ގްލޯބަލް ޕީސް އިންސްޓިޓިއުޓުން ކުރިޔަށް ގެންދިޔަ "ގްލޯބަލް ޔޫތް ޕީސް ސަމިޓް"ގެ ބެސްޓު ސްޕީކާސް އެވޯޑް ރާއްޖޭގެ ހަތް ދަރިވަރަކަށް ލިބިއްޖެއެވެ.

މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން 11 ވަނަ ދުވަހުގެ ނިޔަލަށް އޮންލައިންކޮށް މި ސަމިޓުގައި ބައިވެރިވެ އެންމެ މޮޅު ހިޔާލު ހުށަހެޅި ދަރިވަރުންގެ ތެރެއިން 13 އަހަރާއި 15 އަހަރާއި ދެމެދުގެ ކުދިންގެ ތެރެއިން ބޭރުގެ ތިން ކުދިން އަދި ރާއްޖޭގެ ފަސް ދަރިވަރުން ހިމެނޭހެން ނުވަ ކުއްޖަކަށް ވަނީ ބެސްޓު ސްޕީކާސް އެވޯޑް ލިބިފައެވެ.

މި ގޮފިން ބެސްޓު ސްޕީކާސް އެވޯޑް ލިބުނު ރާއްޖޭ ކުދިންނަކީ:

- އިބާ އަޙްމަދު ޢަލީ(14އ.)
- އަލާޢު އިސްމާޢީލް(15އ.)
- އަޙްމަދު އިސްމާޢީލް އާސިމް(15އ.)
- އައިޝަތު ހަނާން މުޙައްމަދު އާސިފް(13އ.)
- އައިޝާ ނަސްރުﷲ(14އ.)
- ޝިއުމާ އިބްރާހިމް މުސްތަފާ (27)

މީގެ އިތުރުން މި ސަމިޓުގައި ބައިވެރިވެ އެންމެ މޮޅު ހިޔާލު ހުށަހެޅި ދަރިވަރުންގެ ތެރެއިން 16 އަހަރާ 19 އަހަރާއި ދެމެދުގެ ކުދިންގެ ތެރެއިން މި އެވޯޑް ލިބުނު 7 ކުދިންގެ ތެރޭގައިވެސް ވަނީ ރާއްޖޭގެ ދަރިވަރެއް ހިމެނިފައެވެ.

މި ގްރޫޕްގެ ދަރިވަރުންގެ ތެރެއިން ގްލޯބަލް ޔޫތް ޕީސް ސަމިޓްގެ ބެސްޓް ސްޕީކާސް އެވޯޑް ލިބިފައި ވަނީ މައިލާއު މުމްތާޒް ހުސައިން (16އ) އަށެވެ.

"ގްލޯބަލް ޔޫތް ޕީސް ސަމިޓަކީ" މުޖްތަމައުގެ ތެރޭގައި ދިމާވާ އެކި އެކި މައްސަލަތަކާއި ގުޅޭ ގޮތުން ޒުވާނުން ހިޔާލު ފާޅުކޮށް ވާހަކަދައްކާ ސަމިޓެކެވެ.

މިފަހަރު ކުރިއަށް ގެންދިޔަ ސަމިޓުގައި ވަނީ މުޖްތަމައަށް ދިމާވާ އެކި މައްސަލަތަކާއި ގުޅޭގޮތުން ޒުވާނުން ވާހަކަދައްކައި ހިޔާލު ފާޅުކޮށްފައެވެ. ހާއްސަކޮށް މިފަހަރުގެ ސަމިޓުގައި ވަނީ ކޮވިޑް-19އިގެ ބަލިމަޑުކަމާއި ގުޅިގެން ބައިވެރިންގެ މެދުގައި ފުޅާ ދާއިރާއެއްގައި ވާހަކަ ދެކެވިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އައްޔޫބު

    މަރުހަބާ

    1
    1