ފަހަކަށް އައިސް ރާއްޖޭގެ ސިފައިންނާއި ފުލުހުންނަށް ޖިސްމާނީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ހަމަލާ ދިނުން އިތުރުވަމުން ދާ ކަމަށާއި އެފަރާތްތަކުން ހިމާޔަތް ކުރުމަށް ނުކުންނަން ޖެހޭ ކަމަށް ކުރީގެ ހައިސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޑރ. މުއިއްޒު މިހެން ވިދާޅުވެފައިވަނީ މިއަދު ހުޅުމާލޭގައި ހިނގާދިޔަ މުޒާހަރާގެ ތެރެއިން އެތަނުގައި އެވަގުތު ތިބި ބިދޭސީންތަކެއް ފުލުހުންނަށް ހަމަލާދީ، ފުލުހުންގެ ބައެއް ތަކެއްވަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާ ދަނޑިވަޅެއްގައެވެ.

އައިލެންޑް އެކްސްޕާޓް ޕްރައިވެޓް ލިމިޓެޑްގައި މަސައްކަތް ކުރަމުން އަންނަ ބިދޭސީންތަކެއް މުސާރަ ނުލިބުމުގެ ސަބަބުން ހިންގާފައިވާ މި މުޒާހަރާގެ ތެރެއިން ބައެއް ފުލުހުންނާއި ފުލުހުންގެ ވެހިކަލާއި ދިމާލަށް ގާއުކާ މަންޒަރު ފެންނަ ވީޑިއޯއެއް މީސްމީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.

ފުލުހުންނަށް ދިން މި ހަމަލާތަކާއި ގުޅިގެން ޑރ. މުއިއްޒު ވިދާޅުވީ، ދިވެހި ސިފައިންނާއި ފުލުހުންނަކީ ދިވެހިންގެ ފަހުރު ކަމަށާއި އެފަރާތްތަކަށް ކުރަމުން އަންނަ އަނިޔާތައް ހުޢްޓުވަން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

މިހާރަކަށް އައިސް ދިވެހި ފުލުހުންނަށް ޖިސްމާނީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ދެމުންދާ ހަމަލާތައް ކުށްވެރިކުރަން. ދިވެހި ސިފައިންނާއި ދިވެހި ފުލުހުންގެ ގަދަރާއި އިއްޒަތް ދިފާއުކޮށް ހިމާޔަތް ކުރުމަށް މަސައްކަތް ކުރަން ޖެހޭ،" މުއިއްޒު ކުރެއްވި ޓްވިޓުގައި ވިދާޅުވިއެވެ.

ހުޅުމާލޭ ހިނގި މި މުޒާހަރާގެ ތެރެއިން މިހާތަނަށް 40 ބިދޭސީން ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މީގެ ކުރިން މިމަހުގެ ހަވަނަ ދުވަހުވެސް ހުޅުމާލޭގައި ބިދޭސީންތަކެއްގެ މުޒާހަރާކޮށްފައި ވެއެވެ. އަދި މުސާރައިގެ މައްސަލާގައި ބޮޑުފިނޮޅުގައިވެސް ބިދޭސީންތަކެއް ދިވެހިންތަކެއް ރަހީނުކޮށް ހަމަނުޖެހުން ހިންގި މައްސަލަ މި ވަނީ ވަރަށް ބޮޑުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ސަރުބަތު

    ފުލުހުންނާއި ސިފައިން ހިމާޔަތް ކުރަން ޕާޓީ އެއް ހަދަންވީ. ފުލު ހުންނާއި ސިފައިންނައް ވާނެ. ބައެއް މީ ހުންގެ ނަޒަރުގައި ދިވެ ހި ފުލުހުންނާއި ސިފައިން ނަކީ ވައިލޭސަން ތަކާއި ކުރިމަތި ލާންޖެ ހޭ ބައެއްނޫން. ފަ ހުރުވެރި ކަމާއެކު ކާންދީ ބޯންދީ ގެދޮރުދީ މުސާރަދީ ނުވިތާކައް އާއިލާތައް ދައުލަތުގެ ހަރަދުގަ ބަލަ ހައްޓަން ޖެ ހޭ ބައެއް. ބޯ ހަލާކު.

    7
    21
    • ސަރުބަތު ބަފާ

      މިފަދަ މީ ހުންނާއި ހެދި ގައުމުގެ އިޖުތިމާއީ ފޭރާން ވީދިގެން ދިޔައީ. މިއަދު ކުރިފަދަ ކަމެއް އެހެހ ހެން ގައުމަކު ވީނަމަ ބިދޭސީން ސައިޒުކުރީސް މިތާގަ އެމީހުން ގައިގަ އަތްލާ ފުލުސް މީ ހާގެ ވަޒީފާ ގެއްލޭނީ

      11
      4
  2. ނަައީމް

    ރަނގަޅު ވާހަހައެއް ގައުމުގެ ދިފާއީ ބާރަށް ސަލާމަތާއި ރައްކާތެރިކަމެއް މިސަރުކާރުން ނުދޭނެ

    33
    3
    • ޓަގޭ

      ހޯ ހޯ! މިފަ ހަރު ފުލު ހުންނާއި ދިފައިން ބޮލައް ޗިޕް ޖަ ހައިގެން ވެރިކަން ވައްޓާލަން އުޅުއްވާނެ ކަމެއް ނެތް.

      9
      17
  3. ސްޓާރބަކްސް

    ހިމާޔަތްކުރެވިފަ އެއޮތީ

  4. މެޑަމް ފާތު

    މުއިއްޒޫ މާ އަނގަފުޅާނުކުރޭ! ނޫމަޑިއޭ ތިކަމުގެ އަޑީގަވެސްއޮތީ، މުއިއްޒުމެން ކަޓުދޭން މަޖުބޫރުނުކުރުވިނަމަ އެމީހުން އަތުގަ މުސާރަދޭން ފައިސާ ހުރީސް!

    6
    14
  5. މޭޑަމް

    ޕީޕީއެމުން ރާވައިގެން ހިންގާ ކަމެއް މިއީ ބިދޭސީން ލައްވާ ހަމަޖުހެނުން ހިންގުން . ކަން ހިނގާ ނިމުމުން މާ ހެޔޮއެދޭ ބަޔަކަށް ވެގެން ޖައްސާ އާޓު!

    4
    18
  6. ޣ

    ?????????

    1
    9
  7. މޭޑަމް

    ލާދީނީ ބައިގަނޑަށް ހީވާނެ ވެއްޓެންދައްޏާފަ ހަތުން އައިސްކޮށްޕާލީއޭ ތީކީ އާކަމެއްނޫން ތިއީ ތިބައިގަނޑުގެވައްތަރު ހަތްފެނުކެއްކިޔަސް ތިޔަކަށް އެ ހެންކުލައެއްނާރާނެ ގޭންގު ސަތުކާރާއި ވަރަށް ގުޅޭ މަންޒަރެއް ފެންނަމުންމިދަނީ ދެންއަތްޖަ ހާ!

    6
    3
  8. ލ.ގަމު

    ފުލު ހުންނާއި ސިފައިން ހިމާޔަތް ކުރެވޭނީވެސް ޕޕއެމް އަށް:

    7
    5
  9. ލ.ގަމު

    ފުލު ހުންނާއި ސިފައިން ހިމާޔަތް ކުރެވޭނީވެސް ޕޕއެމް އަށް ވެރިކަން ކުރަން އެގޭނީވެސް ޕޕއެމް އަށް ބިދޭސީނަށް މުސާރަދެވޭނީވެސް ޕޕއެމް ސަރުކާރެއް އައިސްގެން ދިވެ ހިރާއްޖެ ތަރަށްގީ ކުރެވޭނީ ހަމައެކެނި ރައީސްޔާމީން އަށް:

    11
    2