ސިނަމާލެ ބްރިޖު ކައިރީ އޮންނަ ހެންވޭރު ޕާކް ތެރޭގައި ރައީސް އޮފީހުގެ މިނިސްޓަރު އަހްމަދު ނަސީމް (ކެރަފާ ނަސީމް) ގެ އުފަން ދުވަސް ފާހަގަ ކުރުމަށް ޕާޓީއެއް ބާއްވައިފިއެވެ.

ރައީސް ޞާލިހަށް ވެރިކަން ލިބިވަޑައިގަތުމާއި އެކު ހެންވޭރު ޕާކް ތަރައްޤީ ކުރުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ގެންދަނީ ކުރަމުންނެވެ. ބައެއް ބެންޗްތައް ހެދުމާއި ގިނަ އަދަދެއްގެ ގަސް އިންދުން ފިޔަވައި އެޕާކްގައި އިތުރު ކަމެއް ކޮށްފައެއް ނުވެއެވެ. ނަމަވެސް ޕާކްގެ މަސައްކަތް ނިންމާ އަދި ހުޅުވޭ ވަރެއް ނުވެއެވެ.

ކޮވިޑް-19 ފެތުރެމުން ދާތީ ޕާޓީތަކާއި ބައްދަލުވުންތައް ނުބޭއްވުމަށް އެޗްޕީއޭ އުން އެދެމުން ގެންދަނިކޮށް އިއްޔެ ނަސީމްގެ އުފަން ދުވަސް ފާހަގަ ކުރަން ބޭއްވި ޕާޓީގައި ނަސީމްގެ އިތުރުން މާލޭ މޭޔަރު ޝިފާ މުހައްމަދާއިި އެހެން ބައެއް މީހުން ވެސް ބައިވެރިވިއެވެ.

މި ޕާޓީގެ ބައެއް ފޮޓޯތައް މީސް މީޑިއާގައި އެމްޑީޕީ އެކްޓިވިސްޓަކު އާއްމު ކުރިއެވެ. ނަމަވެސް އާންމުންގެ ފާޑުކިޔުންތައް އަމާޒުވުމާއި އެކު އެ ފޮޓޯތައް މިހާރު ވަނީ ނަގާލާފައެވެ. ފޮޓޯތަކުން ފެންނަ ގޮތުގައި ނަސީމް ޕާޓީގައި ބައިވެރިވީ މާސްކް ވެސް ނާޅައެވެ. އަދި ޕާޓީގައި ބައިވެރިވި މީހުންގެ މެދުގައި ގައިދުރުކަމެއް ވެސް ނެތެވެ.

އަދި މިހާތަނަށް ހުޅުވާފައި ވެސް ނުވާ ޕާކެއްގައި މިނިސްޓަރު ނަސީމް ޕާޓީއެއް ބޭއްވުމަކީ ކޮރަޕްޝަންގެ އަމަލެއް ކަމަށް ބުނެ އެމައްސަލަ ބަލަން ވަރަށް ގިނަ މީހުން އަންނަނީ މީސް މީޑިއާގައި ގޮވާލަމުންނެވެ.

ނަމަވެސް ބައެއް މީހުން މީސް މީޑިއާގައި ބުނެފައިވާ ގޮތުގައި ނަސީމަކީ މިސަރުކާރުން ކަނޑައަޅާފައި އޮންނަ "ރޯޔަލް" ބޭފުޅުންގެ ގެޓަގަރީއަށް ފެތޭނެ ބޭފުޅަކަށް ވާތީ އޭނާ އަށް އެހެން މީހުންނަށް ނުލިބޭ އިމްތިޔާޒުތައް ލިބޭނެއެވެ. އެހެންވެ އޭނާ ޕާޓީ ބޭއްވި މައްސަލަ ނުބެލޭނެ ކަމަށް ވެސް އެފަރާތްތަކުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. Anonymous

    ބާޣީ ގެ ބަހުގެ މާނަ: ރޯޔަލް
    ބާޢީ ގެ އިސްތިލާހީ މާނަ: 1932 ވަނަ އަހަރުން ފެށިގެން ދިވެހި ގައުމުގެ މިނިވަންކަމަށް އަރައިގަނެ ދިވެހި ގައުމުގައި އެވަގުތަކު އޮތް ވެރިކަމެއް ވައްޓާލުމަށް، ބޭރުންނަށް އެތެރެއިން އެހީތެރިކަން ހޯދައި ސަރުކާރުވައްޓާލަން މަސައްކަތްކުރާ އަދި ޑިމޮކްރަސީގެ ނަމުގައި ގައުމުގައި ތިބި ކޮރަޕްޓް މީހުންނާއި އިލްމެއްނެތް އެންމެ ޖާހިލުމީހުންގެ ބޯކާލައިގެން ވެރިކަމަށް އަރާ ގާނޫނުތައް މުގުރާ އިސްލާމްދީނަށް ފުރައްސާރަކޮށް ގައުމުގެ މިނިވަންކަމުގެ މައްޗަށް އަވައްޓެރި ގައުމުތަކުގެ ތެރެއިން ދިވެހިރާޢްޖެއާ އެންމެ ހަސަދަވެރި ގައުމު ފާކުރުވާ ބައިގަނޑު.

    61
    • ރޯޔަލްއިބިލީސް ނަ

      ތިޔަ ޕާކަކީ މާލިއްޔަތުން 16 މިލިއަން ރުފިޔާ ސިޓީ ކައުންސިލަށް ދީގެން 2019 ފެބްރުއަރީ ދެވަނަ ދުވަހު މަސައްކަތް ފެށިތަނެއް ކަރަޕްޝަން އިންތިހާއަށް އޮތްތަނެއް
      ތިޔަ ތަނަށް ރާއްޖެއިން ބޭރުން ގަހާ ރުއްވަނީ ގެނެސްފައި އަދި ކާނާވެސް ތިޔަ ތަނަށް އެތައް ތަނަކުން ހިލޭ ދިން ތަކެއްޗަށް ކެރަފާއިބިލީސް ވަނީ ވަގު ބިލް ހުށަ ހަޅައިގެން ފައިސާ ނަގާފައި
      ތިޔަ ތާނގެ ހުރިހާ ލައިޓްތައް ހަދިޔާ ކުރީ ސަންފްރަންޓްއިން އެކަމު އެލައިޓް ތަކަށް ވެސް ކެރަފައިބިލިސް ވަނީ ވަގު ބިލް ތަކެއް ހަދާ ފައިސާ ނަގާފައި... މިތަނުގެ މައްސަލަ ބަަލާނެ ބާ..؟ ކުރިން ދިން 16 މިލިއަން ހުސްވެ މިހާރުވެސް އެދަނީ ޚަރަދު ކުރަމުން ވަރަށް ބަސް މަގު ހުތުރު މީހެއް ނަސީމަކީ މީހުންނާދިމާއަށް އަބަދު ބަވަނީ

      11
  2. ރައްޔިތުމީހާ

    ރޯޔަލްރޭޕު ރޯޔަލް މޭން ރޯޔަލް ފެމެލީ.......

    52
  3. ސިއްކަ

    ކެނެރީގެ ކެރަފާ އާއިލާ އަކީ މި ޤައުމުގެ ހަލާކު އަދި މި ޤައުމަށް ޤައްދަރުން. މީ އާއިލާގެ އެންމެން މިރާއްޖޭއިން ބޭރުކުރަން ވެއްޖެ.

    62
  4. އަހުމަދު.. ސިޓީ ކައުންސިލް

    ތިޔަ ޕާކަކީ ރައީސް އޮފީހުން 16 މިލިއަން ރުފިޔާ ސިޓީ ކައުންސިލަށް ދީގެން 2019 ފެބްރުއަރީ ދެވަނަ ދުވަހު މަސައްކަތް ފެށިތަނެއް ކަރަޕްޝަން އިންތިހާއަށް އޮތްތަނެއް
    ތިޔަ ތަނަށް ރާއްޖެއިން ބޭރުން ގަހާ ރުއްވަނީ ގެނެސްފައި އަދި ކާނާވެސް ތިޔަ ތަނަށް އެތައް ތަނަކުން ހިލޭ ދިން ތަކެއްޗަށް ނަސީމް ވަނީ ވަގު ބިލް ހުށަ ހަޅައިގެން ފައިސާ ނަގާފައި
    ތިޔަ ތާނގެ ހުރިހާ ލައިޓްތައް ހަދިޔާ ކުރީ ސަންފްރަންޓްއިން އެކަމު އެލައިޓް ތަކަށް ވެސް ނަސީމް ވަނީ ވަގު ބިލް ތަކެއް ހަދާ ފައިސާ ނަގާފައި... ހެޔޮ ނުވާނެ މަޖިލިހުން ނުވަތަ އެންޓިކަރަޕްޝަނުން މިތަނުގެ މައްސަލަ ބަަލާދީބަލަ ކުރިން ދިން 16 މިލިއަން ހުސްވެ މިހާރުވެސް އެދަނީ ޚަރަދު ކުރަމުން ވަރަށް ބަސް މަގު ހުތުރު މީހެއް ނަސީމަކީ މީހުންނާދިމާއަށް އަބަދު ބަވަނީ

    38
    • ފާރަކެ

      މަޖްލިސްވެރިޔާ އަ ކަަށް ނަސީމްގެ މައްސަލަ އެއް ނުބެލޭނެ ބެލިޔަސް ބުނާނެ އޭނާގެ އަގުވައް ޓަން ބަޔަ ކު ރާވައިގެން އުޅެނީޔޭ ނަސީމްބެ އެފަދަ ކަމެއް ނު ކުރާނެޔޭ

  5. މާޑު

    އެޅާއަށް ނޭނގެނީތަ އުފަންދުވަސް ހަދަންކޮއްދެނީ ހަޔާތުން އުނިވެގެންދާ ދުވަސްތަކެއް ކަން އަދި މަރައި ކައިރިވާ ކައިރިވުމެއްކަން.

    45
    1
  6. ރަސީދު

    ވިލާ ގަނޑެއްގެ މަތީގަ ތިކަންތައްގަޑު ހިންގި ނަމަކަ ރަނގަޅު ވީސް

    27
  7. ނަސީމު

    މީނާ އަކީ މިގައުމުގައި ލުތުފީއަށް ވުރެ ނުބައި މީހެއް
    1980 ގައި ބާގީ އެއް ހިކުމް ކޮށް ޖަލަށް ލީ
    1990 ގެ އަހަރު ތަކުގައި ޓްރޭޑް ގައި ހުރެގެން އެތައް ފައިސާއެއް ނަހަމަ ގޮތުގައިހޯދި
    2008 ގެ ފޮރިން މިނިސްޓަރ ކަން ލިބިގެން ރާއްޖެ އިން ބޭރުން ލިބުނު އެތައް އެހީ އެއް އަމިއްލަ ޖީބަށް ލި
    2018 ގައި މިރާއްޖެއަށް ބޭރު ސިފައިން އަރާ ގައުމު ހިފަން ގޮވާލި އަދި ރާއްޖެއަށް ޓްއަރިސްޓުން ނައުމަށް ގޮވާލާ ޖަރުމަނުގެ ބާލިންގައި ކެންޕޭން ކޮށް ލީފްލެޓް ބެހި
    2019 އަޑި ޕާކް ކަރަޕްޝަން
    2020 އަޑި ޕާކް ކަރަޕްޝަން އަދި ކޮވިޑްގައި ވެސް މުވައްޒަފުން ނެރިގެން އިތުރު ގަޑީގައި އަޅުން ހެން މަސައްކަތް ކުރުވަނީ
    އެންޓީ ކަރަޕްޝަން ނިދާފައިތަ ރޯމާދުވާލު މިވަރަށް ކަރަޕްޝަން ހިންގާއިރު
    ބިޑް ނުކޮށް އެތައް މަސައްކަތެއް އެދަނީކުރަވަމުން

    43
  8. ލޮލްލޮލް

    އެއީ ވަރަށް ބޮޑު ކޮރަޕްޝަނެއް އެމްއެމްޕީއާރިސީ ލާރިގަނޑަށްވުރެ އެތައް ގުނައެއް ބޮޑު ކޮރަޕްޝަނެއް

    39
  9. ސިޓީ ކައުންސިލް

    މިވަގުތު މިރާއްޖޭގައި އެންމެ ބޮޑު ކަރަޕްޝަން ހިނގަނީ ތިޔަތަނުގައި 20 މިލިއަން ރުފިޔާ މިހާޜު ތިޔަ ޕާކަށް ޚަރަދު ކޮށްފި ނަސީމްގެ ޖީބަށް 3 މިލިއަން ވަދެއްޖެ ލަންކާއިން އިންޑީޔާއިން ހިލޭ ހޯދާ ގަހާ ރުކާ އަދި ގަހުކާނާއަށް ވެސް ބިލް ކުރޭ ....މާލޭ ބޮޑެތި ކުންފުނިތަކުން ހިލޭ ދޭ ތަކެއްޗަށް ވެސް ބިލް ކުރޭ މިއީ ވަރަށް ވާހަކަ
    އެންޓިކަރަޕްޝަން ނިދާފަތޯ... ޝިފާ މެޑަމް ޗުއްޕުވެސް ބުނަން ނުކެރޭ ކިހާ ދެރަކަމެއް
    މުވައްޒަފުންނަށް ބަވާ އިންޒާރު ދޭ ސްޕަވައިޒަރުން ހިތު ހުރި ވަރަކަށް އިތުރު ގަޑި ނަގަނީ 25 ހާސް އެބަ އަރުވާލާ މަސައްކަތު މީހުން 15 ހާސް ސަރުކާރަށް މިހާ ދަތި ދުވަސް ވަރެއްގައި ވެސް ފައިސާތައް ތަަޅާ ބުރުއްސަނީ ދުވަހަކު މި ޕާކެއް ނުނިމުނު ކުރެހުން ވެސް މިހާރު އޮތީ އޮޅާލާފައި މީނާ ބޭނުން ގޮތަކަށް ދަނީ

    26
  10. ދަރަ

    ކޮބައިހޭ ސަންފްރަންޓްއިން ހިލޭ ހޯދި ލައިޓްތައް
    ނަސީމް ގެ ޖީބު ދަނީ ފުރަމުން ދުވަހަކު ޕާކް ނުނިމު
    ރާއްޖެއިްނ ބޭރުން ރުކާ ގަހާ ގެނެސް ކަޓް ޖައްސަނީ

    25
  11. ސޮމެޮނެ

    ދެން އަތްޖަހާ !!!

    11
  12. ރައްޔިތުމީހުން

    އަންމަ އައްޕަ ހަރުމުދާތަ މިތަންތަނަކީ މިމީހުންގެ..

    16
  13. މިރާއްޖެ

    ސަރުކާޜު އޮފީހަކަށް ފޮޓޯކޮޕީ ކަރުދާސް ކޮޅެއްވެސް ގަނެވެނީކީ ނޫން ބަޖެޓް އޮތީ ކަނޑާލާފައި އެކަމު ކެރަފާ ނަސީމް ގެ ޕާކް ފައިސާތައް ބޭނުން ވަރަކަށް ޚަަރަދު ކުރެވޭ ކޮބައިތަ މާލީ ޒިންމާދާރު ވެރިން ރައީސް އޮފީސް ސިޓީ ކައުންސިލް ފެނޭންސް ކީ ކުރަނީ ކިހާ ދެރަކަމެއް މިއަދުއިނދާ ގަސް މާދަން އުފުރާ އެއްލާލަނީ 20 މިލިއަން ރުފިޔާ ޚަރަދު ކޮށްފި ނަސީމަކީ ކުރިންވެސް ބޮޑު ވަގެއް މިހާރު ވެސް ވަގެއް ސާބިތު ހެކި އެބަހުރި އެންޓިކަރަޕްޝަނުން އެންމެ ފަހުން ބެލި މައްސަލ ވެސް ތިޔަ ޕާކުގައި ބިޑްނުކޮށް ކޮއްގެން މަސައްކަތް ހުއްޓުވީމާ ވެސް ކޮށްނިންމީ ކިހާ ހެއްވާ ދެއަންހުން ކަރަޕްޝަން ހުއްޓުވަން ލީ އެހެން ވެ ނަސީމް ބަވާލީމާ އެދެމީހުން ތިބީ ސީލިވޭ ވަރުވެފައި ނުބެލުނު މައްސަލައެއް

    12
  14. ގްރެފިޓީ

    މިގައުމުގަ އޮންނަން ޖެހެނީ އެންމެ އާއިލާއެއް. ކެރަފާ އާއިލާ އެކަނި. 3 އަހަރުވީ ޕާކެކޭ ކިޔާފަ ރުއްކޮށްޓެއް ހަދާތާ. ހުޅުވޭ ވަރެއްނުވޭ. މިލިޔަނުން ހަރަދުވިކަމަށްވަނީ. ނުހުޅުވިޔަސް މި މީހުން ބޭނުންގަނޑެއް އެތަނުގައި އެބަ ގަނެވޭ. ރޔ. ބްރިޖް ހުޅުވުމުގެ ކުރިން އެތަނުގައި އަލަތު ކައިވެނި ކުރުމުގެ ފަހުރު ދިނުމަށް ހުޅުވާލީ ރައްޔިތުންނަށް. މިބޭމެން މި ބަލަނީ މި އާއިލާއިން ފަހުރު ހޯދަން

  15. ބަގްދާދީ

    ނަސީމް އެއީ ބާޢީއެއް.

    24
  16. އެންދެރި

    ކެރަފާ އަކީ ބަގާވަތް ކުރުމާ ގުޅޭ ނަމެކެވެ.

    15
  17. އަލީ

    އއޭ ނަސީމޫ. ކަލޯޔައ އް އެނގޭތަ ހެޕިބާރތްޑޭ ފާހަގަ ކުރުމަކީ ބިދުޢަޔެ އް ކަން.... އަސްހާބު ބޭކަލުންގެ ތެރޭގަ އި ބާރތުޑޭ ފާހަގަކުރެ އްވި ބޭކަލުންގެ އަދަދަކީ 0

  18. ސޯބެ

    ސަރުކާރުގެ ޚަރަދުގަތޯ ޕާޓީ ބޭއްވީ؟