ކޮންމެ އަހަރެއްގެ ވެސް ޖުލައި މަހުގެ 26 ވަނަ ދުވަހު ފާހަގަކުރާ މިނިވަން ދުވަސް މި އަހަރު ފާހަގަ ނުކުރި ނަމަވެސް ޖުލައި 26 އިން އޮގަސްޓް 2 އަށް ސަރުކާރު ބަންދުވާނެ ކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް ހޫދު މީޑއާތަކަށް ވިދާޅުވީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހު މި އަހަރުގެ ބަންދު ދުވަސްތައް ރައީސް އޮފީހުން ކަނޑައަޅާފައި ވާ ޑައިރެކްޓްރީގައި ވާ ގޮތުން ޖުލައި މަހުގެ 26 އަދި 27 ބަންދު ކަމަށް ހަމަޖައްސާފައި ވަނީ މިނިވަން ދުވަހަކާ ގުޅިގެން ކަމަށެވެ. އަދިއެ ދުވަހުގެ މުނާސަބަތުގައި މި މަހުގެ 28 އަދި 29 ވަނީ ބަންދު ދެދުވަހުގެ ގޮތުގައި ހަމަޖައްސާފައެވެ.

ޖުލައި 30 ވަނަ ދުވަސް ބަންދު ވަނީ އެ ދުވަހަކީ ހައްޖު ދުވަސްކަމަށް ވުމުންނެވެ. އަދި ޖުލައި 31 އަކީ އަޟްހާ އީދު ދުވަސް ކަމަށް ވާއިރު އެ ދުވަސް ދިމާވަނީ ހުކުރު ދުވަހަކަށެވެ، އަދި އޯގަސްޓް 1 ވާ ހޮނިހިރު ދުވަހަކީ ރަސްމީ ބަންދު ދުވަހަކަށް ވާއިރު، އޮގަސްޓް 2 އަދި 3 މި ދެ ދުވަހަކީ އަޟްހާ އީދުގެ މުނާސަބަތުގައި ސަރުކާރު ބަންދު ކުރާ ދުވަސްތަކެވެ.

ކޮވިޑް-19 އާ ގުޅިގެން ހަރަދު ކުޑަކުރުމަށް ނިންމި ނިންމުންތަކުގެ ދަށުން މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ޚާއްސަ ހަރަކާތްތައް މި އަހަރު ކެންސަލް ކުރައްވަން ސަރުކާރުން ވަނީ ނިންމާފައެވެ. އެހެންކަމުން މިއަހަރު، ރައީސްގެ ދެކަނބަލުން ބާއްވަވާ ރަސްމީ ބައްދަލުކުރެއްވުމާއި، މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ހެވިކަމާިއ ކުޅިވަރުތަކުގެ އިތުރުން އެހެނިހެން ހަރަކާތްތައް ވެސް ބާއްވަވާނެއެވެ.

ނަމަވެސް މިނިވަން ދުވަހު ހެނދުނު 10:00 ގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހު ގައުމާ މުހާތަބު ކުރައްވާނެކަން ރައީސް އޮފީހުން ފާހަގަކުރައްވައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ނުކިއްސަރުގޮތަކަށް ބޮނޑި

    ކޮންމެވެސް އެއްޗެކޭ ކިޔައިގެން ސަރުކާރުބަންދު ކުރަނިކޮށް ނިމުނީ ދޯ؟ ހާދަ މަސަައްކަތެއް އެބައޮތޭ ބެކްލޮޮގްގަ... އަތްނުލާ... ކިހާދެރަކަމެއް ދެންމީ...

    6
    12
    • Anonymous

      އިނޮސެންޓް ރާއްޖެތެރޭ މީހުންގެ ހިތްތަކުގައި އިންޑިޔާއަށް ލޯބި ޖައްސާ އިންޑިޔާވަރުގެ ބައެއް ނެތްކަން އެމީހުން ލައްވާ ގަބޫލު ކުރުވާ، ކުޑަކުދިންގެ ހިތްތަކުގައި އަޅުވެތިކަމަށް ލޯބިޖެއްސުމަށް ހިންގާ ޕްރޮޕަގެންޑާއެއް. ރައްރަށުގެ ރައްޔިތުން ނުކުމެ މިތަކެތި ބޭރުކޮށްލާ. އިންޑިޔާގެ ނަންވެސް މިގައުމުން ފޮހެލަން އެބަޖެހޭ.

      4
      2
  2. ނުބުނާނަން

    މާ ދާހިއްވަނީ އާ ގޮސް އޮވެބަ. ދާން ނުޖެހެންޔާ ވެސް މައްސަލަ ދާން ޖެހެންޔާ ވެސް މައްސަލަ

  3. Anonymous

    1
    2