ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި ގާއިމް ކުރި ކޮވިޑް-19 އަށް ޓެސްޓު ކުރެވޭ ސެންޓަރު ހުޅުވައިފިއެވެ.

މާފަރު އެއާޕޯޓުގައި ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް އެ އެއާޕޯޓުގައި ޕީސީއާރު ލެބެއް ގާއިމްކޮށްފައި ވަނީ ސޮނޭވާގެ ފަރާތުންނެވެ. އެތަނުގައި މެޝިން ބަހައްޓާފައި ވަނީ އޭޑީކޭއިންނެވެ.

އެ ލެބް ހުޅުވުމަށް މިއަދު އޮންލައިންކޮށް ވަނީ ރަސްމިއްޔާތެއް ބާއްވާފައެވެ. އެ ރަސްމިއްޔާތުގައި ހެލްތް މިނިސްޓަރ އަބްދުﷲ އަމީން ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.

މާފަރު އެއަޕޯޓުގައި މިހާރު ގާއިމްކޮށްފައިވާ ލެބާއި އެކު މިހާރު ރާއްޖޭގެ ފަސް ތަނެއްގައި ކޮވިޑް-19 އަށް ޓެސްޓު ކުރެވޭނެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ. އެގޮތުން އައިޖީއެމްއެޗް، އޭޑީކޭ ހޮސްޕިޓަލް، ފުލުހުންގެ ޑީއެންއޭ ލެބް، ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް އަދި އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގައި މިހާރު ކޮވިޑް-19 އަށް ޓެސްޓު ކުރެވޭނެއެވެ.

މާފަރު އެއާޕޯޓް ހުންނަ ސަރަހައްދަކީ ރާއްޖޭގައި ގިނަ އަދަދެއްގެ ރިސޯޓްތައް ހިންގަމުންދާ ސަރަހައްދެކެވެ. ހާއްސަކޮށް މަތީފަންތީގެ ރިސޯޓްތައް އެ ސަރަހައްދުގައި ހިންގަމުން ދެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ާއަބުލޯ

  ތީވަރަށް ރަނގަލު ކަމެށް ހަމަ އެގޮތަށް
  ތަންތަނަށް ދައްކަން ހުރިލާރިވެސް ދޭންވީ
  މިލިޔަނުން ދަރާފަ ތިބެގެން ތީމާރީތި ކަމެއް
  ނޫން ފުރަތަމަ ދަރަނި އަދާކުރޭ.

 2. ކެޔޮޅު

  ފުރަތަމަ މީހުންނަށް ދޭންޖެހޭ ލާރިދީ މިލިއަނުން ދަރާފަ ތިބެގެން ކޮން ލެބެއް ހަދާކަށް.

 3. ދިވެހި ދަރިއެއް

  ماشاءالله