ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން އަނބުރާ ފޮނުވާލުމަށް ކުރާ މަސައްކަތުގެ ދަށުން 20،000 އެއްހާ ބިދޭސީން ފޮނުވާލެވޭނެ ކަމަށް އުންމީދުކުރައްވާކަމަށް އިކޮނޮމިކް މިނިސްޓަރު، ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ގައުމީ ސަލާމަތާ ބެހޭ ކޮމެޓީ އަށް ހާޒިރުވެވަޑައިގެންނެވުމަށް މަޖިލީހަށް މިނިސްޓަރ ވަޑައިގަތުމުން، މިއަދު ވަގުތު ބިދޭސީންނާ ގުޅުންހުރި ކުއްލި މައްސަލައެއް މަޖިލީހުގެ ތަޅުމުގައި ބަހުސް ކުރަމުން ދާތީ އެކަމާ ގުޅޭ ގޮތުން ވާހަކަދެއްކެވުމަށް މިނިސްޓަރަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ދެއްވާފައެވެ. އެއީ މިއަދުގެ އެޖެންޑާގެ ބޭރުން ނިންމި ނިންމުމެކެވެ.

ފައްޔާޒް ވިދާޅުވީ ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަކީ އެތައް ދުވަހެއް ވަންދެން ހައްލު ނުކުރެވިވާ ސީރިއަސް މައްސަލައެއް ކަމަށާ، ބިދޭސީންނާއި މެދު ކަންތައް ވެފައިވާ ގޮތުން ދިވެއްސެއްގެ ހައިސިއްޔަތުން ލަދު ގަންނަކަމަށެވެ.

އަދި މި ސަރުކާރުން ގަވައިދާ ހިލާފަށް އުޅޭ 4000 އެއްހާ ބިދޭސީން އަނބުރާ ޤައުމަށް ފޮނުވާލާފައިވާ ކަމަށް ފައްޔާޒް ވިދާޅުވިއެވެ. އޭގެ ތެރޭގައި ސައްހަ ލިޔެކިޔުން ހުރި ބިދޭސީނންނާއި ލިޔެކިޔުން ނެތް ބިދޭސީން ހިމެނޭކަން އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން އެ މައްސަލަ ހައްލު ކުރަން އަޅަމުންދާ ފިޔަވަޅުތަކަކީ ރަނގަޅު ފިޔަވަޅުތަކެއް ކަމަށާ މިވަގުތު މި ކަންކަމުގައި ސިޔާސީ މަގްސަދެއް ހާސިލްކުރުމަށްޓަކާ ބިދޭސީން ބޭނުން ކުރކަމަށް ފައްޔާޒް ވިދާޅުވިއެވެ.

" މިކަން ހައްލުވާތަން ހަމަގައިމުވެސް ބުއްދި އާއި ވިސްނުމުން ކޮންމެ މީހަކަށް އެނގޭނެ ފިޔަވަޅުތަކެއް ރަނގަޅު ފިޔަވަޅުތަކެއް އެޅޭކަން. ބޭނުންވާ ސްޕީޑުގައި ބައެއްކަންކަން ނުކުރެވޭ. އަޅުގަނޑުމެންގެ ފެންވަރު ހުރި ވަރަކުން އަޅުގަނޑުމެންގެ ރިސޯސެސް ހުރި ވަރަކުން ކަންކަން މިކުރެވެނީ. އަދި މި ގޮންޖެހުންތަކާއި އެއްކޮށް. މިކަން އަޅުގަނޑު އުންމީދު ކުރަނީ މިއަހަރުގެ ނިޔަލަށް 20000، 22000 ވެއްޖެއްޔާ ވަރަށް ރަނގަޅު. އަޅުގަނޑުގެ ވިސްނުމަކީ 20000 އަންޑޮކިއުމެންޓެޑް ވޯރކަރސް އެ މީހުންގެ ރުހުމުގައި ފޮނުވުން." ފައްޔާޒް ވިދާޅުވިއެވެ.

ބިދޭސީން ފޮނުވާލުމަށް ސަރުކާރުން ކުރާ މަސައްކަތަށް، ބަންގްލަދޭޝްގެ ސަރުކާރުގެ އެއްބާރުލުން ލިބޭ ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގައި އެންމެ ގިނަ އަދަދަކަށް ބިދޭސީ މަސައްކަތްތެރިން އުޅެނީ ބަންގްލަދޭޝް މީހުން ކަމަށްވާއިރު، އެގައުމުން ރާއްޖެއަށް ބިދޭސީ މަސައްކަތް ތެރިން ގެނައުން ވަގުތީގޮތުން މަޑު ޖައްސާލުމަކީ އެޅި މުހިންމު ފިޔަވަޅެއްކަމަށް ފައްޔާޒް ވިދާޅުވިއެވެ.

ބިދޭސީންގެ ތެރޭގައި އަމިއްލަ ގައުމަށް އެނބުރި ދާން ބޭނުންވާ ބިދޭސީންވެސް ތިބި ކަމަށާ، އެ ބިދޭސީންނަށް އަނބުރާ ދާން ކަން ކުރަންވީ ގޮތްވެސް ނޭނގޭކަމަށް ފައްޔާޒް ވިދާޅުވިއެވެ.

ބިދޭސީންގެ މައްސަލަ އަކީ ރާއްޖޭގެ މުޅި ތާރީޚުގައި ވެސް ހިނގި އެންމެ ހަޑި މުޑުދާރު އަމަލުކަމަށް ފައްޔާޒް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

 1. މެކް

  ރުހުނަސް ނުރުހުނަސް ގަވާޢިދާ ޚިލާފައްއުޅޭ އެއްވެސްމީހަކު މިޤައުމުގާ ހުރެގެން ނުވާނެ.

  39
  2
 2. Anonymous

  މިނިސްޓަރަށް ވެސް ޒިންމާ ނުއުފުއްލެވޭކަން މިއެނގެނީ. ރުހުން އޮތްތޯ ބަލަން ނުޖެހެ. ޤަވާއިދާ ޚިލާފް އެންމެ ފޮނުވާލަންވީ. މަސްއޫލިއްޔަތު އުފުލޭ ޒިންމާ ނެގޭ ބަޔަކާ ހަވާލުކުރޭ

  30
  1
 3. ސަރީފް

  މީނަ މީ ހަލާކް މި ބިދޭސީންގެ ކަންތަކުގަ

  23
 4. ކޮމެންޓު

  ތިޔަ 20،000 މީހުން ރަށްޔިތުން ފައިސާގަ ޓިކެޓު ނަގައިން ރަށަށް ޖައްސާލާފަ ވެކޭޝަން ހަދާފަ އަލުން ރާއްޖެ އަންނަނަމަ މީގެ ބޭނުމަކީ ކޮބާ

  33
  1
 5. ބޯގޯސްހަަމަތައް

  އަދިވެސް ޔޫ.އެން.އެފް.ޕީ.އޭ މޯލްޑިވްސް އާ އަންހެނުންގެ ހައްގުތަކަށް މަސައްކަތްކުރާމީހުން އެކިޔަނީ ދިވެހިންވިހާލެއް މަދުކުރާށޭ. ކޮވިޑްގެ ސަބަބުން ދެމަފިރިން ގޭގަ މާގިނައިރު ހޭދަކުރީމަ އަންހެނުން ދަރިމައިވުމުގެ ފުރުސަތުބޮޑޭ. ދެންކިހިނެތް ބިދޭސީންއެތެރެކުރަންޖެހޭ އަދަދު ގިނަނުވެހުންނާނީ. ނިކަން ޔޫ.އެން.އެފް.ޕީ.އޭ މޯލްޑިވްސްގެ ޓުވީޓުތަށް ބަލާބަލަ

 6. ސަލީމް

  އެ ގެނައި ބަޔަކައް އަދަބުދީ، ބިދޭސީން ފޮނުވާލުމުގެ ހަރަދު ވެސް ދޭން ޖެހޭނީ އެމީހުން އެތެރެ ކުރި މީހުން...

 7. އަޝްރަފް

  މިކޮޅުން ފޮނުވަނީ އަނެއްކޮޅުން ޓުއަރިސްޓް ވިސާގަ އެތެރެވަނީ ޓުއަރިސްޓް ވިސާގަ އައިސް ފިލައިގެން އެބައުޅޭ ވަރަށްގިނަ މީހުން މުއައްސަސާތަކުގަ ތިބެނީ ފެއިލްވެފަ ތިބި މީހުން މޮޅުވާހަކަ ދައްކަނީ ވާނުވާ ނޭގޭ ކަންކަން ހަވާލުކޮށްފަ ތިބޭމީހުން ކަޓް ނަގައިގެން ހަރާންކޯރުވަނީ

 8. އެމަންޖެ

  މިގައުމުގެ ހަލާކު ކެނެރީގޭ ބުއްޅަބޭ.

 9. ފެކްޓް

  ވީމަ ނޫނީ ވެއްޖެ އޭ ބުނަން ވަރަށް ދަތި. ސަބަބަކީ އެއީ ހުރިހާ ފަހަރެއްގައިވެސް އެރަލު އޮންނ ސަރުކާރެއްގެ ބޮޑުން ކުރަމުން އަންނަ ވިޔަފާރިއެއް. ހައްލު ކުރަން ބޭނުންނަމަ ތިކަން އޮންނާނީ ވެފަ މިހާރު. މިވެސް މކނިވަން ދައުލަތެއް! މައްސަލައަކީ އަޅުގަނޑުމެންގެތެރޭގައި ވާ މިފަދަ މައސްލަތައް ހައްލު ކުރަން ދެދުވެރިކާއެކު އުޅެ ބަޔަކުނެތީ. އެންމެންވެސް އުޅެނީ އަމިއްލަ ފައިދާއަށް. ރައްޔިތުންތިބެނީ ހައްދާފަ. މިއީ މިކަމުގެ ކަޅު ހަޤީްަތަކީ!!

 10. ވަރުވާ

  1 ލައްކަޔަށްވުރެން ގިނައިން ޤަވަޢިދާ ޚިލާފު ބަންގާޅުމީ ހުން އުޅޭއިރު، 20 ހާސް އެއީ ކޯއްޗެއްތޯ؟ މި ހާރު ޤައުމުގެ ބާރުވެރީންނަށް ތިބީ އެމީ ހުން. ލޮލަށް މަނޒަރުތައް ފެންނަމުން މިދަނީ.

 11. ކޮތަރު

  މިކަލޭގެ މިބުނާ ވާހަކަ ހުރިހާ ކުދިންވެސް ހަނދާނުގައި ބަހައްޓާތި. އަހަރު ނިމޭއިރަށް އެންމެ ހާހެއް ބޭރުކުރެވުނަސް މޮޅުއިތުރު. ޑިސެމްބަރ ފެށޭއިރަށް މިވާހަކަ ދެކޮޅުޖައްސަން ބުނާނެ ކޮވިޑް-19 ގައި ދުނިޔެ މިއޮތް ހާލަތުން ތިމަންނަމެން ރޭވިގޮތަށް އެއްވެސް ކަމެއް ކުރެވޭނެ ގޮތެއް ނެތޭ. ބަޖެޓްވެސް އޮތީ ހުސްވެފައޭ.

 12. އަދިވެސް ބިދޭސީންގެ މުސާރަދޭކަށްވޭތަ

  ކަލޯ ބިރުގަތީތަ ރައީސްޔާމީން އާއި ކުޅުނަކަސް ބޭރުމީ ހުން ނަކާއި ނުކުޅެވޭނެ އެމީ ހުންގެ ހަތިޔާރަކީ ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ. އަތުޖެ ހުނުކޮންމެއެެއްޗެއް ރައީސްޔާމީން ފުރޭމް ކޮށްގެން ތިބައިގަނޑަށް ކުރެވޭނެ ވެރިކަމެއް ނޯނާނެ ތިއޮތީ ފިސާރިރަނގަޅަށް ވެރިކަންކުރެވިފަ އޮނާނީ ހޭއަރާފަ ލާދީނީބައގަނޑު ލާރިޔާހ ހެދި މުރުތަދުވާބައިގަނޑެއް އެމްޑީޕީއަކީ!

 13. ސުލައިމާން.

  ބަރަދާރ 20000 މިއަހަރު ފޮނުވައިގެން އަދި ވާކަށްނެތް. އެއަށްވުރެން އަދަދު ރަނގަޅު ކުރަންޖެހޭ އެބަ. ގަވާއިދާއި ޙިލާފަށް ވިޔަފާރިކުރާ ފަރާތްތައްވެސް އެތަކެއް ބައިވަރު އެބައުޅޭ. އެމީހުން އަތުގައި ވިސާއަދި ވާރކްޕާރމިޓް އޮވޭ ކޮންމެވެސް އެއްޗޭކޭ ކިޔައިގެން މީހަކަށް ކުލިދައްކާގޮތަށް ނަގާފައި. މީގެ ބަޔަކާއި އެއްކޮށް 40000ހަކަށް ހާސް ފޮނުވާލަންޖެހޭ އެބަ. އަހަރެމެން ބޭނުންވާނީ ހަމައެކަނި ތަންތަން ހަދާކަށްނޫން. ދިރިއުޅޭންވެސް ބޭނުން. އިޖުތިމާއީ މައްސަލަތަކަށް ހައްލެއްވެސް ބޭނުން.

 14. ކާޅު ކާ ކާ

  އަދިވެސް ގޮވާތި ރާއްޖެ ބޮއިކެޓް ކުރަން ބިދޭސީނަށް މުސާރަނުދިނީ އެމީ ހުންލައްވައި އެކަންތައް ކުރުވާކަށްނު ކަމެއްވާއިރަށް އިނދިކޮޅޯ ޕޕއްމީ ހުން ތިފާޑަކަށް ނުތެޅޭނެ ރައީސްޔާމީން ވެރިކަމުގައި ބިދޭސީނަށް މުސާރަނުދީގެން ބިދޭސީން މުޒާ ހަރާކުރިބާ ތިބައިގަނޑު ކުރިނުބައި ެެެެެެެެެެ އަމަލުގެ ސަބަބުން މިއަދުމިވަނީ މުޅި ދުނިޔެ ހ ހުއްޓުމަކަށްއައިސްފަ ދެންބާރަށް ދެކޮޑު ހުޅުން އަތްނެއްޓޭވަރަށް ބާރަށްއަތްޖަ ހާ އަނގައޮތީޔަ ކާޅެއްނުކާނެ މުޅިރާޖެ ތިލާދީނީ ބައިގަނޑު ދުޢާކުރިގޮތަށް ބޮއިކެޓް!

 15. mode

  ރުހުމުގަ ފޮނުވާލާ...ރިޒާ ދޭން ހުރި މުސާރަ ސަރުކާރުގެ ބަޖެޓުން ދީފަ ރުހުމުގަ ފޮނުވާލާ..އެއިރުން ޕާޓީގެ ފަރާތުން ރިޒާއަށްވެސް ކަމެއްކޮށްދެވުނީނުން.

 16. ށައީދާ

  ކޮން ރުހުމެ ނުރުހުމެ ހަމަ އެއްކޮ ފޮނުވާލަންވީ

 17. އައްޑޫ ލެއި

  ބަލަ ތީ މިގައުމުގެ ރައްޔިތުންތަ ނުރުހުމުގަ ނުފޮނުވަން ގަވާއިދާއި ހިލާފަށް މިތަނައް އެމީހުން އައީ ކީއްކުރަން. ތިގޮތަށް މިތަނުގަ ތިމީހުން ގިނަވެގެން ގޮސް ގަވާއިދާއި އެއްގޮތައް މީހަކު ގެންނަން އުޅުނަސް އެކަމެއް ނުވޭ.

 18. އަލިބެއްޔާ

  20،000 ފޮނުވާފަ 50،000 ގެނައިމަ ހުންނާނީ ރަނގަޅަށް..