ހުޅުމާލޭގައި ސިފައިންނާއި ފުލުހުންނަށް ހާއްސަކޮށްގެން އިމާރާތް ކުރާ ފްލެޓުގެ މަސައްކަތް ކުރާ ތައިލެންޑުގެ އައިލެންޑް އެކްސްޕާޓުގެ ބިދޭސީ މުވައްޒަފުން، މިއަދު ކުރިއަށްގެންދިޔަ މުޒާހަރާ އާ ގުޅިގެން އެ ސަރަހައްދަށް ދިޔަ ފުލުހުންނާ ދިމާލަށް ގައު އުކައި ހަމަނުޖެހުން ހިންގިއިރު، މި އަމަލު ހިންގުމުގައި ބައިވެރިވި މީހުންނާމެދު ގާނޫނުތަކާއި ގަވާއިދުތަކުގެ ތެރެއިން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ކުރަންޖެހޭ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން މިހެން ވިދާޅުވީ، ދެންމެ ނެރުނު ބަޔާނެއްގައެވެ.

ފުލުހުން ވިދާޅުވީ، ހަމަނުޖެހުމުގައި ބައެއް ފުލުހުންނަށް އަނިޔާވުމުގެ އިތުރުން ފުލުހުންގެ ވެހިކަލަކަށާއި އާންމު ރައްޔިތުންގެ މުދަލަށް ގެއްލުންވެފައިވާ ކަމަށެވެ. އަދި މި ކަމާ ގުޅިގެން ފުލުހުންގެ ސްޕެޝަލް އޮޕަރޭޝަންސް ޑިޕާޓްމަންޓްގެ ޕަބްލިކް އެންޑް ރެސްޕޮންސް ޔުނިޓުގެ ޓީމެއް އެ ސަރަހައްދަށް ފޮނުވައި އެއްވުމުގައި ބައިވެރިވި މީހުންގެ ތެރެއިން 41 ބިދޭސީއަކު ހައްޔަރުކޮށް މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ވިދާޅުވިއެވެ.

"މާލޭގެ މަގުތަކުގެ އަމާންކަން ނަގާލައި ދައުލަތާއި ރައްޔިތުންގެ މުދަލަށް ގެއްލުންދިނުން މި ސަރވިސް އިން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ހިނދު، މި އަމަލު ހިންގުމުގައި ބައިވެރިވި މީހުންނާމެދު ގާނޫނުތަކާއި ގަވާއިދުތަކުގެ ތެރެއިން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ކުރަންޖެހޭ މަސައްކަތް މޯލްޑިވްސް ޕޮލިސް އިން މި ދަނީ ކުރަމުންނެވެ". ފުލުހުންގެ ބަޔާނުގައި ވެއެވެ.

ފުލުހުން ވިދާޅުވީ، މުސާރަ ނުލިބުން ފަދަ މައްސަލަތައް ހައްލުކުރުމުގައި، އެ ކަންކަން ހައްލުކުރުމަށް އެކަށައަޅާފައިވާ ގާނޫނީ އުސޫލުތަކުގެ ތެރެއިން އަމަލުތައް ބެހެއްޓެމަށް އިލްތިމާސް ކުރާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

 1. އެމީހުންގެ ހައްޤުކޮބާ

  އެމީ ހުންގެ މުސާރަދިނިއްޔާ މާތާ ހިރުވާނެ މުސާރަނުދީ ހަރުކަށިފިޔަވަޅުއެޅުމަކީ ހައްލެއްނޫން

  28
  29
  • މާމިގިލީ މީހާ

   ތިބަންގާޅީންނައް ހައްގު އޮންނާނީ ޖަލުތެރެއިން، ޖައްވައް ހަވަޔައް ފަޒާޔަށް ބަޑި ޖަހާ ނިންމާލާ.

   2
   4
  • ބުއްޅަދައްޖާލު

   މުސާރަ ކެވިފަ އެހުރީ ރައްޔިތުންނައް އަނިޔާކޮއް ގެއްލުންދޭކައްނުޖެހޭނެ. ކަލޭ އަންހެނުންވެސް ދޭންވީ ބުއްޅަގެއާ މިއީވާ ތަނެއް

 2. ޜާކަނި

  ޜާކިސް އަރުވާލާ

  1
  2
 3. ނަައީމް

  ވިސްނާލަބަލަ އެމީހުންެސް އެހާދުވަހު މުސާރަނުދިނީމާ އިހްސާސްތަކެއްހުންނާނެ އެ ކޮޅުންލާދިޔާމާ ދިމާވާ ކަންކަން ސަރުކާރު ހަރުދަނާނުވާނަމަ މިފަދަ އެތަކެއްކަމެއް ބޭއިހުތިޔާރުގަ ލޮމީރުގަބޫލު ނުކުރިޔަސް ވެގެންދާނެ

  11
  2
 4. ބްރޯ

  @އެމީހުންގެ ހައްގުކޮބާ.........މުސާރަ ދޭން ޖެހޭނީ އެމީހުން ލައްވާ މަސަކަތް ކުރުވާ މީހުން. މުސާރަ ނުލިބިއްޖެއްޔާ އެ ހައްގު ހޯދަން އަޑުވެސް އުފުލަން ޖެހޭނެ. މުސާރަ ނުދޭ މީހުނައް ފިޔަވަޅުވެސް އަޅަން ޖެހޭނެ. އެކަމަކު ދިވެހިންގެ ބިމުގަ ހަމަނުޖެހުން އުފައްދާ ތަންތަނައް ގެއްލުން ދީ ދިވެހިންގެ ދިފާއީ ބާރު ކަމުގައިވާ ފުލުހުންނާއި ސިފައިނައް ގެއްލުން ދެވިގެނެއް ނުވާނެ. ހަމަ ގައިމުވެސް ހަޖަމް ކުރަން ވަރައް އުނދަގޫ މަންޒަރެއް. އެފަދަ އަމަލުތައް ހިންގަންޏާމު ހަރުކަށި ފިޔަވަޅު އަޅަން ޖެހޭނެ. ތިއެއް އިނގޭނީ އެމީހުން އެއްލާ ގާބުރިޔަކުން ތިމާގެ އަންބެއް ދަރިއެއް މައެއް ބަފައެއްގެ ބޮލުގަ ޖެހުނީމަ. ސަލާމް ވަރަށް...

  9
  2
 5. ފައްޔާބެ

  އެމީހުންގެ އަޑު އިއްވޭނެ އެހެން ގޮތެއް ނެތީމައި އިއްވޭނެ ގޮތަށް އެ އިއްވަނީ ، ރަޔަޓް ގެ ސަބަބުން ހަބަރު ނޫހަށް ތިލަވެގެން މި އުޅެނީ.

  6
  3
 6. ހަސަން

  ތި ހުރިހާ ބަންގާޅީން ޖަލުތެރެއިން ނިންމާލާން ޖެހޭ. އެމީހުންގެ ގައުމުގަ ތިބެގެން މުޒާހިރާ ކޮއްބަލަ.

  5
  3
 7. ކޮބާތޭ

  ހަމަނުޖެހުން ހިންގި މީހުންނަށް އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ފުލުހުން ދީފި ނަމަ ތިޔާއީ މަމެން އުފާ ކުރާ ކަމެކޭ އެކަމަކު މަމެންނަށް އެކަން ފެނިގެން ނުދެއޭ މިއަދު މަމެން ވަަރަށް ދެރަވިއޭ ދިވެހި ފުލުހަކަށް ރާއްޖޭގައި ގަވާއިދާއި ޚިލާފަށް ވާރކް ވިސާފީ ނުދައްކާ ތިބި ބަޔަކު އެމެންނަށް މުސާރަ ނުދެއޭ ކިޔާ ލަދުހަޔާތުގެ ކަންފުޅެއް ވެސް ނެތި އައިސް ޕޮލިހުންނަށް ހަމަލާދިން އިރު މީ މުޅި ޕޮލިހުންގެ އިދާރާ ލަދު ގަންނަން ޖެހޭނެ ކަމެކޭ ކޮބާތޭ ރައީސް އިބޫ އިންޑިއާ އެމްބަސޭ އާއި ތެޔޮ ރިހަ ގަނޑު ކަނީއޭ އެހެންތޭ...

  5
  1
 8. ގޮތަކީ

  މާލޭގައި ގަވާއިދާއި ޚިލާފަށް މަސައްކަތް ކުރާ ބަންގާޅުންނަށް ފުލުހުންނަށް ހަަމަލާ ދިނުން އެއީ އެއްގޮތަކަށް ވެސް މަމެން ބަލައިގަންނާނެ ކަމެއް ނޫނޭ ވީޑިއޯ ތަކުން ފެންނަ ގޮތުގައި 40 މީހުންނޭ ހަމަލާ ދިނީ 200 މީހުން ވެސް ބައިވެރިވި ކަމަށޭ ފެންނަނީ ކަން މިހެން ހުރުމުން މިކަން ޖެހޭނެއޭ ފުލުހުން ވަރަށް ރަނގަޅަށް ބަލަން ދެން ވެސް މަޖްލީހުގެ ރައީސް އިސްވެ ހުރެ ފުލުހުންގެ މުވައްސަސާގެ އަގު ވައްޓާލާ އެމެންގެ ބާރު ކަނޑުވާލަން މަސައްކަތް ނުކުރުން އެއީއޭ ބުއްދިވެރިންގެ

  4
  1
 9. ރާއްޕެ

  ފިޔަވަޅު ނާޅާ މުސާާރަ ދީ

  4
  3
  • ފިޔަވަޅު

   މުސާރަދިނުމަކީ ފުލުހުން ކުރަން ޖެހޭކަމެއްނޫން. ޢެކަމް ގައުމީސަލާމަތަށް ނުރައްކާކޮށް ދިވެހި ދައުލަތުގެ މުދަލާ ދިވެހި ސަލާމަތީ ބާރުތަކަށް ހަމަލާދީ ދިވެހި ރައްޔިތުންގެ މުދަލާ ގެދޮރަށް ގެންލުންދިނުމަށް ބިދޭސީ ބަޔަކު ތެދުވުމަކީ ބޭރުގެ ދައުލަތަކުން ދިވެހި ފަސްގަނޑުގަ ދިވެހި ދިދައިގެ ދަށުގަ ހަނގުރާމަ އިއުލާނުކުރުން ފަދަކަމެއް. ދިފާއީ ބާރުތަކުން ޓޮލަރޭޓް ނުކުރާނެ

 10. އަލީ

  ހަރުކަށި ފިޔަވަޅު އަޅަންޖެހޭ... މި ޤައުމު ސަލާމަތް ކޮށްދޭން ތިބި ޤައުމުގެ ފަހުރު އަދި ޤައުމުގެ ރައްޔިތުންގެ ހިތްވައު ތިޔަބޭފުޅުންނަކީ...

  5
  2
 11. ގިޓާ

  ތިބާ އަމިއްލަްަް ޤައުމާައި މުޅިޢައިލާއާ ވަކިން އެހެން ޤައުމެއްގައިތިބެ ކުރާމަސައްކަތުގެ އަގު ނުލިބި އެތައް މަހަކަށް ދިއުމުން ކުރާނެ އަސަރުވިސްނާލާ! ތިބާމުއްސަދިވީ އެފަޤީރުން ކުރި މަސައްކަތުން ނޫންތޯ! ނިކަމެތިމީހާގެ އަޑުއެހި މުއައްސަސާއަކީ ކޮބައިތޯ؟ 6މަހުމަސައްކަތް ކުރީމަ ޙައްޤުވަނީ އެއްމަހުގެ މުސާރަތޯ؟ ޤައުމީ ނުރައްކަލާ ހަމައަށް މިދަނީ މުއައސަސާ ތަކުގެ އިހުމާލުން ކަން ކަށަވަރު، ވެރިންނޭ މިއީ ތިބައިގެ ބޮލުގައި އެޅޭ ދަރަންޏެއް ޒިންމާވާން ޖެެހޭނެ !!!!!!

 12. ޢިޔާބު

  ބަންގާޅީންތައް ގައުމަށް ފޮނުވާލާ.

  3
  1
  • އަލީ

   ރަނގަޅު..އެމީހުން ގައުމަށް ފޮނުވާލާފަ އެމީހުން ކުރާ މަސައްކަތް ދިވެހިން ލައްވާ ކޮއްބަލަ... ދިވެހިންނަށް ކުރަން ކެރިއްޖެއްޔާ މިހުރިހާ ކަމެއްވެސް ހައްލުވާނެ... މައްސަލައަކީ ބައެއް ދިވެހިންގެ ކަންނެތްކަމުން މިވަރުވެސް ނުވާތީ.. ދިވެހިންނަށް އެއްމަސް ވެސް މުސާރަ ނުލިބިއްޖެނަމަ ވަނީ ކިހިނެތް...

 13. ހަޔަސިންތް

  މުސާރަ އެޢީ މަދަނީ މައްސަލައެއް މުދަލައް ގެއްލުންދިނުން އެއީ ކްރިމިނަލް މައްސަލައެއް ސުވާލަކީ މިގައުމުގެ ފުލުހުން ނަށް މިމައްސަލަ ތަހުގީގު ކުރެވިދާނެބާ މީގެކުރިންވެސް މިބާވަތުގެ ދެތިން ކަމެއް ވަނީ ހިގާފަ އެޅުނުފިޔަވަޅެއް އަދިއެއްނެތް

  (ފުލުހުންތިކުރާހިތްވަރަށް ސާބަސް)

 14. ފެކްޓް

  ފިޔަވަޅު އަޅަން ޖެހޭނެ. އެކަމަކު މުސާރަވެސް ދޭންޖެހޭނެ. މުސާރަ ނުދީ ގުލާންކުރުވަން މާތާހިރެއްނޫން. އަދި އެކުންފުނިތަކާމެދު ފިޔަވަޅުނާޅަ އެޟިހުންނަށް އެކަނި ފިޔަވޅު އެޅުމަކީވެސް ހުތުރުކަންބޮޑު ޢަމަލެއް. މިވަރުންވެސް މާލިއްޔާގަ ހުރިއްޔާ ހިރި އެއްޗަކުން މިވެރިންނަށް ލޯނު. ހާދަ ތާކުންތާކު ނުޖެހޭ ކަންތައްތަކޭ މިހިގަނީ.

 15. ޒާ

  ފިޔަވަޅު އެޅިޔަސް ނޭޅިޔަސް އިންސާނުންނާމެދު ކަނަވާރުންނާއެއްގޮތަށް އަމަލުކުރާނަމަ ދާނީ ހަރުކަށިވަމުން. ގޯސްކުރަން ފުލުހިންވެސް އުޅެނީ ވަކިއަތަކަށް ޖެހިގެން.

  1
  1
 16. ޢަހުމަދު

  ތިހުރިހާކަމެއްގެ އަޑީގައި ތިބީ އެމްޑީޕީ މީހުންނޭ ކިޔާ ރީދޫމީހުންނެވެ އަލީ ރިޒާއަކީ އިކޮނޮމިކް ފައްޔާޒާ ދެމީހުން ވަގަށް ބިދޭށީން އެތެރެކޮށްގެން މިގައުމުގެ ދާހިލީ މިނިވަންކަން ނަގާލާ މަސައްކަތްކުރި ލާދީނީ ރީދޫ މީހުން

  5
  1
 17. ޢަހުމަދި

  ޢިމިގުރޭސަނުގެ މީހުންނާ ރިސްވަތު ޖަހައިގެން ވަގަށް އެތަށް އަހަރުތަކެއްވަންދެން ވަގަށް ބިދޭށިން ރާއްޖެއަށް ބިދޭށިން އެތެރެކުރާ ވަގުން ހާދަ މުއްސަދިވާނޭދޯ މިގައުމަށް ހާދަގެއްލުމެއް ދީފިޔޯދޯ މިއޮތީ އެދުވަސް ލައިގެންފަ ދެންއޮތްހާވެސް ކަމަކީ މިބިދޭށިންގެ ކަންތައް ނިންމާލަން ރައްޔިތުން ނިކުތުން

 18. ޖާބެ

  ކަމިޝަނަރ ފެއިލްވެއްޖެ ހުރިހާގޮތަކުންވެސް އެއްވެސް ލީޑަރޝިޕްއެއްނެތް. ތިތަނުން ޕްރިވެޓްއަކާ ހަވާލްކުރިޔަސް ތިޔައްވުރެއް ރަންގަޅައް ހިންގާނެ ތިޔަތަން ހަވާލުކޮށްފަ ޕާޓީ އޮފީހައް ދިއުން ބުއްދިވެރި

 19. ހިނނަވަރު

  ސަރުކާރު އެބަޖެހޭ ސިފައިންނާ ފުލުހުންނަށް ފުރިހަމަ ބާރުދީ
  ނޫންނަމަ ވ ވ އަވަހަށް ސަރުކާރު ވެއްޓިދާނެ