ވަޒީފާގެ ރައްކާތެރިކަން ނެތް ކަމަށާއި، ޓޫރިޒަމް މިނިސްޓްރީގެ ބައެއް އިސް ފަރާތްތަކާއި މުވައްޒަފުންގެ ފަރާތުން ފުރައްސާރަ އާއި އަނިޔާ ލިބެމުންދާކަން ހާމަކުރުމަށް ފަހު، ވަޒީފާއިން އިސްތިއުފާ ދިން މުވައްޒަފު އެ މިނިސްޓްރީއަށް ކޮށްފައިވާ ތުހުމަތުތައް ބަލަން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް، މުހައްމަދު ނަޝީދު އަންގަވައިފި އެވެ.

އާންމު ކޮމެޓީއަށް ރައީސް ނަޝީދު ވަނީ ޓޫރިޒަމް މިނިސްޓްރީގައި އެކަށީގެންވާ ރައްކާތެރި މަސައްކަތުގެ މާހައުލެއް ނެތް ކަމަށް ބުނެ އިސްތިއުފާ ދިން، އެ މިނިސްޓްރީގައި ސީނިއާ ޕްލޭނިން އޮފިސަރ، ފާތިމަތު ޝަރުމާގެ ތުހުމަތުތައް ބަލަން އަންގަވާފައެވެ.

ޓޫރިޒަމް މިނިސްޓްރީ ހިންގުމާ ވަގުތީގޮތުން ހަވާލުވެ ހުންނެވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލަށް އެޑްރެސްކޮށް ޝަރުމާ ފޮނުވި ސިޓީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށާއި މަޖިލީހުގެ ރައީސް އަށާއި ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދަށް ވެސް ވަނީ ފަހުން ފޮނުވާފައެވެ.

އެ ސިޓީ އާއި ގުޅިގެން މަޖިލިސް ޖަލްސާގައި ރައީސް ނަޝިދު ވަނީ އެ ސިޓީގައި ފާހަގަކޮށްފައިވާ ކަންކަން އާއްމު ކޮމެޓީން ބެލުމަށް އަންގަވާފައެވެ.

އެ ސިޓީއާ ގުޅިގެން މަސައްކަތް ކުރިއަށް ގެންދާނެ ގޮތް ވެސް ނިންމާނީ އެ ކޮމެޓީން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ޝަރުމާ އަކީ 2016 ވަނަ އަހަރުން ފެށިގެން މިނިސްޓްރީގައި ވަޒީފާ އަދާކުރަމުން ދިޔަ މުވައްޒަފެއް ކަމަށާއި އޭނާ އާއި މެދު އެއްވެސް މައްސަލައެއްގައި ފިޔަވަޅު އަޅާފައި ނުވާނެ ކަން އޭނާގެ ސިޓީގައި ފާހަގަކޮށްފައިވެއެވެ.

އަދި ކޮވިޑް-19 އާ ގުޅިގެން ޓާސްކްފޯސްގެ މަސައްކަތްކުރި އިރު މިނިސްޓްރީގެ އިސް ބައެއް މުވައްޒަފުންނާއި އެހެން ބައެއް ސިވިލް ސާވިސް މުވައްޒަފުންގެ ފަރާތުން މެދުކެނޑުމެއްނެތި ސީދާ ގޮތުންނާއި ނުސީދާގޮތުން އޭނާ އަށް ފުރައްސާރަ ކުރިމަތިވި ކަމަށް އޭނާ ވަނީ ބުނެފައެވެ.

މީގެ އިތުރުން، އެކި މަސައްކަތްތަކުގައި އެ ވާހަކަތައް މިނިސްޓަރ އަލީ ވަހީދާ ހިއްސާކުރުމުން، އެކި ފަހަރުމަތިން އޭނާ އަށް ފުރައްސާރި މީހުންނަށް ފިޔަވަޅު އަޅާ ނަސޭހަތް ދިން ކަމަށް އެ ސިޓީގައިވެއެވެ.

ޝަރުމާ އިތުރަށް އެ ސިޓީގައި ބުނީ އޭނާ އަށް ފުރައްސާރަކުރީ ވަކި މަގްސަދެއް ހާސިލްކުރަން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. މާގަޅި

    ފުރަތަމަ މާގިރި ހޮޓެލްގެ ސީސީޓީވީ ޗެކު ކޮއްބަލަ

    44
    2
  2. ނަައީމް

    އަނެއްކާ ފައްޔާޒުވެސް އަޅެފަހޭ ވާނީވެސް މިހެންތާ މި މިނިސްޓޮރީގަ މިތިބީ ނުލާހިކު ސޮލިމްކުދިން ވިއްޔާ ފެނުނީމާ ކުޅުދިޔާވާވަރުގެ މިސަރުކާރުގެ ބިރަކާނެތިމަޖާހުރުމުގެ ވައުދު ފުއްދުން ކުރިޔަށް ބާރުސްޕީޓްގަ ކުރިޔަށް ކުރިޔަށްއޮތްތާގަ މިނިސްޓްރީން ވަޒީފާދިނުމުގަ އިސްކަންދޭނީ ބިރަކާނެތި ޖެހިލުމެއްނެތި މަޖާކުރާ ސޮލިމް އަންހެންކުދިންނަށް އެޖެންޑާ 19 ތަފާތު

    18
    1
  3. އެމަންޖެ

    މޑޕ މިގައުމުގެ ހަލާކު ، މަޖިލީހުގެ ރައީސް މިގައުމުގެ ލާދީނީ ވެރިޔާ.

    51
    1
  4. އައްޔަގެކަނބުލޮ

    މިނިސްޓަރުގެ ބިއުރޯގަ މަސައްކަތްކޮށްފަ އަލީވަހީދުގެ އާރާއިބާރުކެނޑޭއިރަށް އިސްތިއުފާދީ، އަލީވަހީދާއި އަދި ޖިންސީމައްސަލާގަ ވަކިކުރި އަނެއް ޑިރެކްޓަރު ދިފާއުކޮށް ތަންތަނަށް ސިޓީލިޔުނީމަ ރައްޔިތުންނަށް ވަރަށް ސާފުކޮށް އެބަ އެނގޭ ވެގެން އުޅޭގޮތް. އުޅޭނެހާ ގޮތަކަށް އުޅެފަ މާ އިމޯޝަނަލް ވެގެން ސިމްޕަތީސްޓަންޓް ނުޖައްސާ ހުރޭ.

    29
    2
  5. ސަންސެޓް1

    ޖިންސީ ފުރައްސާރައަކީ ނަސޭ ހަތްދީފަ ނިންމާލާ ކަމަކަށް ވެގެންނުވާނެ. ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ

  6. ހަޔަސިންތް

    މިގައުމުގެ ބައެއް އިސް ވެރިން ނަށް ކުރެވިދާނެ ކަންތައް މިހިރަދަނީފެންނަމުން އެގޮތުން މީހުން ބްލެކްމޭލްކުރުމާއި މީސްމީހުންގެ އަބުރުނަގާލުމާއި ހަޑިހުތުރުބަހުން ބަސްމޮށުންތެރިކަން ދަސްކޮށްދިނުން ފިޔަވާ އިތުރުކަމެއްމިއޮތްމަދު ދުވަސްކޮޅުގާކުރެވިދާނެބާ

    ބޯހަލާކު

  7. މައިނާ

    ޤާނޫނު ހަދާ މަޖިލީހަކީ ތަހުޤީޤުކުރާ އިދާރާއެއްކަމެއް ނޭންގެ. ކީކޭ ބުނާނީ. ކެނެރީގޭ ބައްޅަންބެ އެޖެންޑާ 19 ހިފައިގެން އަވަސްގޮތަކުން ފިލާރައްކާވޭ. ރައްޔިތުންގެ ދުވަސް ވަރަށްކައިރި. އޭގެކުރިން އަވަހަށް ފިލާ ރައްކާވޭ.

    4
    1
  8. ބަރުމާ

    މަޖލީހުން ހުރިހާކަންްކަމަށް ބޭހޭކަށް ނުޖެހެއި މިޤައުމުގެ ހޯމްމިނިސްޓަރާ ޕޮލިސްކޮމިޝަން ކޮބާ