ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް، "އަސްލު އިސްލާމް ދީން" ދަންނަ މީހުންނަށް ހުތުރު އަރުވަމުންދާ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ގެ ފާޑު ކިޔުން އިޔާޒަށް މިއަދު އަމާޒުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި ޖިންސީ ކުށުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބިލްތަކަށް މަޖިލިހުގެ ބަހުސް ކުރައްވަމުން އީވާގެ ނަފްރަތާއި ރުޅިވެރިކަން އަމާޒުވީ އިޔާޒް ކުރެއްވި ޓުވީޓަކާ ގުޅިގެންނެވެ. އިޔާޒް މީގެކުރިން ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ އަންހެން މީހާ އައުރަ ނިވާ ކުރީމަ، ޖިންސީ އަނިޔާއެއް ނުހިނގާނެ ކަމަށެވެ. އަދި ފާހިޝް އަމަލުތައް ހިންގާ ދޮރުތައް ބަންދު ކުރަން ޖެހޭ ކަމަށް އިޔާޒް ވިދާޅުވިއެވެ.

އީވާ ސިފަ ކުރެއްވި ގޮތުގައި އިޔާޒް ވިދާޅުވި ވާހަކަތަކަކީ މުޑުދާރު ވާހަކަތަކެކެވެ. އިސްލާމް ދީނުގެ ނަމުގައި ޖިންސީ ފުރައްސާރަ އަށާއި ގޯނާއަށް ހިތްވަރު ލިބޭ ގޮތަށް ބައެއް ދީނީ އިލްމުވެރިން ވާހަކަ ދައްކަވާ ކަމަށް ވެސް އީވާ ވިދާޅުވިއެވެ.

އީވާ ވިދާޅުވީ، ޖިންސީ ކުށްތަކުގެ ޝިކާރައަށް އަންހެން ކުއްޖަކު ދަނީ އެއް ގޮތަކަށް ވެސް އޭނާ ލައިގެން ހުންނަ ހެދުމެއްގެ ސަބަބަކުން ނޫން ކަމަށެވެ. ޖިންސީ ކުށުގެ ޝިކާރައަށް އަންހެން ކުއްޖަކު ދަނީ އޭނާ ލައިގެން ހުންނަ ހެދުމެއްގެ ސަބަބުން ކަމަށް ދެކޭ ދެކުމަކީ ލާއިންސާނީ އަމަލެއް ކަމަށާއި އެއީ ކަނޑައެޅިގެން ޖިންސީ ކުށްތަކަށް ހިތްވަރު ދިނުން ކަމަށް އީވާ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި އީވާ ވާހަކަ ދައްކަވަނީ. --- ފޮޓޯ: މަޖިިލިސް

"ޑރ. މުހައްމަދު އިޔާޒް، ޓުވިޓާ ހެންޑްލްގައި ޖަހާލައިގެން އަމިއްލަ އަށް ޝެއިހުން ކިއާލައިގެން އުޅޭ މީހުން މި ފާޑަށް ވާހަކަ މި ދައްކަނީ. އެއީ ހަގީގީ، މިއޮށް ރިވެތި އިސްލާމް ދީން އަސްލު ދަންނަ ބޭކަލުންނަށް ހުތުރު އަރުވަނީ،" އީވާ ވިދާޅުވިއެވެ.

އީވާ ވިދާޅުވި ގޮތުގައި އިޔާޒް އެ ހުތުރު އަރުވަނީ މާތް ވެގެންވާ އިސްލާމް ދީނަށެވެ. އިސްލާމް ދީނަކީ އަންހެނުންނަށް އިހްތިރާމް ގޮވާލައި ބާރުވެރިކޮށް މުދާވެރި ކުރުމަށާއި އޯގާތެރިވުމަށް ގޮވާލާ ދީން ކަމަށް ވެސް އީވާ ވިދާޅުވިއެވެ.

އިސްލާމް ދީނަކީ އަންހެނުންގެ ހިމާޔަތުގައި އޮތް ދީނެއް ކަމަށް ވެސް އީވާ ވިދާޅުވިއެވެ. އެކަމަކު ބައެއް އިލްމުވެރިން ދީން ބޭނުން ކުރަނީ ދިވެހި އަންހެނުންނާއި އުންމަތުގެ ހުރިހާ އަންހެނުންނަށް ފުރައްސާރަ ކުރަން ކަމަށް ވެސް އީވާ ވިދާޅުވިއެވެ.

"އަޅުގަނޑު ތިޔަ ޑރ. މުހައްމަދު އިޔާޒަށް ދަންނަވާލަން ބޭނުން ވަނީ ހަބަރުދާރޭ، ހުއްޓާލާށޭ، ފަހަތަށް ޖެހޭށޭ އަޅުގަނޑު ދަންނަވާލަން ބޭނުން ވަނީ. ދީނުގެ ނަމުގައި ދިވެހި އަންހެނުންނަށް ފުރައްސާރަ ކުރާކަށް ތިޔަ ޓުވިޓާ ހެންޑްލް ބޭނުން ކުރިއްޔާ މި މައިކް، އަޅުގަނޑުގެ އަތުގައި އޮތްހާ ހިނދަކު ދިވެހި އަންހެނުންގެ ހިމާޔަތުގައި އެ ކުރާ ފަޟީހަތް ކުރަން، ގޯނާ ކުރިޔަ ނުދޭނަން،" އީވާ ވިދާޅުވިއެވެ.

"އަޅުގަނޑު މި މައިކް އޭނާއާ ދެކޮޅަށް ބޭނުން ކުރާނަން،"

ޑރ.އިޔާޒް
ޑރ.އިޔާޒް

އީވާ ވަނީ އަހަރު ނުފުރޭ ތުއްތު ކުއްޖާ ރޭޕްކުރަނީ، އަދި ބައްޕައިން އަމިއްލަ ދަރިން ރޭޕްކުރަނީ އެކުދިން ކޮން ހެދުމެއް ލައިގެން ތިބޭތީތޯ ސުވާލު އުފައްދަވައިފައެވެ. މިއީ ވަހުޝީ ވާހަކަ ދައްކައިގެން މުޖުތަމައު ތެރޭގައި އަނިޔާވެރިކަން އިތުރުކޮށް، އަންހެނުންނަށް އޮތް ގަދަރު ކުޑަ ކުރަން ދައްކާ ވާހަކަ ކަމަށް އީވާ ވިދާޅުވިއެވެ.

"އަޅުގަނޑު ތި ޑރ. މުހައްމަދު އިޔާޒަށާއި އެ މޭރުމުން ޝެއިހް ނަން ޖަހައިގެން އެ ވާހަކަދައްކާ އެންމެނަށާއި ނޫސްތަކުގައި މި މޭރުމުން ވާހަކަދައްކާ އެންމެނަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ދައްކާނެ ވާހަކަ ނޭނގެންޏާ ވާހަކަ ނުދައްކާ ތިބޭށެ. ތި ދައްކާ ވާހަކައެއް ކަލޭމެންނަކަށް ނޭނގެއޭ،" ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު ކަން ވެސް ކުރައްވާ އީވާ ވިދާޅުވިއެވެ.

އިސްލާމްދީނަކީ އަންހެނުން ފުރަތަމަ މުދާވެރި ކުރުވި ދީން ކަމަށާއި ދީނުގެ ނަމުގައި ޝެއިހް ކިޔައިގެން ދިވެހި އަންހެނުން ފުރައްސާރަކުރާތަން ބައްލަވަން ނުހުންނަވާނެ ކަމަށް ވެސް އީވާ ވިދާޅުވިއެވެ.

އީވާ ވިދާޅުވީ އެފަދަ ވާހަކަދައްކާ މީހުން އެކުރަނީ ކަނޑައެޅިގެން ކުށެއް ކަމަށެވެ. ފާހިޝް ކަންކަމަށް މަގުފަހިވާ ދޮރުތައް ބަންދުކުރަން ޑރ. އިޔާޒް ގޮވާލައްވާނަމަ އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ އިޔާޒް ފަދަ ބޭފުޅުން މި މޭރުމުން ވާހަކަ ދެއްކިޔަ ދިނުން ހުއްޓާލުން ކަމަށް އޭނާ ވިދާޅުވިއެވެ.

"މީކީ އެއްވެސް ހާލެއްގައި އިސްލާމް ދީނަށް ބާރު އަޅަނީކީއެއް ނޫން. މީ އެއްވެސް ހާލެއްގައި ފްރީޑަމް އޮފް ސްޕީޗެއް ވެސް ނޫން. މި މޭރުމަކުން އަޅުގަނޑުމެން ދިވެހި އަންހެނުނަނަކާ ބެހެމަކުން ނުދެވޭނެ،" އީވާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

95 ކޮމެންޓް

  1. ޑަބިޔާ

    ހިދު ކޮޅު ކޮޅު އަންނަމީހުން ދީނުގެ ވާހަކަ ދެއްކުން ރަނގަޅެއްނޫން.

    225
    8
    • ފިކުރީ

      އާދެ ބުރުގާ އެޅުމުގެ ބޭނުމަކީ މާތް الله ގެ އަމުރުފުޅަށް ތަބަޢަވެ، ހިލޭ ފިރިހެނުންގެ ލޯތަކަށް ތިމާގެ ޢައުރަ ރައްކާތެރިކުރުމެވެ. އެހެން ނަމަވެސް، ބައެއް ކަނބަލުން ބުރުގާ އަޅާގޮތާއި، އެބުރުގާއާއެކު ލާފައިހުންނަ ހެދުމަކީ، އޭގެ ސަބަބުން ތިމާއާމެދު އަނެކާގެ ހިތުގައި ޝައުޤުވެރިކަން އުފައްދައި، އެމީހުންގެ ލޯތަށް ތިމާއަށް އަމާޒުކުރުވުމަށްޓަކައިދެވޭ ދަޢުވަތެއްފިޔަވައި އެހެންއެއްޗެއްނޫނެވެ. އެކަމުގެ ސަބަބުން ފިތުނަވެރިކަން ޢާއްމުވެ، ފާޙިޝް ޢަމަލުތައް އިތުރުވެގެން ހިނގައިދާނެކަމެކެވެ.

      އިންސާނުންގެ ޙުރުމަތާއި ރައްކާތެރިކަމަށް ޓަކައި، މާތް الله ވަކި ކަންތައްތަކެއް މަނާކުރައްވައި އިންތަކެއް ކަނޑައަޅުއްވާފައި ވެއެވެ. އަދި އެ އިންތައް ފަހަނައަޅައި ދާނަމަ އެކަމުގެ ގެއްލުމާ ކުރިމަތިލާން ޖެހޭނެކަން ވެސް އަންގަވާފައި ވެއެވެ. އެފަދަ ކަންތައްތަކުގެތެރޭގައި ހިމެނޭ އެއްކަމަކީ ޢައުރަނިވާކުރުމެވެ.

      ޢައުރައަކީ، އެތަނެއް ބެލުން މަނާކުރެވިފައިވާ މީހެއްގެ ކުރިމަތީގައި ފާޅުކުރުން، މާތް الله ޙަރާމްކުރައްވާފައިވާ، ހަށިގަނޑުގެ ކޮންމެ ތަނެކެވެ.( القرطبي، 2006) އެގޮތުން ބަލާއިރު؛ ހިލޭ ފިރިހެނުންގެ ކުރިމަތީގައި، އަންހެނުންގެ މޫނާއި ދެއަތްތިލަ ފިޔަވައި، ދެން ބާކީ ހުރި ހުރިހައިތަނެއް ނިވާކުރުން ވާޖިބުކަމަށް ޢިލްމުވެރިން އިއްތިފާޤު ވެއެވެ. އަދި ހަމަ މިއާއެކު، ފިތުނައިގެ ޙާލަތުގައި، މޫނާއި ދެއަތްތިލަ ވެސް ހިމެނޭ ގޮތުން، އަންހެނާގެ މުޅިހަށިގަނޑު ނިވާކުރުން ވާޖިބުކަމަށް ޢިލްމުވެރިން ވިދާޅުވެއެވެ.

      (الفالح، 1993) އަދި ފިރިހެނާ ޢައުރައިގެގޮތުގައި ނިވާކުރުން ވާޖިބުވަނީ ފޫޅާއި ކަކުލާއި ދެމެދުގައިވާ ތަނެވެ. (البهوتي، 2003) މާތް الله ވަޙީކުރައްވާފައި ވެއެވެ. ((يَا بَنِي آدَمَ لَا يَفْتِنَنَّكُمُ الشَّيْطَانُ كَمَا أَخْرَجَ أَبَوَيْكُم مِّنَ الْجَنَّةِ يَنزِعُ عَنْهُمَا لِبَاسَهُمَا لِيُرِيَهُمَا سَوْآتِهِمَا)) (الأعراف، 27) މާނައީ: “އޭ އާދަމުގެދަރީންނޭވެ! ތިޔަބައިމީހުންގެ މައިންބަފައިންކަމުގައިވި (އާދަމުގެފާނާއި ޙައްވާގެފާނާއި) ދެކަނބަލުންގެ ޢައުރަ އެދެކަނބަލުންނަށް ދެއްކުމަށް ޓަކައި، އެ ދެ ކަނބަލުންގެ ފޭރާން ބާލައި، އެ ދެ ކަނބަލުން ސުވަރުގެއިން ނެރެލި ފަދައިން، ޝައިޠާނާ ތިޔަބައިމީހުން ހެއްލުންތެރިކުރިޔަ ނުދޭހުށިކަމެވެ!”

      މިފަހަކަށް އައިސް އަޅުގަނޑުމެންގެތެރޭގައި ބުރުގާ އަޅާ އަންހެނުންގެ ނިސްބަތް ވަރަށް ބޮޑުތަން އިތުރުވެފައިވާތަން އެބަފެނެއެވެ. އަދި މިއީ އުފާކުރުން ޙައްޤުކަމެއްނަމަވެސް، މިކަމުގެތެރެއިން ފާހަގަކުރެވޭ ހިތާމަވެރި މަންޒަރު ވަކީން ކުޑައެއްނޫނެވެ. އާދެ ބުރުގާ އެޅުމުގެ ބޭނުމަކީ މާތް الله ގެ އަމުރުފުޅަށް ތަބަޢަވެ، ހިލޭ ފިރިހެނުންގެ ލޯތަކަށް ތިމާގެ ޢައުރަ ރައްކާތެރިކުރުމެވެ. އެހެން ނަމަވެސް، ބައެއް ކަނބަލުން ބުރުގާ އަޅާގޮތާއި، އެބުރުގާއާއެކު ލާފައިހުންނަ ހެދުމަކީ، އޭގެ ސަބަބުން ތިމާއާމެދު އަނެކާގެ ހިތުގައި ޝައުޤުވެރިކަން އުފައްދައި، އެމީހުންގެ ލޯތަށް ތިމާއަށް އަމާޒުކުރުވުމަށްޓަކައިދެވޭ ދަޢުވަތެއްފިޔަވައި އެހެންއެއްޗެއްނޫނެވެ.

      ތަފާތު ގޮތްގޮތަށް ތިމާގެ ފޮޓޯއާއި ވީޑިޔޯ ނެގުމަށްފަހު، ސޯޝަލް މީޑިއާތަކަށްލައި ޢާއްމުކުރާ އުޚުތުން ފަހަކަށް އައިސް ވަރަށް ބޮޑަށް އިތުރުވެފައި ވެއެވެ. އެގޮތުން؛ ޝަރީޢަތުގައިވާފަދައިން ޢައުރަ ނިވައިނުކޮށް ނަގާ ފޮޓޯތަކާއި، އަނގަޔާއި ތުންފަތަށް ގެނެވޭ ޙަރަކާތްތަކުން، އެހެންމީހުންގެ ސަމާލުކަން ދަމައިގަންނަފަދަ، ބޭއަދަބީ ފޮޓޯތައް ހިމެނެއެވެ. އިސްލާމީ ނަޒަރުން ބަލާއިރު، މިއީ އެއްވެސް ޙާލެއްގައި ހުއްދަވެގެންވާ ކަމެއްނޫނެވެ. އެއީ އެކަނބަލުންގެ ޢައުރަ ފާޅުކުރުމުގެ އިތުރުން، އެކަމުގެ ސަބަބުން ފިތުނަވެރިކަން ޢާއްމުވެ، ފާޙިޝް ޢަމަލުތައް އިތުރުވެގެން ހިނގައިދާނެކަމެކެވެ.

      އެހެންކަމުން މިފަދަ ގެއްލުންތަކުން ސަލާމަތްވުމަށް ޓަކައި، ޢައުރައަށް ރައްކާތެރިވުމުގެ މުހިއްމުކަން ބަޔާންކުރައްވައި މާތް الله ވަޙީކުރައްވާފައި ވެއެވެ. ((يَا أَيُّهَا النَّبِيُّ قُل لِّأَزْوَاجِكَ وَبَنَاتِكَ وَنِسَاءِ الْمُؤْمِنِينَ يُدْنِينَ عَلَيْهِنَّ مِن جَلَابِيبِهِنَّ ذَٰلِكَ أَدْنَىٰ أَن يُعْرَفْنَ فَلَا يُؤْذَيْنَ)) (الأحزاب، 59) މާނައީ: “އޭ ނަބިއްޔާއެވެ! ކަލޭގެފާނުގެ އަނބިއަނބިކަނބަލުންނާއި، ކަލޭގެފާނުގެ ދަރިދަރިކަނބަލުންނާއި، މުއުމިނުންގެ އަންހެނުން، އެކަނބަލުންގެ ފޭރާންތަކުން ނިވައިވެތިބުމަށް ކަލޭގެފާނު އެކަނބަލުންނަށް ވިދާޅުވާށެވެ! އެކަނބަލުން އެނގިގެންވުމަށާއި، އެކަނބަލުންނަށް އުނދަގޫނުލިބުމަށް އެގޮތް މާގާތްކަންބޮޑެވެ.”

      ހިލޭ ފިރިހެނުންގެ ކުރިމަތީގައި، އަންހެނުންގެ މޫނާއި ދެއަތްތިލަ ފިޔަވައި، ދެން ބާކީ ހުރި ހުރިހައިތަނެއް ނިވާކުރުން ވާޖިބުކަމަށް ޢިލްމުވެރިން އިއްތިފާޤު ވެއެވެ. އަދި ހަމަ މިއާއެކު، ފިތުނައިގެ ޙާލަތުގައި، މޫނާއި ދެއަތްތިލަ ވެސް ހިމެނޭ ގޮތުން، އަންހެނާގެ މުޅިހަށިގަނޑު ނިވާކުރުން ވާޖިބުކަމަށް ޢިލްމުވެރިން ވިދާޅުވެއެވެ.

      215
      8
    • ހައްދުފަހަނަ

      ލޮބުވެތި އުޙްތާއެވެ! ތިބާ އަކީ އިސްލާމްދީނުގައި ރައްކާތެރިކުރެވިފައިވާ އަގުބޮޑު ޖަވާހިރެކެވެ. އިސްލާމްދީން ނެތް ނަމަ ތިބާ އަކީ ވިޔަފާރިވެރިއެއްގެ އަތުން ބާޒާރުގައި ވިޔަފާރި މުދާހެން ވިކެމުންދާނެ އެއްޗެކެވެ. އަދި ފާޙިޝް ނޭއްގާނީ ޢަމަލްތައް ކުރަމުންދާ މީހުންގެ އަތުގައި އޮންނަ ކުޅޭއެއްޗަކަށެވެ. ނޫންނަމަ އިންސާނުންގެ ތެރޭގައިވާ ޖަނާވާރުންގެ ކާނާއަކަށެވެ. އެމީހުން ތިބާގެ ޢިއްފަތްތެރިކަމާ ޢިއްޒަތް ފޭރިގަނެ އެމީހުންގެ ބޭނުން ފުދުމުން ތިބާ އެއްލާލާނެއެވެ.

      ނިވާވެ ޢިއްފަތްތެރި މުއުމިން އަންހެނުންނާ، ނިވާނުވެ ތިބާގެ އައުރަ ހިލޭ ފިރިހެނުންނަށް ދައްކާމީހުންގެ ތަފާތަކީ ރައްކާތެރި ކުރެވިފައިވާ ގަހަނާއަކާ މަގު މެދަށް އެއްލާލެވިފައިވާ މަލެއްގައި ހުންނަ ތަފާތެވެ. ނިވާވެފައިވާ އަންހެނާ ވާނީ އޭނާގެ ޙިޖާބް އިން އޭނާ ފޮރުވި ހިލޭ ފިރިހެނުންގެ ލޯތަކުން ސަލާމަތްވެގެންނެވެ. ނަމަވެސް އައުރަ ނިވާނުކޮށް ހުންނަ އަންހެނާ މަގު މެދަށް ވެއްޓިފައި އޮންނަ ފިނިފެންމަލެއް ފަދައެވެ. އެ ފިނިފެންމާ ރައްކާތެރި ކުރާނެ އަދި މަގު ދައްކާނެ އެހީތެރިއެއް ނުވެއެވެ. އެހެންކަމުން ބޭނުން މީހަކަށް އެމަލާ ކުޅެ އޭގެ ބޭނުން ހިލޭ ހިފެއެވެ. އެއަށްފަހު އެ މާ މޯޅިވެ މަރުވުމުން އޭތި އެއްލާލާ އެޔަށް ފައިންއަރާ ޗިސްޗިސް ކޮށްލައެވެ. މިދެ ގޮތުންކުރެ ތިލޮބުވެތި އުޙްތާ ޚިޔާރު ކުރާނީ ކޮންގޮތެއް ހެއްޔެވެ؟
      ދީނުގެ އިލްމުވެރިން ވަނީ ޢައުރަ ނިވާ ކޮށްފައިވާ އަންހެނުންގެ ޙިޖާބުގައި ހުންނަންޖެހޭ އަށް ސިފައެއް ބަޔާން ކޮށްދެއްވާފައެވެ. އެކަންތައްތަކަކީ:

      1. މޫނާއި ދެއަތްތިލާ ފިޔަވައި އަންހެނާގެ މުޅިހަށގަނޑު ފޮރުވޭ ހެދުމެއްކަމުގައިވުން. ޢިލްމުވެރިންގެ ވަނީ އަންހެނާގެ މޫނާއި ދެއަތްތިލަ ފިޔަވައި މުޅި ހަށިގަނޑު ނިވާކުރުމަކީ ވާޖިބެއްކަމަށް އިއްތިފާޤުވެވަޑައިގެންފައެވެ. މޫނާއި ދެއަތްތިލައާއި މެދު އިޚްތިލާފުވެވަޑައިގެންފައެވެ. ފިތުނައިގެ ޒަމާނުގައި މޫނުވެސް ނިވާކުރަންޖެހޭނެ ކަމަށް ގިނަ ޢިލްމުވެރިން އެއްބަސްވެލައްވައެވެ.

      2. އަންހެނާ އަޅާ ހެދުން އޭގެ ޒާތުގައި ޒީނަތްތެރިކަމެއްވާ ހެދުމެއްކަމުގައިނުވުން. އެބަހީ އެހެދުމަކީ އޭގެ ޒީނަތްތެރިކަމުން މީސްތަކުންގެ ނަޒަރު އެއަށް ހުއްޓޭ ހެދުމަކަށްނުވުން. ﷲ ވަޙީކުރައްވާފައިވެއެވެ. "وَلَا يُبْدِينَ زِينَتَهُنَّ" (النور :31) މާނައީ: "އެކަނބަލުންގެ ޒީނަތްތެރިކަން ފާޅުނުކުރާހުށިކަމެވެ".

      3. އެހެދުމަކީ ތުނިހެދުމެއްކަމުގައި ނުވުމާއި އަދި ގައިގެ ހަމުގެ ކުލަ ފާޅުވާ ހެދުމެއްކަމުގައި ނުވުން. ތުނިހެދުމަކުން ހަށިގަނޑު ނިވާކުރުމުން ނިވާކުރުމުގެ ޙަޤީޤީ މަޤްޞަދު ޙާޞިލްކޮށެއް ނުދެއެވެ. ރަސޫލާ ޞައްލަ ﷲ ޢަލަހިވަސައްލަމް ޙަދީޘް ކުރައްވާފައިވެއެވެ."نِسَاءٌ كَاسِيَاتٌ عَارِيَّاتٌ" (رواه مسلم).މާނައީ: "ހެދުންލައިގެން އޮރިޔާމުން ތިބޭ އަންހެނުންތަކެކެވެ." މި ޙަދީޘްގައި މިވަނީ ޢައުރަ ނިވާނުވާ ގޮތަށް ހެދުންލާ އަންހެނުންގެ ވާހަކައެވެ.

      4. ގަޔަށްބާރުވެ، ގައިގެ ވަނާތައް ފާޅުވާ ހެދުމަކަށް ނުވުން. އެއީ ހަށިގަނޑު ނިވާކުރުމުގެ މަޤްޞަދު ހާޞިލްކޮށްނުދިނުމުގެ އިތުރަށް ފާޙިޝްކަންތައްތަކަށް މަގުފަހިކޮށްދޭ ކަމެކެވެ.

      5. ފިރިހެނުންނަށް ޚާއްޞަ ހެދުމަކަށް ނުވުން ނުވަތަ ފިރިހެނުން އަޅާ ހެދުމާއި އެއްގޮތް ހެދުމަކަށް ނުވުން. ރަސޫލާ ޞައްލަ ﷲ ޢަލަހިވަސައްލަމް ޙަދީޘް ކުރައްވާފައިވެއެވެ."لَيْسَ مِنَّا مَنْ تَشَبَّهَ بِالرِّجَالِ مِنَ النِّسَاءِ ، وَلاَ مَنْ تَشَبَّهَ بِالنِّسَاءِ مِنَ الرِّجَالِ"(رواه أحمد) މާނައީ: "އަންހެނުންގެ ތެރެއިން ފިރިހެނުންނާ އެއްގޮތްވާ މީހުންނީ ތިމަންމެން (މުސްލިމުން) ގެ ތެރެއިންވާ ބަޔެއް ނޫނެވެ. އަދި ފިރިހެނުންގެ ތެރެއިން އަންހެނުންނާ އެއްގޮތްވާ މީހުންނީ ތިމަންމެން (މުސްލިމުން)ގެ ތެރެއިންވާ ބަޔެއް ނޫނެވެ."

      6. ޣައިރު މުސްލިމު އަންހެނުންގެ ހެދުމާ ވައްތަރު ހެދުމަކަށް ނުވުން. ޣައިރު މުސްލިމުންނާއި ޚިލާފުވެ އެމީހުންނާއި އެއްގޮތްވުމުން ދުރުހެލިވުމަކީ އިސްލާމްދީނުގެ ޝަރީޢަތުގެ ތެރޭގައި ހިމެނޭ ކަމެކެވެ."وَمَنْ تَشَبَّهَ بِقَوْمٍ فَهُوَ مِنْهُمْ" (رواه أحمد وأبو ‏داود) މާނައީ: "ބަޔާކައި އެއްގޮތްވެއްޖެ މީހާ ވާހުށީ އެބައެއްގެ ތެރެއިންނެވެ".

      7. މީރުވަސްދުވާ ހުވަނދުފަދަ ތަކެތި ލައިގެން ހިލޭފިރިހެނުންގެ ތެރެއަށް ނުނިކުތުން. ސަބަބަކީ މިއީ ފިރިހެނުންގެ ހިތްތައް އަންހެނާއި އާއި ދިމާލަށް ލަނބުވާލާ އަދި ފިތުނަވެރިކުރުވާ ކަމެކެވެ. ރަސޫލާ ޞައްލަ ﷲ ޢަލަހިވަސައްލަމް ޙަދީޘް ކުރައްވާފައިވެއެވެ. "أَيُّمَا امْرَأَةٍ اسْتَعْطَرَتْ فَمَرَّتْ عَلَى قَوْمٍ لِيَجِدُوا مِنْ رِيحِهَا فَهِيَ زَانِيَةٌ" (رواه أبو داود الترمذي والنسائي).މާނައީ: "އެއްވެސް އަންހެނަކު މީރުވަސްދުވާ ހުވަނދުލައި ބައެއްގެ ތެރެއިން ގޮސް އެބަޔަކަށް އޭނާގެ އެހުވަނދުގެ ވަސްދުއްވައިފިނަމަ (ވަސްދުއްވައި ފިތުނަވެރި ކުރުވައިފިނަމަ) އޭނާއަކީ ޒިނޭކުރާ މީހެކެވެ." މި ޙަދީޘްގައި "ޒީނޭކުރާމީހެކޭ" ބޭނުންކުރެވިފައި މިވަނީ މަޖާޒީ ގޮތެއްގައެވެ. ސަބަބަކީ މިކަމަކީ ޒިނޭއަށް މަގުފަހިކޮށްދޭކަމަކަށް ވާތީއެވެ.

      8. ޝުހުރަތުގެ ހެދުމެއްކަމުގައި ނުވުން. އެބަހީ މީސްތަކުންނަށް ތިމާގެ މަޝްހޫރުކަންދައްކާ ހެދުމެއްކަމުގައި ނުވުމެވެ. ރަސޫލާ ޞައްލަ ﷲ ޢަލަހިވަސައްލަމް ޙަދީޘް ކުރައްވާފައިވެއެވެ. "مَنْ لَبِسَ ثَوْبَ شُهْرَةٍ فِي الدُّنْيَا أَلْبَسَهُ اللَّهُ ثَوْبَ مَذَلَّةٍ يَوْمَ الْقِيَامَةِ" (رواه أبو داود وحسنه الألباني) މާނައީ: "ދުނިޔެމަތީގައި މަޝްހޫރުކުރުވަނިވި (އެބަހީ މީސްތަކުންގެ ކުރިމަތީގައި ފާޅުކަންބޮޑުކޮށް މީސްތަކުންގެ ނަޒަރު އެހެދުމަށްހުއްޓި ހެދުންލައިގެންހުރި މީހެއްގެ ހިތަށް ބޮޑާކަމާއި ކިބުރުވެރިކަންވަންނަ) ހެދުމެއްލައިފިމީހާ ﷲ ޤިޔާމަތްދުވަހު އޭނައަށް ނިކަމެތިވެގެންވާ ހެދުމެއް ލައްވާހުއްޓެވެ. (އޭނާ މީސްތަކުން ކުރިމަތީގައި ބޮޑާވެ އުޅުމުގެ ސަބަބުން އޭނަ ނިކަމެތިކުރުމުގެ ގޮތުންނެވެ.)

      ލޮބުވެތި އުޙްތާއެވެ! ތިބާ އަކީ ޢިއްފަތްތެރިކަން ފޭރިގަތުމަށް މަސައްކަތް ކުރާ މީހުންގެ ލޯތަކަށް ޝިކާރައަކަށްވުރެ ޢިއްޒަތްތެރި މީހެކެވެ. އަދި ބާޒާރުގައި ވިކުމަށްވުރެ ތިބާގެ އަގު ބޮޑެވެ. އެހެންކަމުން އައުރަ ކަޝްފުކުރުމުގެ ސަބަބުން ނުބައި ފާޙިޝް ކަންތައްތަކުގެ ދޮރު ހުޅުވިޔަ ނުދޭށެވެ. އުޙްތާއެވެ! އިއްފަތްތެރި ކަމުގެ ގަހަނާޔާ ކުޅެ ޢިއްޒަތާއި ކަރާމާތް ނިގުޅާގަންނަން މަސައްކަތް ކުރާ މީހުންނާމެދު ތިބާ ސަމާލުވާށެވެ!

      154
      5
    • އީތޭން

      އީވާ ވެއްޖެ ރޯޔަލް ރޭޕިސްޓް ކެންޔާ އަންހެން މީހާޔަށާ ޖިންސީ ގޯނާ ކުރީ ކީއްވެ ތޯ ބަލަން!!..... އަންހެނުން ގެ ހައްގޭ ކިއާއިރު މަޖުލީހުގަ ތިބި އަންހެން ބައެއް މެމްބަރުން ގެ ފިރިންނަކީ ޖިންސީ ގޯނާ ކުރާ ރޭޕިސްޓުން.... މަޖުލީސް މެމްބަރު ގެ ފިރިމީހާ ރޭޕިސްޓަކަށް ވިއަސް ހަމަ އޭނަޔާ އެކީ އުޅޭނީ ފިރިމީހާ އެހެން އަންހެނުން ނަށް ޖިންސީ ގޯނާ ކުރިއަސް ހެޔޮ ކަމަށް ތާ!!!! ފާޑު ފާޑުގެ އަގަ ނުތަޅާ އެމްޑީޕީ ރޯޔަލް ރޭފިސްޓުންގެ ހިމާޔަތުގަ ތިބި މަޖުލީހުގެ އަންހެން މެމްބަރުން... ޖިންސީ ގޯނާ ކުރާ ފިރިހެނުން ހިމާޔަތް ކުރާ އަންހެނުންނަކީ ވަރަށް މުޑުދާރު ނުލަފާ ބައެއް..

      170
      4
    • ޑރ. އިޔާޒު އަދި ޝޭހް އިލްޔަސް އަށް.

      ﷲ ބާވައިލެއްވި ޝަރީއަތުގައިވާ ހުކުމްތައް ބަދަލުކޮށް ވަޞަޢީ ޤާނޫން ހަދާ ބަޔަކީ އެއީ ﷲ ގެ އިލަހުވަންތަކަމަށް އަރައިގަންނަ ބައެއް. އެއީ ތޯޢޫތުން. އެމީހުންގެ ކިބައިން ބަރީޔަވެގެންނޫނީ އިސްލާމްކަން ފުރިހަމަ ނުވާނެ. ޢިލްމުވެރިން ވާން ޖެހޭނީ ޙައްޤު ބަޔާންކުރާ ބަޔަކަށް ކިތަންމެ އިމްތިހާނެއް އަޔަސް. އަހިރުގައި އޮތީ ނިމުމެއް ނުވާ އަރާމު ސުވަރުގެ

      85
      3
  2. ބޮނަޓޭ

    އިވާ ބޮޑު ލޯ ކަލޭގެ ތި ބޮޑު ލޮލަށް ނުފެންނަނީތަ ކީރިތި ޤުރުއާންގެ ނޫރު ސޫރަތުގައި އަންހެނުންގެ އައުރަ؟ ކަލޭގެ ތި ދެ ބޮޑު ލޮލުގެ ބޭނުމަކީ ކޮބާ ބާ؟

    267
    9
  3. މުހައްމަދު

    ލާދީނީ ބާގަނޑު ބޭނުންވާނީ ދީނީ އިލްމުވެރިންގެ އަނގަ ބަންދުކުރަން. ތިޔައީ ހަމަ ފިތުނަ ފަސާދަ އުފަށްދަން އުޅޭ އެން ޑީ ޕީ

    247
    10
  4. ބިކިނީ އީވާ

    މިއަންހެންކަލޭގެ ރިސޯޓްތަކައްގޮސް ތިމާގެ ފިރިހެނުންވެސް ތިބޭތާގަ ދުުރުހިލޭމީހުން ކުރިމަތީ ބުރާ އެކަނި އަޅައިގެން އުޅޭއިރު ދީނީމީހުންނައް އެއްޗެހިކިޔަން ތާހިރެއްނޫން.

    208
    7
    • ހައްދުފަހަނަ އަޅާފައި މިހުރީ އަދި ހަރުކަށި ފިކުރު

      މާތް الله ވަޙީކުރައްވާފައި ވެއެވެ. ((يَا أَيُّهَا النَّبِيُّ قُل لِّأَزْوَاجِكَ وَبَنَاتِكَ وَنِسَاءِ الْمُؤْمِنِينَ يُدْنِينَ عَلَيْهِنَّ مِن جَلَابِيبِهِنَّ ذَٰلِكَ أَدْنَىٰ أَن يُعْرَفْنَ فَلَا يُؤْذَيْنَ)) (الأحزاب، 59) މާނައީ: “އޭ ނަބިއްޔާއެވެ! ކަލޭގެފާނުގެ އަނބިއަނބިކަނބަލުންނާއި، ކަލޭގެފާނުގެ ދަރިދަރިކަނބަލުންނާއި، މުއުމިނުންގެ އަންހެނުން، އެކަނބަލުންގެ ފޭރާންތަކުން ނިވައިވެތިބުމަށް ކަލޭގެފާނު އެކަނބަލުންނަށް ވިދާޅުވާށެވެ! އެކަނބަލުން އެނގިގެންވުމަށާއި، އެކަނބަލުންނަށް އުނދަގޫނުލިބުމަށް އެގޮތް މާގާތްކަންބޮޑެވެ.”
      މިހެން ބުނެފި މީހާ ވާނީ ހައްދުފަހަނަ އަޅާފައިވާ ހަރުކަށި މީހަކަށް.

      96
      2
  5. ޝޮޓްގަން

    https://vaguthu.mv/news/395539
    https://vaguthu.mv/news/395538
    https://vaguthu.mv/news/395559
    https://vaguthu.mv/news/395563
    މިހިރީ ވަރަށް ރުޅިގަދަވެފައި. އިޔާޒު!؟ ކަލެއާ އިލިޔާސް ހުސޭނާ ނުގެނެވެގެން ތެޅިބޭލި އިންސާފު މިއޮތީ. ކަލޭމެންގެ ލަދުކޮބާ؟ ކަލޭމެންގެ ގަޔަށް ކަށިޖަހާނެ ދެފަހަރަކުނޫން އެތަށްހާސްފަހަރަކުވެސް.

    128
    15
  6. ބޮއިހަލާކު

    ގެދޮރު ތަޅުލާފައި ހުއްޓަސް ވަގުންވަދެ ވައްކަން ކުރެއޭ ކިޔާފައި ބުއްދިވެރިއަކު ގެދޮރު ތަޅުނުލާ ބަހައްޓާނެތަ؟ އޮރިޔާމުން އުޅުމަށްވުރެ ދީނުގައި އަންގަވާފައިވާ ގޮތަށް އައުރަ ނިވާކޮށްގެން އުޅުނީމަ ރައްކާތެރިވާނެ. އީވާ ހަމަ ތިގޮތަށް ވަގުންނަށްވެސް އަންގަބަލަ ގެދޮރު ތަޅުލާފައި ހުއްޓަސް ވައްކަން ކުރަން ނުވަންނަން.

    206
    5
    • ާޖުމްމަ

      ވަރަށް ރަނގަޅު ކޮމެންޓެއް

      8
      2
  7. ބަބުރު

    މިހެން ފުއްޕާފައި އުޅޭ އަންހެނުންނަކީ ވަރަށް ފިނޑިބައެއް. މާދަމާވެސް މީގެން އަންހެނަކު ގައިގަ އޮޅިގެން ފިރިހެނަކަށް އަތްލެވުނަސް ރޮއިހޭރޭނެ.

    149
    7
  8. ހޮޅުދޫ ހަސަން

    އެވާހަކަ ދެއްކީ މީގެ 1400 އަހަރު ކުރީން.. ނޭގެނީ ކާކަށް ބާ؟

    ހައްދުންނެޓޭއިރުވެސް ހަމަ ޖާހިލީ..

    އިޔާޒުކުރިކަމަކީ ހަނދާންކޮށްދިނީ..

    ޑިމޮކްރަސީވީމަ އޭގެ ސައިޑްއިފެކްޓްސް ފެންނާނެ.. ކިތަންމެ ބާރަށް ހަޅޭއްލެއްވިޔަސް..

    148
    4
  9. ޙަސަނާ

    ހަމައެކަނި ބާރުވެރިކަމާ މުދާވެރިކުރުމައް އެކަނި ނޫން އިސްލާމްދީން ގޮވާލަނީ އިސްލާމްދީނުން ތަންކޮޅެއްނަގައިގެން އާއިލީ ބާރުވެރިކަން ހޯދަންތިވިސްނަނީ ބަލަގަ ﷲ 7 އުޑުމަތިން ބާވާލެއްވި ގުރުއާންގައި އަންގަވާފަ އޮތީ މިނިވަން އަންހެނާގެ އައުރަ މޫނާ ދެ އަތްތިލަނޫން ހުރިހާތަނަކީ އައުރަކަމުގާ އަންގަވާފަ އޮތްއިރުގާ މިކަމަނާ އިސްލާމީ ގައުމެއްގެ ގާނޫނުހަދާމަޖިލީހުގާ މިބައިމީހުނައްނިސްބަތްވާ 3 އަންހެނުން އެތައްފިރިހެނުންތަކެއްގެ މެދުގަﷲގެ އަމުރުފުޅައްގޮންޖަހާފަ ތިޔަތިބީ ދީނައްފުރައްސާރަކުރުމުގަ ނޫންތޯ...

    126
    4
  10. ރަފްސަންޖާނީ

    އީވާ އަކީ ދިވެހި އަންހެނުންނާއި ފިރިހެނުން ފަޚުރުވެރިވާންޖެހޭ ކަނބަލެއް. މިފަދަ ބޭފުޅުން މަޖްލިހައް ހޮވަންޖެހޭނީ. ވަރަށް ސާބިތުކަމާއިއެކު އެއްވެސް ޖެހިލުމެއްނެތި މަޖްލިސްގައި ގިނަ ބިލްތަކާއި މައުލޫތަކަށް ވާހަކަ ދައްކަވާ. ސާބަހޭ އީވާ. މިކޮމެންޓައް ވަރަށް ގިނަ ޑިސްލައިކް ލާނެކަންވެސް އެނގޭ. އެކަމަކު ހަގީގަތަކީ މިއީ.

    18
    253
    • ބޯގަޅި

      އާނ، ކަލެއަށް އެކަނި ހަޤީޤަތް އެގެނީ.

      78
      5
    • ރަތަފަންޖާނީ

      ހަމަގައިމުވެސް އަހަރެން ތިޔަމީހާއަށް ފަޚުރުވެރިއެއްނުވޭ. އަދިކިއެއްތަ، ފަކުރުވެރިވަނީ ހެދުންލައިގެން އޮރިޔާމުންހުންނާތީ.

      69
      5
      • ހުއްތު

        އީވާ އަމިއްލައަށް ކުރި ކޮމެއްޓެއްދޯ

        28
        2
  11. ފެކްޓް

    އިޔާޒުގެ ވާހަކަވެސް އަދި އީވާގެ ވާހަކަވެސް މުޅިންހެން ރަނގަޅެއް ނޫން.
    އިޔާޒުގެ ޕޮއިންޓަކަށް ވާންޖެހޭނީ ފާޙިޝްކަންކަމަށް މަގުފަހިވާ ގިނަ ކަންކަން 2 ޖިންސުގެ ފަރާތުގަވެސް ހުންނާތީއޭ އެފަދަކަންކަން ދިމާވަނީ. އަދި އެފަދަ ކަންކަމަން އާންމުވެ ފަސޭހައިން އަރައިގަނެވޭނެހެން ކަންކަން ފަހިވެފައި ވުމަކީ އެކަން އިތުރުވާ ބޮޑު ސަބަބެކޭ.
    ފޮރުވިގެން ނުވަތަ ކިތަންމެ ރަނގަޅަކަށް އުޅުނަށް އެފަދަ ކަންކަން ދިމާވެދާނެ. އެކަމަކު ﷲ އެންގެވި އެމަގު އިޚްތިޔާރު ކުރެވިއްޖެނަމަ އެފަދަ ކަންކަން މަދުވެ ކޮންޓްރޯލު ކުރެވޭނެ. ހުރިހާކަމެއް މޮޅަށް ދެނެވޮޑިގެންވާ ޙިކްމަތްވަންތަ ފަރާތުން އެގޮތަށް އަންވާފައިވާނީވެސް ޙިކްމަތަކަށްޓަކާ. އީވާމެންނަށް މިއުޅެނީ މިކަންކަމަށް އީމާންނުވެވިގެން.
    އަންހެނުން އޮރިޔާމުން ތިބުމަކީ އަންހެނުންގެ ހައްޤޭ ބުނެވޭކަށް ނެތް. ހެއްދެވިފަރާތުން އެބަޔަކަށް ދިން ހައްޤެއް ލިބިގެންވަނީ. އެ ހައްޤުތައްވަނީ ބަޔާންވެގެން. އީވާމެން ދީނުގައި އަންހެނުން ބާރުވެރިއޭ ކިޔާއިރު ބާރުވެރިވާ މިންގަޑާއި އަންހެނުންވެސް އުޅެން އަންގަވާފައިވާ ގޮތަށް އީމާންވެގެން ކަމަކުނެދޭ ދެއްތޮ! އޮރިޔާމުން ތިބެ މިޤައުމު ސެކިއުލާ ކުރަން އުޅޭ ޕޮރޮޕަގެންޑާގެ ތެރެއިން ވާހަކަ ތިދައްކަނީ. ދެންމިކިޔަނީ އިސްލާމްދީނުގައި އަންހެނުން ބާރުވެރިޔޭ.ް ދީން ފުރަތަމަ ފެތުނުއިރު ތިއްބެވި ސާހާބީންނަށް ވުރެ މިމީހުންނަށް ދީން އެގިގެންއުޅެލެއް މާބޮޑޮ!!!! ހިތަށްއަރާ ބުއްދިންބާއޭ ވިސްނަނީ

    57
    10
  12. ރަދީފް

    އިވާ ކަލޭގެ ލަދު ކޮބާ؟؟

    130
    4
  13. ކުޅުދުއްފުށީމޭން

    މަޖީދީ މަގު ދުވާރު މަތީގައި އަންހެނަކު ރޭޕު ކޮއްފައި ނުވަތަ ރޭޕު ކުރަން އުޅެފައެއް ނެތް ފިރިހެނުންނަށް ޝަހުވަތްތެރިކަން ކޮންޓުރޯލު ނުކުރެވޭނަމަ ރޭޕު ކުރަން އުޅޭނެތާ އެކަމަކު އެހެނެއް ނުވޭ ރޭޕު ކުރަނީ ހަމަ ނުބައި ނުލަފާ ކަމުން

    53
    2
  14. ޢިޟުމް

    މަޖިލީހަށް ބިކިނީ ލައިގެން އަންނަން ފާސްކުރެރޭ.. މީ ދުނިޔެ އިސްލާހުކުރަން އުޅޭ އަންހެނެކޯ..

    84
    2
  15. ޙުސޭނު

    އިސްލާމްދީނުގެ މިންގަޑާ ޚިލާފަށް ހެދުން އަޅައިގެން ތިބޭ މީހުން އިސްލާމްދީނޭ ކިޔައިގެން ވާހަކަދެއްކުމަކީ ބޭކާރު ކަމެއް؟

    90
    4
  16. ޛސސ

    😂😆😆😆😆

    19
    2
  17. ބުއްޅަ

    ކެނެރީގޭ ބައިގަނޑު ސައިޒު އޮޅިގެން އުޅެނިކޮއް ހުރިހާ ކަމެއް ޗޮކުން ދާނީ

    86
    3
  18. އަލިފު!

    އީވާގެ ރުޅިޔާ ނަފުރަތު ޑރ އިޔާޒަށް! އެމްޑީޕީގެ ރުޅިޔާ ނަފުރަތު އިސްލާމްދީނަށް! އެކިފާޑުފާޑުގެ ޖަމާތްތައް ހަދައި އެޖަމާޢަތްތަކުގެ ރުޅިޔާނަފުރަތު ﷲ އާއި އެކަލާނގެ ރަސޫލާއަށް! މިހުންނަނީއަކީ މިހާރު ދިވެހިފަސްމަތީގައި އާވާހަކަތަކެއްނޫން! ކޮންމެ ރަނގަޅު ކަމަކާ ދެކޮޅަަށް އުފައްދާ ރުޅިޔާ ނަފުރަތު މިހާރު މިވަނީ މިޢައުމު ހިސޯރު ކޮށްފައެވެ.

    77
    2
  19. ލަޔާން

    އީވާ ދައްކާ ވާހަކަ. ޥެސް މުޑުދާރު.. އަންހެނުން ލާފަ ހުންނަ ހެދުމުން ވެސް މީހުން ފޯށޭކަން އެއީ ތެދު ހަގީގަތެއް.... ނިކަން ރާއްޖެ އިން ބޭރުގަ މިސާލަކަށް ޔޫރަޕްގެ ގައުމެއްގަ ނޫނީ ޔޫ.އެސްގަ ހިންގާލަބަލަ އެކަނި ނިވައިކަން ކުޑަ ހެދުމެއް ލައިގެން.... ކެޓް ކޯލްސް ކުރާނެ ނިހާޔަތަށް ނުވީތާކަށް އުޅޭ ގައިގަ އަތްލަން ވެސް... ފިރިހެނުން ގެ ބެލުން ތިރި ކުރުމަށް އަންގަވާފަ ވަނީ... ރޭޕް އަކީ ބޮޑުވެގެން ހަރާމް ކަމެއް...

    60
    5
    • ހޫ

      ޔޫރަޕް ގައުމުތަކުގައި މަގުމަތިން ފޮށުން އުޅެނީ ހާސްގުނަބައި ފަހަތުގައި ރާއްޖެއަށްވުރެ. ރާއްޖޭގައި ސްކޫލު ޔުނީފޯމު ލައިން ތިބޭ ކުދިންނަށްވެސް ކަޅު ހެދުންލައި ބުރުގާ އަޅާފައި ތިބޭ ކުދިންނަށްވެސް ފޮށޭ މަންޒަރު ހަމަލޮލުން ދުށިން. ސައިކަލުގައިދާ ބޮޑެތި ފިރިހެނުންވެސް އެޔެއް މިޔެއް ނުބަލާ ތަނަކުން އަންހެން ކުއްޖަކު ފެންނައިރަށް ބުމަރެންހެން ކަރުއަނބުރައިން ކަޅިޖަހައި ނުލައި ބަލަންޏާ ކިތަންމެ ނިވާކޮށްފަ ހުންނަ ކުއްޖެއްވެސް ސްކޭނު ވާނެދޯ.

      2
      1
  20. އަޙްމަދު

    މީދެން ކާކު ޢިޔާޒްއަށް ގޮވަން! ގޮތްކުޑަ ނުލަފާ އަންހެނާ! ލަދުވެސް ނުގަނޭ!!!!

    83
    4
  21. ކާފަބޭ2020

    ޑރ އިޔާޒަށާ އިލްޔާސްހުސޭނަށް " ވަރަށްބޯކޮށް" ސަލާމް މިއީ ތިޔަބޭފުޅުންބޭނުންވި އިންސާފާހަމަހަމަކަމާއަދުލުވެރިކަން ކޯދުލާއަރައިގެންދިޔަދުވަސް އަދިވެސްއެއްފަހަރުސަލާމް

    62
    2
  22. މާމިގިލީ މީހާ

    އައުރަ ނިވާ ނުވެގެންތަ، ފިރިހެން ކުދިންނައް ޖިންސީ ގޯނާ އެކުރަނީ. ކަލޭގެ ވާހަކައިން އިންގޭ އެއްޗަކީ ދީނީ އިލްމުވެރިން އަޑީ ތިބެގެން ކުރާ ކަމެއްކަން ޖިންސީގޯނާއަކީ.

    17
    42
  23. Anonymous

    ޢީވާ ފުރަތަމަ އިސްލާމް ދީން ދަސްކޮށް ބަލަ.

    74
    5
  24. Anonymous

    ހިޖާބު ގެ މަޤްޞަދު ޙާޞިލު ވާނީ ދީނުގައި އޮންނަ ގޮތަށް އެޅީމަ

    51
    5
  25. ބާރީ

    އީވާއެވެ. ގަދަބަސް ނުބުނާށެވެ. ތިބުނާ ތުއްތު ކުއްޖާގެ ބައްޕަ އެޙާލަތަށް ޝަހުވާނީ ެދުން އުފެދިގެން ދިޔައީވެސް ތިގޮތަށް ބުރުގާނާޅައި ވަނާތައް ދައްކައިގެން އުޅޭ އަންހެނުންގެ ސަބަބުންނެވެ. ބޮލާއި ކަރުވަޅުތައް (ހިމާރުތަކުން) ނިވާކުރުމަށް އަންގަވާފައިވަނީ ކަލޭ ގްރޭޑް 10 ގައި ގެންގުޅުނު ޓެކްސްޓް ފޮތުގައެއްނޫނެވެ. މިއަދުވެސް ތިބާ ނިމި ހިނގައިދާނެއެވެ. މާދަމާ ތިބާ ޖަވާބުދޭން ހުންނާނީ ބޮޑުގެ ދެއުޅިއެއްނުވާ ވާހަކަގަންނަ ބޭބެގެ ގާތުގައެއްނޫނެވެ. މުޅި ކާއިނާތުގެ ވެރި އިހާހުގެ ކުރިފުޅުމަތީގައެވެ. ދެންވެސް ކަލޭ އިސްލާޙްވެބަލާށެވެ.

    46
    3
    • ހޫ

      ކަލޭ ތިޔަބުނަނީ އެކަހަލަ އަންހެނުނާ ހެދި މައުސޫމް ކުއްޖަކާ އެހެން ހެދޭނެޔޭ ބީތާ ގަނޑާ.

      1
      1
  26. ޓިނު ވަގު

    އިވާ އަކީ އަންހެނެއް ތަ ނޫނީ ފިރިހެނެއް ތަ.. އަންހެނެއްނަމަ ކޮބާ ބުރުގާ ފިރިހެނެއްނަމަ ކޮބާ ތުނބުޅި...

    45
    4
  27. ދޮންކޮ

    އީވާ.. ކަލޭ އަންނަންވީނު ބިކިނީގަ ތި މައިކުން ވާހަކަ ދައްކަން.. ނޫނީ އެއްވެސްއެއްޗެއް ނުލާ އަންނަންވީނު.. އަންނި ވެސް ކީއްކުރަންތަ ގަމީސް ލަނީ.. ނިކަން ތި މޭމަތި ދައްކައިގެން އާދެބަލަ

    45
    3
  28. ލިންޒީ

    އީވާ.... ރޯޔަލް ރޭޕިސްޓުންނާ އެމްޑީޕީ ސަރުކާރުގެ މަތީ ވަޒީފާތަކުގަ ތިބި ރޭޕިސްޓުން އަންހެނުންނަކީ ޖިންސީ ގޯނާ ކުރަނީ ކީއްވެ ތޯ ބަލާ ބަލަ.... އީވާ އެމްޑީޕީ ގެ ސިޔާސީ މަގާމުތަކުގަ ތިބި ރޭޕުސްޓުންނާ ޖިންސީ ގޯނާ ކުރާ މީހުންގެ ހިމާޔަތުގަ ހުރެ އަންހެނުން ގެ ހައްގޭ ކިޔަން ލަދެއް ނުގަނެއޭ ދޯ!!!!! އީވާ ތި ހުރިހާ އަގަޔެއް ތި ތަޅަނީ އެމްޑީޕީގެ އިސް މަގާމްތަކުގަ ތިބި ރޭޕިސްޓުން ގެ ވާހަކަ އޮއްބާލަން.... އެމްޑީޕީގެ އިސް މަގާމްތަކުގަ ތިއްބަސް ރޭޕިސްޓުން ނަށް އަދަބް ދޭން ޖެހޭ...

    36
    2
  29. ރިހި ރާންބާގަސް

    ޑރ.އިޔާޒް އެގޮވާލީ ރަނގަޅުކަމަކަށް އެއީ އަންހެނުންގެ އައުރަ ނިވާކުރުމަށް! އެކަމަކީ ދެދުނިޔޭގެ ސަލާމަތާ ރައްކާތެރިކަމެއް! އިޔާޒުގެ އެވާހަކައިގަ ޖިންސީ ފުރައްސާރަ ކުރުމަށް ހިތްވަރު ލިބޭ ގޮތަކަށް އޮތް ޕޮއިންޓެއް ނުފެނޭ! އިޔާޒްގެ ފުށުން ފެންނަ މައްސަލައަކީ ސިޔާސީ ފިކުރާއެއްގޮތަށް ދީނީ ފަތުވާދީ ވަކި ލީޑަރެއްގެ ދިފާއުގަ ފަތުވާދޭކަން!

    35
    2
  30. އެޑިޓް

    މީދެން ކާކު.. ކަންފަތުލާ މުންޖޭ ކިޔާބަލަ..! މާތާހިރުވާނެ..

    36
    2
  31. މޫނު

    ތެދެއް...2 އަހަރު ނުފުރޭ ކުޑަކުއްޖާ ރޭޕް ކުރަނީކީ އެކުއްޖާ ލައޮގެން ހުންނަ ހެދުމެއްގެ ސަބަބުނެއް ނުން...ރޭޕިސްޓުގެ ޖާހިލުކަމުން.....އަންހެނަކު ކޮންމެ ޒާތެއްގެ ކޮންމެ ހެދުމެއް ލައިގެން ހުއަޓަސް ނުޖެހޭނެ ރޭޕް ކުރާކައް...އެކަމަކު އަހަރުމެން ދިވެހިނަކީ އިސްލާމުން، މުސްލިމުން... ކީރިތި ގުރުއާނުގަ ވ ތަފުސީލުކޮށް މާތަﷲ އަންގަވާފަ އެބައޮތް އަންހެނުން އައުރަ ނިވާކުރަން... އަދި އަންހެނާގެ އައުރަ އަކީ މޫނާ ދެ އަތްތިލަ ފިޔަވާ ކޮންމެ ތަނެއްކަން، އަދި ހަމައެހެންމެ ތިމާގެ ހަށިގަޑުގެ ވަނާތަކަށް ހިލޭފިރިހެނުންގެ ލޮލަށް ނުފެންނާނެހެން ހެދުން އަޅަން... މަށަކީވެސް އަންހެނެއް...އަންހެނަކަށް ވެހުރެ މިބުނަނީ އަންހެނުން ކީރިތި ގުރުއާނުގަ ތިމާ އުޅެން އަންގަވާފަ ވާ ގޮތައް އުޅެން ޖެހޭނެ...ހެދުން އަޅަންޖެހޭނީ ތިމާހިތައް ރީތި ސުޓައިލެއްގެ މޮޑެލްއެއްގެ ހެދުމެއްނޫން... ހެލޭ ފިރިހެނުންގެ ލޯތަކުން ތިމާ މިންޖުވާނެފަދަ ހިޖާބަކުން ހިޖާބުވާން ޖެހޭނެ...

    27
  32. މުހައްމަދު

    ކުނިވެފައިވާ ކުއްތާ ވަޅުގައި ބާއްވައިގެން ކިތަންމެ ވަރަކަށް ފެން ނެގިޔަސް ވަޅު ސާފެއް ނުވާނެ.
    ފިލްމުތަކާއި ލަވަތަކާއި ޑުރާމާތަކުން ހުތުރުވާހަކަތަކާއި ފާހިޝްކަންތައްތައް ފަތުރަނީ. 8-9 އަހަރުގައި ދެޖިންސުގެ ކުދިން ކުދިންނާ "ރައްޓެހި"ވަނީ. 15-16 އަހަރު ވީމާ ބިޓުގެއަށް ގެނެސް ކޮޓަރިއަށް ވައްދަން ހުއްދަދެނީ. 17-18 އަހަރުވުމުން ހިލޭ ފިރިހެނުންނާއެކު ރިސޯޓުތަކަށާއި ރާއްޖޭން ބޭރަށް ގޮސް ޕާޓީކުރަނީ. އެކަހެރިން ފިލާތިބެވޭ ގޮތަށް އަނދިރި ޕާކުތަކާއި ކަންމަތިތައް ތައްޔާރުކޮށްދެނީ. އިންޓަރނެޓުން ބޭނުން ވަރަކަށް ބޭނުންއިރަކު ޕޯން ބެލޭގޮތަށް ހުޅުވާލާފައިވަނީ. މަގުމަތީގައި އައުރަ ނިވާ ނުވާހެދުން އަލައިގެން އުޅެނީ. "ރަސްމަތިފުށު" މީހުން ކުރާ ރޭޕު ރޭޕަކަށް ނުވަނީ. މިހުރިހާ ކަމެއް މިހެން ބަހައްޓއިގެން ބަދުއަޚުލާޤީ ައްސަލަތައް ހައްލުކުރަން މިއުޅެނީ.
    އެކަމަކު ކުށްވެރި މިވަނީ ދީނީ ޢިލްމުވެރިން.

    40
    1
  33. މޫނު

    ތެދެއް...2 އަހަރު ނުފުރޭ ކުޑަކުއްޖާ ރޭޕް ކުރަނީކީ އެކުއްޖާ ލައޮގެން ހުންނަ ހެދުމެއްގެ ސަބަބުނެއް ނުން...ރޭޕިސްޓުގެ ޖާހިލުކަމުން.....އަންހެނަކު ކޮންމެ ޒާތެއްގެ ކޮންމެ ހެދުމެއް ލައިގެން ހުއަޓަސް ނުޖެހޭނެ ރޭޕް ކުރާކައް...އެކަމަކު އަހަރުމެން ދިވެހިނަކީ އިސްލާމުން، މުސްލިމުން... ކީރިތި ގުރުއާނުގަ ވ ތަފުސީލުކޮށް މާތަﷲ އަންގަވާފަ އެބައޮތް އަންހެނުން އައުރަ ނިވާކުރަން... އަދި އަންހެނާގެ އައުރަ އަކީ މޫނާ ދެ އަތްތިލަ ފިޔަވާ ކޮންމެ ތަނެއްކަން، އަދި ހަމައެހެންމެ ތިމާގެ ހަށިގަޑުގެ ވަނާތަކަށް ހިލޭފިރިހެނުންގެ ލޮލަށް ނުފެންނާނެހެން ހެދުން އަޅަން... މަށަކީވެސް އަންހެނެއް...އަންހެނަކަށް ވެހުރެ މިބުނަނީ އަންހެނުން ކީރިތި ގުރުއާނުގަ ތިމާ އުޅެން އަންގަވާފަ ވާ ގޮތައް އުޅެން ޖެހޭނެ...ހެދުން އަޅަންޖެހޭނީ ތިމާހިތައް ރީތި ސުޓައިލެއްގެ މޮޑެލްއެއްގެ ހެދުމެއްނޫން... ހެލޭ ފިރިހެނުންގެ ލޯތަކުން ތިމާ މިންޖުވާނެފަދަ ހިޖާބަކުން ހިޖާބުވާން ޖެހޭނެ... އީވާ ފުރަތަމަ ކީރިތި ގުރުއާންގެ ތަރުޖަމާ ކިޔާލަން މަށައް ފެންނަނީ.... އެއައް ފަހު ތި ބޮޑު އަގަ ހުޅުވަންނާ ހުޅުވާ...ލައްޕަންޏާ ލައްޕާ....

    21
    2
  34. ކްލޯސްޑް

    އީވާ މިހާރުވެސް ތިޔާހުރީ ފިރިހެނުންގެ ކަށި ކުނބުރު ޖަންގައްޔެއްގެ ތެރޭގައި އެތަނުގައި ވެސް ތިޔާ ހުރީ ތަމެން އައުރަ ނިވާ ނުކޮށްއޭ ތަމެން މަޖްލީހުގައި ތިބެން ޖެހޭނީ މޫނު ބުރުގާ އަޅައިގެން މޫނު ނިވާ ކޮށްގެން ދެން ހަށިގަނޑުގެ ވަނާ ތައް ފެންނާނެ ގޮތަށް ތުނި ހެދުން ލައިގެން ތަމެން މަޖްލީހަށް ދިއުން އެއީ ފާހިޝް އަމަލު ތަކަށް ތަމެންގެ ހަށިގަނޑުން ހިތްވަރު ދިނުން ކަމަށޭ ބެލެވޭނީ އީވާ އަކަށް ނޭގޭނެއޭ ދީނީ ގޮތުން ފިރިހެނުން ހައްދަވާފައިވާ ގޮތާއި އެމެންގެ ޝަހުވާނީ ބާރު ތައް ދެއްވާފައިވާ މިންވަރު އެއިނގޭނީ ހަމަ ހެއްދެވި ފަރާތަށޭ އެހެންވެއޭ އަންހެން މީހާ މޫނު ބުރުގާ އެޅުން ލާޒިމް ވެފައި އޮންނަނީ އީވާ އަށް ރައްދު ނުދެވޭނެއޭ އިޔާޒް އަށް އިޔާޒް އެދައްކަނީ ދީނުގައި އެކަން އޮންނަ ގޮތުގެ ވާހަކަ އޭ އީވާ މިހާރުން މިހާރަށް ތައުބާ ވެ މޫނު ބުރުގާ އަޅަން މަމެން ގޮވާލަން އަދި ކަޅު ދިގު ހެދުން ލަން މަމެން އީވާ އަށް ހަރު އަޑުން ގޮވާލަން ތަމެން މިކަން މިހާރުން މިހާރަށް ކުރަންވީއޭ މީގައި އިތުރު ޗޮއިސް އެއްވެސް އަދި އެކްސްކިއުޒެއް ވެސް އޮވެގެން ނުވާނެއޭ އެނިމުނީއޭ ޗެޕްޓަރ ކްލޯސްޑް...

    18
    3
  35. ޑރ. އިޔާޒު އަދި ޝޭހް އިލްޔަސް އަށް

    ﷲ ބާވައިލެއްވި ޝަރީއަތުގައިވާ ހުކުމްތައް ބަދަލުކޮށް ވަޞަޢީ ޤާނޫން ހަދާ ބަޔަކީ އެއީ ﷲ ގެ އިލަހުވަންތަކަމަށް އަރައިގަންނަ ބައެއް. އެއީ ތޯޢޫތުން. އެމީހުންގެ ކިބައިން ބަރީޔަވެގެންނޫނީ އިސްލާމްކަން ފުރިހަމަ ނުވާނެ. ޢިލްމުވެރިން ވާން ޖެހޭނީ ޙައްޤު ބަޔާންކުރާ ބަޔަކަށް ކިތަންމެ އިމްތިހާނެއް އަޔަސް. އަހިރުގައި އޮތީ ނިމުމެއް ނުވާ އަރާމު ސުވަރުގެ

    23
  36. މުހަންމަދު

    ފާޑުފާޑަށް ﷲ އަށް ކިޔަމަންތެރިވާ ޝޭހުންނާ ބެހޭނަމަ ﷲ ގެ ބޮޑު ކޯފާ އެއް އަތުވެދާނެ
    އަޅޭ ދިވެހިންނޭ ދެންވެސް ﷲ އަށް ބިރުވެތިވެ މައިތިރިވެގެން ތިބޭ އެހެންނޫނިއްޔާ ނޭންގި ހުއްޓާ ﷲ ގެ ކޯފާގެ ސަބަބުން ތިމާގެ ގެދޮރު ގެއްލި ފަގީރުވެ ނިކަމެތި ވެދާނޭކަން ހަނދުމަކުރޭ!

    2004 ގެ ސުނާމީ އިން ދިވެހިން މިއަދު ކޮންމެހެންވެސް އިބުރަތް ލިބިގަންނަންޖެހޭ

    28
  37. ކީލި

    ޢީވާ އަކަށް ޢައުރަ އަކީ ކޮބާކަމެއް ނޭގުނު.

    29
  38. ކޮރަލް

    ހައްގާ ބާތިލް އެކެއް ނުވާނެ އެވެ.

    32
  39. ޖެހޭނެއޭ

    އީވާ އިޔާޒް އެދައްކަނީ ރަނގަޅު ވާހަކަ އަންހެން މީހާ ނުޖެހޭނެއޭ ކުރު ހެދުން ލައިގެން އޭނާގެ ހަށިގަނޑު ވިއްކައިގެން މަޝްހޫރުވާން ތިޔާ ކައިޒީން އޭނާގެ އިންސްޓަރގްރާމް ގައި ޖަހައިގެން އުޅޭ ފޮޓޯ ތަކަކީ އެއީ ސީދާ އޭނާ އޮރިޔާމުން ހުރި ކަމަށޭ މަމެން ގަބޫލުކުރަނީ އެއީ އަންހެނުން އުޅެން ޖެހޭނެ ގޮތެއް ނޫނޭ އެއީ ސީދާ މުޝްރިކް އަންހެނުން ހެދުން އަޅަން ޖެހޭ ގޮތަށޭ ކައިޒީން މެން ހެދުން އަޅަނީ ތަމެން އެކަމަށް ހިތްވަރު ދީގެން ނުވާނެއޭ ޖިންސީ ގޯނާ އަށް ހިތްވަރު ދިނުން އެއީ އަންހުން ނިވާ ކަން ކުޑަ ހެދުން އެޅުމުން ހިތްވަރު ލިބޭ ކަމެކޭ އެކަން ތަމެން ދަންނަން ޖެހޭނެއޭ...

    31
  40. ބަލާތި

    އީވާގެ ބަހުގެ ވަރުގަދަ ހަމަލާތަކެއް ޑރ. އިޔާޒަށް ދީނުގެ ކަމެއްގައި ދިނުން އެއީ މަމެން ހިތާމަ ކުރާ ކަމެކޭ ...

    21
  41. ނިންމާދީ

    އީވާގެ ބަހުގެ ވަރުގަދަ ހަމަލާތަކެއް ޑރ. އިޔާޒަށް ދީނުގެ ކަމެއްގައި ދިނުން އެއީ މަމެން ހިތާމަ ކުރާ ކަމެކޭ ...

    15
    2
  42. ޢަލީ

    އީވާއަށް ހަމަސާބަސް މެސް އިޔާޒްކަހަލަ ތަންދޮރުނުދަން ސޭކުން އުޅޭތީ ލަދުގަނޭ އިޔާޒް އަކީ ސޭކެއް އީވާޔައް 100ޕަސެްޓް ތާއީދު. އެހާ ސިކުނޑި މުޑުދާރު މީހުން ނައް އަދަބުލިބެންޖެހޭ

    3
    33
  43. މަޑުކަށި

    އީވާ...ފެނޭތަ ރައްޔިތުންގެ ކޮމެންޓްތައް ކަލޮޔާ ދެކޮޅަށް¿

    22
  44. ސަންތިމަރިޔަބު

    ﴿33﴾ وَقَرْنَ فِي بُيُوتِكُنَّ وَلَا تَبَرَّجْنَ تَبَرُّجَ الْجَاهِلِيَّةِ الْأُولَىٰ ۖ وَأَقِمْنَ الصَّلَاةَ وَآتِينَ الزَّكَاةَ وَأَطِعْنَ اللَّهَ وَرَسُولَهُ ۚ إِنَّمَا يُرِيدُ اللَّهُ لِيُذْهِبَ عَنكُمُ الرِّجْسَ أَهْلَ الْبَيْتِ وَيُطَهِّرَكُمْ تَطْهِيرًا

    އަދި ތިޔަކަނބަލުން، ތިޔަކަނބަލުންގެ ގެތަކުގައި ތިބޭށެވެ! އިހުގެ ޖާހިލީ ޒަމާނުގެ ޒީނަތުން ތިޔަކަނބަލުން ޒީނަތްތެރި ނުވާހުށިކަމެވެ! އަދި ތިޔަކަނބަލުން ނަމާދު قائم ކުރާށެވެ! އަދި ތިޔަކަނބަލުން زكاة ދޭށެވެ! އަދި اللَّه އާއި، އެކަލާނގެ رسول އާއަށް ތިޔަކަނބަލުން ކިޔަމަންވާށެވެ! އޭ أهل بيت ންނޭވެ! اللَّه އިރާދަކުރައްވާކަން ކަށަވަރީ، ތިޔަބައިމީހުންގެ ކިބައިން ފާފަތައް ދުރުކުރައްވައި، ފުރިހަމަ طاهر ކުރެއްވުމަކުން ތިޔަބައިމީހުން طاهر ކުރެއްވުމަށެވެ.

    [ އަލް އަޙްޒާބް ސޫރަތުގެ 33 ވަނަ އާޔަތް]
    މިއާޔަތާދޭތެރޭ ކަމަނާވިދާޅުވާނީ ކީކޭތޯ
    ހަމަހިނިއަންނަނީ

    21
  45. ابنة الحكمة

    ދީނުގެ ކަންކަމުގައި ތިހާ މޮޅީއާއި ކީއްވެ ހިޖާބް ނާޅަނީ އިވާ

    26
  46. ދފެ

    އައުރަ ނިވާކޮށްގެން ހުންނަ މީހަކު ފެނުމުން ނުކުރެވޭ އިހުސާސް އައުރަ ނިވާ ނުކޮށްހުރުމުން ކުރާނެކަން 100 ޕަސެންޓް ޔަގީން.

    23
  47. އިބިލީސް

    ބަލަމިހިރަ ލާދީނީއަންހެނާ ކަލެޔަކައް ނޭންގޭތަ އަންހެނުންގެ އައުރައަކީ މޫނާ ދެއަތްތިލަޔާނޫންހާ ތަނެއްކަން ކަލޭގެ ތަންދޮރުނުދަންނަކަމާ ޖާހިލުކަމުން ޤުރުއާނާދެކޮޅައް ތިހަޅޭލަވަނީ ނިކަން ދީންދަސްކޮއްގެން އަނގަގަނޑުހުޅުވަބަލާ އެއްވެސް ހާލެއްގަ ކަލެއަކައް ނުކެރޭނެ މިޤައުމުގެހުރިހާއަންހެނުންވާވައްދާކައް

    16
    1
  48. ސަންތިމަރިޔަބު

    ﴿31﴾ وَقُل لِّلْمُؤْمِنَاتِ يَغْضُضْنَ مِنْ أَبْصَارِهِنَّ وَيَحْفَظْنَ فُرُوجَهُنَّ وَلَا يُبْدِينَ زِينَتَهُنَّ إِلَّا مَا ظَهَرَ مِنْهَا ۖ وَلْيَضْرِبْنَ بِخُمُرِهِنَّ عَلَىٰ جُيُوبِهِنَّ ۖ وَلَا يُبْدِينَ زِينَتَهُنَّ إِلَّا لِبُعُولَتِهِنَّ أَوْ آبَائِهِنَّ أَوْ آبَاءِ بُعُولَتِهِنَّ أَوْ أَبْنَائِهِنَّ أَوْ أَبْنَاءِ بُعُولَتِهِنَّ أَوْ إِخْوَانِهِنَّ أَوْ بَنِي إِخْوَانِهِنَّ أَوْ بَنِي أَخَوَاتِهِنَّ أَوْ نِسَائِهِنَّ أَوْ مَا مَلَكَتْ أَيْمَانُهُنَّ أَوِ التَّابِعِينَ غَيْرِ أُولِي الْإِرْبَةِ مِنَ الرِّجَالِ أَوِ الطِّفْلِ الَّذِينَ لَمْ يَظْهَرُوا عَلَىٰ عَوْرَاتِ النِّسَاءِ ۖ وَلَا يَضْرِبْنَ بِأَرْجُلِهِنَّ لِيُعْلَمَ مَا يُخْفِينَ مِن زِينَتِهِنَّ ۚ وَتُوبُوا إِلَى اللَّهِ جَمِيعًا أَيُّهَ الْمُؤْمِنُونَ لَعَلَّكُمْ تُفْلِحُونَ

    އަދި مؤمن އަންހެނުންނަށް އެކަނބަލުންގެ ބެލުންތައް ތިރިކުރުމަށާއި، އެކަނބަލުންގެ فرج ތައް ރައްކާތެރިކުރުމަށް ކަލޭގެފާނު ވިދާޅުވާށެވެ! އަދި އެކަނބަލުންގެ ޒީނަތުގެ ތެރެއިން ފާޅުވެގެންވާތަން ފިޔަވައި (އެބަހީ: މޫނާއި ދެއަތްތިލަ ފިޔަވައި) އެކަނބަލުންގެ ޒީނަތް ފާޅުނުކުރާހުށިކަމެވެ! އަދި އެކަނބަލުންގެ ބުރުގާތައް، އެކަނބަލުންގެ ކަރުވަޅުތަކުގައި އަޅައިނިވައިކުރާހުށިކަމެވެ! އަދި އެކަނބަލުންގެ ފިރިންނަށް، ނުވަތަ އެކަނބަލުންގެ ބަފައިންނަށް، ނުވަތަ އެކަނބަލުންގެ ފިރިންގެ ބަފައިންނަށް، ނުވަތަ އެކަނބަލުންގެ ފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ ފިރިންގެ ފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ أخ ންނަށް، ނުވަތަ އެކަނބަލުންގެ أخ ންގެ ފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ أخت ންގެ ފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ ތެރެއިންވާ އަންހެނުންނަށް، ނުވަތަ އެކަނބަލުންނަށް މިލްކުވެގެންވާ އަޅުންނަށް، ނުވަތަ ފިރިހެނުންގެ ތެރެއިން އެދުންވެރި ކަމެއް ނުހިނގާވަރުގެ ގެންގުޅޭ މީހުންނަށް، ނުވަތަ އަންހެނުންގެ عورة ތައް ނޭނގޭވަރުގެ ކުޑަކުއްޖާއަށް މެނުވީ، އެކަނބަލުންގެ ޒީނަތް ފާޅުނުކުރާހުށިކަމެވެ! އަދި އެކަނބަލުންގެ (ގަހަނާއާއި) ޒީނަތުގެ ތެރެއިން، ވަންހަނާވެފައިވާ ތަކެތި އެންގުމަށްޓަކައި، ފައިތިލަތަކުން (ބިމުގައި) އެކަނބަލުން ނުތަޅާހުށިކަމެވެ! އޭ مؤمن ންނޭވެ! ތިޔަބައިމީހުން އެންމެން اللَّه އަށް توبة ވާށެވެ! (އެއީ) ތިޔަބައިމީހުން ދިންނަވައި، نصيب ލިބުމަށްޓަކައެވެ.

    [ އަންނޫރު ސޫރަތުގެ 31 ވަނަ އާޔަތް]
    ކަމަނާ ވިދާޅުވާނީ ކީކޭތޯ؟

    24
    1
    • ހޫ

      އަންހެނުންތަ އަދިވެސް ހޭކަނޑާލާފަ ބަލަނީ.

      1
      2
  49. Anonymous

    ހަހަހަހަ. އެންމެ ފަހުން މީނަ މިވީ ސެއިހާ އަކަށް ދޯ. ދެން އެންމެން މީނަ ދައްކާ ވާހަކަ އަޑުއަހަން މިޖެހުނީ.

    17
    2
  50. ކުރާށޭ

    މަމެން އިޔާޒުގެ ވާހަކަ އަށް ފުރިހަމަ އަށް ތާއީދޭ ތަމެން ވެސް އިޔާޒް ބުނާ ގޮތަށް ހަދަންވީއޭ ތަމެންނަށް އަދި ދީން ރަނގަޅަށް ނޭގޭތީއޭ ތަމެން މިހާރު ތިޔާ ޒާތަށް ތިޔާ ތެޅެނީ ޗާދަނީމަގު ކަން މައްޗަށް ފިިރިހެނުން ތަކާއި މިކްސްވެގެން މުޒާހަރާ ކުރަން ނަމުގައި ގޮސް ތިޔާ ކުރަނީ ރަނގަޅު ކަންކަމެއް ނޫނޭ އެއީ ދީނުގައި މަނާ ކޮށްފައިވާ ކަންކަމޭ...

    13
    1
  51. އަޙްމަދް

    ހެޔޮނުވާ އިޔާޒަށް ރަނގަޅު މަގާމެއްދެއްވާ ނުވަތަ ޓޫރިޒަމް މިނިސްޓަރުކަން ދެއްވާ އޭރުން އިޔާޒުމެންގެ އަނގަބަންދުވެ ތިބޭފުޅުން ބޭނުންފުޅުވެ ލައްވާވާ ގޮތަކަށް ފަތުވާ ނެރެދީފާނެ ތެއެވެ.
    މިރާއްޖޭގައި ގިނައިން ތިބީ ކޮއްމެވެރިކަމަކަށް عقيدة ބަދަލުވެ ކުލަ ބަދލުކުރާ ޝޭޚުންނެވެ.

    9
    7
  52. LOL

    އީވާ ކަލޭ ލަދެއްނުގަނޭތަ!!!އައްޗީޑި ހަޔާތް ކުޑަ އަންހެނާ... ނަރަކަ އަށް ދާނެ ތަން އަދިވެސް ކުޑައީތަ

    14
    1
  53. އަހަން

    ކޮންމެވެސް ކަމެއްވެދޯ އިސްލާމްދީނުގައި އަންހެނާގެ އައުރަ ނިވާ ކުރަން އަންގަވައި މޫނާއި ދެއަތްތިލަ ފިޔަވައި ހުރިހާ ތަނަކީ އަންހެނާގެ އައުރަ ކަމުގައި އޮންނަނީ..ހެއްދެވި ފަރާތައް ކިޔަމަން ނުވާބަޔަކު ދެން ހުންނާނީ ކޮންގޮތެއް..

    18
    1
  54. ކޮމިޝަނަރ

    މިހިރަ ޖާހިލު އަންހެނާ ކަލޭ އަނގަ ނުހުޅުވާ ހުރޭ.....

    15
    1
  55. އަލީ

    މިހިރަ މުޑުދާރު އަންހެނާ 2023ގައި އަހަރެން ކަލެއަށް ރައްދުދޭނަން.

    15
    1
  56. ޢެކޮއި

    ރައްޔަތުންގެ މަޖިލީހުގެނައިބުރައީ އީވާ އެވަނީ އިސްލާމް
    ދީނުގެ އުސޫލުތަކާ ޚިލާފުވެފަ މިއަދު އެކަމާދެއް ކެވިވާހަކަ
    ފުޅުގައިސްލާމްދީނަކީ އެކަމަނާ ބޭނުން ދީނެއް ނޫންކަން މިއަދު އެގެޖެ

    12
    1
  57. ރޮވޭކަމެކޭ

    ޖާލިހިއްޔަ ޒަމާނުގައި ދީނަށް ގޮވާލަން މަމެންގެ ކީރިތި ރަސޫލާ މަސައްކަތް ކުރެއްވުމުން އެކަމަށް ވެސް ހަޖޫ ޖެހި އަންހެނުން ވެސް އަދި ރައްދު ދިން އަންހެނުން ވެސް ތިއްުބޭ އެކަން މިހާރުވެސް ތަކުރާރު ވާނެއޭ އެއީ ބުއްދީގެ އަހުލުންނާއި އަދި އިސްލާމީ ތާރީޚް ދަންނަ މީހުންނަށް ވިސްނޭނެ ކަމެކޭ އެކަމަކު މުޝްރިކްހޮލިކް ސިކުނޑި ބޭނުން ކުރާ މީހުންނަށް ފެންނާނީ މިދުނިޔޭގެ މެޓީރިއަލްވޯލްޑް އޭ އެއީއޭ މިއަދު މަޖްލީހުން ވެސް ފެނިގެންދާ ކަމަކީ މީ މަމެން ހިތާމަކޮށް

    14
    1
  58. މަގޭ ޚިޔާލު

    އީވާ ދޭބަލަ އިސްލާމްދީނާއި އައުރައަކީ ކޮބައިކަން ދަސްކުރަން.
    ފުރަތަމަ ކަމަކަށް އެގޮތަށް ހެދުން އަޅާ ގިނަ އަންހެނުންގެ މަޤްޞަދަކީ ވެސް ފިރިހެނުންނަށް ދެއްކުން.

    17
    1
  59. Anonymous

    ރައީސް މައުމޫނު ޤުރްއާން ތަރުޖަމާވެސް ކުރި އެކަމަކު އަންހެނުން ބުރުގާއެއްވެސް ނާޅުވާ.... އަދި ދަރިންވެސް.... ކީއްވެބާ..؟

    11
    3
  60. ފެކްޓް

    އޭނަގެ ލަދުއޮތީ ހާއްސަ ތަނެއްގަ. އެތަން ނުފެނުނީމަ އެވީ. ބާކީ ހުރި އެްވެސް އެއްކެއް/ކަމެއް/ތަނެއް އެއީ ލަދުގެ ކަންފުޅެއްވެސް ހުންނަޖެހޭ އެއްޗެއްނޫން

    13
    2
  61. ޝައުކަސް

    ލާދީނީ ކުދީން ދީނީ ކުދީން ދެކެ ރުޅިއަންނާނެ.. އެއީ ރަސޫލު ޒަމާނުއްސުރެ އެކަން އޮތްގޮތް. ވީމާ މީގައި ހައިރާންވާންވީ ކަމެއް ނެތް.

    18
    1
  62. ޢަލިބެ

    އިސްލާމްދީނުގައި އަންހެނުން އެކަނބަލުންގެ ހަށިގަނޑު ނިވައިކުރުމަށް އަންގަވާފައިވާ އެންގެވުން ޤަބޫލުކުރާނީ ދީނުގައި އޮތްގޮތް ނުވަތަ ދީން ޤަބޫލުކުރާ ދީނުގައި އަންގަވާފައިވާ އަޅުކަމުގެ ޢަމަލުތަކަށް އިޙްތިރާމުކޮށް އެކަންކަން ކުރާބައެއް. އިސްލާމްދީން ޤަބޫލުނުކުރާ ބަޔަކު ކީރިތި ޤުރްއާންގައިވާ ﷲ ބާވައިލެއްވި އާޔަތްތަކުގައިވާ ކަންކަމެއް ޤަބޫލެއްނުކުރާނެ.

    15
    1
  63. ސީމާ އަޒީޒް

    ޖިންސީ ޝިކާރައަކައް އަންހެންމީހާ ހުށައެޅެނީ އެންމެ ފުރަތަމައިންވެސް ލޮލުގެ ބެލުމަކުން.. އެއީ އެއަންހެނާގެ އައުރަ ނުވަތަ ބައްޓަން ނުވަތަ އިސްތަށިގަނޑު ފިރިހެނަކައް ފެނި ކަމުގޮސްގެން ހިތުގައި އުފެދޭ ޚިޔާލުތަކަކާއި ހުރެއެވެ. އަދި ބަޔެއްފަަހަރު އަންހެނާ ޖަހާފަ ހުންނަ ސެންޓަކުން ގައިގަދުވާ ވަހަކުން ކާވެނި ހަރާމް ހިލޭ މީހަކާއި ކައިރީގައި އުޅުމުގެ ސަބަބުންވެސްމެވެ. ގިނަ އަންހެނުންތަކެއް މިފަދައިން ފިރިހެނުންގެ ޝައުގު ހޯދުމައް ހެދުމާއި މޭކަޕް އަދި ސެންޓު ބޭނުންކުރަނީ މި ހިކްމަތުގެ ތެރެއިންނެވެ..އަދި އެމީހަކު ގަޔާވާ ފިރިހެނުންގެ ލޯތައް އެމީހަކައް އަނބުރުވައި ޝައުގު ހޯދުމަށެވެ. އިސްލާމްދީނުގައި ނިވާވުމައް އަނގަވާފައިވާގޮތައް ތިމާގެ ވަނާތަކާއި ބައްޓަމާއި އިސްތަށިގަނޑު ނިވާކުރެވިފައިވާނަމަ އެންމެފުރަތަމަ ބެލުން ފެއިލްކޮއްލައި ޖިންސީ ޝައުގު އުފެދުމުގެ މަރުހަލާ ނިމިގެންދެއެވެ. އަދި ކައިވެނި ހަލާލު ހިލޭ ފިރިހެނުންނާއި ގާތުގައި ނޫޅޭނަމަ ތިމާގެ ސެންޓު ފަދަ ތަކެތީގެ ސަބަބު އުފެދޭ ޝައުގު ބަންދުވާނެއެވެ. އަދި މިގޮތުން ބޭނުންކުރެވޭ ސެންޓަކީ ހެޔޮ މާތް ތަކެތިނަމަވެސް ފިރިހެނުންގެ ޖިންސީ ހިލުން ދުރުކޮއްދޭނެއެވެ. ހަގީގަތަކީ މޮޑާރން ލާދީނީ އަންހެނުންގެ އެންމެ ބޮޑު އެއް އަމާޒު އަދި ބާރުކަމުގައި ދެކެނީ ތިމާގެ ޖިންސީ ދެއްކުންތެރިކަމެވެ..އަދި އޭގެ ޝައުގު އެހެން މީހުންގެ ކިބާގައި ތިމާއަށް ގަދަ ކޮއްގެން ތިމާގެ ބޭނުންތައް ހޯދައިގަތުމުގެ އަމާޒެވެ. އިސްލާމްދީން މިފަދައިން އެކަން ކުރުން މަނާކުރުވައެވެ.. އެކަމަކު އަންހެނާ އައް އަބުރުވެރިކަމާއި އެކު މުޖުތަމައުގައި މަސައްކަތްކޮއް އުޅުމުގެ ފުރިހަމަ ހައްގު ލިއްބައިދެއެވެ. އެއީ އެކަމަކު ބަދުއަޚްލާގީ ކަންކަމަކީ މުޖުތަމައުގައި އާންމުވެފައިވާ ކަންކަންކަމައް ވެފައި އޮންނަ ޣައިރު މުސްލިމުންގެ މާހަލުތަކުގައި އުޅޭކަށެއް ނޫނެވެ. އެއީ ގުދުރަތުގެ އުސޫލްތައް މުގުރާލާފައި އެއްޖިންސުން އެއްވެސް ހައްދެއްނެތި ޖިންސީގުޅުން ހިންގުމަކީ ރިވެތިއަމަލުތަކެއް ކަމައް ދެކޭ އަޚްލާގީގޮތުން އެންމެ ދެރަ މުޖުތަމައުތަކެވެ. އީވާމެންނައް އެފަދަ މުޖުތަމައުތަކަކީ ރާއްޖޭގައިވެސް އޮންނަންޖެހޭ ބައްޓަންކަމުގައި ހީވެވިގެން އުޅެނީ އަމިއްލަ މީހާ ލާދީނީވެ މަގުފުރެދި ދީން އޮޅިގެންގޮސްފައިވާތީއެވެ.

  64. ޢަހުމަދު

    ޙަގީގަތުގައިވެސް ޖިންސީފުރައްސާރައާއި ޖިންސީއަމަލުތައް ހިގަނީ އަންހެނުން ނިވާކަންކުޑަ ފޭރާންލައިގެން މަސައްކަތުގެ މާހައުލާއި މުޖުތަމައުގައި ގިނަވުމުވެ ނަތީޖާއެއްގޮތުން މިއީ އިސްލާމްދީން ރުހޭކަމެއްނޫން

  65. އެމަންޖެ

    ލާދީނީ މީހުނައް އިސްލާމް ދީންނުގެ ހުރިހާ ކަމެއްވެސް ގޯސްވާނެ.

  66. ޙާލަތު

    ދީނުގެ ކަންއޮތްގޮތް އެންމެރަގަޅަށް އެގޭނީ ދީން އުގެނިގެން ތިބޭމީހުންނަށް ގާނޫނު އަސާސީގެ މައްޗަށް ދެފައިން އަރައިގެން ތިބި ދެއަންހެނުން ނަކީ އައުރަ ނިވާނިކޮށް ތިބިދެމީހުން

  67. 😠

    ޙަބަރުދާރު އީވާ..! ހުއްޓާލާ...!

  68. ލޯ ބޮޑޭ

    ކަލޭގެ ބޮޑު ދެލޯ ކޮބާ ތަ؟

    5
    1
  69. ވިސްނާތި

    ޑރ. އިޔާޒަކީ އެއީ މިރާއްޖޭގައި ސަރުކާރުގެ ބޮޑު ސިޔާސީ މަގާމެއް ހޯދަން ޝިކާރަ ކުރާ މީހެއް ނޫން ފުރަތަމަ ދުވަހުން ފެށިގެން ކުރާ ކަމަކީ އިސްލާމް ދީނުގައި އޮންނަ ގޮތް އާންމުންނާއި ހަމަ އަށް ތިލަ ކޮށް އާންމުންނަށް ބުނެ ދިނުމޭ ޑރ. އިޔާޒް ކުރިން އެމަސައްކަތް ފެށުމުން ވެސް މަމެން ހީކުރިން އެކަން އިޔާޒް ދަމަހައްޓާނޭ ކަމަށް އެކަންވީވެސް އެހެންނޭ އިޔާޒްގެ ސަބަބުން މިއަދު މިރާއްޖޭގައި ދީނުގެ ކަންކަމަށް މީހުން މަޑުމަޑުން ނަަމަވެސް ހޭލުންތެރިވަނީ މީ ވިސްނަން ޖެހޭނެކަމެކޭ...

  70. ސަހަރޯ

    ދީން އެންގޭތީދޯ ކަމަނާ ބިކިނީ ލައިގެން އާންމުން އުޅޭ ތަންތާނ އުޅުނީ..

  71. ކަމަނަ

    ކޮންމެ އީވާކިތަންމެ ރުޅިއެރިއަސް އީވާ ބުރުގާނާޅައިހުރެ އިތުރަށް ފާފަވެރިވަނީދޯ ބުރުގާ އެޅުމުގެ ބޭނުމަކީ މާތް الله ގެ އަމުރުފުޅަށް ތަބަޢަވެ، ހިލޭ ފިރިހެނުންގެ ލޯތަކަށް ތިމާގެ ޢައުރަ ރައްކާތެރިކުރުމެވެ. އީވާ ރިސޯޓަކަށް ދެވިއްޖިއްޔާ އަތިރިމަތީގައިއުޅެވީ އޮރިޔާމުން

  72. ބަލާތި

    ޑރ. އިޔާޒް އަންހެން މީހާގެ އައުރަ ނިވާ ކުރުމަށް އެވިދާޅުވާ ގޮތަކީ އެއީ އެކަން އޮންނަ ގޮތޭ ރާއްޖޭގައި ދެން މާ މަޝްހޫރު މޮޑެލް ކުރާ އަންހެނަކު ޑޮލަރު ފީންނެއް އޭނާ ގިވްއަވޭ ދެނީއޭ ނަމުގައި އިޝްތިހާރު ކުރީ އޭނާގެ ހަށިގަނޑޭ ލާފައި ހުރި ހެދުން ކަކުލު ހުޅުން މައްޗޭ އަދި ވަނާ ތައް ރަނގަޅަށް ފެންނަ އެއްޗެހި ލައިގެން ފިހާރަ ތަކުގައި މުދާ އިޝްތިހާރު ކުރާ ގޮތަށް އަންހެން މީހާގެ ހަށިގަނޑު އިޝްތިހާރު ކުރުން އެއީ އޮންނަ ކަމެއް ނޫނޭ އަންހެނުން މޮޑެލް ކުރުން އެއީ ދީނުގައި އޮންނަ ކަމެއް ނޫނޭ އެއީ ސީދާ މަނާ ކަމެކޭ...

  73. ޢަލީ

    ދީނީ އިލްމުވެރިންނަށް އިހުތިރާމް ކުރާ މީހަކުވެސް މިފަހަރު އިޔާޒް އަށް ޓްވީޓު ކުރެއްވުނީ އެންމެ ރަނގަޅަށް ނޫންކަމަށް ޤަބޫލުކުރެވޭނެއެ. ޓްވީޓުގަ ބުނެފަ ހުރީ ދޮގު ނުވަތަ ގޯސް ވާހަކަޔަކަށް ވެގެނެއް ނޫނެ. ދީނުގައި އަންހެނުން ނިވައިވާން އަންގާފައި އެބައޮތެ. އަދި އެގޮތަށް އަމަލުކުރުމުން ފާހިޝް އަމަލުތަކާ ގޯނާތައްވެސް މަދުވެގެން ދާނެ ކަމާމެދު ޝައްކެއްވެސް ނުކުރަމެ. ހިތާމަޔަކީ، ބައެއް ދީނީ އިލްމުވެރިން ބަސް ބުނާއިރު އެއްކޮޅަކަށް ބުރަވެ ބަސްބުނެވޭހެން ދޭހަވާގޮތަށް ބަސްބުނެވޭތީއެ. އަންހެނުން ނިވާކުރަން އަންގަވާފައިވާ ކަމާ އެކަމުން ޖިންސީ ގޯނާކުރުންތައް މަދުވާނެކަމަށް ބުނާއިރު ދީނުގައި ފިރިހެނުންގެ ޢަމަލުތައް ބަހައްޓަންވީގޮތްތަކެއްވެސް އަންގަވާފައިވާ ކަމާ އެގޮތަށް އަމަލުތައް ބެހެއްޓުމުން ޖިންސީ ގޯނާތައް ލިބޭވަރު މަދުވާނެޔޭ ނުބުނެވެނީ ކީއްވެބާޔެ؟ ހިލޭ އަންހެނަކު ދައުވަތު ދޭހިދު ﷲ އަށް ބިރުވެތިވަމޭ ބުނެ އެކަމުން ދުރުވާ ފިރިހެނާޔަށް ހުރި ހެޔޮކަން ބަޔާކޮށްދެއްވާފައިވުމާއި، ހިލޭ އަންހެނެއްގެ ގައިގައި އަތްލުމަށްވުރެ ތިމާގެ އަމިއްލަ ބޮލައް މޮހޮރުހެރުންވެސް މާ ރަނގަޅުވާނެކަމަށް ހަދީސްކުރައްވާފައިވާ ހަދީސްފުޅުތައް ނުބެނެދެވެނީ ކީއްވެހެއްޔެ؟؟؟ އަންހެނުން ނިވާއިވާން ނަސޭހަތްދޭހާ ގިނައިން އަންހެނުންނެކޭ އެއްފަދައިން ފިރިހެންނުންވެސް ބެލުންތައް ތިރިކުރަން ހަދާން ނުކޮށްދެވެނީ ކީއްވެހެއްޔެ. ކާފައިން، ބައްޕައިން، ބޮޑުބޭބެއިން، ބޭބެއިންގެ ޒިއްމާތައް ހަނދާން ނުކޮށްދީ ދީނުގައި އަންހެނުންގެ އަމަލުތައް ބަހައްޓަންވީ ގޮތް އެކަނި ބުނެދެވި ޓްވީޓްކުރުމުން ނަފްރަތު އުފެދެނީ މި ޓްވީޓްކުރާމީހާ ދެކެ އެކަންޏެއް ނޫނެ. ދީނުގެ ކަންކަން ނޭންގޭ މީހުން ދީނަށްވެސް ނަފްރަތު ކުރަން ފެށެނީއެވެ. ލާދީނީ މީހުން އިސްލާމް ދީނާ މެދު މީހުން ނަފްރަތުކުރުމަށް ބޭނުންކުރަާނެ އިތުރު ހަތިޔާރަކަށް އެ ޓްވީޓުތައް ވަނިއްޔެ. ތިޔަހެން ނަހައްދަވާށެ.

  74. ނުހުންނާނެއޭ

    ރާއްޖޭގެ މަޖްލީހުގައި ތިބޭ ދިވެހި އިސްލާމް އަންހެން މެމްބަރުން ވެސް އިސްލާމީ ސަގާފަތް ކުރިއަރުވަން ވާނެއޭ އަދި އެމެން ބަލާލުމުން އެއީ އިސްލާމީ ވަންތަ ކަން ދޭހަކޮށްދޭ ގޮތަށޭ އެމީހެއްގެ ހެދުން ކޮޅު ވެސް ހުންނަން ޖެހޭނީ މަޖްލީހުގެ މެމްބަރުންނަށް ތިބޭ ދިވެހި އަންހެން ކަނބަލުން ނުޖެހޭނެއޭ އިންޑިއާ އަދި ޔޫރަޕްގެ އައިރު މުސްލިމުން ހިތް ހަމަޖެހޭ ގޮތަށް ތަމެންގެ ހެދުން ކޮޅު އަޅަން އެއީ އެކަން ކުރަން އޮންނަ ގޮތެއް ނޫނޭ އެގޮތަށް ތިބެ ކުރާ މަސައްކަތުގައި ބަރަކާތެއް ނުހުންނާނެއޭ...

  75. ބަލާތި

    ހެޔޮނުވާނެ މަޖްލީހުގައި ތިއްބެވި ދިވެހި އަންހެން މެމްބަރުންނޭ އިސްލާމް ދީނުގައި އަންހެނުން ހެދުން ތުރުކުރައްވަން އަންގަވާފައިވާ ގޮތަށް ހެދުން ތުރު ކުރައްވާ ބުރުގާ ތުރުކުރައްވާށޭ ތަމެން އެއިރުން މާ ބޮޑަށް ރީތިވެފައި ސީދާ ސާދާވާނެއޭ އަދި ތަމެން ކުރާ މަސައްކަތުގައި ބަރަކާތް ވެސް ލައްވަވާނެއޭ މަމެންނަށް ޔަގީނޭ ޑރ. އިޔާޒް އެބާރު އަޅުއްވަނީ އެއީ އިސްލާމް ދީނުގައި އަންހެނުން ހެދުން ތުރުކުރައްވަން ޖެހޭ ގޮތަށް އެކަން ކުރުމަށޭ އެނޫން އެދުމެއް ނެތޭ ނެތޭ

  76. ރަސްމާ

    އަންހެނުން ތިބެންވީ މޫނުބުރުގާ އަޅައިގެން ނިވާވެގެން ފިރިހެނެއްގެ ނިޔަތް ނުބައިވެދާނެތީ
    އޭގެ މާނައަކީ ދިވެހިން ފިރިހެނުން ފަރަންޖީ ޤައުމުތަކަށްގޮސް އެތާތިބޭ އައުރަ ނިވާ ނުކުރާ ހުރިހާ އަންހެނުންނަށް ގޯނާ ކުރާށޭތަ؟ އީވާއެއް ކަމަކު އެބުނަނީ ދޮގު ވާހަކައެއް ނޫން. ހުސް އަންހެނުންނަށް އޮންނަ ހުކުންތައް އޮންނަނީ ކޮބާ ފިރިހެނުންގެ ލަދު؟ ބެލުންތައް ތިރިކުރާ ވާހަކަ ހަނދާން ނެތެނީ ކީއްވެބާ. އެމީހުން ނުބަލާ ތިބެންވީނުން އަންހެނުންނަށް އެހާ ވަހުޝީ ވަންޏާ . ކީއްވެބާ ރާއްޖޭގަ އެކަނި އިސްލާމްދީން އެހާ ހަރުކަށިކޮށްގެން ތިއުޅެނީ ދުނިޔޭގަ އެހެން އިސްލާމިކް ޤައުމުތައްވެސް ހުރޭ. އަދި ރޭޕިސްޓުންނާއި ގާތިލުންނަށްވެސް ދީނުގަ ހަރުކަށި ހުކުމެއް އޮވޭ ކީއްވެ ޝޭހުން އަނގަބަންދުކޮށްގެން ތިބޭނީ އެމީހުންނަށް ހައްޤު އަދަބު ނުދޭއިރުވެސް

  77. ދިސްވޭ

    ރާއްޖޭގެ ފަހުގެ އަންހެން ވެރިން ދެން ދެ ބަހުން އެއް ބަހަށް އިނގިރޭސި ބަސް ބޭނުން ކޮށްގެން އެމެން ނަކީ އެއީ ވަރަށް ކިޔަވައިގެން ތިބި ބަޔެއް ކަމަށް ދައްކަން ހެދުނު ނަމަވެސް އެއީ ދެން ވަރަށް ނާތަހުޒީބު ގޮތެކޭ އެއިން އެގިގެންދަނީ ދިވެހި ވަންތަ އެއްވެސް ސިފައެއް ނެތް ކަމޭ އެގޮތަށް ދިވެހި އަންހެނަކު ވެއްޖެނަމަ ދީނީ ގޮތުން އަންހެންމީހާގެ އައުރަ ނިވާ ކުރުމަކީ ކޮބައިކަން ދީނުގެ މުފްތީ މެން ވިދާޅުވާނަމަ މުފްތީގެ ބަސް ގަބޫލުކުރަންވާނެއޭ އުޒުރެއް ނެތި އެއީ އެކަން ވާން ޖެހޭ އަދި އޮންނަން ޖެހޭނެ ގޮތަކީ ވެސް އަންހެން ވެރިން ނުޖެހޭނެ މުފްތީ ގާތުން އެއީ ކީއްވެގެން ކަން އެކަން އެގޮތަށް ދީނުގައި އަންގަވާފައިވަނީ ސުވާލު ވެސް ކުރަން ނުޖެހޭނެއޭ ނުވެސް ޖެހޭނެއޭ އެއީ އަންހެނުންގެ މަގާމެއް ނޫނޭ ދީނުގައި...

  78. ބުނެދެގަ

    ޑރ.އިޔާޒް ނިތްކުރި ބަލާލުމުން ނިތްކުރީގައި ހުރި ލަކުނުން އެބައިނގޭ ފަސްވަގުތު ނާޅާ ނަމާދު ކުރާ ކަން އެފަދަ ބޭފުޅުން އެއީ މަމެން ވަރަށް ލޯބިވާ މީހުންނޭ ސްޕެޝަލީ މާލެ ސަރަހައްދުގައި އެފަދަ ބޭފުޅުން މަދު ކަމުންނޭ ކޮވިޑް ވަބާގައިވެސް މާލޭގެ މިސްކިތް ތައް ބަންދު ކުރުމުން މިސްކިތް ތައް ބަންދު ނުކުރަން އަޑުވެސް ނުއުފުލުނީ އަންހެން މީހާގެ އައުރަ ނިވާ ކުރުމާއި ގުޅޭ ގޮތުން ޑރ. އިޔާޒް އެވަނީ ދީނުގައި އޮންނަ ގޮތް ކިޔާދީފައި ދެން ރައީސް މައުމޫނު ވިދާޅުވެ ދެއްވާ ރައީސް މައުމޫނުގެ ރައުޔު އެއިރުން ދެން މަމެން ނަށް އިތުރަށް އެއްޗެއް ކިޔަން އިނގޭނީ މަމެން ވަރަށް ޤަބޫލުކުރަން ރައީސް މައުމޫނު ނެރެދެއްވާ ދީނީ ޝިއާރު ތައް ވެސް....

  79. ބަލާބަލަ

    ޑރ. އިޔާޒް ނޫނިއްޔާ ނެތޭ ސަރުކާރުގެ މަތީ މަގާމެއް ގަބޫލު ނުކުރި ދީނީ ލީޑަރަކު މަމެން ގަބޫލުކުރާ ގޮތުގައި ޑރ. އިޔާޒް އަންހެން މީހާގެ އައުރަ ނިވާ ކުރުމާއި ގުޅޭ ގޮތުން އެނެރެދެއްވާ ރައުޔު އެއީ ދީނީ ގޮތުން އެކަން އޮންނަ ގޮތޭ އެހެން ދީނީ އިލްމް ވެރިއަކު އެކަން އެނޫން ގޮތަށް ތަރުޖަމާ ނުކުރާހާ ހިނދަކު މަމެން ގަބޫލުކުރާނީ ޑރ. އިޔާޒު ވިދާޅުވާ ގޮތޭ ޑރ. އިޔާޒު އަކީ މާތްވެގެންވާ އިސްލާމް ދީނަށް ދިވެހިން ހޭލުން ތެރި ކުރުވުމުގައި ކެނޑިނޭޅީ ބުރަ ކޮށް ކުރާ ދީނީ ލީޑަރެކޭ...

  80. ލަދުކޮބާ

    ދީނުގެ ކަންކަން އޮންނަ ގޮތް ދީން ދަންނަ ބޭކަލުން ވިދާޅުވުމުން އެއަށް ބްލީ ކުރުން ނުވަތަ އެއާއި ދެކޮޅަށް ވާހަކަ އާންމު ތަންތާނގައި ދެއްކުން އެއީ ރައްޔިތުން ހޮވާފައިވާ ރައްޔިތުންގެ މަޖްލީސް މެމްބަރުން ރާއްޖޭގެ މަޖްލީސް ޗެމްބަރ ގައި ދައްކަން ލަދު ގަންނަން ޖެހޭނެ ކަމެއް ކަމަށޭ މަމެން ދެކެނީ ލަދުން ބޯހަލާކޭ އެޒާތުގެ ވާހަަކަ ދައްކާ މީހުންނާއި ހެދި...

  81. ހުސެން

    އީވައްޓޭ.ކިޔާބަލަ #ބޭން އެމްޑީއެން #ބޭން އުތެމަ # ބޭން ބިކިނީ# ބޭން އަލްކޮހޯލް #ބޭން ކިއުކަމްބާ ޖޫސް.މައިކު ފަޅައިގެން ދާވަރަށް ކިޔާލަބަލަ.އަދި ކިޔާނެ ހުރޭ

  82. އާދަމް ނަބީހް

    އޭ އީވާއެވެ. ކަމަނާއަށް އިސްލާމްދީނާއި އިސްލާމީ ޝަރިއްޔަތް ނޭނގެންޏާ ހަނު ހުންނާށެވެ. ދީނާ ބެހޭ ގޮތުން ކަމުގެ ޢިލްމު ނެތި ވާހަކަދެއްކުމުން ލިބޭނީ ހުސް ޢަޒާބެވެ.އިސްލާމްދީން ރަހްމަތަކަށް ވަނީ އިންސާނުންނަށް ފައިދާ ހުރި ކަންތައް ހުއްދަވެފައި ގެއްލުން ދޭ ކަންކަން ހުއްދަ ނޫން ނުވަތަ ހަރާމް ވާތީއެވެ. އަންހެން ކަނބަލުން ހިޖާބުން ނިވާ ވުމަކީ ﷲ ގެ އަމުރުފުޅެކެވެ.. އެއީ އެކަނބަލުންނަށް ވެސް ފައިދާ ހުރި ގޮތަކީ އެއީ ކަމުގައި ވާތީ އެެވެ.ﷲ ގެ ބަސްފުޅު އަޑުއައްސަވާށެވެ.
    'އަދި އެކަނބަލުންގެ (ގަހަނާއާއި) ޒީނަތުގެ ތެރެއިން ވަންހަނާވެފައިވާ ތަކެތި އެންގުމަށްޓަކައި ފައިތިލަތަކުން (ބިމުގައި) އެކަނބަލުން ނުތަޅާހުށިކަމެެވެ!' (ނޫރުސޫރަތުގެ 31)

    'އޭ ނަބިއްޔާއެވެ! ކަލޭގެފާނުގެެ އަނބިއަނބި ކަނބަލުންނާއި ކަލޭގެފާނުގެ ދަރިދަރި ކަނބަލުންނާއި މުއުމިނުންގެެ އަންހެނުން އެކަނބަލުންގެ ފޭރާންތަކުން ނިވައިވެެތިބުމަށް ކަލޭގެެފާނު އެކަނބަލުންނަށް ވިދާޅުވާށެވެ.! އެކަނބަލުންނަށް އެނގިގެން ވުމަށާއި އެކަނބަލުންނަށް އުނދަގޫ ނުލިބުމަށް އެގޮތް މާ ގާތްކަން ބޮޑެވެ. ﷲ އީ ގިނަގިނައިން ފާފަ ފުއްސަވާ ރަހީމްވަންތަ ރަސްކަލާނގެ ކަމުގައި ވޮޑިގެން ވެއެވެ.'
    (އަލް އަހްޒާބް ސޫރަތް59)

    ސޫރަތުލް ބުރޫޖް(10): 'ހަމަަަަކަށަވަރުން މުއުމިނު ފިރިހެނުންނާއި މުއުުމިނު އަންހެނުން ދީނުން އެއްކިބާ ކުރުމަށް އަނިޔާދީ އުނދަގޫކޮށް ދެން ތައުބާ ނުވި މީހުން( ދަންނާށެވެ.) ފަހެ އެއުރެންނަށް ނަރަކައިގެ ޢަޒާބު ހުއްޓެވެ. އަދި އެއުރެންނަށް އަނދައަނދައި ހުންނަ އަލިފާނުގެ ޢަޒާބު ހުއްޓެވެ.'

  83. ސަލާމްބެ

    އީވާއަށް މިކޮމެންޓް ތައްބަލާކިޔާލަންކެރޭނެތަ؟ މަޖިލީހުގަ ކިތަންމެ ފުއްޕިޔަސް އަންހެނެއްގެ ފެށުން އައީ ފިރިހެނެއްގެ އަރިކަށީގެ ކަށިކޮޅަކުން. ކިތަންމެ ފުއްޕާފަ ކަރުންނާރުނަގާފަ އަޑުގަދަކުރިޔަސް މިހަގީގަތް ބަދަލެއްނުކުރެވޭނެ.