ސައުދީ އަރަބިއްޔާއަށް ދެ މިސައިލާއި ޑްރޯން ހަމަލާތައް ރާއްޖެ އިން ކުށްވެރިކޮށްފިއެވެ.

ފޮރިން މިނިސްޓްރީން މިއަދު ވިދާޅުވީ ސައުދީ އަށް އަމާޒުކޮށް އިއްޔެ ދިން ބެލެސްޓިކް މިސައިލް އަދި ޑްރޯން ހަމަލާ ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.

އަދި މެދުކެނޑުމެއް ނެތި މިގޮތަށް ދޭ ހަމަލާތަކަކީ އެ ސަރަހައްދުގެ ހަމަޖެހުމަށް އޮތް ނުރައްކަލެއް ކަމަށާއި ހަމަނުޖެހުންތަކަށް ހައްލެއް ގެނައުމަށް ހުރިހާ ފަރާތްތކަުން މަޝްވަރާ ކުރުން މުހިންމު ކަމަށް ވެސް ފޮރިން މިނިސްޓްރީން ވިދާޅުވިއެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ ރާއްޖެ އިން އަބަދުވެސް ސައުދީއާ އެކު ވާނެ ކަމަށެވެ. އަދި ޓެރަރިޒަމާ ދެކޮޅަށް ކުރެވޭ ބައިނަލްއަގުވާމީ މަސައްކަތުގައި ފަހަތަށް ނުޖެހި އަބަދުވެސް ދެމިއޮންނާނެ ކަމަށް ވެސް ފޮރިން މިނިސްޓްރީން ވިދާޅުވިއެވެ.

ސައުދީގެ ނޫސްތަކުގައި ބުނެފައިވަނީ، އެ ގައުމަށް ދެ މިސައިލާއި ހަ ޑްރޯން ހަމަލާ އަމާޒުކޮށްފައިވާ ކަމަށެވެ. މި ހަމަލާތައް އަމާޒަށް ވާސިލުވުމުގެ ކުރީން ސައުދީގެ އަސްކަރިއްޔާއިން ނާކާމިޔާބުކޮށްލާފައިވާ ކަމަށް ވެސް ނޫސްތައް ބުނެއެވެ.

ސައުދީ އަސްކަރިއްޔާގެ ތަރުޖަމާނަކު ނޫސްތަކުގައި ބުނެފައިވަނީ، މި ހަމަލާއަކީ ސައުދީ އާއި އިންވެގެން އޮންނަ ޔަމަނުގެ ވެރިކަންކުރާ ސަނާ އިން އެ ގައުމަށް ފޮނުވާލި ހަމަލާތަކެއް ކަމަށެވެ. އަދި ހަމަލާ އަމާޒުކޮށްފައި ވަނީ ސައުދީގެ އާންމުން އުޅޭ ސަރަޙައްދުތަކަށް ކަމަށްވެސް އޭނާ ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކެނެރީ ބޮވުނު މަހާރަދުން.

    ކަޝްމީރުގަ ހިންގާ ޖަރީމާތަށް ކުށްވެރިކުރަން ނުކެރިގެން އުޅެނީ އަވަށްޓެރި ގެރިމޯދީ އަށް މިގައުމުން ބައެއް ވިއްކާފަ އޮތީމަތޯ..ޖަވާބުދާރީ ކުރުވާނެ ކަން އަބްދުﷲ ޝާހިދު ވަރަށް ރަނގަޅަށް ހަނދާނުގަ ބަހައްޓާތި...

    14
  2. މަދޮށި

    ވަކި ބަޔަކަށް ހަމަލާއެއް ދިނީމަތޯ ކުއްވެރި ކުރެވެން ވީ؟؟ އިހުލާސްތެރި ކަމެއް ނެތި ސިޔާާސީ ވަކި މަގު ސަދެއް ހާސިލް ކުރަން ތިކުރާ މަސައްކަތުން ލިބޭނެ މޮޅެއް ނެއް!! އިންދިޔާގެ އެތައްހާސް މުސްލިމުން މަރާއިރު ހަނު ތިއްބަވަނީ ކީވެބާ؟؟

  3. ޏަމް

    ސައޫދީ އާއިއެކު ވާކަން ހާމަކުރީ ވަރަށްފަހުން 500 މިލިޔަންޑޮލަރުގެ ލޯނު ލިބިގެން އެެއީވެސް ރައީސް ޔާމީން ނިންމާފައޮތް ކަމެއް އެހެންނޫންނަމަ ނުލިބޭނެ..

    4
    1