ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި އެކު ދައުލަތުން ޕްރޮސެކިއުޓަރ ޖެނެރަލް ވެފައި އޮތް އިއުތިރާފުގެ އެއްބަސްވުން ޤާނޫނު އަސާސީ އާއި ޖިނާއީ އިޖުރާޢަތުގެ ޤާނޫނާއި އަދި ބައިނަލްއަޤުވާމީ ޤާނޫނުތަކާއި ވެސް ހިލާފު ކަމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފިއެވެ.

އެމްއެމްޕީއާރްސީގެ މައްސަލައިގައި އަދީބުގެ މައްޗަށް އުފުލި ހަތް ދައުވާގެ އިބްތިދާއީ އަޑުއެހުމުގައި މިއަދު މައްސަލަ ބައްލަވާ ގާޒީ އިސްމާއިލް ރަޝީދު ވިދާޅުވީ އަދީބުގެ އިއުތިރާފު ބަޔާނަށް ބަލައިގެން ހަދާފައި އޮތް ކަމަށް ބުނާ އެއްބަސްވުމަކީ އަދީބާއި އެކު ޕްރޮސެކިއުޓަރ ޖެނެރަލް ސޮއި ކުރި "ޤާނޫނު ނުދަންނަ އެއްބަސްވުމެއް" ކަމަށާއި އެއީ މާއްދީ އަދި ނަފްސާނީ އަނިޔާގެ އަމަލުތަކެއް ހިމެނޭ އެއްބަސްވުމެއް ކަމަށެވެ.

ކުރީގެ ނައިބު ރައީސް އަދީބާއި އެކު ގާއިމު ކުރި އެއްބަސްވުމަކީ ޤާނޫނު އަސާސީގެ 52 ވަނަ މާއްދާ އާއި 60 ވަނަ މާއްދާ އާއި އިންޓަނޭޝަނަލް ކޮންވެންޝަން އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސްގެ 14 ވަނަ މާއްދާ އާއި ކޮންވެންޝަން އަގޭންސް ޓޯޗާ އެންޑް އަދާ ކްރްއެލް އިންހުއުމަން އޯ ޑިގްރޭޑިން ޓްރީޓްމެންޓް އޯ ޕަނިޝްމެންޓްގެ އެއްވަނަ މާއްދާ އާއި އެންޓި ޓޯޗާ ޤާނޫނުގެ 10 މާއްދާ އާއި ހިލާފަށް ވެފައިވާ ބާތިލް އެއްބަސްވުމެއް ކަމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމި ނިންމުގައި ވެއެވެ.

އަދީބާއި އެކު ދައުލަތުން އެއްބަސްވުމެއް ގާއިމު ކުރިއިރު ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމުގައި ހުންނެވީ އައިޝަތު ބިސާމް އެވެ.

އެމްއެމްޕީއާރްސީގެ މަައްސަލާގެ ތަހުގީގު ގޯސްކަމަށް ސުޕްރީމް ކޯޓުން 2018 ވަނަ އަހަރުގެ ފެބުރުއަރީ މަހު އެއްވަނަ ދުވަހު ނެރުނު އަމުރަށް ރިއާޔަތްކޮށް ހައިކޯޓުން ކަނޑައަޅާފައި އޮތްވައި އެކަމާ ގުޅޭ ގޮތުން ކޯޓުތަކުން ގޮތްތަކެއް ކަނޑައަޅާފައިވަނިކޮށް އަނެއްކާ ހަމަ އެ މައްސަލަތަކުގައި ދައުވާކޮށް ކުރިއަށް ދެވޭނެ ހަމައެއް ނެތް ކަމަށް ގާޒީ ނިންމެވި އެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ޓިނު ވަގު

    އުޑެއް ބުޑެއް ނުދަންނަ ބީތާއިން ތަންތަނަށް އިސްކުރާ ސަރުކާރު..

    41
  2. ކާފަބޭ2020

    މިއަދަކީ އަދުލުއިންސާފުގެދާއިރާ" ރަންއަކުރުން" ފަވާލެވޭނެ އުންމީދީނިޔާއެއްއިއްވިދުވަހެއް! ސާބަސްހަމަސާބަސް

    10
    22
    • ޝްރޭ

      ހަހަހަ.. ދެން ކަލޭ ހުޅު ލުހެންދެން އަތްޖަހައިބަލަ

  3. ސަމާހި

    އެހެންވީމަ ޔާމީންވެސް މިނިވަންވީ.. މިވަގުތުންފެށިގެން ދޫކޮށްލަން ގޮވާލަން

    41
  4. ޔަގީން މިހާރު

    ރަ އީސް ޔާމީން މިނިވަންކުރަން ގޮވާލަން.... މި ގަ އުމުގެ އެ އްވެސް ގާނޫނަކާ އި އެއ އްގޮތަށް އެ އްކަމެ އްވެސް ނުކުރެވޭނެ. ލޫޕް ހޯލް ގިނަވާނެ އެ އަށްވުރެ.

    11
  5. Anonymous

    މިހާރުން މިހާރަށް ސަރުކާރު ވައްޓާލަން ނިކުންނަންވީ. ސަބަބެއް ނެތިއެއް ނޫން. މިސަރުކާރުގައި ރޭޕިސްޓުންނަށް ހިމާޔަތް. ކޮރަޕްޓް ވިޔަފާރިވެރިންނަށް ވެސް ހިމާޔަތް. ހިޔާނާތްތެރިންނަށް މިނިސްޓަރކަން. ދީނޭ ކިޔަސް އެވީ ހަރުކަށި މީހަކަށް. ޑޮލަރުގެ އަގު އެދަނީ އުފުލެމުން. 20ރ އަށް އެއަރަނީ. ހުއްޓޭނީ ކިހާވަރަކަށް އެރީމާ ކަމެއް ނޭނގޭ. ރިސޯޓް ތަކުގައި މަސައްކަތް ކުރާ ދޭސީންނާއި ބިދޭސީންނަކީ އަޅުން. ހުރިހާ ލާރިއެއް ވެރިންނަށް. ރިސޯޓް ތަކުގައެއް ނެތް މިފަދަ ކްރައިސިސް ތަކަށް ޕްލޭނެއްވެސް. ދިވެހިންނަށް ވުރެ ބިދޭސީންނަށް ވަޒީފާ ދިނުމުގައި އިސްކަން މިދެނީ. ލާދީނީ މީހުން ގިނަވެ މިހާރު އުތެމައަކީ އޯކޭ ޖަމާއަތެއް. ފުލުހުންގެ ހުވާގައި އެއްޖިންސުން ގުޅުންހިންގާ، ދީނުން ބޭރުވާ މީހުންގެ ހައްގުތައް ހިމާޔަތް ކުރުމަކީ އިސްލާމްދީނަށް ވުރެ އިސްކަމެއް ދެވޭ ކަމަކަށް ވެއްޖެ. އިސްލާމިކް މިނިސްޓްރީއިން އިސްލާމީ ޝަރީއަތުގައިވާ ކަަންތައް ނިންމަނީ ވޯޓްގެ އުސޫލުން. ދީނުން ބޭރުވާ މީހުން ފްރީކޮށް ބޭނުން ގައުމަކަށް ދެވޭ. ރޭޕް ކުރިޔަސް ބޭނުން ގައުމަކަށް ދެވޭ. ކޮރަޕްޝަނަކީ ހަމައެކަނި "ޕީޕީއެމް" މީހުންނާއި ފަގީރު ރައްޔިތުން ކުރާ ކަމަކަށް ވެނިމިއްޖެ. އެމްޑީޕީ މީހެއް ނޫނީ އެހިޔާލުގެ މީހަކު ކޮރަޕްޓްވިޔަސް (މިސާލަކަށް އަދީބު) އެއީ އޯކޭ ކަމެއް. އެޖެންޑާ ލާދީނީ ކޮރަޕްޓް ނަވާރަ ވަރަށް ތަފާތު

    14
  6. ކޮރަޕްޓް 19

  7. ޙހހހ

    ދެން ދައުލަތް ޤާނޫނާއި ހިލާފުވީމަ ދެން ކާކު ތިކަންބަލަނީ