މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތުގެ މައްސަލަ އާ ގުޅިގެން ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ މައްޗަށް އުފުލި ހަތް ދައުވާ ވެސް ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމުމުން ކުރީގެ ރައީސް ޔާމީނަކީ ކުށްވެރިއެއް ނޫން ކަން ކަށަވަރުވެފައިވާ ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.

އަބްދުއްރަހީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވި ގޮތުގައި އެމްއެމްޕީއާރުސީގެ މައްސަލަ އިން އަނެއްކާ ވެސް ކަށަވަރުވެގެން ދިޔައީ ރައީސް ޔާމީނަކީ ކުށްވެރިއެއް ނޫން ކަމެވެ. އަދި އެނގިގެން މިދިޔައީ މި ސަރުކާރުން ގަސްދުގައި ޔާމީނަށް އަނިޔާ ކުރާ ކަން ކަމަށް އޭނާ ވިދާޅުވިއެވެ.

"މާތް ﷲ، ރައީސް ޔާމީނަށް އިންސާފު ލިބޭނެ ގޮތް މެދުވެރިކޮށް ދެއްވާ، މި އަނިޔާވެރިންގެ އަނިޔާ ވެރިކަމުން ރައީސް ޔާމީން ސަލާމަތްކޮށް ދެއްވާންދޭވެ،" ރައްޔިތުންގެ މަޖިލިހުގެ ފޮނަދޫ ދާއިރާގެ މެމްބަރު ކަން ވެސް ކުރެއްވި އަބްދުއްރަހީމް ވިދާޅުވިއެވެ.

ވެރިކަމުގައި ހުންނެވި އިރު އެމްއެމްޕީއާރްސީގެ ފައިސާ އިން އަމިއްލަފުޅު އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރު ލޯންޑާ ކުރެއްވި ކަމުގެ ކުށް ސާބިތުވެ ޔާމީން ފަސް އަހަރަށް ޖަލަށްލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ ނޮވެމްބަރު 28، 2019 ގައެވެ. އެކަމަކު އިދިކޮޅު ކޯލިޝަނުން ބުނަމުންދާ ގޮތުގައި ޔާމީނަށް ދީފައި ވަނީ ނުހައްގު އަދަބެކެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން ޔާމީންގެ މައްޗަށް އިތުރު ދެ ދައުވާއެއް ވަނީ އުފުލައިފައެވެ.

އަދީބުގެ މައްޗަށް ދައުލަތުން ކްރިމިނަލް ކޯޓުގައި އުފުލާފައި ވަނީ ޚިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެދައުވާ އަކާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދައުވާ އަކާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާއަކާއި މަނީ ލޯންޑްރިންގެ ދެ ދައުވާއަކާއި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދުމުގެ ދައުވާއެކެވެ.

އެކަމަކު، އެ ދައުވާތައް ކުރިއަށް ނުގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައެޅުމާ ގުޅިގެން އަދީބު ވަނީ މިނިވަންވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ފިނދުމަސްގަނޑު

    މިއޮތްގެން އިންސާފު ކޯދުލާ އަރަނީ ...ހަމަކޮސްވެއްޖައިން ..އަދީބުވެސް ރޯޔަލް ފެމެލީ މެމްބަރަކަށް ވެއްޖެ... އިބޫ ކަލޭއަށް ވަރަށް ސަލާމް... ދެންދާނީ ތިބޭޅާގެ ތާން.

    7
    1
  2. އީދު

    ކުއްވެރިން ތިބޭނީ ޖަލުގަ.

    20
    7
  3. ނަައީމް

    ކުއްކުރިމީހާ ގޭގަ މީގެން ކޮބާތޯ ކުށަކީ މިހާރު އޮޅިއްޖެ ޔާމީން ރައީސް މިހާރުވެސް މިގައުމަށް ބޭނުންވަނީ ނުފޫޒުގަދަ ބައެއްގެ ބާރުގެބޭނުން ކޮށްގެން ޖަލުގަ އޮންނަންޖެހުނަސް އަދި ވެސް ރައްޔިތުން ބޭނުންވަނީ ޔާމީންރައީސް

    9
    3
  4. ައޮފްބެ

    ތިކަމުގެ މޭސްތިރިޔާ..ހިޔާނާތް ތެރިޔާ އެހެރީ ޖަލުގަ!

    7
    10
  5. ބޮކި

    މިޔަދު ދިވެހިރަތްއިތުންނަށް އޮޅިއްޖެ ކާކަކަން މިޔަދު ހުކުން ކުރީ ؟؟ ޔާމީން ތޯ އަދީބް ތޯ !!

    5
    2
  6. އަންދާގާނޫނު

    ރޔާމީން މިނިވަންކުރޭ.....ގާނޫނު ހަމަހަމަކުރޭ....ރޔާމީން މިނިވަންކުރޭ...ރ އިބުރާހިމު އިސްތި އުފާ....މޑޕ ސަރުކާރު ފޭލްވެ އްޖެ.... މި އަންދާ ގާނޫނުހޭ...މި އަންދާގާނޫނުހޭ ..މިހުޅުދާން ސަރުކާރެކޭ މިހުޅުދާން ސަރުކާރެކޭ..ކާލާ ދަވާލާ ބަޖެޓް ލޫޓުވާލީ..

    7
    3
  7. މައިމޫނާ

    ޔާމިނު މިނިވަންކޮށްގެން ނުވާނެ! ވަގުން ތިބެންޖެހޭނީ ޖަލުގަ.
    އަދީބު، ކާނަލް ނާޒިމު ފަދަ މީސްމީހުން އެއީ ހަޤީޤީ ލީޑަރުން. ޔާމިނަކީ ހަމައެކަނި މައުމޫނުގެ ކޮއްކޯފުޅު. އަމިއްލަ ބޭބެގެ ތައްޕާހުގަ އުޅުނު މީހެއް

    1
    4