ހުޅުމާލޭގައި ސިފައިންނާއި ފުލުހުންނަށް ހާއްސަކޮށްގެން އިމާރާތް ކުރާ ފްލެޓުގެ މަސައްކަތް ކުރާ ތައިލެންޑުގެ އައިލެންޑް އެކްސްޕާޓުގެ ބިދޭސީ މުވައްޒަފުން، މިއަދު ކުރިއަށްގެންދިޔަ މުޒާހަރާގެ ކަންކަން ބަލަމުންދާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަނުން (އެޗްއާރްސީއެމް)އިން ބުނެފިއެވެ.

އެ މުޒާހަރާ ނިމުނުފަހުން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި އެޗްއާރްސީއެމްއިން ބުނެފައިވަނީ، އެ މުޒާހަރާގެ ކަންކަން ވަރަށް ގާތުން ބަލާފައިވާ ކަމަށާއި، އެ މުޒާހަރާ ކުރިއަށްގެންދިޔަ ސައިޓުގައިވެސް އެޗްއާރްސީއެމުން ހަރަކާތްތެރިވެފައިވާ ކަމަށެވެ. އަދި ނޫސްތަކުން ގެނެސްދެމުންދާ ހަބަރުތަކާއި، މީސް މީީޑިއާގައި ދައުރުވަމުންދާ ޕޯސްޓްތައްވެސް ބަލަމުން އަންނަ ކަން ވަނީ ފާހަގަކޮށްފައެވެ.

މިއަދުގެ މުޒާހަރާ ކުރިއަށް ގެންގޮސްފައި ވަނީ މުސާރަ ނުދީގެންނެވެ. އެ މުޒާހަރާއި ހަމަނުޖެހުން ހިންގައި ފުލުހުންނަށް ހަމަލާދީފައި ވެއެވެ. ފުލުހުން ވިދާޅުވީ، އެ މުޒާހަރާގައި ހަމަނުޖެހުން ހިންގައި ފުލުހުންނަށް ހަމަލާދިމް 41 ބިދޭސީއަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ފުލުހުން ވިދާޅުވީ އައިލެންޑް އެކްސްޕާޓްގެ ބިދޭސީންތަކެއް މުސާރަ ނުލިބޭތީ އެކަމާ ހިތްހަމަނުޖެހުން ފާޅުކުރުމަށް ހުޅުމާލޭގައި މިއަދު ކުރިއަށް ގެންދިޔަ މުޒާހަރާއެއްގައި ހަމަނުޖެހުން ހިންގައި ބައެއް ފުލުހުންނަށް އަނިޔާވެ ފުލުހުންގެ ވެހިކަލަކަށް ގެއްލުން ދީފައިވާ ކަމަށެވެ.

ފުލުހުންނަށް ހަމަލާދޭން ނުކުތް މީހުން ވަނީ ގާބުރިންނާއި ލަޓިބުރިން ފުލުހުންނަށް ހަމަލާ ދީފައެވެ.

މި މުޒާހަރާގައި 100 އަށް ވުރެ ގިނަ ބިދޭސީ މުވައްޒަފުން ބައިވެރިވި ކަމަށްވެއެވެ.

މީގެ ކުރިންވެސް ހުޅުމާލޭގައި އާއި ބ. ބޮޑުފިނޮޅުގައި ވެސް ބިދޭސީންތަކެއް ވަނީ މުސާރައިގެ މައްސަލައިގައި މުޒާހަރާ ކޮށްފައެވެ. އަދި ބިދޭސީން ވަނީ ފުލުހުންނާއި ކަުރިމަތިލައި، ފުލުުހުންނަށް ހަމަލާދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އެމަންޖެ

    މިސަރުކާރު އަޑީގަ އޮވެގެން ހާވާ ހަޑިޔެއް ކިތައްމެވަރަކައް މަސައްކަތް ކޮއްގެންވެސް މިސަރުކާރުން ކިހިނެއްތޯ ހޯދާނީ.

  2. ސްމާރޓް

    ބޭކާރުބައެއް މުއައްސަސާ އުވާލަން ފެނޭ

  3. Anonymous

    ދުބާއީން ބަންގާޅިން ފޮނުވާލި ގޮތައް ފޮނުވާލާ

    10
  4. ކާފަރު

    ސާބަހޭ ބޮންދުތަކާ..

    3
    4
  5. ފެކްޓް

    ހހރޯއްޖާ ތިވާހަކަ ހުއްޓާލާ! ތިހެން ނުބަލާ ދުވަހެއް ދޭތަ! ކަމަކީ ހުސް ބެލުން. ވާކަމެއް ހަރާމުން ހަރާން

  6. ފެކްޓް

    ކަންކން ބަލާގޮތް ރަނގަޅުކަމުން މިއުޅެނީ

  7. ސަޓޯ

    އެމް.ސީ ހަމީދު ޖެހޭނީ އިނގިލި ބޯން.. ސަރުކާރުން އެމީހުން ރަށަށް ފޮނުވާލާނީ.. އެއަށް ވުރެ އިތުރު ކަމެއް ނުކުރެވޭނެ