ކ. ދިއްފުށީގައި ޒުވާނަކު ދަންޖެހިފައި ހުއްޓާ ސަލާމަތްކޮށްފި އެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުން މި ހާދިސާގައި ޒުވާނާ އަމިއްލައަށް ދަންޖެހެން މަސައްކަތްކޮށްފައި ވަނީ އޭނާ ދިރިއުޅޭ ގޭގެ ކޮޓަރިއެއްގެ ތެރޭގައެވެ.

އެނގިފައިވާ ގޮތުން އަމިއްލައަށް ދަންޖެހެން އުޅުނީ ފިރިހެނެކެވެ.

އޭނާ ސަލާމަތްވީ، ބަޔަކު ދޮރު ވައްޓާލުމަށްފަހު ކޮޓަރިއަށް ވަދެ އޭނާ ނެގުމުންނެވެ. އެ މީހުން ކޮޓަރިއަށް ވަތްއިރު އޭނާ ހުރީ ދަންޖެހިފައި ކަމަށް ވެއެވެ.

މި ހާދިސާ އާއި ގުޅިގެން ކ. ތުލުސްދޫ އިން ދިއްފުއްޓަށް ފުލުހުން ވަނީ ގޮސްފައެވެ. އަދި ހާދިސާ ހިނގި ގޭގައި ފުލުހުން ވަނީ ހަރަކާތްތެރިވެފައެވެ.

މި ހާދިސާގައި ދަންޖެހެން އުޅުނު މީހާއަށް ލިބުނު އަނިޔާގެ ތަފްސީލެއް ނުލިބެއެވެ. ނަމަވެސް އޭނާ އަށް ސީރިއަސް އަނިޔާއެއްނުވެ ވަނީ ސަލާމަތްވެފައެވެ.


އަމިއްލަ އަށް މަރުވުމަކީ އިސްލާމްދީނުގައި ވެސް ވަރަށް ބޮޑަށް ޙަރާމް ކުރައްވާފައިވާ، ބޮޑެތި ފާފަތަކުގެ ތެރެއިން ފާފައެކެވެ.

އަމިއްލަ ނަފްސަށް ގެއްލުމެއްދީ މަރުވުން ފަދަ ކަމެއް ކުރަން ހިތައް އަރާނަމަ ނުވަތަ ނަފްސާނީ އުނދަގުލެއް ދިމާވާނަމަ ލަސްނުކޮށް އެކަން އެހެން މީހަކާއި ހިއްސާކޮށް ނަފްސާނީ އެހީތެރިކަން ހޯދުމަކީ މުޙިންމު ކަމެކެވެ.

ހިލޭ ކައުންސިލިން ދޭ ތަންތަނުގެ ތެރޭގައި:

1. ދަމަނަވެށި: 3318901
2. ސޮސައިޓީ ފޮ ހެލްތް ސައިންސަސް (ޝީ): 3318804 / 7976325
3. ޔޫތް އެންޑް ސްޕޯޓްސް ސެންޓަރ: 3313755 / 3323860
4. ޖުވެނައިލް ޖަސްޓިސް ޔުނިޓް: 3306691

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ކާފަރު

    ބަހައްޓާ ތެޅޭނެ ވައްތަރަކަށް ތެޅެން.. ދަން ޖެހިގެން އަމިއްލަޔަށް މަރު ގެޅިދާނެ އެންނު.. އެކަތިވެސް މަދުވެއްޖެޔާ ރަނގަޅުތާ.. ނޫނޭ، އެއީ ޑިޕްރެޝަން.. ކޮބާތަ ޑރ:ނާޒް ލޮލް.. ބަޖިޔާ އެއް ސަހާދެއް.. ބޮލިރޮދި ކައިފަ ތިބޭ ގޮލާން ތަކެއް މި ދިވެހިންނަކީ..

    11
    25
    • ޥުފތޖނގ2

      އޭނާ އުޅޭގޮތް އިނގޭ މީހެއްބާ ތިޔައީ؟ ތިގޮތަށް ވިސްނާމީހުން އުޅެންޏާމުން ތަނެއް އަދި މީހެއްވެސް ނުވާނެ ރަނގަޅެއް. އަމިއްލަ މީހާ، އެހެން މީހުނަށް މަރަށް އެދެވޭއިރުވެސް ނޭންގޭތަ؟ ބޮލިރޮދި ކައިފަ ތިބިމީހުން ތެރެއިން ތިއީވެސް އެކަކުހެން ހީވަނީ.

      24
      3
  2. Anonymous

    ތިޔައިން ނަންބަ ރަކުން ފޯނު ނަގަނީއެއް ނޫން..... ދެ ރަކަމެއް... ގުޅާ ގުޅާ އަވަދިވެއްޖެ....

    25
  3. ލަބީބު

    ބިޓް ރުޅިބަހެއް ބުނީމާ ރައްޓެހިންނާ ގުޅިގެން ޖެއްސި ސްޓަންޓެއް! ހުނ

    3
    9