދޭނެ ކަމަށް ބުނެ މަކަރާއި ހީލާތުން ގިނަ އަދަދަކުން މީހުން އަތުން ފައިސާ ނެގުމަށްފަހު، އެ ފައިސައަށް ހިޔާނަތްތެރިވާ މައްސަލަތައް އިތުރުވެފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ، ޑޮލަރު ހޯދައިދޭނެ ކަމަށް ބުނެެ މަކަރާއި ހީލާތުން ފައިސާ އަތުލަމުންދާ މިފަދަ މީހުން މީސް މީޑިއާގެ އެކި ޕްލެޓްފޯމްތައް މެދުވެރިކޮށް އެކަން ކުރަމުންދާ ކަމަށާއި، އަދި ވަކިން ހާއްސަކޮށް ވައިބާ ކޮމިއުނިޓީ ގްރޫޕްތައް މެދުވެރިކޮށް ޑޮލަރު ވިއްކާ ކަމަށް އިޝްތިހާރުކޮށް ފައިސާ އަތުލަމުންދާކަން ފާހަގަކުރެވޭ ކަމަށެވެ.

ފުލުހުން ވަނީ މިފަދަ ކަންކަންމަށް ހާއްސަ ސަމާލުކަމެއް ދޮނުމަށް އިލްތިމާސްކޮށްފައެވެ.

"އެހެންކަމުން މިފަދަ ކުށްކުށުގެ ޝިކާރައަކަށްވުމުން ރައްކާތެރިވުމަށްޓަކައި އޮތޮރައިޒް މަނީ ޗޭންޖާ މެދުވެރިކޮށް ނޫނީ މިފަދަ މުއާމަލާތްތައް ނުހިންގުމަށް ފުލުހުން އިލްތިމާސް ކުރަން". ފުލުހުން މިއަދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އޮޅުވާލި ވޯޓު

    ބާރައްކުރިޔައް ސާބަސް

  2. ޖޫދު

    ރާއްޖޭގެ އިޤްތިޞާދީ ފޭރާން ވީދިފައި އޮތް ވަރު މިކަމުންވެސް އެބަ އެގެއެވެ. މިއީ އީސީ ޝަރީފް އަދި މަދު ދިވެހިން ބޭނުންވި ގޮތްތޯ؟

  3. ކަޅުބެ މިއީ

    މިއީ އީސީ ސަރީފުގެ އެދުންބޮޑުވެ އަންބޮނޑި ބޮޑުކުރަން ހަދައިގެން ވީ ބޮޑު ގެއްލުމެއް އީސީ ސަރީފާދެކޮޅަށް ދައުވާއުފުލަން އެބަޖެހޭ.