ދިވެހިންނަކީ އަވަށްޓެރި އިންޑިއާގެ ބޮލީވުޑާއި ވަރަށް ރައްޓެހި ބައެކެވެ. ގިނަ ދިވެހިން ބޮލީވުޑްގެ ފިލްމުތައް ބަލައިގެން އިންޑިއާގެ ރަސްމީ ބަސް ކަމުގައިވާ ހިންދީ ބަސްވެސް ދަސް ކޮށްފައި ވާއިރު، ދާދި ފަހުން ބޮލީވުޑްގެ ނަން ހިނގާ، އަދި ގިނަ ބައެއްގެ އިޙްތިރާމް ލިބިފައިވާ އެކްޓަރު އަމީތާބް ބަޗަން ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.

އާމިތާބް މި ނުރައްކާތެރި ވައިރަހަށް ފައްސިވުމާއި އެކު ރާއްޖޭގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު މިވަނީ އަމީތާބް ވައިރަހަށް ފައްސިވުމުން އޭނާ އަށް އަވަސް ޝިފާ އަކަށް އެދޭ ކަމަށް ވިދާޅުވެފައެވެ.

މިއަދު ގަލޮޅު ރަސްމީ ބޯޅަ ދަނޑުގައި އިންޑިއާ ސަރުކާރުގެ ފަރާތުން 61 ރަށަކަށް އައުޓް ޑޯރ ޖިމް ދިވެހިރާއްޖެއަށް ހަވާލު ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނަޝީދު އިތުރަށް ވިދާޅުވެފައި ވަނީ އަމީތާބަކީ ގިނަ ދިވެހިންތަކެއްގެ ހިތްތަކުން ޖާގަ ހޯދާފައިވާ ފިލްމީތަރިއެއްކަން ފާހަގަކޮށް، އަމީތާބް ފައްސިވުމުން ގިނަ ދިވެހިންތަކެއް އެކަމާއި ހިތާމަ ކުރާކަން ފާހަގަ ކުރައްވާފައެވެ.

މި ވައިރަހަށް މިހާރު އަމީތާބުގެ އިތުރުން، އޭނާގެ ދަރިފުޅު އަބީޝޭކް ބަޗަން އާއި އޭނާގެ އަންހެނުން އައިޝްވާރިޔާ ރާއީ އަދި 8 އަހަރުގެ އަންހެން ދަރިފުޅުވެސް ވަނީ ފައްސިވެފައިކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

 1. މައުމޫން

  ކަލޭގެ އަނގަ ނުބާނާ ކަމެއް ނޯވެޔޭ ދޯ! ވެރިކަން ވައްޓާލާނި ދެން މާ ބަލާބޮޑުވަންޏާ

  80
  4
 2. ތާކިހާ

  ޚަބަރެއްހަދާލީދޯ ،

  44
  3
 3. މޮޔަ

  އޭނާ އަށް ކޮންމެ ކަމެއް ވިޔަސް އަހަރުންނަށް ވަރިހަމަ. ކަލޭ އޮބޭ

  55
  3
 4. Mahujanu

  އަމީތާބުއެއީ ވަރަށްގިނަ ފިލްމުތަކުގަ ރާބޯމީ ހެއް،

  21
 5. ފެކްޓް

  އަދިވެސް ނިކަމެތި ދިވެހީންނަށް ބިދޭސީންގެ މައްސަލަ ހައްލު ކުރާނެ އަވަސްގޮތެއް އެދުމުގެ ބަދަލްގައި ބޭކާރު ކަންކަމާ ތިބެހެނީ

  16
 6. އަނގަގަދަމިތުރު

  ދޮގެއްނޫން މީމިހާރު އަނގަގަދަ މިތުރައްވުރެ ކަންތައްބޮޑު ނުބެހޭ އެއްކަމެއްނޯވޭ

  18
 7. ސަމާ މާލެ

  ކާއްޓާ ނާއްޓާ ދޭތެރެއަށް ވެސް ނަސީދު ވަންނާނެ.

  26
  1
 8. އަލީ

  ރާއްޖޭގައި ކޮވިޑްޖެހިފައިތިބި ދިވެހިންނަށް އަވަސް ޝިފާއެއް ދެއްވުމަށް ބުނުއްވިނަމަ މާރަގަޅުވީސް.

  34
 9. ޚޮކި

  ހަމައެކަނި ހިތާމަކުރާނޭ ނަޝީދު
  އެއީ މުސްލިމެއްވެސްނޫން
  އަމީތާބަކީ

  21
 10. އަހުމަދު

  ބަލަގަ ކަރުތެރެ ތެންމާލައި އަތްދޮވެލީމަ ނިމުނީއޭ ދިވެހިންގާތު ބުނެފައި އަމީފާބައް ޝިފާއެދެނީ

  14
  1
 11. އަޙްމަދް

  މި ދިޔާސި ކޮއްމެ މީހަކު މަގާމެއް ނުލިބޭ އިރު ހިތުން ނެލްސަން މަންޑޭލާ ޔޯލައެެވެ!
  މަގާމެެއްލިބުމުން އިސާހިތަކު ބަދުލުވަނީ ރޮބަޓު މުގާބޭކައަށެވެ!
  ކޮންފަދަ ބޮޑު ޖޯކެެއްތޯ އެވެ!

  18
  1
 12. Anonymous

  މުޝްރިކުންނައް ހެޔޮދުއާ ކުރާނީ މުޝްރިކުން. ތައުހީދު ނަފީވާ ކަމެއް އެއީ

  19
  1
 13. އައްޑޫ ލެއި

  މި މުނާފިގު ކަލޭގެ ދިވެހިންގެ ހާލަތު އެއްދުވަހުން އަނެއްދުވަހަ ކޮވިޑާއި ގުޅިގެން ދަށަށް ދާއިރުވެސް ދިވެހި ރައްޔިތުންނަށް އަވަސް ޝިފާޔަކަށް ނޭދޭ

  25
 14. އަލީ

  އަމީތާބަކީ މަތިން ފައިބާހުރި މީހެއްތަ.. ދިވެހިންގެ ތެރެއިން އެތައް ބަޔަކު ހާލުގަ އުޅޭއިރު މީނައަށް ނުފެންނަނީ ކީއްވެތަ.. އަންނީ ދެޭބަލަ އިންޑިއާ އަށް.. ގެރިތައް ފަހަތުން ދުވަން.. ކެނެރީ ވައިރސް

  16
  1
 15. ވަގު ކެނެރީ

  ޢިޒްރޭލުގެ ހައްދުފަހަނަޅާފައިވާ ބޮޑު ވަޒީރު އިންޑިޔާއަށް ގޮސް ބައްދަލު.ކުރި ހަމައެކަނި ފިލްމީތަރި...ރަނގަޅު ޔަހޫދީން ލޯބި ކުރާނީ ޔަހޫދީން ދެކެ.އަދި އާހިރަތުގަ ކޮންމެ މީހަކުވެސް ވާނީ އެމީހަކު ލޯބި ކުރި ބަޔަކާއެކު.ޝައްކެތް ވެސް ނެތް މިންވަރަށް ނަޝީދު އަކީ މުސްލިމުންނަށް ބޮޑުވެގެންވާ އަދާވާތްތެރިއެއް.ޔާ ﷲ އޭނާއަށް ތެދުމަގު ދައްކަވާނދޭވެ އެހެންނޫނީ އޭނަ ހަލާކު ކުރައްވާ ދިރިތިބީންނަށް އިބްރަތެއްކަމުގައި ލައްވާނދޭވެ އެންމެހާ ފިތުނަ ތަކުން އެންމެހާ މުސްލިމުން ސަލާމަތް ކުރައްވާ ރައްކާތެރި ކުރައްވާނދޭވެ...އަދި އިބަރަސްކަލާނގެ ދީނަށް ނަސްރުދޭ ބަޔަކު ކަމުގައި އަޅަމެން ލައްވާ،ނަރަކައިގެ އަޒާބުން އަޅަމެން ދިންނަވާނދޭވެ.އާމީން

  15
 16. ޢަހުމަދު ނަސީރު ހަސަން

  މިހާރު ސިއްހަތު ރަގަޅު ގެރިޔެއް ހޯދުމުގެ މަސައްކަތުގަ މޯދީ އުޅުއްވަނީ އަމީތާބުއައްް އޭގެކުޑަކަމުދާދޭންވެގެން ނަޝީދުވެސް ބޭނުމިޔާ ވަރައް އަމަލުވާ އެޗެއްކަމައްވަނީ މިކަލޭގެޔާހެދީ މިގައުމުހަލާކުވަނީ.......

  10
 17. ާނަސީމް

  އަ މީތާބް އާ ކަލެއާ އޮތީ ކޮން ގުޅު މެއް

  10