ލާދީނީ ރިޕޯޓް އާއްމު ކުރި މޯލްޑިވިއަން ޑިމޮކްރެޓިކް ނެޓްވޯކް (އެމް.ޑީ.އެން) އާ ގުޅޭގޮތުން ފުލުހުން ކުރިއަށް ގެންދާ ތަހުގީގުގެ އެންމެ ފަހުގެ މައުލޫމާތުތައް ދީނީ އިލްމުވެރިންގެ ގުޅުމާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ހިއްސާކުރައްވައިފިއެވެ.

އެ މައުލޫމާތު ހިއްސާކުރައްވާފައި ވަނީ މިއަދު ޝަހީދު ޙުސައިން އާދަމް ބިލްޑިންގގައި ބޭއްވި ބައްދަލުކުރެއްވުމުގައެވެ.

އެ ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ އިލްމުވެރިންގެ ގުޅުމުން ފާހަގަކުރެއްވި ކަންކަން އަޑުއައްސަވައި، މޯލްޑިވިއަން ޑިމޮކްރެޓިކް ނެޓްވޯކް (އެމް.ޑީ.އެން) އާ ގުޅޭގޮތުން ފުލުހުން ކުރިއަށް ގެންދާ ތަހުގީގުގެ އެންމެ ފަހުގެ މައުލޫމާތުތައް ފޯރުކޮށްދެއްވާފައެވެ.

އަދި ކޮވިޑް 19 ގެ ތެރޭގައި ހުރިހާ ދީނީ އިލްމުވެރިން ގައުމީ އެއްބައިވަންތަކަން އިސްކުރައްވައި، ކަންކަމުގައި ކޮށްދެއްވި މަސައްކަތްތަކަށް ޝުކުރު އަދާކޮށް ސީޕީ ވަނީ ވާހަކަދައްކަވާފައެވެ.

އަދި ދިވެހި ރާއްޖޭގައި އިސްލާމް ދީން ހިމާޔަތްކުރުމުގައި ފުލުހުންގެ ދައުރު އަދާކުރުމުގެ ތެރެއިން ކުރަންޖެހޭ ކަންކަން އެއްވެސް ފަސްޖެހުމެއް ނެތި ކުރަމުންދާނެ ކަމުގެ ޔަގީންކަން ސީޕީ ވަނީ އަރުވާފައެވެ.

މީގެ އިތުރުން މި ބައްދަލުވުމުގައި ވަނީ ފުލުހުންގެ ދައުރު އަދާކުރުމުގެ ތެރެއިން އިލްމުވެރިންނާއި ގުޅިގެން ކުރެވޭކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. Anonymous

  މި ސަރުކާރަށް ބައިއަތު ހިފައިގެން ތިބި އިލްމުވެރީންނައި ހިއްސާ ކުރިޔަސް ނުކުރިޔަސް ހަމަހަމަ ވެގެންވޭ. ދިވެހީން ތިޔަށް ކިޔާ އުޅެނީ އޮޅުވާލުމޭ. އަދި މަޖަޒީ ބަހުން ނަމަ ލޮލުގައި އަދުން އެޅުވުން. ގިނަ ސޭހުން ޖޮބް މަނީ ޔެސ ޔެސް. ދީންވެސް ވިއްކަލަނ ތައްޔާރު ވަޒީފާއަށް ޓަކައި.

  11
 2. ނަައީމް

  ތިޔާގެން އިގުނު އެއްޗެއްއެބަތޮތް ހީވަނީ ފުލުހުންގެ ތަހުގީގަށް އިލްމުވެރިންގެ ހެކިބަސްބޭނުންވެގެން އޫޅޭހެން ނުބާލާނެ ފިޔަވަޅެއްވެސް ނާޅާނެ އެއކަމެއްވެސް ނުވާނެ މިސަރުކާރަކުން ދީނަށް ފުރައްސާރަ ކޮށްގެނެއްދޭނެ އަދަބެއްނޯންނާނެ

  13
 3. ޅަދު

  ހީކުރިވަރަށްވުރެ ސަރުކާރަށް ޕްރެޝަރުބޮޑުވީ ދޯ. ޑެމޭޖްކޮންޓޮރޯލް މާލަސްވެއްޖެ. އިސްތިއުފާދީ

  16
  1
 4. ކަނބާ

  އިސްލާމްދީން ޙިމާޔަތްކޮށް އެދީނުގެ ދިފާޢުގައި މަސައްކަތް ކުރެވޭނީ އިސްލާމްދީނަށް ލޯބިކުރާ ބަޔަކަށެވެ.

 5. އަޙްމަދް

  ލާދީނީ ރިޕޯޓް އާއްމު ކުރި މޯލްޑިވިއަން ޑިމޮކްރެޓިކް ނެޓްވޯކް (އެމް.ޑީ.އެން) އާ ގުޅޭގޮތުން ފުލުހުން ކުރިއަށް ގެންދާ ތަހުގީގުގެ އެންމެ ފަހުގެ މައުލޫމާތުތައް ދީނީ އިލްމުވެރިންގެ ގުޅުމާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ހިއްސާކުރައްވައިފިއެވެ.—
  ————————————————————————
  ތީ ކޮންކަހަލަ ދީނީ ޢިލްމުވެރިންނެއްތޯ އެވެ.
  ކޮއްމެ ވެރިކަމަކަށް عقيدة ބަދަލުވެ
  ކުލަ ބަދަލުވާމީހުން އެއީ ޢިލްމުވެރިން ތޯއެވެ؟