ކޮވިޑް-19 އާ ގުޅިގެންް މާލެ ސިޓީގައި އިއުލާނުކޮށްފައިވާ ފުރަބަންދަށް އެންމެ ފަހުން ދިން ލުއިތަކާއެކު މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދުކުރަން ހުޅުވާލިއިރު، މިސްކިތައް ނަމާދަށް އަންނަ ދާ ފަރާތްތަކާއި، ކައުންސިލުތަކުން ކަންތައްތައް ބަހައްޓަންޖެހޭ ގޮތުގެ ޤައިޑްލައިނެއް އާންމުކުރި ނަމަވެސް ،މިސްކިތަށް ދާ މީހުން އެ ގައިޑްލައިނާއި އެއްގޮތަށް ޢަމަލުނުކުރާކަމުގެ ޝަކުވާ ލިބެމުންދާ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ޢަލީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ، މާލޭ ސިޓީގެ މިސްކިތް ހަރުދަނާ ނިޒާމެއްގެ ތެރެއިން ބެލެހެއްޓުމާއި ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް، މާލޭ ސިޓީ ކައުންސިލުގެ މޭޔާ ސިފާ މުޙައްމަދު އާއި ބައްދަލު ކުރައްވާ ދެއްކެވި ވާހަކަތަކުގެ ތެރެއިންނެވެ.

އެގޮތުން މިނިސްޓަރ ވަނީ މިސްކިތަށް ދާއިރު މާސްކް ނޭޅުމާއި، މުސައްލަ ނުގެނައުމުގެ މައްސަލަ ފާހަގަކުރައްވާފައެވެ. އަދި ނަމާދުގައި ތިބޭ މީހުން މާބޮޑަށް ގާތްގާތުގައި ތިބޭ މައްސަލަވެސް ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ، އެޗް.ޕީ.އޭ އާއި މިނިސްޓްރީން ކަނޑައަޅާފައިވާ ކަންތައްތަކަށް ސަމާލުކަން ނުދޭނަމަ އިތުރަށް ބަލި ފެތުރިގެން ދިއުމުގެ ފުރުޞަތު އޮންނާނެކަމަށެވެ.

މިސްކިތްތަކުގެ ކަންކަން ރަނގަޅު ކުރުމަށްޓަކައި ސިޓީ ކައުންސިލްގެ ފަރާތުން މަސައްކަތްތަކެއް ކުރަމުންދާ ކަން ފާހަގަކުރައްވަމުން މޭޔަރ ސިފާ ވިދާޅުވީ، މިސްކިތްތަކުގައި ގައިދުރުކަން ބެހެއްޓުމަށާއި މިސްކިތްތައް ސާފުކޮށް ބެލެހެއްޓުމާއި އެކަމާއި ހަވާލުވެ ތިބޭ މީހުންނާއި ގުޅިގެން މަސައްކަތް ކުރައްވާކަމަށެވެ.

މީގެ އިތުރުން މި ބައްދަލުވުމުގައި މިސްކިތްތަކުގައި މިހާރު ދިމާވެފައިވާ މައްސަލަތައް ޙައްލުކުރުމަށް ސިޓީ ކައުންސިލާއި މިނިސްޓްރީ ގުޅިގެން އިތުރަށް މަސައްކަތްކުރުމަށް މަޝްވަރާކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ނަައީމް

  ކޮންބައެއްކުރަނީ މަޖިލީހުގެ މެމްބަރުން ކުރޭތާ ކީއްވެހޭ އެވާހަކަ ނުދައްކަނީ އެމީހުނަށް ހައްގު ފިޔަވަޅު ނޭޅެނީ ކަލޭމެން ގައުމު ތި ހިންގަނީ އަމާބުނީތީ ފަރަށް ދާގޮތަށް

 2. ާާްައަލީ

  ގަައި ދުރުކަން ަ ބަހަށްޓަން ވީވަރެއް ނުބުނޭ

  7
  2
 3. އަފްޒަލް

  މިސްކިތަށް ދުރުވާއިރު ވެސް ރައްކާތެރިކަމުގެ ފިޔަވަޅު ތައް އަޅުއްވައިގެން ދުރުވޭ... އެހެން ތަންތަނަށް ދުރުވާއިރު ވެސް ރައްކާތެރި ވެލައްވާ... މާސްކް ނާޅާ ވަރަށް ގިނަ ފިހާރަތަކަށް ރެސްޓޯރަންޓް ތަކަށް ވަންނަ ތަން ފެނޭ... ރައްކާތެރި ވެގެން ގެއިން ބޭރަށް ނިކުންނަން ވީ

  7
  2
 4. ތެދު

  ﷲއާއި ރަސޫލާއަށް ފުރައްސާރަކުރާއިރުވެސް އިސްލާމިކް މިނިސްޓަރު އާއީ ހޯމްމިނިސްޓަރު ގައިޑްލައިނާއެއްގޮތައް އަމަލުކުރިންތޯ...ސުބުހާނަﷲ.؟!!؛

  16
 5. ހަސަނާ

  ފޮޓޯއިން ވާހަކަ ޝިފާބޭނުންވަނީ މިސްކިތްތައްބަންދުކުރެވެން އޮތްގޮތެއްހޯދުން ﷲޢައްޓަކާ ދަރުމަ އެދިގެން މިސްކިތަކައް އަތްދޮންނަފުޅިއެއްވެސް ދޭނެމީހަކު މަދު ކީއްތޯ ވާނީ ކޮންމެ މިސްކިތެއްދޮށުގަ ހުމާރޯގާ ބަލާނެ މީހަކު މަދުކޮއްލިއްޔާ މިސްކިތްތަކުގާ ނަމާދު ނުކުރުމަކީ އާދައިގެކަމަކައް ނަހަދަބަލަ މާތްﷲއެކަލާންގެ ގެކޮޅުތައް ރައްކާތެރިކުރައްވާނެ ކީއްވެތޯ މިބަލި ރާއްޖޭގަ ނެތްއިރުގަ ގުނޫތު ކިއާފަ މިހާރު އެކަންވެސް ނުކުރަނީ އިސްލާމިކު މިނިސްޓަރު ވަށައިގެން ލާދީނީ ބޯވާތައް ވަކިހިއްޕާފަ އޮތީބާ...

  14
 6. އަހްމަދު

  ކަލޭމެން ކަމެއްކޮށްފިއްޔާ އަބަދުވެސް ވާނީ މިހެން! އެކަކު ބުނޭނެ ގައިދުރޭ އަނެކަކު ބުނާނެ ގައި ގޯޅިއޭ! ކޮންމެވެސް އެކެއްޗެއްކިޔާ! ކިޔާއެއްޗެއް މީހުންނަށް އުޅުން ފިލާ ގޮތަށް އަންގާބަލަ! އިމާމުންނަށް ރަނގަޅަށް ތިކަންކަމުގެ އިރުޝާދު ދީބަލަ އެރުން ތިކަންކަން ތަންފީޒު ކުރާނެ.